ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ބައިޑަން އަށް ވައިޓް ހައުސް އަށް ވަދެވޭނީ ސައްހަ ވޯޓާ އެކު: ޓްރަމްޕް

ރައީސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 28) - ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކަމަށް ބުނާ 80 މިލިއަން ވޯޓުގެ ސައްހަކަން ކަށަވަރުކޮށްގެން ނޫނީ ވައިޓް ހައުސް އަށް ވަދެވަޑައިގެން ކޮމާންޑަ-އިން-ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ބައިޑަން އަށް ވައިޓް ހައުސް އަށް ވަދެވޭނީ 80 މިލިއަން ވޯޓުގެ ސައްހަކަން ޔަގީންކޮށްގެން. އެޓްލާންޓާ، ފިލެޑެލްފިއާ އަދި މިލްވައުކީގެ ވޯޓަށް ބަލާއިރު މުޅިން ވެސް ވަނީ މަކަރު ހަދާފައި. ހައްލު ނުވާ ބޮޑު މައްސަލައަކާ ބައިޑަން އަށް ވަނީ ކުރިމަތިވެފައި،" ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ބައިޑަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް 80 މިލިއަން ވޯޓު ހޯއްދެވި ފުރަތަމަ ރިޔާސީ ކެންޑިޑޭޓެވެ. އެމެރިކާގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޓްރަމްޕް މި ފަހަރު ވަނީ 73 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މި ފަހަރުގެ އިންތިޚާބުގެ ކުރިން އެންމެ ގިނަ ވޯޓު ހޯއްދެވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ. އެ މަނިކުފާން އެ ފަހަރު އިންތިޚާބުވެވަޑައިގެންނެވީ 69.5 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.

ރެކޯޑް އަދަދަކަށް މި ފަހަރުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން އާލީ ވޯޓިންގައި ގިނަ ބަޔަކު ވޯޓުލާފައިވުމުންނެވެ.

ބައިޑަން ކާމިޔާބު ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލްކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވާނީ އިންތިޚާބު ކާމިޔާބުކުރި ފަރާތަކީ ބައިޑަންކަން ރަސްމީކޮށް އިއުލާން ކުރުމުން ކަމަށެވެ. އެކަމަކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިއުމުގެ ހުއްދަ ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ.

10 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 10%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބީބު

29 November 2020

ހަމަދެވަނަ އަންނި މިފަހަރު ބަލަން ހުންނާތި ކޯޓާ ސޭޓާ އެކު ރައްޔިތުން ނިކުމެ ގެޔައް ފޮނުވާލާނީ ބޮޑުތަނުން ބަލިކޮއްފަ ވައުދުވީ އެއްކަމެއް ނުކުރޭ ރާއްޖެތެރޭ ރައްޔިތުންނައް އެއާޕޯޓެއް އަޅަދީފަ ގޯނި ފުލައް ލެވިދާނެ ކަމައް ހީނުކުރާތި ޖީބުތައްވީ ނިކަމެތި ކޮބާ އިންޓްރަސްޓްކުޑަލޯނު

The name is already taken The name is available. Register?

ކްރޯޑް

28 November 2020

ވެރިކަން ބަފަލު ކުރުމުގެ ކަންތައްވެސް މިކަލޭގެ އަންގައިގެނެއް ނޫން ކުރަން ފެށީކީ އެމީހުން އެކަންކުރަން ފެށިަފހުން ބުނީ މަސައްކަތް ކުރިއަށް ގެންދަން ވެސް މިރާއްޖޭގަ އުޅޭ ކަހަލަ މީހެއް ހަމަމީ މެޑެލްޖަހަން ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ

The name is already taken The name is available. Register?

ޒަރީރޫ

28 November 2020

2018ގެ ރިޔާސީ އިންތިޚާބުގަ ބަލިވި މީހުންވެސް ތިކަހަލަ ކޮހެއް ގޮވި، އަދިވެސް އެބަލިމަޑުކަމުގަ އެތިބެނީ ދެބަންދިހާރަވެފަ...........

The name is already taken The name is available. Register?

ހަސަންފުޅު

29 November 2020

ދެބަންދިހާރަ ވެގެން އުޅޭ ބަޔަކު މިހާރު ވ ރަނގަޅަށް އެބަފެނޭ. ބަޖެޓަށް ފައިސާ ހޯދާނެ ގޮތެއް ނޭގި. ޑެސްޕަރޭޓްވެ މުޅި ސަރުކާރު ޕެރަލައިޒް ވެފައި. ލަދުގަނޭތަ؟

The name is already taken The name is available. Register?

ކްރޑް

01 December 2020

2018 ގަ ހަމަ ބޮޑުތަނުން އޮޅުވާލީ ، އިލެކްޝަނުން އެހެން ނޫނީ ކީއްވެ އެހާ އަވަހަށް ވޯޓްކަރުދާްސްތައް ނައްތާލަންވީ

The name is already taken The name is available. Register?

ައަހުމަދު

28 November 2020

ބައިޑަންއެއް ވޯޓް ސައްހަތޯ ނުބަލާނެ އެބަލާނި އިލެކްޝަން ކަންތަކާއިބެހޭމީހުން ވައިޓްހައުސް އަށް ބައިޑަން ވަންނާނެ އެދުވަސް ޖެހުނީމަ ޓްރަމްޕު ކިތަންމެ ނުރުހުނަސް ޓްރަމްޕު ޖެހޭނީ ނިކުންނަން، އަހަރެމެން މިތިބީބަލަން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

28 November 2020

ކުރީދުވަހު ތަންކޮޅެއް ރަނގަޅަށް ހުރެފާ އަނެއްކާ މިއަދު ކޮސްގޮވާންފެށީ. މީ ކިހާ ދެރަކަމެއް.

The name is already taken The name is available. Register?

Solah

28 November 2020

މިކަހަލަ މީހަކު އުޅޭނެ ރާއްޖޭގައިވެސް.

The name is already taken The name is available. Register?

އާދަމް ބާއީ

28 November 2020

ރޫހާނީގެ ވާހަކަދޯ ތިބުނީ.

The name is already taken The name is available. Register?

ސާމިޔާ

29 November 2020

ހަމަ އަންނިކަހަލަކޮހެއްމިވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454