ވިޔަފާރި / ގެސްޓް ހައުސް

ރައްޔިތުން ރުޅިގަދަވުމުން ދަރަވަންދޫ ގެސްޓު ހައުސްތައް އަނެއްކާ ވެސް ބަންދުކޮށްފި

ގެސްޓު ހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންްދޫގައި މުޒާހަރާ ކުރަނީ--

ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކުރުމުން ބ. ދަރަވަންދޫގެ ގެސްޓު ހައުސްތައް އަނެއްކާވެސް ބަންދު ކޮށްފި އެވެ.

އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ހެދި، ގެސްޓު ހައުސްތައް ހުޅުވުން ކުރިން ވެސް ފަސްވެގެން ދިޔަ އެވެ. ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ 15 އޮކްޓޯބަރުން ފެށިގެން ދިން ނަމަވެސް ދަރަވަންދޫ ކައުންސިލުން ހުއްދަ ދިނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ދަރަވަންދޫގައި ގެސްޓު ހައުސް ހިންގާ މީހަކު ބުނި ގޮތުގައި އެ ރަށުގެ ދެ ގެސްޓު ހައުސްއަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދީފަ އެވެ. މީގެ ތެރެއިން އެއް ގެސްޓު ހައުސްއަށް ޓޫރިސްޓަކު އައުމާއެކު މިދިޔަ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު ރައްޔިތުން މުޒާހަރާކުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިވަގުތު އެ ރަށުގައި ހުރީ އެންމެ ޓޫރިސްޓެކެވެ. އެ ޓޫރިސްޓު ވެސް މިއަދު ފުރުވާލާނެ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ އަންނަން އުޅުނު ގެސްޓެއްގެ ވެސް ބުކިން އަޅުގަނޑުމެން ވާހަކަދައްކައިގެން އެހެން ތަނަކަށް ބަދަލުކުރީ. މި ހާލަތުގައި ހުއްދަ އޮތް ނަމަވެސް ގެސްޓުން ގެނައުމަކީ ގެސްޓުންނަށް ވެސް ރައްކާތެރިކަމެއް ކަމުގައި ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ގެސްޓު ހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންްދޫގައި މުޒާހަރާ ކުރަނީ--

އޭނާ ބުނީ ރައްޔިތުން ކަންބޮޑުވަނީ އެޗްޕީއޭގެ ގައިޑްލައިނުގެ ސަބަބުން ކަމަށެވެ. ގެސްޓު ހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދާނަމަ 14 ދުވަހު ކަރަންޓިން ވާން ޖެހޭއިރު އެ ރަށުގެ ރައްޔިތުން އެގޮތަށް ބޭނުމެއް ނުވެ އެވެ.

"މި ރަށުގެ ގިނަ މީހުން އެކި ކަންކަމުގައި މި ދަނީ އޭދަފުއްޓަށް. އެރަށުން ނެރުނު އިއުލާނެއްގައި މި ބުނީ ދަރަވަންދުއިން އެ ރަށަށް ގޮސް ކުރިން އުޅުނުހެން ނޫޅެވޭނެކަމަށް. އެކަމަކު މި ރަށުގަ އެބަތިބި އެ ރަށުގައި އާއިލާ ތިބި މީހުން ވެސް. އެ މީހުން ބޭނުންވޭ ދާން. ރައްޔިތުން ބުނަނީ ދެ ގެސްޓު ހައުސެއް ހުޅުވަން މުޅި ރަށް ބަންދު ނުކުރެވޭނެ ކަމަށް،" ގެސްޓު ހައުސް ހިންގާ މީހަކު ބުންޏެވެ.

ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އެ ރަށުގެ ކައުންސިލުން ވަނީ ވަކިގޮތެއް އަންގަންދެން ގެސްޓު ހައުސްތަކުން ޓޫރިސްޓުން ގެނައުން މަނާ ކޮށްފަ އެވެ. މި މައްސަލަ ހައްލު ކުރުމަށް އެޗްޕީއޭ އާއި އެރަށުން ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއި އެލްޖީއޭއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވެ އެވެ.

