ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަން އިއްވި ހަތަރު މެމްބަރުން (ކ-ވ) ނަޝީދު، ހުސައިން މުހައްމަދު ލަތީފް، ޝިޔާމް އަދި ތޯރިގް.
05 ނޮވެމްބަރ 2019 - 11:42
ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ ނަމެވެ. އެ ހަތަރު ބޭފުޅުން މަޖިލިހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ރިޔާސަތުން އެންގެވުމުން އެ ބޭފުޅުން އެގޮތަށް އަމަލުކުރެއްވި އެވެ. އެ ބޭފުޅުންގެ ނަން އިއްވީ މަޖިލިހުގައި އަޑުގަދަ ކުރައްވަމުން ގެންދެވުމާ ގުޅިގެންނެވެ. ބައެއް މެމްބަރުން ކަށިގަނޑާއިި ދުންމާރި ބޭނުން ކުރައްވައިގެން ވެސް އަޑުގަދަ ކުރެއްވި އެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ތޯރިގްގެ އަތުގައި ދުންމާރި އޮތް ކަމަށް ވިދާޅުވެ، އެ އަތުލައި މަޖިލިހުގެ އިދާރާއާ ހަވާލު ކުރެއްވުމަށް ސާޖެންޓް އެޓް އާމްސްގެ މާގަމަށް މުހައްމަދު ހަލީމްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު، އެ ދުންމާރި ހަލީމްއާ ހަވާލު ކުރެއްވި ކަމެއް ނޭނގެ އެވެ.
ތޯރިގް ބޭރަށް ނުކުމެ ހުންނަވަން ވާނީ "ފާރަށް މޫނު ލައިގެން" ކޮއްޅަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމެވެ. އެހެންވެ، ޔާމީންގެ މައްޗަށް ހުކުމް އިއްވަން މިއަދަށް ތާވަލް ކުރި މައްސަލަ މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
ރިޔާސަތުން ނަން އިއްވުމުގެ ކުރިން ނިޒާމީ މައްސަލަ ނަންގަވައި ތޯރިގް ވިދާޅުވީ ނަޝީދު، ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ވަރަށް ހިތާމަވެރިކޮށް ކަމަށެވެ. އެގޮތުން ހެނދުނު މިއަދު "މުނާޖާ ކޮނޑު އަޅައިގެން" މަޖިލިހުގައި ކާޑު ޖައްސަވާފައި އަނެއްކާ ވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަހުގީގު ކުރައްވައި އަނެއްކާ ވެސް މަޖިލިހުގައި އިންނަވާތީ ތޯރިގް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެކަމަކު، ފެންނަނީ ފަނޑިޔާރުގެ ބޭނުންހާ ގޮތަކަށް ކޮށައި ނިންމާފައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
"ފަނޑިޔާރެއް ހުކުމް ކުރަން މިއަދު އެކެއް ޖަހާ އިރަށް ޝެޑިއުލްކޮށްފައި އޮއްވައި ހެނދުނު 9:30 ގައި ރައީސް ތި ވަޑައިގެންނެވީ ފަނޑިޔާރުގެ ކަންފަތުގައި ހިފައި ކޯޓު ރޫމުން ނެރެފައި. މިއީތޯ ޑިމޮކްރަސީ އޮންނަ ގޮތަކީ؟ ތިން ބާރު ވަކިވެފައި އޮންނަ ގޮތަކީ؟" ތޯރިގް އެއްސެވި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ "ތިމާ ވަރުގެ މީހެއް ނެތިގެން" 64 މެމްބަރުންނަށް ބާރު ދީގެން ކުރަން އުޅެނީ ކީއްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާތީ ނަޝީދަށް އެކަން ހަޖަމް ނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެކަންކަން ހުއްޓާލައްވާ. ރަނގަޅު ގޮތުގައި ވެރިކަމެއް ކުރަން ފުރުސަތު ދެއްވާ. ފުރަސަތު ދެއްވާށޭ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން. ކިހިނެއް ވެގެންތޯ ތިއުޅެނީ؟ ތިޔަ ބޭފުޅާ އަށް ވެރިކަން ނުކުރެވުނީމަ އެމްޑީޕީގެ އެހެން ބޭފުޅުންނަށް ވެރިކަން ނުކުރެވޭނެއޭ (ހީކުރަނީ). އެ ފުރުސަތު ލިބެން ޖެހޭނީ އިބްރާހިމް މުހައްމަދު ސޯލިހަށް،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގެ ތަޅުން ހޫނުވެގެން ދިޔަ އިރު، މަޖިލިހުގައި މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވީ އެއްވެ އުޅުމުގެ މިނިވަން ކަން ހަނިވާ ގޮތަށް އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލްނުކޮށް ލަސް ކުރަމުންދާތީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރެސްމާތޮޑާ މީހާ
06 November 2019
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހެނދުނު ދަރިފުޅު ސްކޫލަށް ލާން އަންނަ ތަން ފެނޭ. ސްކޫލަށް ދަރިފުޅުލުމާއެކު، އެ ދަރިފުޅަށް ބައްޕައެއްގެ ގޮތުގައި އަދި އިންސާނެއްގެ ގޮތުގައި ރަގަޅު ނަމޫނާ އަކަށް ވުން ވެސް މުހިއްމު. މިހާރު ތިއުޅޭ ގޮތް އެ ކުއްޖާއަށް ވެސް ފެންނާނެ، ބޮޑު ވީމާ ވެސް އޭނާއަށް އެނގޭނެ. ރަގަޅު ނަމޫނާއަކަށް ވުމަށް ނަސޭހަތްތެރިވަން.
