ދުނިޔެ / އެމެރިކާގެ އިންތިޚާބު 2020

ވާދަވެރިކަން ބޮޑު، ނަތީޖާގެ އިންތިޒާރުގައި އެމެރިކާ ހުއްޓިފައި

ވޮޝިންޓަން (ނޮވެމްބަރު 4) - އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވެސް ވަނީ ކާމިޔާބުވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ބައިޑަން ވިދާޅުވެފައި ވަނީ އެމަނިކުފާން ވަނީ ކާމިޔާބީ އަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. ބައިޑަން އަށް ރައްދު ދެއްވައި ޓްރަމްޕް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާން ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އަދި ވިދާޅުވީ ޑިމޮކްރެޓިކުން އުޅެނީ އިންތިޚާބު "ވަގަށް ނަގަން" ކަމަށެވެ.

އުފަން ސްޓޭޓް ޑެލަވެއާގައި ވާހަކަ ދައްކަވަމުން 77 އަހަރުގެ ބައިޑަން ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ބަޔަކު ޕޯސްޓުން ވޯޓުލާފައިވާތީ ނަތީޖާ ލިބެން "ވަގުތު ކޮޅެއް" ނަގައިފާނެ ކަމަށެވެ.

"އެކަމަކު އެންމެ ވޯޓެއް ވެސް ގުނާ ނުނިމެނީސް މިކަމެއް ނުނިމޭނެ،" ބައިޑަން ވިދާޅުވި އެވެ.

ކާމިޔާބުވާނެކަން ބައިޑަން އިއުލާން ކުރެއްވިތާ ސިކުންތު ކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ ބޮޑު ކާމިޔާބީއަކާ ދިމާލަށް އެމަނިކުފާން މިސްރާބު ޖަހާފައި ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް ސާފު ކުރި ނަތީޖާތަކުން ބައިޑަން އަށް 224 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.

10 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 67%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓގފހ

04 November 2020

ޓްރަމްޕް މި ނަގައިފި. މަރުހަބާ. 293 ހޯދާނެ. މިޗިގަން ޕެންސިލްވޭނިއާ، ވިސްކޮންސިން، ޖޯޖިޔާ، ނޯތް ކެރޮލީނާ މިހާތަނަށް ބޮޑު ތަފާތަކުން ކުރީގަ އެ އުޅެނީ. އަތު ނުވާނެ. ބައިޑެން އަށް ލިބޭނީ ނެވާޑާ ލިބިއްޖެނަމަ ވެސް 238.

The name is already taken The name is available. Register?

ކައުންސެލަރު

04 November 2020

ހުނ! މަކަށް ހެޔޮ ކޮންމެ މީހަކު ހޮވުނަސް. މަށަށާ ދިވެހި ޤައުމާ މުސްލިމުންނަށް ހެޔޮއެދޭނެ އެކަކުވެސް ނެތް ތިތާކު.

The name is already taken The name is available. Register?

ހަކީމް

04 November 2020

ފެންނަ މަންޒަރުތަކުން ހީވަނީ ބޮޑު ހާޖާނަކަށް ވާނެހެން. ލާފަ ހުރި ވޯޓު ނުގުނަން ބުނުމަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވާނެ.

The name is already taken The name is available. Register?

ސިމްޕަލް

04 November 2020

އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ވަނީ ކަނޑީގެ މިޔަމަތީގައި ނޫން. އެމެރިކާގެ ރައްޔިތުން ކަނޑިން ނަތީޖާ ފަޅިކޮށް ބޮޑު ފަޅި ރައީސް ޓްރަމްޕަށް 4 އަހަރު ދުވަހަށް ދީފިކަމަށް ވަރަށް ބޮޑަށް ބެލެވޭ.

The name is already taken The name is available. Register?

މާސްޓަރ

04 November 2020

ކޮބާތަ ކަޑިއަށްވެފަ. އެއް ނުކޮށް ހުރީ ހުސް ބޮޑު ތަފާތަކުން ޓްރަމްޕް ކުރީގަ އުޅޭ ސްޓޭޓް ތައް.

The name is already taken The name is available. Register?

ހެރިޓޭޖް ޓިންޓިން

04 November 2020

އަހަރުމެން މިހާރު މިތިބީ އޮފީހުގަ ބޮޑު ސްކްރީން އަޅުވައިގެން ބަލަން..ނަތީޖާނެރޭނީ އެރިޒޯނާ ފޮށީން.

The name is already taken The name is available. Register?

އެކމުހައްމަދު ފުު

04 November 2020

އެރިޒޯނަ ލިބިގެނެއް އަދި ނެތް ވާކަށް.. ބާކީ ހުރި ސްޓޭޓުތަކުން ޓުރަމްޕު 24 ވޯޓު މަތގާ އުޅެނީ..

The name is already taken The name is available. Register?

ޓގފހ

04 November 2020

އަތެއް ނުވާނެ. އެރިޒޯނާ އަކީ 11 ވޯޓު. ނިމޭްރު ޓްރަމްޕް 293 ނަގާނެ. ބަލަން ތިބޭ

The name is already taken The name is available. Register?

އޭނަ މީނަ

04 November 2020

ޖޯރޖިޔާ ވަރަށް ކްލޯސްކޮށް އޮތީ. މާހިރުން ބުނަނީ ބައިޑަން ޖޯރޖިޔާއިން ކާމިޔާބު ހޯދައިފިނަމަ އިންތިޚާބު ކާމިޔާބުކުރާނެކަމަށް.

The name is already taken The name is available. Register?

ދނގގ

04 November 2020

ޖޯޖިޔާ އެކަނި ހޯދައިގެން ނުލިބޭނެ. އެއީ 16 ވޯޓު. އޭރުން ވެސް ޓްރަމްޕް އަތުގަ 277 އޮންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454