ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވާއިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަޑު އައްސަވަނީ. ފައްޔާޒް ވިދާޅުވީ މުހިއްމީ ކުލި ނޫން ކަމަށް.
25 ނޮވެމްބަރ 2020 - 14:40
ޓޫރިޒަމް އިންޑަސްޓްރީން ދައުލަތަށް ހޯދަން ސަރުކާރުން އެދޭ މައިގަނޑު ފައިދާ އަކީ ރިސޯޓްތަކުގެ ކުލި ނޫން ކަމަށާއި ރިސޯޓެއް ހެދުމުން އެއާ ގުޅިގެން ހިނގާ އިގުތިސާދީ ހަރަކާތްތަކުގެ ޖުމްލަ ފައިދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރިސޯޓެއް ހިންގަން ފެށުމުން އެކި ގޮތްގޮތުން ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ސަރުކާރަށް ލިބޭ ބީޕީޓީ އާއި ޓީޖީއެސްޓީގެ އިތުރުން ރިސޯޓުގެ ސަބަބުން ބައިވަރު ކުދި ވިޔަފާރިތައް އުފެދޭ ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ މާލެއާ ދުރު ރިސޯޓްތަކުގެ ކުލި ކުޑަކުރަން ބިލުގައި ހުށަހަޅާފައި އޮތުމުން ބައެއް މެމްބަރުން އެކަމާ ސުވާލުކުރެއްވުމުންނެވެ.
"ވިޔަފާރިތައް ވުޖޫދަށް އައިސްގެން އެ ވިޔަފާރިތަކުން ބީޕީޓީ، ޓީޖީއެސްޓީ އަދި ހަމަ އެއާ ގުޅިގެން ވަށައިގެން އުފެދޭ ބައިވަރު ކުދިކުދި ވިޔަފާރިތަކެއް، ރަށްރަށުގެ މަސްވެރިން މަސްވިއްކުން، ފަރުމަސްވިއްކުން، ފަންވިނުން، ވަޒީފާތައް، މި ހުރިހާ އެއްޗެއް،" ފައްޔާޒް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގެ އެއް ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ނައްތައިލުން ކަމަށެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ތަރައްގީ ނުކުރެވި ގިނަ ދުވަސް ވެފައިވާ ރަށްތައް ހަދަން މަގުފަހިކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި ބިލުގެ އެއް ބޭނުމެވެ.
އެކަމަކު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ސަރުކާރުގެ ސިޔާސަތުތައް އަވަސް އަވަހަށް ބަދަލުވުމާއި އަދުލު އިންސާފު ހަރުދަނާ ނުވެ އޮތް އޮތުމަކީ ވެސް ރަށްތައް ނުހެދި ހުރި އެއް ސަަބަބު ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ކުރި މަސައްކަތުން ޝަރުއީ ދާއިރާއަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މިހާރު އުފެދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ހަަމަ އެކަނި އިންވެސްޓަރުންނަށް [ރަށްތައް] ނުހެދިގެން އުޅޭ މައްސަލައެއް ވެސް ނޫން އޮތީކީ އިނގޭތޯ. ދައުލަތުގެ ޕޮލިސީތަކުގެ އިންކޮންސިސްޓެންސީއާ އެއްކޮށް ވެސް މިކަންކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އޮތީ،" ފައްޔާޒް ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީއަށް ލުއިތަކެއް ދޭން ސަރުކާރުން ހުށަހެޅީ މިނިސްޓަރު ވިދާޅުވިގޮތުގައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތަކަކަށް ޖުމްލަ ހައްލެއް ގެނެވޭތޯ ކަމަށެވެ. ރިސޯޓްތަކާއި ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް ބަދަލު ގެންނަނީ ކީއްވެތޯ ބައެއް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެކި ސަރަހައްދުގައި އިންފްރާސްޓްރަކްޗާ ހުރި ގޮތަށް ބަލައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ނިންމަން ކުރިން އަމާޒުކުރި ނަމަވެސް އެ ބިލުގެ މަސައްކަތް މިހާރު ވަނީ މާދަމާއާ ހަމައަށް ދަންމާލައިފަ އެވެ. އެއީ ބިލޭ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާއި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ ވެސް މަޝްވަރާކުރަން ބައެއް މެމްބަރުން ހުށަހެޅުއްވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން ނުޖަހާ
26 November 2020
ރައްޔިތުންގެ ގެދޮރު ކުލި މުހިން ނުވާނަމަ ކޮންފަދަ
އުސްމާނުބެ
26 November 2020
ތިބުނާ އިގްތިސޯދީ ފައިދާ އަސަރު ވަރައްކުޑަ، ޖީޑީޕީ ބާލާލާފަ އިދި ގިނަރައްޔިތުން އުޅޭގޮތް ބަލާލީމަވެސް އެކަން ވަރައް ރަގަޅައް ފެންނާނެ... އިގްތިސޯދީ ފައިދާވަންޔާ އަޅުގަޑުމެންގެ ތެރޭން ގިނަމީހުންގެ ދިރިއުޅުމުންވެސް އަދި އެހެންކަންތަކުންވެސް ފެންނާނެ... ކޮވިޑް ޖެހިގެން ފުރަތަމަކޮޅު ކިތައްރިސޯޓުންތޯ ރާއްޖެއައް އެހީވީ... ފަހުން އެކިއެކި ބަސްތައްދިމާވެގެން ކިތަންމެ ރިސޯޓުތަކުން އެހީވި.... ދެންމިހާރު ތިހެން ކިޔާފަ 100 މިލިޔަނައް ވިއްވޭ ރައް 100 ޑޮލަރައްދީ...
