އަންހެނަކު އޭނާގެ ގޭގެ އުނދޯއްޔެގައި އިށީނދެގެން: ރުގްޔާގެ ނަމުގައި އަމިއްލަ މަންފާ އަށް ހިންގާ ޖަރީމާތަކުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ އިން ބުނޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު
29 ނޮވެމްބަރ 2020 - 11:31
އިސްލާމްދީނުގެ އެއްވެސް އިލްމެއް އަދި ޝަރުއީ ރުގްޔާގެ އެއްވެސް އިލްމަކާއި އަމަލީ ތަޖުރިބާއެއް ނެތް އެތައް ބަޔަކު ހިންގާ ޖަރީމާތަކުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ އާއިލާތައް ގިނަ ކަމަށާއި އެފަދަ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ގޮވާލައިފި އެވެ.
ޝަރުއީ ރުގްޔާއަކީ ކޮބައިކަން ބުނެދީ، ޖަރީމާތައް ހިންގާ މީހުންނާ މެދު ސަމާލުކުރުވުމަށް ރާއްޖޭގައި އުފައްދާފައިވާ ދީނީ ޖަމިއްޔާ އިން މިގޮތަށް ގޮވައިލީ މެދުރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ރުގްޔާގެ ނަމުގައި ދިން އަނިޔާ ކުށްވެރި ކުރަމުންނެވެ. އެ ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި، އަމިއްލަ އަށް ރުގްޔާ ކުރާނެ ގޮތްތައް ބުނެދިނުމާއި ރައްކާތެރިވާނެ އިރުޝާދުތައް ފޯރުކޮށްދިނުން ހިމެނެ އެވެ.
ފަރުވާ ލިބިގަންނަ މީހާއަށް، ޖިންނީންނަށް އަނިޔާކޮށް އަޒާބު ދެއްކުމުގެ ނަމުގައި ވިޔަސް އެ ނޫން އެހެން ސަބަބެއް މަތިކޮށްފައި ވިޔަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިގެންދާނޭ އެއްވެސް ގޮތަކަށް މުއާމަލާތުކޮށް، ތަޅައި މާރާމާރީ ހިންގުމަކީ ޝަރުއީ ރުގްޔާގެ ތެރެއިން ވާ ކަމެއް ނޫނެވެ.
"ދި އިސްލާމިކް އެކްސޮސިޒަމް" އިން ބުނީ ހަތަރު މައިން ބަންދުކޮށް، ތަޅައި އަނިޔާކޮށް، ޖިންސީގޯނާކޮށް، ބަނޑުހައި ހޫނުކަންމަތީގައި ބައިތިއްބައިގެން ހިންގި އަމަލުތަކަކީ ރުގްޔާއެއް ނޫން ކަމަށެވެ. އެ އަނިޔާތަކާ ގުޅިގެން "މިހާރު" ގައި ޖެހި ރިޕޯޓުގައި ހުރި ވާހަތަކުން އެނގޭ ގޮތުގައި، އެއީ ޝަރުއީ ރުގްޔާގެ އުސޫލްތަކާ މުޅިން ހިލާފަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް ޖަމިއްޔާ އިން ބުންޏެވެ.
އެ އަމަލުތައް އެތަނުން ސިފަކުރަނީ "ނުބައިކަން ބޮޑު، ފާސިދު، އަނިޔާވެރި، ލާއިންސާނީ ޖަރީމާއެއް"ގެ ގޮތުގަ އެވެ. އެ ޖަރީމާ ހިންގި ފަރާތްތަކުގެ މައްޗަށް އަދުލުވެރި ތަހުގީގެއް ހިންގައި އިންސާފު ހޯދައިދޭން ވެސް ގޮވައިލި އެވެ.
ރުގްޔާކުރާ މީހުން ހިމެނޭ ޖަމިއްޔާ އިން ބުނިގޮތުގައި ރުގްޔާގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ ޖަރީމާތައް އެކަން ކުރާ މީހުންގެ އަމިއްލަ ފައިދާއަށް ދަނީ ހިންގަމުންނެވެ.
