ރައީަސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލިސް
17 ނޮވެމްބަރ 2020 - 21:17
ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބަންދުވެފައިވާ މި ހާލަތުގައި ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ނަޝީދު ދެއްވި ސްޕީޗުގައި ވިދާޅުވީ ޗައިނާ ފަދަ ބޮޑު އަދި ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށެވެ.
ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތަސް ޗައިނާއިން އެއްވެސް ލުޔެއް ނުދިން ކަމަށް، އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާގެ ބޭންކުން ލޯނު ނުނަގާ ކަމަށް ވިދާޅުވަނީ ނޫން ކަމަށާއި އެކަމަކު މި ދަތި ދުވަސްވަރު ލުޔެއް ނުދިނުމުން ނަޝީދު ވަނީ އިންސާފު ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ.
މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަންޖެހޭތީ ވެސް ނަޝީދު ވަނީ ކަންބޮޑުވެވަޑައިގެންފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުގެ ތެރެއިން އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އަންނަ އަހަރު އެ ފައިސާ ދެއްކެން ނެތުމުން، ހަދަންޖެހޭ ގޮތަކީ، ނަޝީދު ވިދާޅުވި ގޮތުގައި ދަރަންޏަށް ނަގާފައި ދަރަނި ދެއްކުމެވެ.
"އަޅުގަނޑުމެން މިއަދު ތާށިވެ މި ތިބީ ނުހަނު އުނދަގޫ ތަނެއްގައި،" ނަޝީދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން 777
18 November 2020
ތި ޗައިނާގެ ފުށުން ސަލާމަތް ހޯދަން ޖެހިއްޖެ! އިންޑިޔާ ކުރެން މިހާރުވެސް ބުނެބަލަ ލޯނު ފަސްކޮށްދޭން، ދެވަނަ ވިސްނުމަކަށް ނުގޮސް ތިކަން ކޮށްދޭނެ! އަސްލު ޗައިނާ އަތުން ލޯނު ނުނެގުނު ނަމައޭ މިހާރު ދިވެހިން ހިތައް އަރާނެ. އެމީހުންގެ ހުރިހާވެސް ބޭނުމަކީ ނުފޫޒު! ޗައިނާ އައުޓް! ޗައިނާ އައުޓް! ވީ ޑޯންޓް ނީޑް ޗައިނާ ޓު ބީ ޑިވެލޮޕްޑް! ޖަޕާން، ސައުތް ކޮރެއާ، ޓައިވާން، އެމެރިކާ، ރަޝިޔާ މިތިބީ ހުސް ދިވެހިރާއްޖެއަށް ހެޔޮ އެދޭ ރައްޓެހިން!
ޗޮކަންޑީ
18 November 2020
ޗައިނާއާ އަޅާ ބަލާފަ އިންޑިއާ އެއީ ކޮންއެއްޗެއް؟ މާދަންވެސް ވެރިކަން ބަދަލުވާއިރަށް އިންޑިއާއިން ދިން ހުރިހާ އެއްޗެއް އަނބުރާ ހޯދަން ނުނިދިގެން އުޅޭނެ.
ޖަމަލު
18 November 2020
ހަރުގޭގަ ދައްކާ ވާހަކަ އެންމެ ގިނައިން އަހާނީ ޗައިނާގެ ޕްރިމިއާ. ވަރަށް ސަލާން ނަޝީދޫ
ޙަސަންދީ
18 November 2020
ރައްޔިތުން ބޭންކަށް ރައްކާކުރަންލާ ފައިސާކޮޅުން ވިޔަފާރިކޮށް އެތައް ފައިދާއެއް ނަގަމުންދާއިރު އެފައިސާގެ ވެރިފަރާތަށް ދެނީ ކޯޗެއްތޯ؟ އެހާވަރުން ނުވެގެން ރައްޔިތުމީހާ ބޮޑުކަމެއްގައި ޖެހިގެން ލޯނަކަށް ދުމުން އެތައްބައިވަރު އިންޓްރެސްޓްގެ ގޮތުގައި ދަމާއިގަންނައިރު އަދި މޯގޭޖުކުރި ގެދޮރު ވިއްކާލާއިރުދެނީ ކޮން ލުޔެއްތޯ؟ އަމިއްލަ ރައްޔިތުންނަށް ސަރުކާރުން ނުދޭ ލުޔެއް ނޭދޭ ހެވެއް، އެހެން މާދުރުގައި ތިބި ގައުމުތަކުން ދޭނެކަމަށް ޗަރުކޭސް ކުޅޭނެކަމެއްނެތް
ޙަސަންހެ ޚިޔާލު
18 November 2020
ލުއި ނުދިނީ ނަޝީދު އަނގަޔާ ހެދި !
