ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް
24 ނޮވެމްބަރ 2020 - 22:47
ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފި އެވެ.
މި މައްސަލައިގައި، އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި ބާއްވަން ތާވަލްކޮށް ފަސް މުއައްސަސާއެއް ހާޒިރުވާން އޮތީ އަންގައިފަ އެވެ. އެއީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނެވެ.
މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަނިޔާ ލިބުނީ 30 އަހަރުގެ އަންހެނަކަށާއި އޭނާގެ ތިން އަންހެން ދަރިންނަށެވެ.
އަންހެން މީހާ އާއި އޭނާގެ އާއިލާ އިން "މިހާރު"އަށް ކިޔައިދިން ގޮތުގައި ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ފިރިމީހާ ގަބޫލުކުރި ގޮތުގައި، ޖިންނީގެ އުނދަގުލާ ހެދި ވާ ކަމެކެވެ. އެ ރަށުގެ ރުގްޔާ ކިޔަވާ މީހަކު ގެއަށް ގެނެސް ތިން މަސްވަންދެން އެ ދެ މީހުންގެ އަނިޔާ ތަހައްމަލްކުރަން ޖެހުނު ކަމަށް އަންހެން މީހާގެ އާއިލާ އިން ބުންޏެވެ.
ރުގްޔާ ކުރާ މީހާ ވިސްނައިދިން ގޮތުގައި އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފަ އެވެ. އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާ އިން ބުންޏެވެ.
އަންހެން މީހާ ބުނީ އޭނާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ހެދީ، ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި ކަަމަށެވެ. އެ އަދަބުގެ ތެރެއިން، އަޅެއްގެ ގޮތުގައި ގެންގުޅުމާއި ބަނޑުފުރައި ކާން ނުދިނުމާއި ހަމަ ނިދި ނިދިޔަ ނުދިނުން ފަދަ ކަންކަން ކުރިމަތިކުރުވި ކަމަށް އަންހެން މީހާ "މިހާރު"އަށް ކިޔައިދިނެވެ.
އޭނާގެ ފައިގައި، އަނިޔާކުރި ކަމަށް ބުނާ ނިޝާންތައް ހުރިއިރު، އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުގައިވެ އެވެ. އެ ކުއްޖާ ސްކޫލަކަށް ވެސް ނުފޮނުވަ އެވެ.
ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.
ހަތަރު މައިން ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަކޮށްފައިވާތީ އެތަނުގެ ބަދަލުގައި އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން އޮތީ ހުށަހަޅައިފަ އެވެ. ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެަސައީދު ހަސަން
26 November 2020
ގުރުއާނުގަ ނަފްރަތުގެ އާޔަތެއް ނެތް. މީހުން އިންޒާރުގެ އާޔަތް ކަމަށް ބުނާ އާޔަތްތައް ކިޔެވުމުން ލިބޭ ފާއިދާއަކީ ހިތްތިރިވުން. ދެން ހުރީ ޝިފާގެ އާޔަތް، ރަހުމަތުގެ އާޔަތް، ސަކީނާގެ(ހިތުގެ ފިނިކަން) އާޔަތް
ރޯޔަލް ރޭޕް
25 November 2020
ކޮމިޓީ އިން ސަފާރީ ރޯޔަލް ރޭޕް މައްސަލަ ބަލައިގެން ވީ ކިހިނެތްތޯ؟ ތިމައްސަލައިގަވެސް ސަރުކާރާ ގުޅުން އޮތް މީހެއް ހުރިއްޔާ އޮއްބާލާނެ.