"މިފަދަ އެތައް މައްސަލަތަކެއް އެކި ފަރާތްތަކުން އަޅުގަނޑުމެންނާ ހިއްސާކުރަމުންދާ ކަމީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. އެކި ގޮތްގޮތުން، އެފަދަ މީހުންގެ ޝިކާރައަކަށް ވެ އަނިޔާ ލިބެމުންދާ އާއިލާތައް ވަރަށް ވެސް ގިނަ އެވެ،" ބަޔާނުގައިވެ އެވެ.
ޝަރުއީ ރުގްޔާއަކީ އިސްލާމްދީނާއި ގުރުއާނާއި ސުންނަތުން ސާބިތުވާން އޮތް ކަމެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ ރޫހާނީ އަދި ޖިސްމާނީ ކޮންމެ ބައްޔަކަށް ވެސް ގުރުއާނާއި ސުންނަތުގެ އަލީގައި ޝިފާ ހޯދުމުގެ ނިޔަތުގައި ރުގްޔާ ކުރެވިދާނެ ކަމަށެވެ. ޖިސްމާނީ ބަލިތަކަށް ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނޫން ނަމަ އެއީ ބަލިމީހާގެ ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ރުގްޔާގައި ތަޅައި އަނިޔާކުރުން ނޯންނަ ކަން އެ ޖަމިއްޔާ އިން ސާފުކޮށްދީފައިވެ އެވެ.
"އެއްވެސް ހާލެއްގައި، ފަރުވާ ލިބިގަންނަ މީހާއަށް، ޖިންނީންނަށް އަނިޔާކޮށް އަޒާބު ދެއްކުމުގެ ނަމުގައި ވިޔަސް އެ ނޫން އެހެން ސަބަބެއް މަތިކޮށްފައި ވިޔަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިގެންދާނޭ އެއްވެސް ގޮތަކަށް މުއާމަލާތުކޮށް، ތަޅައި މާރާމާރީ ހިންގުމަކީ ޝަރުއީ ރުގްޔާގެ ތެރެއިން ވާ ކަމެއް ނޫނެވެ."
ބޭނުން ޖެހިފައި ތިބި މީހުންނަށް ޝަރުއީ ހަމަތަކުގެ މަތިން ރުގްޔާކޮށްދޭ މީހުން އުޅޭކަން ފާހަގަކުރަމުން އެ ޖަމިއްޔާ އިން ބުނިގޮތުގައި ދެވަނަ ބަޔަކީ ދަތި ހާލުގައި ޖެހިފައިވާ މީހުންގެ ކިބައިން ފައިދާ ނަގަން އުޅޭ މީހުންނެވެ. އަމިއްލަ މަންފާ އަށް ޖަރީމާތައް ހިންގާ މީހުންނާ މެދު ސަމާލުވެ ތިބެން އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މީހެއްގެ ކިބައިން ރުގްޔާގެ އެހީ ހޯދުމުގެ ކުރިން އެއީ ރުގްޔާގެ އިލްމާއި އަމަލީ ތަޖުރިބާ ހުރި މީހެއްތޯ ބަލައި ސުވާލު އުފެދޭ ކަންތައްތައް އިލްމުވެރިންގެ ކިބައިން އޮޅުންފިލުވުމަށް ވެސް ނަސޭހަތްތެރިވަމެވެ. ރުގްޔާކުރުމުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ކަމެއް މީހެއްގެ އަމަލަކުން ފެނިއްޖެ ނަމަ، ނުވަތަ އެފަދަ ވާހަކައެއް ދައްކައިފި ނަމަ އެ މީހެއްގެ މަސައްކަތް ހުއްޓުވައި އެ މީހެއްގެ ކިބައިން ދުރުހެލިވެ ކަމާބެހޭ ފަރާތްތަކަށް އެ މީހެއްގެ މައްސަލަ ލަސްނުކޮށް ރިޕޯޓްކުރާށެވެ،" ބަޔާނުގައިވެ އެވެ.
"ދި އިސްލާމިކް އެކްސޮސިޒަމް" އިން ދެން ގޮވައިލީ، އަމިއްލަ ނަފްސާއި އާއިލާ އާއި މުޖުތަމައުގެ ފައިދާ އާއި ރައްކާތެރިކަމަށް ރުގްޔާގެ ފުރިހަމަ މައުލޫމާތު އަމިއްލައަށް ހޯދައި މައުލޫމާތު މުއްސަނދިކުރާށެވެ.
