ޚަބަރު / ފުލުހުން

ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރަން: ޕޮލިސް

ޖެންޑާ ކޮމިޓީގައި ފުލުހުންގެ އިސް އޮފިސަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވުނު ދިވެހި ދެ ފިރިހެނުން ބަނގުރަލަށް ޓެސްޓް ނުކުރާ ކަމަށާއި ނަމަވެސް މުޅި މައްސަލައިގެ ތަހުގީގުގައި އިހުމާލެއް އަދި ސިޔާސީ ނުފޫޒެއް ވެސް ނެތި އަމަލުކުރަމުން އަންނަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބުނެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ފުލުހުން މިއަދު ދިފާއުވެއްޖެ އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަނީ، ތުހުމަތު ކުރެވުނު ދެ މީހުން ދޫވުމުގައި ސިޔާސީ ނުފޫޒާއި ފުލުހުން އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާ ކަމުގެ ކަންބޮޑުވުންތަކެވެ.

އުމުރުން 39 އަހަރުގެ ދެ މީހުން ބަނގުރަލަށް ޓެސްޓު ނުކުރާ ކަމަށް ފުލުހުން މި ހާމަކުރީ އެތައް ބަޔަކު މި ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލަން ފުލުހުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތަކުގެ ތެރޭގައި ސަފާރީ އަށް ޕާޓީކުރަން ދިޔަ މީހުން ބަނގުރަލަށް ޓެސްޓު ނުކުރުން ހިމަނައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް ކޮމިޓީގައި ވިދާޅުވި ގޮތުން ނަމަ، މައްސަލަ ރިޕޯޓުކުރުމާ އެކު، ތުހުމަތު ކުރެވޭ ދެ މީހަކު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ވިކްޓިމާއި އެ ދެ މީހުންގެ ބަޔާން ނެގުމަށް ފަހު ވެސް އެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރެ އެވެ.

"އެ ވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަށް އެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑު ކުރެވިފައެއް ނެތް. އެކަމާ ގުޅިގެން އެ ނަޒަރުން ކަމެއް ކުރެވިފައެއް ނެތް،" މަންނާން ވިދާޅުވި އެވެ.

މައްސަލަ ކޮމިޓީ އަށް ފުލުހުން ތަފްސީލްކޮށްދިން ގޮތް:

- މައްސަލަ ހުށަހެޅުނީ ހުކުރު ދުވަހު ފަތިހު 5:15 ހާއިރު

- ވިކްޓިމްއާ ސުވާލުކޮށް، ދެ މީހަކު ވަގުތުން ހައްޔަރުކުރި.

- ވިކްޓިމް ޑޮކްޓަރަށް ދެއްކި.

- ތުހުމަތު ކުރެވޭ ދެ މީހުންގެ ބަޔާން ވެސް ނެގިން.

- ތަހުގީގު ނިންމައި، ވަރަށް އަވަހަށް ޝަރީއަތަށް ހުށަހަޅަން ޕީޖީގެ މަޝްވަރާ އަށް ފޮނުވާނަން.

ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ މިވަރަށް މައުލޫމާތު ދިނުމާ އެކު، މެމްބަރުންނަށް ސުވާލުކުރަން ފުރުސަތު ހުޅުވާލުމުން ގިނަ މެމްބަރުން އެދިވަޑައިގަތީ ހާދިސާ ހިނގި ގޮތް ތަފްސީލް ކޮށްދިނުމަށެވެ. އޭގެ ތެރޭގައި، އަނިޔާ ލިބުނު ކެންޔާގެ އަންހެން މީހާ ހާދިސާ ރިޕޯޓުކުރި ގޮތާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހެދިތޯ އާއި ތުހުމަތުކުރެވޭ ދެ މީހުން އެހާ އަވަހަށް ދޫކޮށްލި ސަބަބާއި މި ހާދިސާގައި އަމަލުކުރީ މިފަދަ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރި ގޮތަށްތޯ މެމްބަރުން ސުވާލު ކުރެއްވި އެވެ.

