އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މީގެ ކުރިން މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ބަޖެޓްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެސްޑީއެފްގެ ހާލަތު ރަނގަޅުކުރަން އާދޭހާ އެކު އެދިވަޑައިގަންނަވާ ކަމަށް.
15 ނޮވެމްބަރ 2020 - 13:36
ބޮންޑާއި ސްކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ސަވަރިން ޑިވެލޮޕްމެންޓް ފަންޑް ހަރުދަނާކޮށް، ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާ އެ ފަންޑަށް ޖަމާވާނެ އިންތިޒާމް ހަމަޖައްސަން މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު އާދޭސް ދަންނަވައިިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ސަވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދުމުގެ މަގުސަދަަކީ ވެސް އެ ފަންޑަށް ޖަމާކުރާ ފައިސާއިން ބޮންޑާއި ސްކޫފް ފަދަ ތަކެއްޗަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ބޮންޑާއި ސްކޫކަށް ފައިސާ ދެއްކޭ ވަރަށް އެ ފަންޑަށް ފައިސާ ޖަމާކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަންޑުގެ ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވީ އެކަމަށް އެދިވަޑައިގަންނަވަނީ އާދޭހާ އެކުގައި ކަމަށެވެ.
"އަދި ހާއްސަކޮށް 2020 އަދި 2021 ވަނަ އަހަރަށް ޖުމްލަ 700 މިލިޔަން ޔޫއެސް ޑޮލަރުގެ ބޮންޑް ބޭރު ފަރާތްތަކަށް ވިއްކުމަށް އަންދާޒާކޮށްފައި ވާއިރު މި ބޮންޑް އަނބުރާ އަދާކުރުމަށް ދައުލަތަށް ލިބޭ އާމްދަނީން، އެސްޑީއެފަށް ޖަމާކުރާ އަދަދު އިތުރުކުރެވޭނެ ގޮތެއް ހަަމަޖެއްސުން މުހިއްމުކަމުގައި ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވިގެން މިދަނީ: ގަވަރުނަރު
ދައުލަތުގެ ދަރަނި އަދާކުރާން ފައިސާ ރައްކާކުރާ ފަންޑެއްގެ ގޮތުގައި އެސްޑީއެފް ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރުގައި އެ ފަންޑު ގާއިމްކުރީީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ދެމެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުން މެނޭޖްކުރާ ގޮތަށެވެ. އެކަމަށް ހާއްސަ ގާނޫނެއް އޮތީ ނުހަދަ އެވެެ.
ގަވަނަރު މިއަދު އެދިވަޑައިގަތީ އެ ފަންޑް މެނޭޖްކުރާނެ ގާނޫނެއް ހަދައިދިނުމަށެވެ.
"މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެ ފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ މެދުގައި ގަވަރުނަރު ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ. އެފަދަ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީގެ ގޮތުގައި ރާއްޖެއަށް ބޭރު ފައިސާ ލިބޭ ވަރަށް ވުރެ އިތުރަށް މަޝްރޫއުތަަކަށް ފައިސާ ހަރަދުކުރަން ބަޖެޓްކޮށްފައި ވާތީ އެކަމުން މައްސަލަތައް ކުރިމަތިވުމުގެ ކަންބޮޑުވުމެވެ. އެފަދަ ގޮތެއް ވިޔަ ނުދިނުމަށް ޓަކައި ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ބޭރުފައިސާ ލިބޭނެ ގޮތެއް ކަށަވަރުނުކޮށް މަޝްރޫއުތައް ނުފަން ސަރުކާރަށް ބާރުއަޅަން ރައްޔިތުންގެ މަޖިލީހަށް އޭނާ ގޮވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ........................
16 November 2020
ޔާމީނޫ. ވީ މިސްޔޫ. ދަ ނޭޝަން މިސެސް ޔޫ ވެރީ މަޗް
ހަމަވިސްނާ
16 November 2020
މުއްސަދިކަމުން ފަގީރުކަމަށް ޓްރަންސްފޯމްވާން ތިޔަ ގަވަރުނަރު ވަރަށް މޮޅުވާނެ
މޫސަ123
16 November 2020
މިސަރުކާރުގަ ތިއްބެވި އިލްމީ ގާބިލު ބޭފުޅުންގެ ބަސް ރައީސް ގަބޫލުނުކުރާނެ ޕާޓީތެރޭގެ ފިއްތުން ބޮޑުކަމުން . މިހާލަތުގާވެސް ސިޔާސީ އިތުރު މަގާމުތައް އުފައްދަން ބަޖެޓުކުރުމުން ރަތްޔިތުންނަށް ލިބޭނީ ހަމަ ގެއްލުން ހާލުގަޖެހުނީމާ އެކަން ގަބޫލުކުރުމަކީ ދައްވުމެއްނޫން އަދި އެކަން ގަބޫލުކޮށް ޚަރަދު ކުޑަކުރުމަކީ ހުރިހާ ރަތްޔިތުނަށް އެންމެފައިދާ ވާނެގޮތް.