ރުގްޔާގެ ނަމުގައި އާއިލާއެއް ރަހީނުކޮށް އަނިޔާކުރި ދެ މީހުން ވަނީ ބަންދުކޮށްފަ އެވެ. އެ ދެ މީހުންގެ ހިންގި ޖަރީމާތަކުގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާލިމް
30 November 2020
ނަފްސާނީ ބަލިތަކާ މެދު އާންމުން ހޭލުންތެރިކޮށް ހުރިހާ ރަށެއްގާވެސް ނަފްސާނީ ބަލި ތަކަށް އަބުރުވެރި ފަރުވާ ޙޯދޭނެ ގޮތްތައް ވީހާ އަވަހަކަށް ގާއިމްކޮށްދޭން ޖެހޭ. ރާއްޖޭގާ ބަލިތަކަށް ފަރުވާ ހޯދޭނެ ހަމައެކަނި ގޮތަކީ ސަރުކާރުން ވަޒީފާ ދީފާ ހުންނަ ޑޮކްޓަރެއް ލައްވާ ކަމުގާ ހެދީމަ ދެން އެކްސޯސިޒަމް އިން ސަލާމަތްވާނެ. މިއީ ހުރިހާ ގައުމެއްގާވެސް ފިރިހެނުންތަކެއް ނާޖާއިޒް ބާރުތަކެއް ހޯދުމަށް ހިންގާ ވިޔަފާރިއެއް.
ސިކުނޑި
29 November 2020
ކޮމެންޓްތައް ބަލާލީމަ އެނގޭ ދިވެހީން ޣާފިލުވެފައިވާ މިންވަރު! ޚަތިމެއް ހިފައިގެން ހުރެ ވައްކަން ކުރިޔަސް އެ ވާނީ ވައްކަމަށް! ރުޤުޔާއަކާ އަނިޔާވެރި ކަމަކާ ގުޅުމެއްނެތް!
ސަލީމު އިދުރީސް
29 November 2020
ރަންނަމާރި ރިބަޕުލިކުގެ މުޖުތަމައު މިހާދަށު ދަރަޔަކައް ދިއައީ ބޮލުގަރިސްއަސް ފައިގަރިސްއަސް ރޯނާވިއަސް މިފަހަކުން ގިނަބަޔަކު ކިތާބުލް ބުހުތާން ބަލައިގެން ފަރުވާހޯދެނެ ކަމައް ގަބޫލު ކުރަން ފެށީމަ
ވައްހާބީ
29 November 2020
ވައްހާބިޒަމް އަތުނުޖެހޭ ހިސާބަށް ފެތުރުނީމާ ހުރިހާ ކަމެއްވެސް ވާނެ
ޕަންޕު
29 November 2020
މެދުރާއްޖެތެރޭ ރަށެއްގަ އުޅުނު މުސްކުޅިމީހެން ވަރަށް ދީންވެރިމީހެއް އަބަދު ހުންނަނީ ކޮންމެސް އުނދަގޫތަކެއްވެފަ ރުގުޔާކުރުމާ ދުއާތަށްކުރުން އަބަދުކަމަކީ މިހެންއުޅެފަ ބޭހަށް އިންޑިއާއަށްގޮސް އުޅެނިކޮށް ދިމާވި މީހަކު ދިން ތަވީދެއް އެޅިފަހުން ވަމުން އައި ހުރިހާ އުނދަގުލަކުން ސަލާމްވި އެބޭ މިދިޔަ އަހަރު މަރުވެގެން ތަވީދުނަގާ ބެލިއިރު އޭގަ ލިޔެފައޮތީ ހުސް އައުގުރާނަ
ބަލާއެއްމީ
29 November 2020
މާކެޓް ވެއްޓިދާނެތީ ތެޅިފޮޅެނީދޯ؟ އެފަދަ އާއިލާ ތަށް ގިނަވިވަރަކަށް ކަލޭމެންނަށް އެއްޗެއްލިބޭނީ ނަފްސާނީގޮތުން ބަލިކަށި މީހުންގެ ސިކުނޑިއާކުޅުން ކަލޭމެންގެ ކަމަކީ
ސަލީމު އިދުރީސް
29 November 2020
