ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހަމަޖެހުން ގާއިމްކޮށްދެވިއްޖެ، ކުރިއަށް އޮތީ މަޝްރޫއުތަކުގެ އަހަރު: ރައީސް

ރައީސް މިއަދު ރައްުޔިތުންނާ މުޚާތަބް ކުރައްވަނީ: ކުރިއަށް އޮތީ ތަރައްގީގެ މަޝްރޫއުތަކުގެ އަހަރު ކަމަށް ވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް

ގައުމުގައި އޮތް ސިޔާސީ ހަމަނުޖެހުމާއި އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، މި އަހަރު ދިމާވި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތަކަކާ އެކު ކުރިއަށް އޮތީ މީހުން ބިނާކުރުމާއި މަޝްރޫއުތަކުގެ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަަސް އަދި އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބް ކުރައްވައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިނުގަނެވި، ވެރިކަމުގެ ތިން ވަނަ އަހަރަކާ ކުރިމަތިލައްވަނީ ގޮންޖެހުންތަކަކާ އެކުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރު ފައްޓަވަނީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ކަންކަމަށް އިސްކަންދީ ރޭވުންތެރިކަމާ އެކުގައި ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތަކުގެ އަހަރެވެ. ކޮވިޑް-19ގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަންނައިރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ މީހުން ބިނާކުރުން ކަމަށް ވިދާޅުވި އެވެ.

"މާތް ﷲގެ ވާގިފުޅާ އެކު، އަންނަ އަހަރުގެ ތެރޭގައި ވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ 56 މަޝްރޫއެއް އެކި އަތޮޅުތަކުގައި އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށެވެ. ފަސް ސަރަހައްދެއްގައި އަޅާ ޓާޝަރީ ހޮސްޕިޓަލުތަކުގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި އަންނަ އަހަރު އެ މަޝްރޫއުތައް ފަށައި 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތް ލިބޭނެ ގޮތް ސަރުކާރުން ހަދައިދޭނެ އެވެ.

ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ތިބެން ނެތް ކަމަށް ކޮވިޑުން ދަސްވި ފިލާވަޅާ އެކު، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ތަރައްގީކޮށް އިގްތިސާދު ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ކުޅިވަރާއި ތައުލީމާއި ޒުވާނުންގެ ކުރިއެރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ތިމާވެށީގެ ދާއިރާ އިން ވެސް އަމާޒުތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

މިއަދުގެ މި އުފާވެރި މުނާސަބަތުގައި ވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަމާ އެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. އެއީ އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ހޯދައިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ކުރިއެރުމަކީ ހަމަޖެހުމާއި އަމާންކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް.

- ތިން ވަނަ އަހަރަކާ އަޅުގަނޑުމެން މިކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު ރޭވުންތަކަކާ އެކު.

- ގައުމީ ތަރައްގީގެ 372 މަޝްރޫއެއް ފަށައި 154 މަޝްރޫއެއް މިހާރު ވެސް ކުރިއަށް އެބަދޭ.

- އަންނަ އަހަރުގެ ތެރޭގައި ވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ.

- ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ.

- ކޮވިޑް-19 އިން އަރައިގަތުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުން ބިނާކުރަން. ތައުލީމީ ދާއިރާއަށް އޮތް އަމާޒުގެ ތެރެއިން ފަސް ސަރަހައްދެއްގައި އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކުރާނެ.

ރައީސް ވިދާޅުވީ 2018 ގައި ވެސް ވެރިކަމާ ހަވާލުވެ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް ފެށީ ފުރިހަމަ ރޭވުންތެރިކަމާ އެކުގައި ކަަމަށެވެ. އެކަމަކު، މުޅި ދުނިޔެއަށް ފެތުރިގަތް ކޮވިޑް-19 އިން ރާއްޖޭގެ ރައްޔިތުންނަށް ދަތި ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ބަލިމަޑުކަމެއްގެ އިތުރުން މި ވައިރަސް ވީ އިގްތިސާދީ ބޮޑު ކާރިސާއަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަތީޖާއަކަށް ވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތަރައްގީގެ މަޝްރޫއުތަކުގެ ތަރުތީބު ބަދަލުކޮށް، ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް އެ ވަބާއިން ރައްކާތެރިވެވޭނެ ގޮތްތަކަކަށް ހުރިހާ މަސައްކަތްތަކެއް ބައްޓަން ކުރަން ޖެހުމެވެ.

