ގެސްޓު ހައުސްތައް ހުޅުވާލުމުން އައި ފުރަތަަމަ ޓޫރިސްޓުން މާފުށީގައި-- ފޮޓޯ:އަބްދުﷲ ނާޝިދު
08 ނޮވެމްބަރ 2020 - 20:48
ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބަލަން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ފޮނުވާ "މިސްޓްރީ ގެސްޓުން" ޓޫރިސްޓު ފެސިލިޓީތަކުގައި ބުކިން ހައްދާނީ މިނިސްޓްރީ މެދުވެރިނުކޮށް އަމިއްލަ އަށެވެ. މިގޮތަށް އަންނަ ޓޫރިސްޓުން އެ ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ޕްރޮސީޖާ އާއި ގައިޑްލައިންތަކަށް އަމަލު ކުރާ މިންވަރު މިނިސްޓްރީ އަށް ރިޕޯޓު ކުރާނެ އެވެ.
މިސްޓްރީ ގެސްޓުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ގައިޑްލައިންތަކާ އެއްގޮތަށް ޓޫރިސްޓް ފެސިލިޓީތަކުން މަސައްކަތް ކުރޭތޯ ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިއީ ރައްޔިތުންނާއިި ޓޫރިސްޓް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެ ތަންތަނަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެކެވެ.
ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ޓޫރިޒަަމް މިނިސްޓްރީން ޕްރޮގްރާމްތައް ފަށާފައި މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމުގެ ސަބަބުން މަރުވެފައި ވަނިކޮށެވެ. އޭނާގެ މަރުގައި ރިސޯޓުގެ އިހުމާލު އެބަ އޮތް ކަމަށް އާއިލާ އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ރިސޯޓުން އެކަން ދޮގުކުރެ އެވެ.
މީގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކުގައި ކޮވިޑް-19 ފެތުރިފައިވާވަރު ބެލުމަށް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
09 November 2020
ތިޔައީ ސަޅިކަމެއް އެކަމަކު ސުވާލަކީ ގައިޑްލައިން ތަކާޚިލާފުވާ ރިސޯޓްތަކަށް އެއްވެސް ފިޔަވަޅެއް އެޅިދާނެހޭ؟! މިހާތަނަށް ކަންވެފައޮތް ގޮތަށްބަލާއިރު ޖަވާބަކީ ނޭޅޭނޭ ނޭޅޭނޭ ނޭޅޭނޭ!!!!! ދެން ކީއްކުރަން ކުރާކަމެއްތީ؟!
ރިހާބް
09 November 2020
ގައިޑްލައިން އޮތްތާކު އޮތީ...ކަންކުރަނީ ގައިޑްލައިނާއި އެއްގޮތަކަށްނޫން...މާލޭ ތަންތަންވެސް ޗެކްކުރަން ނުކުންނަ ދުވަހު ރަގަޅު ކޮށްލަނީ..މަގުތައްވެސް ފުލުހުންނުކުމެ ހައްލުކިރަނީ..ގައިޑް ލައިން ނެރުނަސް ނުވާނެ..
އެއއއެފާތުން
09 November 2020
ކޮންގަަ އިޑްލަ އިން އެ އް ތޯ،؟؟ ސްޓަރފުންނަށް އަބިދަރިން ގޮވާގެން އުޅޭވަރަށް މުސާރަ ދޭތޯ ބަލާބަލަ ސޭޓްގެ 2 ރިސޯޓްގަ ގެސްޓުން %50 އުޅޭ އިރު އަދިވެސް މުސާރަނުދޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ދޭންކަޑަ އަޅާފަ އޮތީ މިތަނުގަ ގެސްޓުން ނެތް އިރުދޭން ކަޑަ އެޅި މުސާރަ. ސަރުކާރުން ލޯނުނަގާ ގެންވެސް މުސާރަ އެއ އްނުދިން ރަގަޅަށް ބަލާތި .
1828
08 November 2020
އަދި އަވަސް.