ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ފަތްކޮޅު އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2020 - 14:16
ކެބިނެޓުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ކަނޑައެޅި ހެލްތު މިނިސްޓްރީ ހިންގެވުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަހްމަދު ނަސީމްއާ ހަވާލުކުރެއްވީ، ވަރަށް ގާތުން ސިއްހީ ދާއިރާގެ ކަންކަން ބައްލަވައި ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ދެ އަހަރު ފުރުމާ ގުޅިގެން ރައްޔިތުންނާ މުޚާތަބް ކުރައްވައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރަން އެކި އަތޮޅުތަކުގައި އަންނަ އަހަރު 56 މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އެންމެ މުހިއްމު މަޝްރޫއަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅެއްގެ ބަދަލުގައި ނަސީމް ހަމަޖެއްސެވީ ވެސް ސިއްހީ ދާއިރާ އަށް ވިސްނެވުންތަކެއް ހުރުމުން ކަމަށް ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ރައީސް ވިދާޅުވި އެވެ.
މިއީ، ވެންޓިލޭޓަރު ހޯދުމުގައި ފެންމަތިވި މައްސަލަތަކާ ގުޅިގެން އަމީން އިސްތިއުފާ ދެއްވުމުން އެ ސްލޮޓް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ދިނުމާ މެދު އުފެއްދި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަން ވެރިކަމަކަށް ވާތީ، އެއްބަސްވި ގޮތާ ޚިލާފަށް ކަމެއް ދާ ނަމަ، އެކަމެއްގައި ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރައްވަ އެވެ. ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަން ކުރެއްވީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ހަމަޖައްސަން ގާސިމް ނަންތަކެއް ފޮނުއްވި ކަމަށާއި އެކަމަކު މި ފަހަރު ބޭނުންވީ އެމަނިކުފާނަށް ޔަގީންކަން އޮންނަ ބޭފުޅަކާ އެ ޒިންމާ ހަވާލުކުރައްވަން ކަން ގާސިމަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން މި ފުރުސަތު އަޅުގަނޑަށް މި ފަހަރު ދޫކޮށްލަ ދެއްވާށޭ. އެ ދާއިރާ އަކީ ވަރަށް ގާތުން އަޅުގަނޑު ބަލައި ބަދަލުތަކެއް ގެންނަން ޖެހޭ ދާއިރާއެކޭ. އެހެންވީމާ އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.
ވައުދުތައް ފުއްދުމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި އެކަމަށް ގާސިމް އެއްބަސްވެވަޑައިގަތުމުން ރައީސް މިއަދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އެއީ، އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ވުރެން ގައުމު، ގާސިމް އިސްކުރެއްވައި ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަން ކުރައްވަނީ ކޯލިޝަން ލީޑަރުންގެ މަޝްވަރާއާ އެކުގަ އެވެ. ހުރިހާ ބޭފުޅުންނާ ވެސް ވާހަކަ ދައްކަވާ ކަމަށާއި ކޯލިޝަނަކުން ވެރިކަން ކުރައްވުމުގައި އުނދަގޫތަކެއް ކުރިމަތިވެވަޑައި ނުގަންނަވާ ކަަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
13 November 2020
ސިއްޙީ ދާއިރާއަށް ބޭނުންވަނީ ޑޮކްޓަރުން، ފައިސާ ހޭދަކުރަންޖެހޭ އެންމެ މުހިއްމު 1 ކަމަކީ ޑޮކްޓަރުންނަށް/މީހުން ގެންނަން/މީހުން ބިނާކުރަން. މިދިޔަ އަހަރުވެސް މިކަމަށް ލޯނު ލިބުނީ ކުރިމަތިލި 64 ކުދިން ތެރެއިން އެންމެ 16 ކުދިންނަށް. ޑޮކްޓަރުންގެ ޝޯޓޭޖް ފިލަންދެން އަހަރަކު 100 ކުދިންނަށް މިފަދަ ލޯން ލިބުން، މަޖިލިހަށް ކުރާ ޚަރަދަށްވުރެ މުހިއްމު. މަޖިލިސް އެންމެ މެމްބަރަކަށް އަހަރަކު ހޭދަވާ ޢަދަދު ޑޮކްޓަރަކު ތަމްރީނުކުރަން ހޭދަވާވަރަށްވުރެ އިތުރު!
ޟަޒްރ
13 November 2020
ކޯލިޝަން ބުނާ ގޮތަކަށް ރައިސް ހައްދަވަން ނުޖެހޭނެ އިނގޭތޯ. މަނިކުފާނުގެ އަމިއްލަ ޗޮއިސް.ގައި ކަންކަން ނުނިއްމޭތީ ފާއިތުވި 2 އަހަރު މި ހާ ސުލޯ މިވީ.