ޖެންޑާ ކޮމިޓީގައި މެމްބަރުން: ގިނަ ސުވާލުތަކެއް ފުލުހުންނަށް އަމާޒު ކުރެއްވި. --ފޮޓޯ/މަޖިލިސް

ހުޅުމާލެ ޕޮލިސް ސްޓޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ރަޝީދު ވިދާޅުވީ، ހުޅުމާލެ ލަކުޑި ޖެޓީ ކައިރީގައި ޕެޓްރޯލްކުރި ދެ ފުލުހުންނަށް އަންހެންމީހާ، އެ ހާދިސާ ފުރަތަމަ ރިޕޯޓުކުރީ އެތަނުގައި ތިބި ދެ މީހަކު އޭނާގެ ފޯނު ނުދީގެން ކަމަށެވެ. އެ ސަފާރީ އަށް ދިޔައީ ރަހުމަތްތެރިއެއްގެ ދައުވަތަކަށް ކަމަށް ވެސް ބުނި ކަމަށް ރަޝީދު ވިދާޅުވި އެވެ.

މިފަދަ މައްސަލައެއް ހުށަހެޅުމާ އެކު އަމަލުކުރާ އުސޫލަކީ، ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ބަޔަކު ޕެޓްރޯލްމަނުން ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން، އިންވެސްޓިގޭޝަން އޮފިސަރަކު ކަނޑައެޅި ތަހުގީގު ފެށުން ކަމަށް ވިދާޅުވި އެވެ.

ޖިންސީގޯނާގެ މައްސަލައިގައި ތުހުމަތު ކުރެވުނު ދެ މީހުން ސްޓޭޝަނަށް ގެންދިޔައީ އިޖުރާއަތުތައް ކަނޑައެޅިގެން ކަމަށް ރަޝީދު ވިދާޅުވި އެވެ. ޕޮލިސް ސްޓޭޝަނަށް ވިކްޓިމް އާއި ތުހުމަތު ކުރެވުނު ދެ މީހުން ގެންދިޔައީ ވަކިން ކަމަށް ވިދާޅުވި އެވެ.

އެ ވަގުތު ވިކްޓިމްގެ އަތުގައި އެއްވެސް ޑޮކިއުމެންޓެއް ނެތުމުން މާލެ އައިސް އޭނާ ދިރިއުޅޭ ތަނުން އެ ޑޮކިއުމެންޓް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

"އެ ވަގުތު ވިކްޓިމް ޑޮކްޓަރަށް ދެއްކުމަށް ވެސް އުޒުރުތަކެއް ދެއްކި. އޭގެ ފަހުން އަނެއްކާ ވިކްޓިމް ޑޮކްޓަރަށް ދެއްކި. މެޑިކޯ ލީގަލް ރިޕޯޓް ވެސް ފަހުން އަޅުގަނޑުމެންނަށް ލިބިފައި ވަނީ،" ރަޝީދު ވިދާޅުވި އެވެ.

ކޮމިޓީގައި ފުލުހުން ބުނިގޮތުގައި އަންހެންމީހާ ޑޮކްޓަރަށް ދައްކަން ބޭނުން ނުވީ، އެކަން ކުރިޔަސް ފެންނާނެ އެއްޗެއް ނޯންނާނެ ކަމަށް ބުނެ އެވެ. އެކަމަކު މި ބާވަތުގެ މައްސަލަތަކުގައި އެގޮތަށް ދޫނުކުރެވޭނެ ވާހަކަ ބުނުމުން، އެއްބަސްވެ ޓެސްޓް ހެދި ކަމަށާއި އެ މުއްދަތުގައި ޖިންސީގޯނާގެ މައްސަލައެއްގައި އެވިޑެންސް ގެއްލޭނެ ވަގުތެއް ނުހިނގާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިމުމުން، ޑެޕިއުޓީ ކޮމިޝަނަރު ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވިދާޅުވި ގޮތުގައި، ފޯނުގެ ވާހަކައިން ކޭސް ފެށުނަސް މައްސަލަ ރިޕޯޓުކުރީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގަ އެވެ.