އާނިޔާ
18 November 2020
ބަލަ ދުނިޔޭގެ މީހުން ކަން ކުރާ ގޮތަށް ކަން ކުރަން ދަސްކޮށްބަލަ. ތިޔަ ބްރިޖަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ބްރިޖް ވިއްކައިގެން. ތި ބްރިޖް ބޭނުން ނުކުރާ މީހުން އަތުން ޓެކްސް ނަގައިގެނެއްނޫން. ބްރިޖަށް އަރާ ފައިބާ ކޮންމެ ވެހިކަލަކުން 2 ރުފިޔާ ނަގާބަލަ. ލާރި ހަމަވާނެ. ލަންކާ ހައިވޭ ހެދީ ޗައިނާއިން. އަރާ ފައިބާ ވެހިކަލުން ނަގާ ޓެކްސް އިން ލޯން ދައްކަނީ. ވެރިކަމަށް ބޫތުކައިފަ ތިބީމަ އެކަން ކުރަން ނުކެރިގެން ތިއުޅެނީ.
ސަބަބު
18 November 2020
ނަޝީދު ފާޅުގައި ޗައިނާއޭ ކިޔައިގެން ދައްކާ ދޮގުވާހަކަތައް އެމީހުންނަށްވެސް އެނގޭނެ. އިންޑިއާ-ޗައިނާ ވާދަވެރިކަމުގައި ޗައިނާކަހަލަ ބޮޑު މާތަނަވަސްކަންހުރި އިންޑިއާއަށްވުރެ ބާރުގަދަ ގައުމެއްގެ ކޮޅަށް މިސަރުކާރުން ނޭރީ ހަމަހޭގައި ތިބެނަމަ ޗައިނާއިން ލޯނުގެ ލުއިތައް ނުދީގެން މައްސަލަ ޖެއްސުމުގެ ބޭނުމެއް ނެތް. ޗައިނާއަށް ރާއްޖޭގެ ކަރުގަހިފެން އޮތްކަން ސާފުކޮށް އެނގިތިބެ ޖައްސާލީމަ އެމީހުން މަލާއިކަތުންނަށްވެތިބެ ކަމެއްނުކުރާނެއޭ ހީވުމަކީ ކޮސްކަމެއް.
ހަސަނު1
18 November 2020
އިންޑިއާ ޕަޕެޓް އެއްއަނގައިން ހަޅޭއްލަވާފަ ހެއްދެވި ނުހެއްދެވިޔަށް ޗައިނާއަށް ގޮވާފަ އަނެއް އަނގައިން އާދޭސް ކުރަނީ...
ލުތުފީ
18 November 2020
ލަންކާގެ ހަންބަންޓޯތާގަ ޗައިނާ އިން ލޯނުނަގައިގެން ހެދި ބަނދަރާއި އެއަރޕޯޓް ޗައިނާ އިން ނެގިގޮތަށް ސިނަމާލެ ބްރިޖް ނެގީމަ "ޗައިނާ އައުޓް" ކިޔަން ތިބޭނީ..
ދުންދަނޑި
18 November 2020
ތިހެން މިއުޅޭ އިންޑިއާ ބޭންކުން ރާއްޖޭގެ ކިތައްތަން އަތުލައިފިތޯ ބަލާބަލަ، މިހާރުވެސް އެ ޕަކަޅާކޮށްލަނީ ބޮޑު ރިސޯޓެއް.
2000
18 November 2020
ގައުމެއްގައި މިވަރު މޮޔަ މަޖިޅިސް ރައީސް އެއް އެބަހުރިތަ< އެގޭ ކުޖަކު ބުނެބާ
އަލިނޫރު2020
18 November 2020
މިސާލަކަށް ކޮމެންޓްކުރާމިހާ އިނީ ސައިހޮޓާ ކޭޝިޔަރަކަށް އަދި އައްނި މިވަނީ މަޖްލިސް ރައީސްގެ މަގާމު ހޯދާފަ (ވޯޓުން). މިހާލަތުގައި މިތަނުން މޮޔައަކީ ކާކުބާ؟
ގަމާރުސޯ
18 November 2020
އަހަންނަށް ގަމާރީ މިކޮމެންޓްކުރި އަލިނޫރު2020، ނަޝީދުއަށްވުރެން ހާސްތަން މޮޅުވާނެ ހޮޓަލުގެ ކޭޝިއަރުވެސް.
ސިކުނޑި
18 November 2020
ޝަކުވާ ނުކުރައްވާ! ލޯނު ދެއްކޭނެ މަގެއް ހޯދުމަކީ ވެރިކަމުގައި ތިބި މީހުންގެ ޒިންމާއެއް!