04 ނޮވެމްބަރ 2020 - 14:19
މީހުން އުޅޭ ހުރިހާ ރަށަކަށް 2023ގެ ކުރިން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮގަސްޓް 5، 2020 ގައި ތަސްދީގުކުރެއްވި "ފެނާއި ނަރުދަމާގެ ގާނޫނު" ބުނާގޮތުން، އެ ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. އެކަމުގެ މަސައްކަތްތައް ކުރަން، ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކޮށް، ތިން މަސް ދުވަހުގެ ތެރޭގައި ލޯންޗްކުރަން ޖެހެ އެވެ.
އެ ޕްލޭން ތައާރަފުކޮށްފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.
ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު ހަ ސިޔާސަތު ބިނާ ވަނީ އެންމެންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށާއި ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާ އަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށާއި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމައުއަށް ބިނާކުރުމުގެ މައްޗަށެވެ.
ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓިޖިކް ޕްލޭނަކީ މި ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފޭނެ ޕްލޭނެކެވެ. އެ ތަންފީޒުކުރާނީ ކަމާގުޅޭ ވުޒާރާތަކާއި ކުނފުނިތަކާ އޮފީސްތައް ގުޅިގެން އެންވަޔަރްމަންޓް މިނިސްޓްރީންނެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެނަވްޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މީހުން ދިރިއުޅޭ 42 ރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވާއިރު 69 ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން 40 ރަށެއްގައި އަދި ފަންޑެއްގެ އެހީގައި ހަތަރު ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާއިރު ވާރޭފެން ރައްކާތެރިކުރުމަށް 40 ރަށުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ވެސް 53 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ސުނާމީ އެރިފަހުން ފެނުގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިިމަތިވެގެންދިޔަ ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ފެން ލޮނުވެ، ތަޣައްޔަރުވެ ބޮޑެތި ގެއްލުންތައް ވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
"އެއަށްފަހު ރާއްޖޭގެ ފެނާއި ނަރުދަމާގެ ކަންކަން ވަކި ގޮތަކަށް ތަރުތީބުކުރަން ވަރަށް މުހިއްމުކަމަށް ވެގެން ގޮސްފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން ކަމަށާއި އެ މަސައްކަތަށް ފަންޑު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
05 November 2020
ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ނުދެވެނީސް އެއްވެސް ރަށެއްގައި މަގު ހެދުން ފަށައިގެންވެސް ނުވާނެ. މިހެންމިބުނީ ގުއި ފެން ބޮއިގެން އެއްބަޔަކު ބައިތިއްބާފައި ކޮންމެ ފަސްއަހަރަކުން އަބަދުވެސް ޕްލޭންތައް ހަދާފަ ނުފޫޒުގަދަ ރަށްކޮޅަކަށް ހުރިހާކަމެއް ކޮށްދޭތީ.
މޫސަ123
05 November 2020
ސަރުކާރަށް ދެއަހަރުވީ އަދިކިރިޔާ ޕްލޭންތައް ހެދުނީ މަހީކުރީ އެޖެންޑާ 19 ރައްވެހި ފަތިހުގަ ތިޔަހުރިހާ ޕްލޭންތަކެއްހަދައިގެ ކަމަށް އުޅުނީ ކުރީސަރުކާރުން ފަށާފައިވާ މަސްރޫއުތައްވެސް ކުރިޔަށްދަނީ ވަރަށް މަޑުން ދެން ތިޔަޕްލޭން ތަކަށް ފަންޑުހޯދަން ދެއަހަރު ދެން ވީ ވައުދުތަކަށް އަދި ޕްލޭނެތް ނެތް އިންތިހާބުތެރޭ ވައުދުވީ އެއްވެސް ޕްލޭނެއްނެތި ހަމަހިތައް އެރިއެއްޗެއް ގޮވީދޯ މަދެން ކަލޭމެނަށް ސަލާން ..
ރަދުން
04 November 2020
ކަލޯމެންގެނެތް ތިޔަވަރުގެ ސިކުނޑިއެއް.މިސަރުކާރުގަ އެކެޕޭސިޓީވެސްނެތް.
ތަފާތު ނުކުރާ ށޭ
04 November 2020
ސާފު ބޯފެނާއި ފާޚާނާ ކުރުމުގެ ނިޒާމު އަހަރެމެނަށް ހަމަ ޖައްސާ ނުދީ އާބާދީ ބޮޑެތި ރަށް ރަށުގައި މަގު ހެދުމާއި ކޯޒްވޭ ހެދުމާއި ޕާކް ހެދުމާއި ބަދަރު މަރާމާތު ކުރުމާއި ފްޓްސަލް ދަނޑު އެޅުން ހުއްޓާލާ ށޭ..