އޮނަރަބްލް އަފީފު ދީދީ
16 November 2020
ދައުލަތް ސަލާމަތް ކުރާން ޤަވަރުނަރާއި، އޮޑިޓަރ ޖެނެރަލް އަދި ދައުލަތުގެ ފައިނޭންޝަލް ކަންޓްރޯލަރ ގުޅިގެން ކަންތައްތަކެއް ކުރާންޖެހޭ. # މިގޮތުން ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގައި ބިދޭސިން ނުގެންގުޅުމަށް ބާރުއަޅާ އިތުރު ކުންފުނިތައް ހެދުން ހުއްޓުވާ އަދި މިހާރު ހުރި ކުންފުނިތަކުގެ ތެރެއިންވެސް ފުށުއަރާ އަދި ގުޅިގެން އެއްމެނޭޖްމަންޓެއްގެ ދަށުން ހިންގިދާނެ ކުންފުނިތަށް މާޖްކޮށް ގިނަ ކުންފުނިތަށް ޕަބްލިކް ލިމިޓެޑް ތަންތަނަށް ހަދާންޖެހޭ.
ސިކުނޑި
15 November 2020
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ރެކޯޑިންގ ބަލަމުން މިދަނީ ވަރަށް އަސަރާއެކު! މަޖިލީހުގެ މެންބަރުންގެ ނާގާބިލު ކަމާއި ދާއިރާގެ މައުލޫމާތު ނެތްކަން ވަޒަން ކުރެވޭ! ވަރަށްދެރަ! އަޅުގަނޑު ހިތުން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންގެވެސް ޒިންމާއެއް އޮންނަކަން ގަބޫލުކޮށް ޒިންމާ އަދާކުރެވޭނެ ވަރުގެ ގާބިލުކަން ނެތްނަމަ ކުރިމަތި ނުލާންވީ! އަމިއްލަ އެދުމާއި ސިޔާސީ ވާދަވެރި ކަމުގައި ތިޔަހަލާކުކޮށްލެވެނީ ޖީލެއްކަން ގަބޫލު ކުރައްވާ!!
ރައްޔިތުންގެ ވިންދު
15 November 2020
މިވަނީ ކުނިވެ ހަލާކު،
އިޙްސާސް
15 November 2020
ބޭރުގެ އެއްވެސް ކުންފުންޏަކަށް ރާއްޖޭގެ މަސައްކަތެއް ދައުލަތުން ދީގެން ނުވާނެ. ބިދޭސީ މުވައްޒަފުން ދައުލަތުން ވަކިކުރޭ. ދަތިހާލަތުގައި އުޅެން ދައުލަތުގެ ވެރިން ދަސްކުރަންޖެހޭ. ބޭކާރު މިނިސްޓަރުން ކަނޑާލާ. ދަނޑުވެރިކަން ރާއްޖޭގައި ރަގަޅުކޮށް ހެއްދޭ އެއްވެސް ބާވަތެއް އެތެރެކުރުން މަނާކުރޭ.
ފަހުދު
15 November 2020
ވެރިކަން ކުރަން ނޭންގުނީމަ ދެންއޮންނާނީ ރުއިމާއި އާދޭސްކުރުން
މުރާސިލް
15 November 2020
ޔާމީނު ހުރިހާ ކަމެއްވެސް ކުރައްވާފައި ހުރީ ޤައުމާއި ރައްޔިތުންނަށް ޓަކައި ދެމެހެއްޓެނިވި ގޮތަކަށް ފުރިހަމައަށް ކަންކަން ކުރެވޭނެ ގޮތަކަށެވެ. ގަވަރުނަރުގެ ވާހަކައިންވެސް ދޭހަވެގެން އެދިޔައީ ޔާމީން ކަންކަން ރާއްވަވާފައިވާ ފުރިމަގޮތޮތުގެ ވާހަކައެވެ.
ބުރުގެރިއާ ހެނެސީ
15 November 2020
ޢަވަހަށް އާސަންދަ އުވާލާ. ޥަރަށް ބޮޑު އެއްޗެއް ސަލާމަތް ވާނެ