ބާބާ
12 November 2020
މަރުހަބާ މަ ނިކުފާ ނު. ތިޔަ ނެ ންގެވީ މުޅި ދު ނިޔޭގެ އަތްފު ނާ އަޅައިގެ ންވެސް ނުލިބޭ ނެ ފެ ންވަރުގެ ގާބިލް ހު ނަރުވެރި ތެދުވެރި އިޚްލާސްތެރިއެއް.
ދޮންބެއްޔާ
12 November 2020
ދޮގެއްވާނޫން!
އަހަންމާބެ
12 November 2020
ނަސީމު ނޫނަސް މުޅިންވެސް ތިބެންވާނީ އަޅުގަނޑުގެ ޗޮއިސްއޭ، އެހެންމީހުންގެ ޗޮއިސް ތިބެގެންނުވާނެއޭ، އެކަމަކު މިފަހަރު ތިހެން ބުންޏަސް ދުވާލުގެ އަލިކަން ފެންނަފަދައިން އެނގޭކަމަކީ މަޖުބޫރުވެގެން ސެލެކްޓް ކުރި ކުރުމެއްކަން، މުޅިންވެސް މަޖުބޫރީ ޙާލަތުގައި ކަންކުރެވެނީ، އެއަށްވުރެ ބޮޑަށް ފައިވިއްދާފަ އެހުންނަނީ، ހަމަހިލާ ތިބުނާހާ ފަސޭހައެއްކޮށް އަމިއްލަ ޗޮއިސް ނުގެނެވޭނެ.
ސޯޓަށްސީލާ
11 November 2020
ހައިރިސްކް މީހުން ގޭގަ ތިބޭށޭކިޔާފަ ގޮސް އެންމެ އަމަލީ ގޮތުނ އުޅެންޖެހޭ މީހަކަށް މިލީ ހައިރިސްކް މީހެއް...މީދެން އަރަތެއްނު..ގާބިލު އެކަޝޭނަ ތައުލީމީ އިލްމީ ހިލްމީ ބަޔަކު ތިވެހި އުޑުދަށުގަ މިހާރު ނެތީތޯ؟ ނޫނީ ތާއަބަދަށް ދިވެހި ދައުލަތަށް/ރައްޔިތުންނަށް ބަލަދު އަރާފަހުރި ބޭކަލކީތޯ ސިއްހީ ވަޒީރަކީ؟
ދޮންބެއްޔާ
12 November 2020
ނެތޭ އެފަޅިއަކު. އޮތް ނަމަތާ ނެގޭނީ.
ޗަކަ ބޭ
11 November 2020
ނަސީމު ވަން އިރު ކޮވިޑު ޓެސްޓު ހެދިބާ؟
ފަހުދު
11 November 2020
އެވެސް ހައިރިސްކު ކެޓަގަރީ މީހަކު
ރާއްޖެ
11 November 2020
ސިއހީ ދާއިރާއިން ކުރި މަސައްކަތް ކަމަށް ބުނެ ނެެރުނު ލިސްޓްގަ އޮތީ “އަޕްގްރޭޑް” ކުރުމާއި ވަށާ ފާރު ރޭނުން.
ހަސަނުގެކުޑަހުއްތު
11 November 2020
މިތަނުގައި ސިއްހީހިދުމަތް ބޮޑުވިޔަފާރިއަކަށްވެއްޖެ! އަޅާލާނެ މީހަކުނެތް! ރައްޔިތުންގެ ހޮސަޕިޓަލްތައް ރައްޔިތުންނަށް ވިއްކައިގެން ނުވިތާކަށް އާސަންދު ކިޔާއެއްޗެއް މެދެވެރިކޮށް ބާކީއޮތް އެތިކޮޅުވެސް ދަމައިގަނޭ. ދެންއޮތްތަނެއް އާއިލީ ވެއްޖެ. ސެނެހިޔާއަށް ދިޔައީމަ އަހާލާނެ، ސިފައިންގެ ބޭކަލެއްގެ އާއިލާބޭފުޅެއްތޯ! ދެވަނަ ގްރޭޑެއް އުޅެނީތޯ ނުވަތަ ތަން ހިންގަނީ ސިފައިން މަހަށް ގޮސްގެން ނުވަތަ ދަނޑުހައްދައިގެންބާ. ނަސީމަށް އިނގޭބާ!
ސަންޕަދަރި
11 November 2020
ރަނގަޅަށް ތިޔަބުނީ ކުރިމަށްޗަށް ހުށައެޅީ ކެރަފާ އަށް މިނިސްޓަރުކަން ދިނުން ނޫނީ ހިންނަވަރަށް ދިރިއުޅުން ބަދަލުކުރުން, އެހެންވީމާ ޗޮއިސްއަކަށް ވެފަ ތިއޮތީ ކެރަފާ. ގޮތްހުސްވީމަ ތިޔަޗޮއިސް ޗޮއިސް އަކަށްވެފަ ތިއޮތީ.