ކުދިންތަކެއް މަގުމަތީގައި: އަނިޔާވެރި އަމަލުތައް ހިންގާ ކަން އެނގޭ ނަމަ ރިޕޯޓްކުރަން ފުލުހުން އެދޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު
26 ނޮވެމްބަރ 2020 - 13:58
ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި އެފަދަ އަނިޔާތަކަށް އާއްމުން ސަމާލުވެ ތިބުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާކުރި މައްސަލައިގައި ފުލުހުން ވަނީ ތުހުމަތުކުރެވޭ ދެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ރައްޔިތުން ސަމާލުވެ ތިބެން އެދޭ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ އެފަދަ އެއްވެސް އަނިޔާއެއް ހިނގާކަން އެނގޭ ނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްދޭން ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ސިހުރު ހާހޫރު ހެދުމުގެ ނަމުގައި ކުށަށް އަރައިގަންނަމުންދާ ކަމަށާއި އެފަދަ ބައެއް މައްސަަލަތައް ރާއްޖޭގެ އެކި ހިސާބުން ފެންމަތިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެފަދަ ބައެއް މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށްދޭން ވެސް އެދިފައިވެ އެވެ.
ގުރުއާނުން ބަލިތަކަށް ޝިފާ ލިބޭ ރުގްޔާ އޮޅުވާލައި ހަތަރުމައިންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށެވެ. ރުގްޔާގެ ނަމުގައި ހިންގި ބައެއް އަމަލުތަކަކީ ލާއންސާނީ، ސިހުރުގެ އަމަލުތަކެއް ކަމަށް ބައެއް އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާއިރު، ދެން ތިބި ކުދިން ހިމެނޭ ގޮތަށް އެންމެންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދީފައިވެ އެވެ. ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އެ ހަތަރު މައިންނަށް ކާން ނުދީ ބަނޑަށް ބޭތިއްބުމާއި ނިދިން މަހްރޫމްކުރުން ފަދަ އަމަލުތައް ހިންގާފައިވެ އެވެ.
ހަތް އަހަރުގެ އަންހެން ކުއްޖާ ސްކޫލަކަށް ވެސް ނުފޮނުވަ އެވެ.
ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
26 November 2020
އަދިވެސް ސަމާލުވާން ވީތަ؟ ނިކަން ކެރެންޏާ އިޢުލާނު ކޮއްބަލަ ޓީވީން، މިޒާތުގެ އަނިޔާ ލިބިފަވާމީހުން މިވެނި ނަންބަރަކާ ގުޅާ ފުލުހުންނައް ރިޕޯޓު ކުރާށޭ. ފުލުހުންވެސް ހީވަނީ މިޒާތުގެކަންކަން ފޮރުވާދޭން އުޅޭހެން.
ނަ ދުރުތަވީ ދު
26 November 2020
މާލޭގަ މެ ދުއުމުރުގެއަންހެނުން ރުގްޔާ ފަންޑިތަ ހާހޫރަޔަށް ވަރަށްވަރުހުރޭ!! ފޭސްބުކުގަ ކޮންމެމީހަކުކޮންމެއެއްޗެއް ޖެހިޔަސް އެބަލައިގަނޭ!! ތިއްތިވެލައިގެން ހުސޭނުބެކައިރިން މޫސަބެކައިރިން ފެންހުސްކުރިފުޅި ދަބަހަށްލައިގެން ރޭގަނޑުވީމާ ހިނގާހިނގުމުގެނަތީޖާ ތިފެންނަނީ !! ދެންވެސް ފޭސްބުކުގަ ޖަހާހާ ޕޯސްޓުތަކަށް ހެއްލިނުގެން ތިބުމަށް އެ ދުރުބެގޮވާލަން !!
ހަސަނު
26 November 2020
މީހަކު ސިހުރު ނުވަތަ ރުގްޔާ ހަދާކން އެނގޭހިސާބުން އެްޮތީ ޝައްކު އުފެދިފަ.. އެމީހަކު އެހިސާބުން ހުއްޓުވާ ކަމާބެހޭ ފަރާތްތަކާ ހަވާލު ކުރާންޖެހޭ...
