ޝާހިދު މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ ވަނީ މި އަހަރުގެ މާލީ ބަޔާން އާއްމުކުރައްވާފައި.
01 ނޮވެމްބަރ 2016 - 13:53
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ މިލްކިއްޔާތުގައި ފަސް މިލިއަން ރުފިޔާ ހުރި ކަމާއި އިނގިރޭސިވިލާތުން ގެއެއް ބައްލަވައިގެންފައިވާ ކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ޓުވިޓާގައި ޝާހިދު އާއްމު ކުރެއްވި މާލީ ބަޔާނުގައިވާ ގޮތުގައި ދިވެހި ފައިސާ އާއި ޑޮލަރާ އެކު ޖުމްލަ 5.5 މިލިއަން ރުފިޔާ އޭނާގެ މިލްކިއްޔާތުގައިވެ އެވެ. އަދި އިނގިރޭސިވިލާތުގެ ޕާކު ރޯޑުން ގެއަކާއި ހ. ރަބީއީމަންޒިލް ވެސް މިލްކިއްޔާތުގައި ހިމަނުއްވާފައިވެ އެވެ.
މިހާ ގިނަ އަދަދެއްގެ ފައިސާ މިލްކިއްޔާތުގައި ހުރި ކަން އާއްމު ކުރެއްވުމަކީ، ރައްޔިތުންގެ މަޖިލިސް މެމްބަރުން ކުރައްވާ ކަމެއް ނޫނެވެ.
ޝާހިދުގެ އިތުރުން މަޖިލިސް އެހެން ބައެއް މެމްބަރުން ވެސް ގެންދަވަނީ މާލީ ބަޔާން އާއްމުކުރައްވަމުންނެވެ. މާފަންނު އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު އޭނާގެ މާލީ ބަޔާން ކަމަށް ވިދާޅުވެ، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓެއްގެ ސްޓޭޓްމަންޓް އާއްމުކުރައްވާފައިވެ އެވެ. އޭގައިވާ ގޮތުން، މިލްކިއްޔާތުގައި އޮތީ 41 ރުފިޔާ އެވެ.
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް މެމްބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހެ އެވެ. އެ ބަޔާން އާއްމުކުރާކަށް ލާޒިމެއް ނުކުރެ އެވެ.
އެކަމަކު، މެމްބަރުންނަށް ނުހައްގު މުއްސަނދިކަން ލިބޭ ކަމުގެ ތުހުމަތުތައް ކުރާތީ، އޭގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދޭން މެމްބަރުން މާލީ ބަޔާން އާއްމުކުރައްވަން ޖެހޭ ކަމަށް ބުނެ ޓްރާންސްޕޭރެންސީން މިދިޔަ އަހަރު ބޮޑު ކެމްޕޭނެއް ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލް
02 November 2016
ބޮޗޭއަށް އެހީވާން ކަޕްކޭކް އަޅާނެ ކުދިންކޮޅެއްވެސް ނެތީތަ؟
ނަމޭ
01 November 2016
ތިވެސް ރަނގަޅަށް ތަހުގީގު ކޮށްފިއްޔާ އިނގޭނެ ތީގައި ހުރި ގޯސް. އާއްމު ރައްޔިތެއްގެ އަތުގައި ތިވަރަށް ފައިސާ ހުރުމަކީ މައްސަލައެއް. އިންސާފެއް ނެތް. ބޮޑެތި ކުލި ނަހަމަ ގޮތުގައި ރައްޔިތުން އަތުން ފެލާލަނީ ސަރުކާރުން ބޮޑެތި ލޯނު ނަގައިގެން ގެ އަޅައި ކުއްޔަށްދީގެން. މިމީހުން އަތުން ޓެކްސް ނަގަންޖެހޭ. ހިއްވަރެއް މިސަރުކާރުގައި ހުރިއްޔާ ނިކަން އިންކަމް ޓެކްސް ނަގާބަލަ. ޑިމޮކްރަސީ ނުހިންގޭނެ ފުރިހަމަ ޓެކްސް ނިޒާމެއްނެތި. މުއްސަނިދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރެވި ހަމަ އާއި ލަމަ ގާއިމްވާނީ މިފަދަ މީހުން އަތުން ޓެކްސް ނަގައިގެން. މިވެސް ނުވާނެ ރަނގަޅު ނިޔަތެއްގަ ކުރި ކަމަކަށް. ދެއްކުންތެރިކަން ބޮޑުވާނީ.