"ފުލުހުންގެ ޕެޓްރޯލްމަނަކާ [ވިކްޓިމް] ބައްދަލުވެ ދެއްކި ވާހަކައެއްގައި، މި ވަޒަން ކުރެވެނީ އޭނައާ ދޭތެރޭގައި ޖިންސީގޯނާގެ މައްސަލައެއް ހިނގައިފިކަން. މައްސަލަ އެ ހިސާބުން ފެށިގެން ހިންގިފައި އެ ހުރީ މި ދެންނެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ޖިންސީ ގޯނާއެއް ހުށަހެޅިފައި އޮތް މައްސަލައެއްގެ ގޮތުގައި،" މަންނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި ވެސް ފުލުހުން އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށެވެ. އެއާއެކު ވެސް މުއައްސަސާތަކުން ފުލުހުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށާއި އެ ތަހުގީގަށް ފަހު އެހެން ގޮތަކަށް ފާހަގަވެއްޖެ އެކަން ވެސް ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އެހާ އަވަހަށް ދޫވި ސަބަބު ތަފްސީލް ކޮށްދެއްވަމުން ރަޝީދު ވިދާޅުވީ ހުރިހާ މައްސަލަތަކުގައި ވެސް ވިސްނުމަކީ ހައްޔަރުކޮށްފައި ބަހައްޓައިގެން ސާބިތުނުވެ ދޫކޮށްލުމަށް ވުރެ، ދޫކޮށްލާފައި ބަހައްޓައިގެން ނަމަވެސް މައްސަލަ ޝަރީއަތަށް ސާބިތުވާނެ ވަރަށް ހެކި ހޯދުން ކަމަށެވެ.

"އެހެންވީމާ އެ ވަގުތަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް ނިންމުނީ މިވަގުތު ހައްޔަރުކުރުމަށް ވުރެން ވަގުތު ލިބިގެންދާނެއޭ ސަސްޕެކްޓް ދޫކޮށްފައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކޮށްފައި ޝަރީއަތަށް ހުށަހެޅުން. އެއީ މައްސަލަ ސާބިތުކުރަން، އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނުން ގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކީ ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދުން ބަންދުގައި ބެހެއްޓުމަށް ވުރެން، މި ކޭސްގައި ވެސް ޑިސިޝަންތައް ނެގިފައި ވަނީ އެ މޭރަމުން."

ތަހުގީގަށް ސަފާރީގެ ކެޕްޓަނާ ވެސް ސުވާލުކޮށްފައިވާ އިރު ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލީ، އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގު ކުރިއަށްދާ މިންވަރަކުން ހައްޔަރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރާ ގޮތަށެވެ.

ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލަން ސިޔާސީ އެއްވެސް ފަރާތަކުން ގުޅައި ނުފޫޒު ފޯރުވިތޯ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެއްސެވުމުން މަންނާން އެކަމާ އިންކާރު ކުރެއްވީ އެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން. އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލައިގައި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމައިފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މީޑިއާ އަށް މައުލޫމާތު އާއްމުކުރުމުގައި ވެސް މި މައްސަލަ ތަފާތު ނުކުރާ ކަމަށާއި އިތުރު ތަފްސީލު ދޭން މި ހަފުތާގެ ތެރޭގައި ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރަލަށް ޓެސްޓެއް ނުކުރޭ!

ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގަތް ފުރުސަތުގައި ފުރަތަމަ އެއްސެވީ މި ހާދިސާ ރިޕޯޓުކުރި ގޮތާ މެދު ކޮމިޓީގައި ތިއްބެވި ދެ އޮފިސަރުން ދެ ގޮތަށް ވާހަކަ ދެއްކެވީ ކީއްވެގެންތޯ އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އަންހެންމީހާ ފުރަތަމަ މައްސަލަ ހުށަހެޅީ ފޯނު އަތުލައިގެން ކަަމަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ރަޝީދު ވިދާޅުވެފައި ވަނިކޮށް، އެ މައްސަލަ ރިޕޯޓުކުރީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ޑެޕިއުޓީ ކޮމިޝަނަރު މަންނާން ވިދާޅުވުމެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ ސަފާރީއެއްގައި ތިބި ބަޔަކަށް ވާ އިރު ޖިންސީގޯނާގެ ތުހުމަތު ކުރެވުމާ އެކު، ނާޒިމްގެ ދެ ވަނަ ސުވާލުގައި އެއްސެވީ މައްސަލައިގެ ފޮރެންސިކް އެވިޑެންސް ހޯދަން އެ މީހުން ބަނގުރަލަށް ޓެސްޓް ކުރިތޯ އެވެ.