ބަބުރުލް ސަލީމް
26 November 2020
ސިހުރަކީ ކަނޑައެޅިގެން ހަރާމްކަމެއް. ރުޤުޔާކުރުމަކީ ޝަރުއީގޮތުން މައްސަލައެއްނޫން. އެއީ ސުންނަތުން ސާބިތުވާކަމެއް. ޑޮކްޓަރީ ފާސްނަގާގޮތަށް ރުގުޔާފާސްނުނަގާ އެކަންނުކުވޭގޮތްހަދައިފިއްޔާ ވަރަށް ބޮޑުތަނުން މިކަހަލަކަންކަން ދަށްވާނެހެންހީވަނީ.
ޖަންބުމާ
26 November 2020
ފާއިޒާ ވެކްސިން ހަދަނީ. ރުގިއްޔާ މީހުންނަށް އަނިޔާކޮށް ޖިންސީގޯނާ ކުރަނީ. ރުގިއްޔާހެން ނޫޅެ ފާއިޒާ ހެން އުޅެބަލަ.
ކޮރަޕް
26 November 2020
ސަމާލުވާންވީ ތޯ ނުވަތަ މިކަން ޖިނާޢީ ކުށަކަށް ހަދަންވީ ނޫންތޯ؟ މި ބޮޑު ނުރައްކަލަކަށް ވެއްޖެ.
ހަސަނު
26 November 2020
800 އަހަރު މިވީ ރަންނަމާރި އަށް ތަބާވެގެން ތިބިތާ.. އަހަރުމެން އެހާ ފަސެހައެއްކޮށް ހުރާފާތްތައް ދޫކޮށް ނުލެވޭނެ.. ލ
ސަލީމު އިދުރީސް
26 November 2020
ތިކަމުން ސަލާމަތް ވާނީކިނެއްތޯ ރަންނަމާރި އާއެކު ވަނީމިގައުމުގެ މީހުން ސިކުޑިތައް ކަނޑުފައްތާފަ އަދި ސުކޫލުތަކުން ފުލޯކު ވާހަކަތައް ދަސްކޮއްދޭހާދުވަކު ސަލާމަތެއްނެއް!
ޝިޔާމާ32
26 November 2020
މަނަދޫ މީހަކާ އިނދެގެންއުޅޭ ރުގުޔާގެ ނަމުގައި ސިހުރު ހަދާ މީހުންގެ އަނބިންނަށް އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވާ ދެމަފިރިން ދުރުކުރަން އުޅުނު މީހާ ހައްޔަރުކުރޭ. މަނަދޫ މީހުން ހުޝިޔާރުވާން އެބަޖެހޭ
ޖުނާ ދު1
26 November 2020
ކާކުބާ އެއީ؟؟؟
އަޖުނާދު678
26 November 2020
ކިޔާތީއިވޭ ސިހުރު ހަދައިގެންނޭ އިނީ. ތިޔަބުނާ ސިހުރުވެރިޔާގެ ގޯސް އެއވެސް ވާހަކައެއް އެކޮއި ގަބޫލުނުކުރާކަމަށް ވަނީ. ބުނެޔޯ އެއީ ހަސަދަވެރިން ދައްކާ ވާހަކައޭ. ސިހުރުވެރިޔާ ވަނީ އާއިލާ މީހުންގެ ބޯ ރަނގަޅަށް ކާލައިފަ
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
26 November 2020
މިދުވަސްކޮޅު ނޫހުގާއޮންނާނީ ހުސް މިވާހަކަ. 2 ހަފަތާތެރޭގާ މިކަންވެސް ނިމިދާނެ. ދެންރައްޔިތުންގެ އަމާޒުހުންނާނި މުޅިންއެހެންދިމާއަކަށް. އަނެއްކާ މީގެ ދެތިންހަތަރުމަހެއްފަހުން އޮންނާނެ މީގެ ވާހަކައެއް. އަނެއްކާ ރައްޔިތުން ތެޅިގަންނާނެ. އަނެއްކާ 2 ހަފަތާފަހުން އެކަން ހިނދިގެންހިނގައިދާނެ...... ދިރިއުޅުމަކީ މިއީބާ؟