ޚަބަރު / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

އިމްރާނަކީ "މުނާފިގެއް" ކަމަށް އިދިކޮޅުން ސިފަކޮށްފި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. އޭނާ ވިދާޅުވީ "ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ އަކީ މުނާފިގު ބޭފުޅެއް" ކަމަށް.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މުނާފިގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ބައެއް މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.

އިމްރާންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލައިގެ ބަހުސްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިމްރާނަކީ އިލްމުވެރިއެއް ކަމަށް ގަބޫލުކުރައްވާ ކަަމަށާއި އެހެެން ނަމަވެސް އެއީ "މުނާފިގު ބޭފުޅެއް" ކަމަށެވެ. އިމްރާނުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވުުމުގައި އިސްކޮށް އުޅުއްވީ ވެސް ޝިޔާމެވެ. އޭނާއާ އެކު އިދިކޮޅު 11 މެމްބަރަކު އެެ މައްސަލަ ހުށަހަޅަން ސޮއިކުރެއްވި އެވެ.

"މިއަދުގެ ހޯމް މިިނިސްޓަރުގެ ތާރީހެއް އެބަ އޮތް މުނާފިގުކަން އަޅުގަނޑުމެންނަށް ފެންނަން އޮތް ދިގު ތާރީހެއް އަޅުގަނޑުމެންނަށް އެބަ އޮތް ސިޔާސީ ތާރީހެއް،" ޝިޔާމް ވިދާޅުވި އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން މިއަދު ފާސްނުކޮށްފިއްޔާ މިއަދު ވާނީ ގައުމަށް ލަދުވެތި ދުވަހަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިމްރާނުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ މަޖިލީހުން މިއަދު ނިމުނީ އިމްރާނާ އެއްކޮޅަށެވެ. އޭނާގެ އިތުބާރު ނެތްކަމަށްް ފާސްކުރަން ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިދިކޮޅު ބައެއް މެމްބަރުން މިއަދު ސިފަކުރެއްވީ އޭނާއަކީ މުނާފިގެއް ކަމަށް

އިމްރާނަކީ މުނާފިގެއް ކަމަށް ސިފަކުރައްވައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓަރުކަމުގައި އިމްރާން ބަހައްޓަން އެމްޑީޕީން މަސައްކަތް ކުރަނީ އޭނާ ވަކިކޮށްްފި ނަމަ ސަރުކާރަށް އުނދަގޫ ކުރާނެތީ ކަަމަށެވެ. އިމްރާނު ވަކިކޮށްފި ނަމަ އޭނާގެ އުނދަގުލާ ހެދި ސަރުކާރަށް ހަމަނޭވާ ނުލެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި ހަމަ މުނާފިގެއް ޝޭހު އިމްރާނަކީ. މުނާފިގުންގެ ހުރިހާ ސިފައެއް ފުރިހަމަވޭ. އެހުރިހާ ކަމަކާ އެއްކޮށް ކުރިއަށް އެދަނީ. އުޅެން ފަސޭހަކައަށް، ދުނިޔޭގެ ހެއްލުމަށް މަސަައްކަތްކުރާ ފަރާތެއް. ޝޭހެއްގެ ތާކިހާ އަޅައިގެން ގައުމު ހަލާކުކުރާ ފަސާދަކުރާ މީހެއް،" އޭނާ ވިދާޅުވި އެވެ.

އިމްރާނަަށް މިފަދަ ގޮތަކަށް ފާޑުވިދާޅުނުވިޔަސް، އޭނާގެ އިތުބާރު ނެތް ކަަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައިި އޭނާ ތަމްސީލުކުރައްވާ ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ އިތުބާރެއް ހޯމް މިނިސްޓަރަަކަށް ނެތް ކަމަށެވެ. އެދާއިރާގެ ރަށްތަކުގެ ތެރެއިން ށ. ފޭދޫގައި ކުށްކުރުން އާއްމުވެފައިވާތީ އެކަމުގެ ޝަކުވާ ތަކުރާރުކޮށް ހޯމް މިނިސްޓަރައް ހުށަހެޅުއްވި ނަމަވެސްް އެ ޝަކުވާ އަޑު ނާއްސަވާ ކަަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ށ. ފޭދޫގެ ހާލަތު ކިހާވަރަކަށްތޯ ހޯމް މިިނިސްޓަރަށް އެެނގެނީ؟ އަޅުގަނޑުމެން އެކަން އަންގައިދިނުމުގެ ގޮތުން ކައުންސިލުން އެތައް މަސައްކަތެއް ކޮށްފި. ޖަވާބުދާރީއެއް ނުވި. ރޯމާދުވާލު ވަޅި ހިފައިގެން ގޭގެއަށް ވަދެ ބިރުދައްްކަމުން ދަނީ. މިކަން ހައްލުކުރަން ތަކުރާރުކޮށް އަޅުގަނޑުމެންނަށް މިވާހަކަތައް ދެއްކިއްޖެ މިއަދާ ހަމައަށް އައި އިރު ވެސް އަޑުއަހާނެ އެއްވެސްް ފަރާތެެއް ނެތް. ހޯމް މިިިނިސްޓަރުގެ ކަންފަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިމްރާނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު މެމްބަރުން ހުށަހެޅުއްވި މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން ދޮގު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.

އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާ އިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މާފަށް ވެސް އެދިވަޑައިގަތެވެ.

އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަަޑައިގަންނަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މިއަދު ވެސް ތަކުރާރުކުރެއްވީ އެވާހަކަ އެވެ.

32 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮޓްކިންގ

24 November 2020

ޝައްކެތްވެސް ނެތެވެ. ދޮގުހެދުމަކީ މުނާފިގުންގެ ސިފައެއްކަމަށް ހަދީސްއެއްވައި އޮވެއެވެ. އިމްރާން ކަނޑައެޅިގެން ދޮގު ހަދާފައި ވެއެވެ. މޭޑޭމުޒާހަރާ އެކަމުގެ ހެއްކަކަށް އަދި އޭގެ ފަހުން އިމްރާން އެދުވަހުގެ ވާހަކަތަކާއި ގުޅިގެން ދެއްކި ވާހަކަތައް ފުދެއެވެ.

The name is already taken The name is available. Register?

ފައިވް

24 November 2020

މުނާފިގުވީ ވަރަކަށް ވަކި ޕާޓީއެއްގެ ތާއީދު ލިބޭނެ. ވަކި ޕާޓީއެއްގެ ލީޑަރު ލާދީނީކަމަށް މުޅި ގައުމަށް މަޝްހޫރުކުރުމަށްފަހު އެޕާޓީއާ އެންމެ ފަހުން ގުޅިގެން އުޅޭނީ އެވާހަކަ ބުނި މީހާއާ އެވާހަކަ ރައްދުވީމީހާ އެކަމާ އޯކޭވެ ދެމީހުންނަކީ އެންމެ ފަހުން އެއްކަހަލަ މީހުންކަމަށް ވިސްނުނީތީ.

The name is already taken The name is available. Register?

ޓިނު

24 November 2020

ތިމާމެން ވެރިކަމުގަތިބެ ކަންކުރިގޮތާމެދު ދެލޯމަރައިގެން މުއިއްޒު ނެރު ބޭރުކޮޅު އިދެ ވިސްނާލަ ؟ މިއަދު ކޯޓޭ އަދުލޭ ދީނޭ ނުކިޔާ

The name is already taken The name is available. Register?

އަހުމަދު ޗާބީބޮކާ

24 November 2020

ތިޔަވިދާޅުވީ ހަމަ ހެޔޮކޮއް

The name is already taken The name is available. Register?

ފަހަރިސޭކު‫

24 November 2020

‫ކޮންމެމީހަކުބުންޔަސް ތެދެއްވާނީހަމަތެދަކައް.

The name is already taken The name is available. Register?

މުޖުނޫ

24 November 2020

ސައްހައިން ސައްހަ ވާހަކައެއް. ސިޔާސީ ބޭނުމަގައި ދީން ކުޅެން އިމްރާނަށް ވުރެ މޮޅު މީހަކު ނުހުންނާނެ

The name is already taken The name is available. Register?

ހށނރބާ

24 November 2020

سبحان الله، ﷲ أكبر

The name is already taken The name is available. Register?

ޝޮކްތެރަޕީ

24 November 2020

ޝިޔާމް އަކީ ވަރައް ތެދުވެރި މީހެ.

The name is already taken The name is available. Register?

އޮޑިހަނު

24 November 2020

ސޮރީ ޝިޔާމު.. އިމްރާނަކީ ދީނީ ޢިލްމުވެރިއެއްނޫން. އެއް އިރެއްގަ ޝޭޚެއް. އެކަމަކު އެއްވެސް އިރެއްގަ ދީނީ ޢިލްމުވެރިއެއްނޫން. ޝޭޚުކަން ނެގިޔަސް އަދި ލާޒިމެއްނޫން ދީނީ ޢިލްމުވެރިއަކަށްވުން. ދެން މުނާފިގުކަން ދަންނައެވެ. މޑޕ ފަހަތުގަ ސަލާމަތް ބުއްދީގެ މުއުމިނަކު ނުހުންނާނެކަން ޚުދު އެވެރިންގެ ނަފްސުވެސް ޤަބޫލުކުރާނެ.

The name is already taken The name is available. Register?

ކުމުންދޫއަލީ

23 November 2020

މުޑުދާރު ވާހަކަ ދައްކާފަ ޕޯޑިއަމަށް އަރާ މިގޮނީ 'މާތްވި އިސްލާމްދީނާ ގައުމައްޓަކާ...' އެއީ ކިޔާ އަންބާޔަކަށް ވެއްޖެ މިހާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454