އޮޅުވާލުމުގެ ހައްދު
25 November 2020
ތި މައްސަލަ ބަލާއިރު ކެންޔާ އަންހެނަކަށް ލިބުނު ހިތްދަތި ބިރުވެރި ހާދިސާވެސް ބަލާލަބަލަ. ރޯޔަލް ފެމިލީ ކުދިން ރޭޕް ކުރަމުން، މީހުންގެ ދަރިންނާ އަނބިންނާ ބެހެމުން، ފާޅުގަ ޤައުމު ދަވާލަމުން ދާއިރުވެސް މައްސަލައެއް ނެތް. ރައްޔިތުން 6 ފޫޓު ގޮޅިއެއްގަ މާލޭގަ ދަތި ހާލުގަ ރޯޔަލް ފެމިލީ ކުދިންގެ ބިންތަކުގަ ގަދަފަދަ ކުލި ދައްކައިގެން އުޅެން މަޖުބޫރު ކުރުވާފަ ކޮން ހިއުމަން ރައިޓްްސް ކޮމިޓީ އެކޭ މިކިޔަނީ.
ރުގިއްޔާ1
25 November 2020
ރުގްޔާ ކުރުން މިހިދުން މިހިދަށް ހުއްޓުވަން ޖެހޭ. ގޯހަކުން ދުވަހަކުވެސް ރަގަޅެއް ނުއުފެއްދޭނެ.
ރިޝް
25 November 2020
ބޯދާ ގަބީލާ ގޮތް ގަޑު ދީނުގެ ނަމުގަ ޑިމޮކްރަސީ އާ އެކު އައިސް ރާއްޖެ މިވަނީ 1900 ގެ ދިރިއުޅުމަށް ބަދަލް ކުރަން ފަށާފަ އެކަމަކު އެއީ އެމީހުން ގެ އަމިއްލަ އެދުން ފުއްދަން! ބުރުގާ ވިއްކާގެން ލާރި ހޯދުން ރުގުޔާ ގެ ނަމުގަ ޟިހުން އަޅުވެތި ކޮށް އަނިޔާ ކުރުން، ކުޑަ ކުދިން ނާ ބެެހުން ފަދަ ކަންކަން
ޢަފްލާ
25 November 2020
ތި ޕްލޭން ވައްތަރީ ރުގްޔާ ކުރުން ރާއްޖޭގަ ހުއްޓުވަން ކުޅެގަީޑިއާއަށް ދޫކޮށްލި ޑްރަމާ ސިލްސިލާއަކާ އެހެންނޫންނަމަ ތިވާހަކަ ނުދައްކާ 3 މަސް ވަންދެން އެބުނާ ބަޔަކަަށް އުޅެވެންވި ސަބަބެއްނެތް މީހުން އުޅޭ ރަށެއްގަ
ޓިނު
25 November 2020
މައްސަލައަކީ މީހުން ހޭލުންތެރިކަން ކުރުމަށް ދައުލަތުގެ ކަމާބެހޭ މުައްސަސާތަށް ނުކުޅެދުން ؟
ޙަސަންމަނިކް
25 November 2020
ތިތަނަށް ދިޔަ ފުލުސް މީހާއާއި ޖެންޑާގެ މުވައްޒަފު ވަގުތުންވަގުތަށް ސަސްޕެންޑުކުރަންޖެހޭ! ކަނޑައެޅިގެން އަނިޔާލިބޭ ވާހަކަ ބުނުމުންވެސް އަޅާނުލީ، ފުލުސްމީހާވެސް ހިނިގަނޑެއް ޖަހާލާފަ ދިޔައީ. ކޮން ރުގުއްޔާއެއްތަ؟! ނުހޮރައްޕާނެއްނު!
ލީޝް
25 November 2020
ކޮމިޓީ ބެލުމުގެ ބަދަލުގައި މައްސަލަތައް މޮނިޓަރކުރަން ޤާއިމުކޮށްފައި ހުރި މުއައްސަސާތަކުން ތިކަން ކުރުވަން ރަގަޅު ވާނެ ކަމަށް ފެނޭ.
ޒޯރޯ
25 November 2020
ކޮން ރަށެއްކަންވެސް ބުނެލަދޭނެ މީހަކު ނެތްތަ؟
ވިސްނަވާ
25 November 2020
ކޮން ރަށެއްތޯ ބަލަން ނޫޅޭށެވެ. އަނިޔާ ލިބުނު މީހުންނާ ކުދީންނަށް ތިކަމުން ވާނީ އުނދަގުލެވެ.