ވާނުވާ
01 November 2016
ވާނުވާ ނޭގުނަސް ކޮމެންޓު ކުރަން ވާނެ.. ފުރަތަމަ ކަމަކަށް ޝާހިދު މާލީ ބަޔާން ހާމަކުރިކަން ވެސް ރަނގަޅެއްނު.. އާމުރައްޔިތަކަށް ވެގެން ލިބުނު ލާރިއެއް ނޫން ހަމައެކަނި.. ޝާހިދުގެ ވިޔަފާރި ތަކުން ލިބުނު އާމްދަނީއާ އެކީ ހުރިވަރު އެއީ.. ފުންމާފަ ޖެހި ފިތުނަަ އުފައްދަން ދުއްވައިގަންނާނެ ހަމަ
ހަވާ
01 November 2016
ބަލަ މިގައުމުން ނުހައްގުން ކާއެއްޗެއް ބެލޭނެ ގޮތެއް އެބައޮތްތަ
މައުމޫން
01 November 2016
ޝާހިދު 5 މިލިއަން އޭ ބުނީމަ ނެތް އެވަރުގެ ރަގަޅު މީހެއް! އެ އަދަދުވެސް އަދި 41 ވެސް އެ އީ އޮޅުވާލުން!
މޯލްޑިވިއަން
01 November 2016
ކޮންމެ ގޮތެއްވިޔަސް މިއީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ. މި ފައިސާ ހޯދިގޮތެއް އެނގޭނީ ފައިސާގެ ވެރިފަރާތަށް. ޢެކި މީހުން ފައިސާ ހޯދަނީ އެކި ގޮތަށް ބައެއް މީހުން މައުލޫދު ކިޔައިދީގެން އަނެއްބައި މީހުން ސޮލަވާތް ފާތިހާފުޅު ކިޔަވައިދީގެން. މިބާވަތުގެ ބައެއްކަހަލަ މަސައްކަތުން ދިހަ ބާރަ ބުރިއަށް ގެ ހަދާފަވެސް އެބަހުރި. މިހާ ގިނަ ފައިސާ ހުރީމަ ބުނެލަން ބޭނުންވަނީ މުދަލުގެ ޒަކާތް ދައްކާލައްޗޭ.
ވާންޗޯ
01 November 2016
ޝާހިދުގެ މާލީ ބަޔާނުގެ ތަފްސީލުގައި އެބަހުރި ޝާހިދު ހިއްސާވާ ވިޔަފާރިތަކުގެ ވާހަކަވެސް.. މިހާރު އެހާ ފައިސާ ލިބުނު ގޮތެއް ސާފު ވެއްޖެ؟
މެެންޓަލިސްޓް
01 November 2016
އިނގިރޭސިވިލާތުން ގެއެއް ބައްލަވައި ގަންތާ ވަރަށް ދުވަސް ވެއްޖެ ، ދެން 5 މިލިއަން ރުފިޔާހުރުމަކީ މައްސަލައެއްނޫނެއްނޫންތޯ ހ.ރަބީއީމަންޒިލްއަކީ 10 ބުރިއަށް ހަދާފައި ހުރި އިމާރާތެއް އެތަނުން ކުލިވެސް ލިބޭނެނޫންތޯ ؟؟ އަނެއްކޮޅުން ރައީސްމައުމޫންގެ ސަރުކާރުން ބިޑްކޮއްގެން އޭރު ޝާހިދުއާއި މުނައްވަރުވެން ނެންގެވި ވެލާވަރު ވެސް ޗަންޕާ ހުސެންއަފީފްއަށް ވިއްކައިގެން ވެސް ހުންނާނެނޫންތޯ ފައިސާ ލިބިފައި ،،، ވީމާ ޝާހިދުގެ މިލްކިއްޔާތާއި ހުރި ފައިސާއަކީ މާކަބޮޑުމައްސަލައެއްނޫންކަމަށް ދަންނަވާންޖެހެނީ ،،، ދެން ތިޔަމާލީ ބަޔާންގައި އެބޭފުޅާ ބޭނުންވިނަމަ އޮޅުވައިލައިގެންވެސް ހުށައެޅުނީސް ނަމަވެސް ހަގީގަތް ހާމަކޮއްފައިއޮތުމަކީ ރަގަޅުކަމެކޭ ދެންނެވޭނީ ،،، ވަރަށް ސަލާމް
