ޓެކްސް އެޕީލް ޓްރައިބިއުނަލް: ޓްރައިބިއުނަލަށް މެމްބަރުން މިއަދު އައްޔަނު ކުރީ ދައުރަށް އައްޔަނު ކުރި މެމްބަރުންގެ ދައުރު އިއްޔެއަށް ހަމަވުމުން.
29 ނޮވެމްބަރ 2020 - 19:11
ޓެކްސް އެޕީލް ޓްރައިބިއުނަަލަށް ފަސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޓްރައިބިއުނަލްގައި މަސައްކަތް ކުރައްވަމުން ގެންދެވި މެމްބަރުންގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވާތީ، ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ އޮކްޓޫބަރު މަހެވެ.
މި މަގާމަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރުންނަކީ އެ ޓްރައިބިއުނަލަށް އާ ބޭފުޅުންނެވެ. މެމްބަރުން އައްޔަން ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން އެ ފަސް ބޭފުޅުންނަށް ރުހުން ދެއްވި އެވެ.
- މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް، އއ. މަތިވެރި
- ފާތިމަތު މިންހަތު އިއްޒަތު، ގ. ގޮފި، ކ. މާލެ
- ހުސެއިން ޒައިދާން، މ. ފާމްދޭރިގެ، ކ. މާލެ
- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި، ކ. މާލެ
- އަހުމަދު އަޝްރަފު، ދަފްތަރު ނަންބަރު ރސ 7883
ޓްރައިބިއުނަލަށް އައްޔަނުކުރި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކަށް ފަހު މިދިޔަ ދައުރުގައި މަސައްކަތް ކުރެއްވި މުނައްވަރު ރައީސް ކަމަށް އަދި މިންހަތު ވަނީ ނައިބު ރައީސް ކަމަށް ހޮވައިފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންކަތީބު
30 November 2020
މިގައުމަށް ރަނގަޅުވާނީ ތަޖުރިބާނެއް، ކަމަށް ޤާބިލު ނޫން ބޭފުޅުން. އެރޫން ވަކި ބަޔަކު ބުނާގޮތަށް ހުރިހާކަމެއް ކުރާނީ. ދިވެހިންގެ މައްސަލައަކީ ޤައުމަށްވުރެ ބޮޑަށް ވަޒީފާއަށް އިސްކަން ދިނުން. ޤައުމަށް ކުރިއެރުމާއި ތަރައްޤީއެެއް ބޭނުމެއްނުން. ބޭނުންވަނީ ބޮޑުވަޒީފާއަކާއި ބޮޑު މުސާރައެއް.
55559
29 November 2020
ސާޖިދުއަކީ ކަމުގެ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅެއްނޫން. މިކަން އެނގޭނެ މަޖިލީހުން އެބޭފުޅާއާ ކުރި އިންޓަވިއުއިން ވެސް. ވަރަށް ދެރަ
ބޭކާރު ޚަރަދު
30 November 2020
ތިތަން ޤައުމަށް މުހިއްމެއް ނޫން..ތިތަން ނެތަސް ހެޔޮ..