ރައީސް ވިދާޅުވީ ދަތި އެ ހާލަތުގައި އިސްކަން ދެއްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި ރައްޔިތުންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ގައުމު ހިންގުމެވެ. ކެއިންބުއިމާއި އަސާސީ ތަކެއްޗާއި ބޭސްފަރުވާ އަށް ބޭނުންވާ ވަސީލަތްތައް ލިބުމުގައި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެންދާ ވަރުގެ ދަތިކަމަކާ ކުރިމަތިނުވީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެ އަހަރުގެ ބޮޑު ކާމިޔާބީއަކީ ހަމަޖެހުން"

ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް ހާލަތު ސިފަކޮށްދެއްވަމުން، ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުން ކެނޑި ރާއްޖެ އެކަހެރިވެ، ގައުމުގެ އިޖުތިމާއީ ހަމަޖެހުން އޮތީ ގެއްލިފައި ކަމަށެވެ. މަރާމާރީ އާއި ގޭންގް ކުށްތަކާއި ސިޔާސީ ހަމަނުޖެހުންތަކުން ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ނުތަނަވަސްކަން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވީ، ރައީސް ވިދާޅުވި ގޮތުގައި، ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ، އަދި ހޯދައި ދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ހަމަޖެހުމާ އެކު މުޖުތަމައުގައި ހުރި މައްސަލަތަކުގެ ވާހަކަ ވެސް ބިރެއް ނެތި ދަނީ ދައްކަމުންނެވެ. ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ގޯނާތަކާއި ގެވެށި އަނިޔާ އާއި ކޮރަޕްޝަންގެ މައްސަލަތައް ހާމަކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ، މައްސަލަތައް ރިޕޯޓްކޮށް ނުފޫޒެއް ނެތި މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަމާ އެކު ނިޒާމެއް މި ސަރުކާރުން ގާއިމްކޮށްދީފައި އޮތުމުންނެވެ.

"އެންމެ ގިނަ މަޝްރޫއު ހިންގީ މި ސަރުކާރުގެ ދެ އަހަރު"

ކޮވިޑުގެ ބަލިމަޑުކަމުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކު އެކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ތަރައްގީ އެއްކޮށް ހުއްޓާނުލާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކި ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ 372 މަޝްރޫއެއް ފަށާފައިވާއިރު، މިހާރު ވެސް 154 މަޝްރޫއެއް ކުރިއަށް އެބަދެ އެވެ.

"އަދި އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ހެދި ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ވެސް ސަރުކާރުގެ ވިސްނުންތަކުން ޕްލޭންތަކެއް ވަނީ އެކަށައަޅާފައި ކަމަށެވެ.

ކޮވިޑުން އަރައިގަތުން: އެންމެ ބޮޑު އިސްކަމެއް މީހުން ބިނާކުރުމަށް

ރައީސް ވިދާޅުވި ގޮތުގައި، އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ، މީހުން ބިނާކުރުމެވެ. އަންނަ އަހަރު ތައުލީމީ ދާއިރާ އަށް އަމާޒުހިފާފައިވާ ކަންކަމުގެ ތެރެއިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ބޭނުންވާނެ އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

"މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްގީކުރުމަށާއި، ޖޫނިއަ ކޮލެޖް ގާއިމްކުރުމަށާއި، ޕޮލިޓެކްނިކްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ދެ އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަދި ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8،200 ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދީފައި ވުމެވެ. ލުއި ލޯންތައް ހުޅުވާލައި 23 ގައުމެއްގައި 1082 ދަރިވަރުން ކިޔަވަމުން އަންނަ ކަން ވެސް ލިބިވަޑައިގަންނަވާ އުފާފުޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން އެއީ އަންނަ އަހަރު ވެސް ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި މިއަންނަނީ ކުރަމުން. އޭގެ ސަބަބުން، ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުން. ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

"ވަކިވަކި ފަރުދުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫއުތަކަށާއި އިޖްތިމާއީ ރައްކާތެރިކަމަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައި ވާނެ. އަދި އަލަށް ތައާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ،" ރައީސް ވިދާޅުވި އެވެ.