ޑިސެމްބަރުން ފެށިގެން ދަރަވަންދުއަށް ވަނީ ގިނަ އަދަދެއްގެ ބުކިން ލިބިފަ އެވެ. ނަމަވެސް އަލުން ހުޅުވޭނެ ތާރީހެއް ޔަގީން ނުވާތީ ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަމަށް އެ ރަށުގައި ގެސްޓު ހައުސް ހިންގާ މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި މިކަމުގެ ސަބަބުން ގެސްޓު ހައުސްތަކުގެ އިތުރުން ޓޫރިޒަމާ ގުޅުވައިގެން އެ ރަށުގައި ހިންގާ އެހެން ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވާނެ އެވެ.

17 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 33%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

25 November 2020

އެޗްފީއޭއިން ހަދާ ތާކުން ތާކު ނުޖެހޭ ގަވާއިދު ތަކުގެ ސަބަބުން ރަށްއިތުން އިންތިހާއަށް ރުޅިގަދަވޭ

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

24 November 2020

ރަށަށް ނަފާވާގޮތަށް ކޮށްފައި ހުންނަ މިލިއަން މިލިއަން ރުފިޔާގެ އިންވެސްޓްތަކަށް މުޒާހަރާ ކޮށްގެން ގޮތް ގޮތް ނިންމުމަކީ ރަށުގެ އިއްތިސާދީ މުސްތަގުބަލް ބަނަވެދާނެ ކަމެއް .

The name is already taken The name is available. Register?

ރަ ދީފް ހުސެން

24 November 2020

ސަރުކާރު ބޭފުޅުން ރައްރަށައް ގޮސް ނާޗަރަންގީ ކުޅެފަ އަންނަންވީ ރަށެއްވެސް ރަށައްދިޔަ މީހަކުވެސް ބަނދެއްނުވެ. ގެސްޓް ހައުސްއައް ޓޫރިސްޓަކު ދިޔައިމަ ރަށުގެ ރައްޔިތުން އެހެން ތަނަކައް ދަންޔާ ބަނދުވެ. މާލޭން ސަރުކާރުގެ މީހުން ގޮސްތަ އަންނަވީމަ އެއްވެސް ހުރަހެއްނެތް. ކޮވިޑް ވަރައްތަފާތު، ދޯ މައިމޫނާގެ އޯގާތެރި ސަރުކާރު

The name is already taken The name is available. Register?

ބުއްދީގެ ހަމަ

24 November 2020

ތީގައި އޮތީ ވަކި އަދަދަކަށް ގެސްޓުން ނެތިއްޔާ ފިޔަވަޅުތައަ ލުއިކުރަން އެޗް.ޕީ.އޭ އިން ނިންމުން.. މިސާލަކަށް 50 ގެސްޓުން ނެތިއްޔާ އެރަށަކުން އެހެންރަށްރަށަށް ދެވޭ ގޮތަށް އޮތުން..

The name is already taken The name is available. Register?

ޟބކހކބކ

24 November 2020

މިކަމުންވެސްއެނގެނީ ސަރުކާރުދޯދިޔާކަން. ނެގެޓިވްރިޒާލްޓްހިފައިގެން ގެސްޓްމީހާއަންނަގޮތަށްހަދާފަ ރައްޔިތުންގެތެދެއަށްނުދެވޭގޮތްހަދާބަލަ

The name is already taken The name is available. Register?

ގހފ

24 November 2020

ގެސްޓް ހައުސްތަށް މަދު ރަށް ރަށުގައި ތިކަން ހިގާނެ. ގެސްޓް ހައުސްތަށް ހިންގޭނީ އެހެން ވިސްނުމަކުން. މި ސަރުކާރުގައި އެ ވިސްނުމެއް ނެތް.