ތަހުގީގު މާ ބޮޑަށް ނުކޮށް، ތުހުމަތު ކުރެވުނު ދެ މީހުން މެންދުރެއްހާ އިރު ދޫވީ ކީއްވެތޯ ވެސް ނާޒިމް އެއްސެވި އެވެ. ދޫކުރިއިރު، އަންހެން މީހާ އަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ނިޝާނެއް ހަށިގަނޑުގައި ހުރިތޯ ބެލިތޯ ވެސް ނާޒިމް ސުވާލު ކުރެއްވި އެވެ.

ނާޒިމްގެ ސުވާލުގެ ބައެއް ޖަވާބުތަކުން ތަހުގީގަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ މަންނާން ޖަވާބެއް ނުދެއްވަ އެވެ.

ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ޖިންސީގޯނާގެ މައްސަލައެއްގެ ގޮތުގައި ރެކޯޑު ކުރީ ވިކްޓިމްއާ ދިމާވެ ދެކެވުނު ވާހަކައިގެ ތެރެއިންނެވެ.

"އެކަކު ފޯނެއްގެ ވާހަކަ ދައްކާފައި އަނެކަކު ޖިންސީގޯނާގެ ވާހަކަ ދައްކާ އިބާރާތަކުން ނޫން މި ދަންނަވަނީ. ވާހަކައިގެ ތެރެއިން މައްސަލަ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ރިޕޯޓްކުރީ،" މަންނާން ވިދާޅުވި އެވެ.

ހެކިތައް ހޯދިތޯ ނާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައި މަންނާން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ހޯދެން ހުރި ހުރިހާ ހެއްކެއް ހޯދި ކަމަށެވެ. އެ މައްސަލަ ފުލުުހުން ބަލަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ނޫން ކަަމާށާއި ނަމަވެސް އެކަން ނުހިނގާ ކަމަށް ނިންމައިގެން ތަހުގީގު ކުރަނީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށްދާ ވަރަކުން ލިބޭ ހެކިތަކުގެ މައްޗަށް ބުރަވެ އެއީ ރޭޕެއް ނުވަތަ ރޭޕްކުރަން އުޅުނީ ކަމަށް ބެލެވޭނެ ނަމަ އެކަން ވެސް ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ ދެ ފިރިހެނުން ބަނގުރަލަށް ޓެސްޓެއް ނުކުރެ އެވެ.

އެ ވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަށް އެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑު ކުރެވިފައެއް ނެތް. އެކަމާ ގުޅިގެން އެ ނަޒަރުން ކަމެއް ކުރެވިފައެއް ނެތް. --މަންނާން

ވިކްޓިމަށް އުނދަގޫވާ ކަންކަން އެބަ ހިނގާ

ރަޝީދު ވިދާޅުވީ މި ހާދިސާ އެކި ގޮތްގޮތަށް އޮޅުވާލައި މީޑިއާތަކުގައި ރިޕޯޓްކުރުމުގެ ސަބަބުންނާއި މީގެ ތެރެއަށް މުއައްސަސާތައް ވަންނަން ޖެހި، ތަހުގީގަށް ހާޒިރުކޮށް، ވިކްޓިމްގެ ބަޔާންތައް ނަގަން ޖެހުމުން އޭނާ އަށް އުނދަގޫވެ އެކަން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

"ޕަބްލިކް ތެރޭގައި އޭނާއާ މެދު ތަފާތު ގޮތަކަށް ވިސްނި އޭގެ ސަބަބުން މަގުމަތީގައި ހިނގަން އުނދަގޫވާ ހިސާބަށް ގޮސްގެން އުޅެނީ،" ރަޝީދު ވިދާޅުވި އެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ވިކްޓިމް އުޅެން ޖެހޭ ހާލަތާ މެދު ކަންބޮޑުވޭ، މި އަށް ވުރެން ބޮޑަށް މީހަކު ރީވިކްޓިމައިޒް ވާނެ ގޮތެއް ނޭނގެ."

މި ހާދިސާއާ ގުޅޭ ގޮތުން ވިކްޓިމްގެ އިންޓަވިއު ކަމަށް ބުނެ މީޑިއާތަކުގައި ދޮގު މައުލޫމާތު ފެތުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ރަޝީދު ވިދާޅުވި އެވެ. ދޮގު މައުލޫމާތު ފެތުރި ޚަބަރު ނަގައި، އޭނަ ބޭނުން ވަނީ އެކަމުގައި ހައްގު ލިބެން ކަމަށް ވެސް ވިދާޅުވި އެވެ.