އަލިދީދީއައްޑޫސިޓީ
01 November 2016
މަޖިލީސް މެމްބަރު އޮނަރަބްލް ގާސިމް އިބްރާހީމް އަދި އޮނަރަބްލް ސަންޓްރެވަލް ޝިޔާމް ފަދަ ބޭފުޅުންގެ މާލީ ބަޔާނުގައި ވެސް ތިއަށްވުރެ ގިނައިން ހުރުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު، ދަންނަވަންތޯ އޮނަރަބްލް ޢަބްދުﷲ ޝާހިދު ފަދައިން ކެރިވަޑައިގެން ރައްޔަތުންނަށް އިޚްލާޞްތެރިކަމާއެކު މިކަންކަން ހާމަކުރައްވަން ކެރޭނީ މަދު މެންބަރުންތަކަކަށް. 41ރ. ގެ ބަޔާނަކީ އޭގެ ހެއްކެއް.
އަލީ
01 November 2016
މީގެފަހުން އަބްދުއްލާ ރިފާއުގެ އަތުގަ އެބުނާ 41 ރުފިޔާއައްވުރެއިތުރައް އެއްޗެއް އޮވެއްޖެނަމަ އަދި އެލިބުނުގޮތެއް އެގެން ނެއްނަމަ އެވާނީ ކަރަޕްޝަނުން ލިބުނު އެއްޗަކައްތާ އަދި އެކަމާ ދައުވާވެސް ކުރެވެންޖެހޭނެއެއްނު.
ހަވާ
01 November 2016
ބަލަ އެއީ ސަރުކާރު މެންބަރެކޭ
ބަކުރު އެންޑް ޒުބޭރް
01 November 2016
ބޮޗޭތީ ދެން ތަންކޮޅެއް ބޮޑުވަރުކަންނޭގެ. އެންމެ 41 ރުފިޔާ. އަދި އެއްފަހަރު ބޭނުންވޭ ސާފުކޮށްލަން 41ތޯ 410ތޯ 4100ތޯ 41000ތޯ 410000ތޯ 4100000ތޯ 410000000ތޯ. މިހާރުން މިކަން ރަގަޅަށް ސާފުކޮށްލަދެއްވުން އެދެން
ސަރުކާނު
01 November 2016
އެކަމަކު މީހަކު ކަމަކާ މިހާރުވެސް ދޭބަލަ ބުނާނެ މިވަގުތު ތިކަން ކޮށްދެވޭކަށް ނެތޭ.
ހަވާ
01 November 2016
އެއީ އަމިއްލަކަމެއް
ފަހުން
01 November 2016
ފަހުން ބަޔަކު މިމައުލޫމާތު ހޯދައިގެން އެކަން ފަސާދައަށްޓަކައި އާއްމުކުރުމަށްވުރެ ރަގަޅު ކުރިން މިހެން ބުނުން. ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރު މަދުވާނެ. އަދި ގަންނަން އުޅޭނަމަ ވިކޭނެ އަގުވެސް ސާފުވާނެ.