ނެގުނުކަތީބު
26 November 2020
އޭރު ފާފު އަތޮޅު ވިއްކާލަން އުޅުނީ! މިހާރު ކޯއްޗެއްތޯ ތިހައްދަވަނީ؟ މުޅިގައުމު ވިއްކާލަނީ ނޫންހޭ؟
ނާސިރު ބޭނުމީ މިނިވަންކަން.
26 November 2020
ދިވެހި ރާއްޖެގެ މުސްސަދިކަން ކަޑުވާލީމަދޯ އެހެން ޤައުމެއްގެ ދަޝުވެވޭނީ. އިންޑިޔާއިން ދަތި ކުރުމުގެ ފިޔަވާޅު އެޅީމަވެސް ރައްޖެއަކަ ދައްޗެއް ނުކުރެވުނު. ރައިސް ޔާމިންގެ ދައުރުގާ. މި ޖަހާ ސަކަރާއް އަޅުގަނޑު މެންނަން އެގޭ. އާދޭސް ކޮއްފަ މިބުނަނީ މިހެންނަހަދާޝޭ. އަންނަން އޮތްޖީލުގެ މުސްތަގްބޮލް ފުނޑާލަނީ.
ރާވެރިބޭ
26 November 2020
ރާއްޖޭގެ ދުވަސް ދުއްވާލަނީ ތި.
ބުރޯ
26 November 2020
ބަލަ މޮޅު އިކޮނޮމިސްޓާ. ދަަުލަތް މުއްސަދިނުވެ ދިވެހިން މުއްސަދިނުވާނެ. ދައުލަތަށް ފައިސާލިބޭ ވަސީލަތަށް ބަހާހުސްކޮށްފަ ކުލި ކަޑާލީމަ ދެން ޖެހޭނީ މޯޑީ ބޭބެގެ ގެރި ގުއިކޮޅެއް ލިބޭތޯ ސަލާންޖަހަން. ޜަށަކުން ފަނެއްނިބޭ އަތޮޅުގެ ހުރިހާރަށެއް ބިދޭސީންނަށް 99 އަހަރަށް ކުއްޔަށްދިނުމުން މަގޫފަތްގަޑެއްވެސް ނުލިބޭނެ. ކަލޭމެންގެ ލަދުހުންނަމިންވަރަކީ ސަރުކާރަށް ގެއްލުވޭ ކިޔާފަ މަސްވެރިކަން ދުއްވާލާފަ ރިސޯޓް އޯނަރުންނަށްމޮޅުގޮތް. މީނާއައިފަހުން ދިވެހިންގެ ކުދި ވިޔަފާރި ފުޑިއްޖެ.
އެމްސް
26 November 2020
ޓްއަރިޒަމްގެ ބޮޑުފައިދާ ރާއްޖޭގަ ހަރުލާނީ ޓްއަރިޒަމްގެ ގިނަކަންކަން ދިވެހިންގެ އަތްމައްޗަށް އައިސްގެން!
ައަހުމަދު
25 November 2020
މާމޮޅު އިކޮނަމިސްޓަކަށް ހެދިގެން މީނަމިއުޅެނީ އެކައްޗެއްވެސް ދައްނަމީހެއްނުން ޖީބަށްވައްނަ ބައި ބޮޑުކަމުން ބޮރޯހެދިގެން އުޅެނީ.
ހައްގުބަސް
25 November 2020
އެމްޑީޕީޔަ ވޯޓްދިނުން ނިމުނީ
އޮނަރަބްލް އަފީފު ދީދީ
25 November 2020
ދައުލަތަށް ދެމެހެއްޓެނިވި ފައިދާ ލިބޭނީ އަދި ދިވެހިންނަށް ވަޒީފާގެ ފުރުަަތު ފުޅާވެ ސަރަޙައްދީ ތަރައްޤީއާއިއެކު ލާމަރުކަޒު ވެގެންދާނީވެސް ހަނިމާދޫ އަދި ގޭންއެއަރޕޯޓް ބައިނަލްއަޤުވާމީ ދަތުރުތަކަށް ހުޅުވާލާ އެ އެއަރޕޯޓް ތަކާއި ޑޮމެސްޓިކް އެއަރޕޯޓް ތަކާއިދެމެދު ޝެޑިއުލް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖެހިގެން.
ބޯގޯސް އަފީފު ދީދީ
26 November 2020
އަހަރެން ހީކުރީ ގަމަކީ އިންޓަނޭޝަނަލް އެއަރޕޯޓެއްކަމަށް. އަދި މިހާރުވެސް ޝެޑިއުލް ދަތުރުތަށް ކުރާކަމަށް.
ޖާބިރު
26 November 2020
އެހެން ހީވެދާނެ. ކަލޭގެ ނަމުގެ ކުރިއަށް ތިއޮތް ތަންނަން ކިޔާލީމަވެސް އިގޭ ކަލެއަށް ހީވާނީ ތިހެންކަން. ގަމުގައި ހުންނަނީ އިންޓަރނޭޝަނަލް ނަންބޯޑެއް.
ކަޓް
26 November 2020
ބޯގޯހަކަށް ނޭގޭނެ މީހުން ދައްކާ ވާހަކަ. އަފީފު ދީދީ އެބުނަނީ ހަނިމާދޫއާއި ގަމުގައި ހުރީ މާލޭ ސަރުކާރުން އަޅުވާފައިވާ އިންޓަނޭޝަނަލް ނަންބޯޑޭ. އޭގެ ބަދަލުގައި އެތަންތަނުން ޔޫރަޕަށާއި އެހެން ދިމަދިމާލަށްވެސް ދެވޭގޮތަށް ހަދާދޭށޭ.