58 ކޮމެންޓް, 122 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 1%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބާ

02 July 2020

ބޮޑެތި ބޭފުޅުން ބޮޑުވާނެ އަބަދުވެސް. އަނެއްކާ ތިއީ ރޯޔަލް ފެ މިލީ ބޭފުޅުން. އާދައިގެ މީހަކު ވިއްޔާ ފެލާލައިގެންވެސް ކުޑަކަ މުދާ ތަކެތި ނެރުނީސް. ތިބޭފުޅުންގެ ކިބައިން ހެއްކެއް ފެންނަންހުއްޓަސް ފުލުހުން އެކަ މެއްވެސް ފޮރުވަން އުޅޭނީ. ތިކަ މުގައިވެސް ކަންވަ މުންދަނީ ހަ މަ އެހެން. ތިކިޔާ ކޮން މެ އެއްޗެއް ގަބޫލުކޮށް އަހަރެ މެންވެސް ވަގުޔާ މީނު ކިޔަކިޔައި ތިބޭނަން.

The name is already taken The name is available. Register?

ލަނގޮޑ

02 July 2020

ކާފިއު ވަގުތަށް ޕޮޒިޓިވްތޯ

The name is already taken The name is available. Register?

ވަރަބިދުނު ކޮތަރު

02 July 2020

ބައިތުލް މާލުން ފައިސާދީފަ ބައިތިއްބާފަ ތިބެނީ ނުކުރާހާކަންކަންބަލާ ކަޅިއަޅުވާކަށްނޫން ތިއަންހެނެއްގެ ފޯނު ކީއްވެގެންހޭ ގެއްލުނީ ނުވަތަ ފޯނާ މެދު ސުވާލު އުފައްދާ ފޮލިހަށް ހުށައެޅީ . އޭގެ ފަހުން އެގިއްޖެ އޯނަރއިންނާކަށް މިކުޅެނީ ހުރިހާބާރެއް އޮތީ މިބައެއްގެ އަތުގަ ކަން ޖިންސީ ގޯނާކުރިއަސް ނުކުރިއަސް ސަލާ މަތެއްނެތް ކަން ވީހާވެސް އަވަހަށް ދެންދާންޖެހޭނީ ރަށަށްކަށް . މައްސަލަ އެއް ޖެއްސިއަސް ވާނެ ލިބޭނެ އިންސާފެއްނެތްކަން

The name is already taken The name is available. Register?

މައި އިންޓެލް

02 July 2020

ތިއަންހެންމީހާ ސަފާރީއާށްއެރީ ވައްކަންކުރަން، ސަފަރީގެ ދެމީހަހަކަށް އޭނާ ފެނިގެން ފަހައިގަތީމާ މޫދަށް ފުންމާލީ، މައްސަލަ އޮޅުވާލަން، ފޯނޭ ފަޅޮލޭ ޖިންސޭ ކިޔަނީ، ތަޙުޤީޤީ އިންޓެލިޖެންސަށް އެކަން އެނގުމުން ދެފިރިހެނުންގެ މައްސަލަ އިތުރަށް ބައްލަވަން ނުޖެހޭތީ ދޫކޮށްލީ، އެހެންވީމާ ރަލަކަށް ހަކުރަކަށް ފުއްކަރަކަށް ޓެސްޓް ކުރާކަށްނުޖެހޭ

The name is already taken The name is available. Register?

02 July 2020

އެ އަންހެން މީހާ ސަފާރީ އަށް ދިޔައީ އޭނާގެ ރަށްޓެއްސަކު ދިން ދައުވަތަކަށް، ދިއައިރު އެ ދިވެހި ރަހުމަތްތެރި އެއް ނެތް... ފަހުން މި ދެ ފިރިހެނުން އޭނަޔާ ބެހެން އުޅުނީ... އެކަން ވީ ގޮތް އެއޮތީ ނުންތަ ކިޔާއި ދީފަ.... ވިކްޓިމް ބްލޭމް ކުރަން ވާހަކަ ހެދުމަކީ ދަށުދަރަ ޖައިގެ އަމަލެއް... ކުއްވެރިން ހާއްސަކޮށް ޖިންސީ ގޯނާކުރާ މީހުންނަށް ވަރުގަދަ އަދަބް ލިބެން ޖެހޭ

The name is already taken The name is available. Register?