The name is already taken The name is available. Register?

ދަރަވަންދޫ ކައުންސަރު

24 November 2020

ރަށުބަންދު ކުރާކަށް ނުޖެހޭނެ ވަކި ބަޔަކު ތަންތަނަށް ދަތުރު ކުރީމަތަ ކޮވިޑް ފެތުރެނީ. ސަރުކަރު ވެރިން އޯކޭ ދޯ ކޮންމެތާކަށްވެސް ދާން ކަރަންޓީނު ނުވެ. ރަންގަޅަށް ތިޔަ ހަދަނީ އެންމެ މީހެއްގެ މަންފާއަކަށް އެންމެން ރަށު ބަންދުވާކަށް ނުޖެހެނެ.

The name is already taken The name is available. Register?

ލުކާ

24 November 2020

ރައްޔިތުންގެ ބޯ ނެތް ވަރު އެނގެނީ. ގެސްޓުން އައީމާ ސީދާ ފައިސާ ތިރަށު މީހުންނަށް ނުލިބުނަސް ނުސީދާކޮށް ގައުމަށް ކުރާ މަންފާ ތިރަށު ރައްޔިތުންނަށް ލިބިގެންދެއެވެ. ކޮންމެ ވެސް ވަރެއްގެ އުނދަގޫތަަކެއް ތަހަމަލް ކުރުމަކީ ގައުމަށްޓަކާ ކޮންމެ ރައްޔިތަކު ވެސް އުފުލަންޖެހޭނެ އުނދަގުލެކެވެ. ލޮލަށް ނުފެނުނަސް އަތަށް ފައިސާ ނޭރިއަސް ގެސްޓުން އައިސްގެން ރައްޔިތުންނަށް ލިބޭ ފައިދާ މިބަލިން ލިބޭ ގެއްލުމަށްވުރެ އިތުރުވާ ކަން އިހްސާސް ނުކުރެވެނީ ގަމާރުކަމުން.

The name is already taken The name is available. Register?

ޞޒބސގ

24 November 2020

ލިބޭހުރިހާޓެކުހެއްގެ ފައިދާ މިސަރުކާރުގަ ލިބޭނީ މާލެބޭފުޅުންނަށް. ސަރުކާރުގެވިސްނުންހުރިގޮތަކީއެއީ. ސަރުކާރުވަޒީފާތަކުގަ ގައުނުހިންގުމުގަ މަސައްކަތްކުރާމުވައްޒަފުންގެ 90%އަކީ ތަށްރަށުމީހުން. ކަމެއްނުޖޮށްކަންނެތްކަމުގަ މާލެމީހުންނަށްއޮތީ ނުއަގުގަ ތަންތަންކުއްޔަށްދީގެންކެްުން. ރަށްރަށުމީހުންތަކުލީފުއުފުލައިގެންވިޔަސް ގައުމަށްލާރިވައްދަދޭންވީ ކަލޭމެންމާލެ މީހުންގެޖީބުފުރަންތަ؟ ބައްޔެއްނު

The name is already taken The name is available. Register?

ޙިނި

24 November 2020

ވިޔަފާރި ހުއްޓުވުމުން ރަށުގެ ފުދުންތެރިކަމާ އާންމު ހާލަތު ދައްވާނީ، މިބަލި ހުއްޓުވޭނީ ފަރުދީޒިންމާ އަދާކޮއްގެން، ސޯޝަލް ޑިސްޓަންސިން ބަހައްޓާ، މާސްކުއަޅާ، އަތްދޮވެ އަދި ރަށައް އަރާ ފައިބާމީހުން ހުންބަލާ ޓެސްޓު ބަރާބަރައް ހަދައިގެން.

The name is already taken The name is available. Register?

ޅަބޭ

24 November 2020

ބަލަ ރަށު ޖީބައް ޑޮލަރު ލާކައް ބޭނުމެއް ނޫންތޭ!؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454