40 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނު ހުންނަ މީހާ

12 November 2020

ލޯނުނަގައިގެން ހިންގާ މަސްރޫތައް އިތުރުވާ ވާހަކަ ދެއްކުން ހުއްޓާލާ އަތްމަތި ދަތިވެ ހަދާނެގޮތް ހުސްވާ ވާހަކަ ދެއްކުން ކިހިނެތްވާނެބާ

The name is already taken The name is available. Register?

އެމްސް

12 November 2020

އުފެދެންވީ ވަޒީފާ، ތަރައްގީގެ ހުރިހާ ކަމެއްވެސް އާޚިރުގަ ނިމެނީ އަތްމަތި ތަނަވަސް ވުމާ

The name is already taken The name is available. Register?

މޫސަ123

11 November 2020

ހަމަޖެހުން އޮތްކަން އެގޭނެ ފިސާރި ރީއްޗަށް މި ކޮވިޑުން ސަލާމަތްވީމަ.

The name is already taken The name is available. Register?

ޢަބުދުލް ޤާދިރު

11 November 2020

ރައްޔިތަކު ބޭރަށް ނުކުތަ ނުދީ ކާފިއު ހިންގައި ގޭގައި ބަންދުކޮށްގެން ތި ބުނާ ހަމަޖެހުމެއް ގެނެސް ފައި މި އޮތީ. ކާފިއު ދޫކޮށްލާ ހިސާބުން އެނގޭނެ ހަމަޖެހުން އޮތް މިންވަރު.

The name is already taken The name is available. Register?

ހަސަނު

11 November 2020

ކޮވިޑުގެ ނުރައްކާތެރި ހާލަތުގާ ގިނަ ބަޔަކު މަރު ނުވެ، ގައުމު ބަނޑަށް ނުޖެހި މިބއޮތި ސަެުކާރުހެ ހަރުދަނާ ސިޔަސަތުގެ ސަބަބުން...

The name is already taken The name is available. Register?

އަހަރުމެން

11 November 2020

ހަމަޖެހުން ނަގާލަނީވެސް ކަލޭމެން ހަމަޖެހުން ގާއިމްކުރަނީވެސް ކަލޭމެން

The name is already taken The name is available. Register?

ޝޮކްތެރަޕީ

11 November 2020

ރައިސް ޔާމިން ވެރިކަމުން ފޭބިއިރު ދައުލަތުގެ ރީޒާވްގަ 800މިޔަން ޑޮލަރުހުރި. ދަރަނި ފޫބައްދަން 300މިލިޔަން ޑޮލަރުހުރި. އެޔާޕޯޓް ދަރަނި ދައްކަން 200މިލިޔަން ޑޮލަރައްވުރެ ގިނަ ފައިސާ ދައުލަތުގެ ބެލުމުގެ ދަޝުގަ ހުރި. ރައިސް ޔާމިން ނެގި ލޯނައްވުރެ ގިނަ ޑޮލަރު ދައުލަތުގެ ރިޒާވްގަ ބަހައްޓަދީފަ ރައިސް ޔާމިން ވެރިކަމުން ފޭބީ. މިހުރިހާ އެއްޗެ އެމްޑީޕީ ސަރުކާރުން ދިރުވާލީ.

The name is already taken The name is available. Register?