ައޮހެއި

02 July 2020

ދުނިޔެ އެންމެން އެއްކޮއްގެން ތިނުވާކަމަކަ ހަދަން އުޅުނަސް ތިކަންގަބޫލް ކުރާނެއިންސާނަކު ނުހުންނާނެ

The name is already taken The name is available. Register?

ކަކުނިބޯ

02 July 2020

ހީވާކަހަލަ ޓްރެޕްކުރަން ބަޔަކުހިންގި ޖަރީމާއެއްކަމަށް. ލަފާކުރެވޭ ފޮޓޯއެއް އެއްޗެއްނެގީކަމަށް. މީހެއްގެ ފޮޓޯއެއް އެމީހެއްގެ ނުރުހުމުގައި ނުނެގޭނެ. ލަފާކުރެވޭ ފޯނުއަތުލަން އުޅުނީ އެހެންވެކަމަށް ދެން ކީއްވެބާ މޫދަށްފުންމާލީ ހައްހައް ފޯނު ސަލާމަތްކުރަން އުތަ. ކެންޔާމީހަކާނުބެހެވިގެން ތިފަދަ ޖަރީމާއެއް ހިންގަންޖިހޭފެންވަރުގެ ދިވެހިން ވަރަށްމަދުވާނެ އަދި ކެންޔާމީހުންނަކީ ފައިސާއަށް ކޮންމެ ކަމެއްވެސް ކުރާފެންވަރުގަ ތިބޭބައެއް

The name is already taken The name is available. Register?

ވަރަބިދުނުކޮތަރު

02 July 2020

އެ މަންޖެ ކަޑަށް ޑައިބެއް އަޅާލީ ކަޑުގަ ފަތާލަން ރޯޔަލް ސަފާރީއަކަށް އެރުވީތީ އެކަ މާއުފަލުން .

The name is already taken The name is available. Register?

02 July 2020

ކުއްވެރިން ހާއްސަކޮށް ޖިންސީ ގޯނާކުރާ މީހުންނަށް ވަރުގަދަ އަދަބް ލިބެން ޖެހޭ... ވިކްޓިމް ބްލޭމް ކުރަން ކޮންހާ ފާޑުފާޑުގެ ދޮގުތަކެއް ހަދާކަށް... ދިވެހިންގެ ބައެއް މީހުން ހާއްސަކޮށް ދަންނަ މީހަކު، އާއިލާގެ މީހަކު ސަޕޯޓް ކުރާ ސިޔާސީ ފަރާތެއް، މީހަކަށް ޖިންސީ ގޯނާކޮށް ފިއްޔާ އުޅޭނީ ވިކްޓިމް ބްލޭމް ކުރަން... ޖިންސީ ގޮނާގެ ޝިކާރަޔަކަށް ވި ވިކްޓިމް ބްލޭމް ކުރުމުގެ ބަދަލުގަ ކުއްވެރިންނަށް އަދަބް ދޭންވީ...

The name is already taken The name is available. Register?

ޒީރޯކަލޯ

02 July 2020

ހަބޭސް ކުރިއަށް

The name is already taken The name is available. Register?

އާނަ

02 July 2020

މި ގަުމުގެ ކުހވެރިޔާ އެހުރީ ޖަލަށްލާފަ ދެންނުހުންނާނެ ކުއްކުރާނެ މީހެއް ސައިތާނާ ވަނީ މީހެއްގެ ހަށިގަޑަށް ވަދެފައިއެ އިންސާނާ ގެ ބާރުގެދަށުގައި އެންމެން ހަފުސް ވެފައި އެއްވެސް މީހަކައް ބާރެއް ނުފޮަރުވެ ބިރުވެރި

The name is already taken The name is available. Register?

ތުނިޔަ

02 July 2020

ފާޒިލްގެ ގިވްއަވޭ އެއްގެ "ދޮގު" ފޮރުވަން ދައްކާ ބަހަނާތަކެކޭ، ތިސަފާރީގެ މައްސަލަ "ހިންދަން" ފުލުހުން ތިޖަހާ ސަކަރާތެކޭ ތަފާތެއް ނެތެއްނު!

The name is already taken The name is available. Register?

ސަހީ

02 July 2020

ތި މަންސަލަ ނިމޭއިރު ކުށްވެރިވާނި ސަފާރީ. ސަފާރީ ވުޖޫދު ގަ އޮތީމަތާ އެމީހުން ދިޔައީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454