ރާޅުބިސްތަޅާމޮހަދޭ
05 November 2019
ވަރަށްރަގަޅުކަމެއް. އެއްވެސްމީހަކު ރައްޔިތުންގެ ލާރިން މުސާރަނަގައިގެންތިބެ ރައްޔިތުންގެ މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރުމަށް ފުރުސަތެއްދީގެންނުވާނެ. ރައްޔިތުންގެ މަޖިލަސްކުރާ ގެއަކީ ސަކަރާތްޖަހާ ހީސަމާސާކޮށް ފީކޮއިކުޅެން ހުރިތަނެއްނޫން.
އާޒީ
05 November 2019
މީދެން މިހާރު ވަރަށް ދީންވެރި ވަރަށް ގަމުއުދެކެ ލޯބިވާ ބަޔަކޯ.
ޒިންދަގީ
05 November 2019
އަދިވެސް އިތުރު މެމްބަރުން އިދިކޮޅުގައި ތިއްބަވާތޯ؟؟
އާރީ
05 November 2019
އެއްމެ 6 އެއްކަ ކެނައިން މި އުޅެނި މަޖިލިސް ނިޒާމް ގެންލުވާލަނަމޭ ހިތާ. ތިހެން ކޮންމެ ދުވަހަކު ކަށިގަޑް ފުމެ ހިތަށް އެރި ހާ އެއްޗެއްކިޔާ ދުންމާރި ފުމެއް ޗާންސް ލިބޭނި ކަމަށް އުއްމީދު ނުކުރާތި.
މުޙުއްމާ
05 November 2019
ތޯރިޤް ކުރެން އަހަން ބޭނުންވަނީ ވައްކަން ކުރުމާ ރިޝްވަތުހިފުންތޯ ޑިމޮކްރެސީއަކީ. ކޮށްފައޮތް ވައްކަން ނުކުރާކަމެއްކަމަށް ހަދަން މަޖްލިސްތެރޭގަވެސް މިހާރުތިއުޅެނީ ވިޔާނުދާ ކުދިން ސްކޫލުގަ ކްލާހުގަ ޖައްސާކަހަލަ ވައްތަރު. އެހެންވީމަ ކަންނެއެގޭ މަޖްލިސްގެ ރައީސަށްވެސް މިހާރު ހީވަނީ ތިމަންނަ މީ ކްލާސް ޓީޗަރެކޭ. އެހެންވެ ކަންނޭގެ ބަސްނައަހާ ކުދިންނަށް އިމްޕޮޒިޝަން ލިޔުއްވާ ފާރާދިމާލަށް އެބުރި ކޮޅަށް ހުންނަން އަނގަނީ.
ބޮޑުމީހާ
05 November 2019
ޖުޑިޝަރީ މިވަގުތުން ވަގުތަށްވެސް އިސްލާހުކުރަންޖެހޭ. އެމްޑީޕީއަށް މި ލިބުނު ރަނުގެ ފުރުސަތު ނަހަމަގޮތުގައި ބޭނުން މިކުރަނީ. ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުުރުމަކީ ޖުޑީޝަރީ އިސްލާހުކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު. ސިޔާސީ އެންމެން ޖޭއެސްސީން ވަކިވާން އެބަޖެހޭ. މިގައުމުގެ މުސްތަގުބަލަށްޓަކައި އެމްޑީޕީން އެބަޖެހޭ މިބަދަލު ގެންނަން. ނޫނީ ދެންވެސް ފެންނާނީ އެމްޑީޕީ ބޭނުން ހުކުމްތައް ނެރޭނެ ފަޑިޔާރުގެތަކެއް
ޝައިޚް.
05 November 2019
މާބޮޑަށް ފުއްޕާފަ ޔާމީނު ވެރިކަމުގަ އުޅުނުފާޑަށް އުޅެން ދެން ނޫޅޭ، ރައްޔިތުން ބަލައިގަންނަ ފާޑަށް އުޅެން ދަސްކުރޭ، މޮޔަހީވެގެން އުޅުނަސް 19 ވަނަ މަޖިލީސް ތަޅެއް ނޭޅުވޭނެ، އިންޝާﷲ، ހޭވެރިވެބަލަ،
ހުސޭނު
05 November 2019
ހާދަހީވޭ އުމަރު ޒާހިރު އަށް ވާން އުޅޭހެން. ނޫނީ އުމަރު ޒާހިރުއަށް ކުރާ މަލާމާތެއްތަ? ޖަލްސާ ބޯއިކޮޓް ކުރީމަ. އެކަމު ބުނަން އުމަރު ޒާހިރަކީ ތިޔަހާ ހިޔަޅު މީހެއްނޫން. ތީމަކަރާ ހީލަތުން އެތެރެ ފުރި ބާރުވެފަ ހުރި މީހެއް.
ޭއޭބީ
05 November 2019
ކަލޯމެން ފޮނުއަރުވާނެ ކަމެއްނެތް ތެޅުނުވަރަކަށް ހުޅުބު ފާބާނީ