އަބަދު އިސްލާމީ ރީތި އުސޫލެއްގެ ވާހަކަ ދައްކާތި ހިތައްރާ ކޮންތާކުބާއޭ ތިބުނާރީތި އުސޫލުއޮތީ! ނަމޫޔަކައް ބާލާ ސައުދީގަ ކަންކުރަނީ ތި ރުގުއާ ކުރުމައްވުރެ ނުބައިކޮއް! ގޭނޯކަރުންނައް ގެންނަފަގީރު ގައުމު ތަކުގެ ކުދިންނާ ހިންގާޖަރީމާތައް އަޑުއެހިންތޯ! އަދި ސައުދީގަ އަދުލު އިންސާފު އޮތްވަރަކީ މަތިން އޯޑަރައް އެންބަސީތެރޭގަ މީހަކު ކަތިލާ ކޮށާލާފަ އަދަބު މިދެނީ މޫނުމަތި ރީތިކުރަން! ބަޔަކު ރަނގަޅައް އުޅެއް ވަކިފޮތެއް ވަކި ގައުމެއް ބަލަން ޖޭކަމުގަނުދެކެން
ބަސް
29 November 2020
ދަބަސް2 އަށް. ދީނުގައި ހުއްދު ނުވަތަ ޖާއިޒު ނުވަތަ މުބާޙު ކަމެކޭ ބުނަނީ އެކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮންނަ ކަންކަން. ރުޤްޔާ ގެ ހުއްދަ ގޮތާއި ޙަރާމް ގޮތްވެސް އޮވޭ. ޝިރުކަކަށް ވާގޮތްވެސް އޮވޭ. ހުއްދަކަމެކޭ ބުނީ ދީނީ ޢިލްމުވެރިން ގެ ތެރެއިން އިތުބާރުހިފޭ ޢިލްމުވެރިން ރުޤްޔާ ޝަރްޢިއްޔާ ގެ ގޮތުގައި ކުރަން ބުނެފައި ހުންނަ ދުޢާތަށް ކުރުން ހުއްދައޭ. މަށަކީ ދީން ދަންނަ ބޭރުން ދީން ކިޔަވާފަވާ މީހެއް. ހިތަށް އެރި އެއްޗެއް ދީނީގޮތުން ނުބުނާނަން.
ދަބަސް2
29 November 2020
ރުގުޔާ އާ އަޅުވާ ހުއްދަ ކޮންމެ ކަމެއް ކުރާކަށް ނުޖެހެއޭ ނުކިޔާ. ޝަރުޢީ މިންގަނޑާ ޙިލާފަށް އެކުރަނީ ރުގުޔާ އެއްނޫން. އެހިންގާ ޖަރީމާތައް ހުއްޓުވަން ގޮވާ. ބޭރޫން ދީންކިޔެވިތޯ ބަލާކަށް ނެތިން. ލައްކަ ވެދުން
ގަޓް ބްރޯ
29 November 2020
ﷲ އީ މެދުވެރިވެރިޔަކާނުލައި އެންމެހާ ކަމެއް ފުއްދަވައިދެއްވާ އިލާހު! ފުރިހަމަ އީމާންކަމުގެ އަހުލުވެރިންނަށް ވުމުން ﷲ ފިޔަވާ އިތުރު ފަރާތެއްގެ އެހީއަށް އެދޭކަށް ނުޖެހޭނެ.
ތުއްތޮންބެ
29 November 2020
ރުގުޔާގެނަމުގައި މަކަރާހީލަތުން މީހުންގެއަތުން ބޮޑިތިއަދަދުތަކުންފައިސާނެގުމާ އަދި ބައެއްފަހަރުޖިންސީގޯނާކުރުންވެސްހިނެނެއެވެ. އަދިމިކަމުގާ ބައެއްޝެހުންވެސް ޝާމިލްވެއެވެ. ރާއްޖޭގެކަމާބެހޭފަރާތްތަކުން ރުގުޔާކުރާމީހުންނާ ހިޖާމާޖަހާމީހުން ރަޖިސްޓުރީކުރެވި އަދި ހުއްދަދީ އެމީހުންގެ ހަރަކާތްތައް ރެގިއުލޭޓްކުރެވެންާޖެހޭ. ނޫނީދީނުގެނަމުގާ މިބައިމީހުންކިތަންނެބޮޑު ގޯސްކަމެއްވެސްކޮއްފާނެ.