ދަށުން ދަމާ
04 November 2020
މަގު ތާރަ އަޅާ ބިން ހިއްކާ އެއަރޕޯޓް ހަދާގެން ގޭ ދިރުމައްޗަށް އެއް ބަޔަކު އުދުހޭ އިރު އަނެއް ބަޔަކު ނަޖިސް ފެނުން ފެން ވަރާގެން އެފެން ބޮއިގެން ދިރި އުޅޭ ކަމެއް ކަލޯމެނަކަށް ނޭގޭ ހޭ.. ކޮބާ އިންސާފަކީ؟
މުސީބާތެއް
05 November 2020
މިސަރުކާރު ގެނައުމުން ހުރިހާ މޮޅެއްވީ އަވައްޓެރި ގައުމަކަށް. ރާއްޖެތެރޭގެ ފެނާ ނަރުދަމާ ދިގުދެމިގެންވާ ގޮތެއްގައި ޣާއިބުވެއްޖެ. ދެން ކަލޯމެންނަށް ލިބުނީ ކޮން މޮޅުކަމެއް. ސަރުކާރެއް ގެނެވިއްޖެ ދައުލަތުގެ ޚަޒާނާ ހުސްކޮށްފަ ގައުމަށް އުފަންވާން އޮތްކުއްޖާވެސް ހިމެނޭގޮތަށް ދަރަނިވެރި ކޮއްފި ނިމުނީ ވައްސަލާމް
ލ.ހިތަ-ކުނަދޫ
04 November 2020
ސާފު ބޯފެން ނުލިބި، ފާޚާނާ ނުކުރެވިފައި އަހަރެމެން ތިއްބާ މިހާރު ބައެއް ރަށް ރަށުގައި ފާޚާ އޮޅި އާއި ބޯފެން ހޮޅި އަޅާ ނިމިގެން މަަގު ތާރަ އަޅާއިދީ ބިންހިއްކާދީ ޕާކް ހަދާދީ ނިންމުމަކީ ކިހާ އަނިޔާވެރި ސިޔާސަތެއް ބާއެވެ.
ރަށު މީދާ
04 November 2020
އަހަރެމެން ރަށުގަ ނަރުދަމާ އަޅަން މިއަހަރު ބަޖެޓުގަ ޕްލޭނިންގ އަދި ސާވޭ ހެދުމަށް އޮތީ ހަތަރު ލައްކަ ރުފިޔާ ބަޖެޓުގަ ޖަހާފަ. އެއްކަމެއްވެސް މިއަހަރު ނުކުރޭ. އެކަމު ދާއިރާގެ އެމްޕީ ހަމަ ރަށައް އަރާ ކޮންމެ ފަހަރަކު މިއަހަރު ނަރުދަމާ ނިމޭނެ ކަމަށް ބުނޭ. ރައްޔިތުން ގުނބޯ ހައްދަނީ.
ދޭސީ
04 November 2020
މައުމޫން ޒަމާނުގަ ރަށްރަށުގަ ކަންތައް ކޮށްދިން ގޮތައް ތިކުރަނީ. އެއް އިންތިހާބާ ދިމާކޮށް މަޝްރޫއޫ އިއުލާން ކުރާނީ. އަނެއް އިންތިހާބާ ދިމާކޮށް ބިންގާ އަޅާނީ. އަނެއް އިންތިހާބާ ދިމާކޮށް ކަޑަ ޖަހާނީ. މިހެންގޮސް މަޝްރޫއު ނިމޭނީ 20 އަހަރުން. ގޯހެއް ނޫން
ގިރާފީ
04 November 2020
ހުރިހާ ރަށަކަށް؟؟؟އެއްވެސް ރަށެއްގައި ފެނާއި ނަރުދަމާ ނެތީތަ؟؟ހުރިހާ ރަށަކަށް ބަޖެޓް ކުރީ ކޮރަޕްޝަން ހިންގަންތަ؟؟ކުރީ ސަރަކާރުތަކުން އާބަދީ ބޮޑު ގިނަ ރަށްތަކެއްގައި ތިކަން ކޮށްފަވަނީ...
މޫސަ123
05 November 2020
މުޅިންވެސް އޮޅުވާލުން ފެނާނަރުދަމާ މިހާރު އަޅާފައޮތީ މިތައްރަށުގައޭ ބާކީ އޮތީ މިތައްރަށޭ ނުބުނެ ރާއްޖޭހުރިހާ ރަށްކަށް މިކަން ކޮށްދޭނަމޭ ބުނީމަ މިއެގެނީ މިމީހުންގެ ޚަސީލަތް ނުބައިކަން މަކަރުވެރިކަން ސާފުބަހުން ވާހަކަ ދައްކަން ނޭގޭބަޔަކަށް ވާނީ ކޮންކަމެއް.
ނިމުނީ
04 November 2020
ތިކަންވެސް ތިއޮތީ ސުރުހީ އެޅިފަ ތިކަން ދެން ތި ނިމުނީ