ައަފުރާސިޔާބު

11 November 2020

ވެރިކަމުން ފޭތީތޯ ނުވަތަ ރައްޔިތުން ގަދަކަމުން ބޭރުކުރީތޯ؟ 10 އަހަރުދުވަހުންވެސް ފޫނުބެއްދޭހާ ފައިސާ ކާލާފައި ރަށެއް އޮތިއްޔާ ވިއްކާލާފައި، ފަރެއް އޮތިއްޔާ ގެއްލުވާލާފައިވާތީ ރައްޔިތުންގެ ވޯޓަކުން ތަޅައި ބަލިކޮށްފައި ޖަލަށް ގެންގޮސްލާފައި އެހުރީ. އެމެރިކާގައިވެސް އެއުޅެނީ ޖަލުގެ ރައީސެއް އުފަންވާން. ޓެކްސް އަށް މަކަރު ހަދައި ޓެކްސް ކާލާފައިވާތީ.

The name is already taken The name is available. Register?

ދިއްދޫމީހާ

11 November 2020

ތިޔަ ދައްކަވާ ވާހަކާގަ އެއްވެސް އޮއްޓަރެއް ނެތް، ލޮކްޑައުން އުވާލީމާ އިންގޭނީ ހަމަޖެހުން އޮންނާނެ ވަރެ އަދި އަނެއްކޮޅުން ހިންގާފަ ހުރި ވައްކަން، އިބްރާހިމް ގައުމު ހިންގަން އުޅެނީ ފިނިހަކަ ދުވެލީގަ..

The name is already taken The name is available. Register?

މީމަގޭ ހިޔާލު

11 November 2020

ތިބުނާ ހަމަޖެހޭ މަހައުލަކީ ޔާމީނު ކިޔާމީހަކު ޖަލައްލުންކަމުގަވާނަމަ އެމާހައުލު ލިބިއްޖެ ޔާމީނުގެ 5 އަހަރު ނެތް ހަމަޖެހުމެއް އޮތްކަމަކަށް ގަބޫލެއްނުކުރަން ފޭރުމާ މަސްތުވާތަކެތި އަދުލު އިންސާފާ ކޮރަޕްޝަން ވައްކަންކުރުމާ ގެވެށި އަނިޔާ ތޮއްޖެހުމާ ވަޒީފާނެތުން ގެދޮރުވެރިކަން އަތޮޅުތަކުގައި އަސާސީ ހިދުމަތުގެ ހާލާއި ވަޒީފާނެތުން މިހެންގޮސް ހަމަޖެހިލަައިގެން ރީތި ދިރިއުޅުމެއް އުޅެންބޭނުންވާ އެންމެހާކަމެއް އޮތީ ހަމަ އިހު ހުރިހާލުގަ

The name is already taken The name is available. Register?

މުރާސިލް

11 November 2020

ރ.ސޯލިހު ދައްކަވާ ވާހަކަތައް ދިމާކުރާނެ ގޮތެއް ނޭންގެއެވެ. އަންނަ އަހަރަކީ މަސްރޫޢުތަކުގެ އަހަރުކަމުގައި ވިދާޅުވެފައި ދެން ތިޔަ ވިދާޅުވަނީ އަންނަ އަހަރަކީ ވަރަށް ދަތި އަހަރަކަށް ވެދާނެ ކަމުގައެވެ. މަސްރޫޢުތަކުގެ އަހަރުގައި ރައްޔިތުން ދަތިހާލުގައި އުޅެން ޖެހޭކަމަށްވާނަމަ، ތިޔަ މަސްރޫޢުތަކުގެ އޮތީކޮން ބޭނުމެއް ހެއްޔެވެ؟ ރައްޔިތުން ދަތީގައި އުޅެން ޖެހެންޏާއި ތިޔަ މަސްރޫޢުތައް ނުހިންގާ ހުއްޓާލައްވާ މަނިކުފާނުވެސް ވެރިކަން ދޫކޮށްލާ ވަޑައިގަންނަވާށެވެ

The name is already taken The name is available. Register?

މެކުހަށް ޖެހު ން

12 November 2020

ދިމާކުރާތީ ނިޒާމުގަ ދިމާކުރާ ނެ ގޮތެއް ނޭގޭ ނެ ޗަކޮޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454