ރިޕޯޓް / ކަރެކްޝަނަލް ސާވިސް

މަސްތުގެ މީހުންތަކުން ފުރިއްޖެ، އެކަމަކު ޑީީލަރުން ދޫކުރަނީ!

މިދިއަ ހަފުތާގައި މީޑިއާ ބައިވެރިކޮށްގެން ފުލުހުން ހިންގި އޮޕަރޭޝެއްގައި އައްޑާއަކުން ނެރުނު ބައެއް މީހުން: މި މީހުން ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ޑިސެމްބަރ 2020 - 15:23

74 comments

ރާއްޖޭގައި މަސްތުވާތަކެތީގެ އަނދިރި ފަރާތް ދައްކަން ފުލުހުން ނޫސްވެރިން ގޮވައިގެން ގޮސް ވެއްދި ކޮންމެ ތަނަކުން ފެނުނީ، ގައުމެއްގެ ގޮތުން، ސަރުކާރާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކާއި، ހުރިހާ ދިވެހިން ވެސް ލަދުވެތިވެ، ހިތާމަކޮށް، ކަރުނަ އަޅަން ޖެހޭ ފަދަ މަންޒަރުތަކެވެ. އެކަމަކު އަނެއްކޮޅުން ސަރުކާރުގެ ވެރިންގެ އަމަލްތައް ހުރީ، ގައުމު ދެކެ ލޯބިވާ މީހުން، ރުޅިއައިސް ހަލާކުވެދާ ފަދަ ގޮތަކަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ފުލުހުންގެ މެދުގައި "އައްޑާތަކު"ގެ ގޮތުގައި މަޝްހޫވެފައި އޮންނަ ތަންތަނުގައި އެތައް ސަތޭކަ ދިވެހިން 24 ގަޑިއިރު އެ ހޭދަކުރަނީ މަސްތުވުމުގަ އެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ ގާނޫނީ އަަދި ދީނީ ގޮތުން ވެސް ކުށެކެވެ. އެ މީހުންގެ ގޯހުން ވިޔަސް އެ ކުށަށް އަރައިގަތުމަށް ފަހު ދެން ބަދަލުވަނީ ބައްޔަކަށެވެ. ގިނަ ދިވެހިން ގަބޫލުކުރިޔަސް ނުކުރިޔަސް، ހަމައެކަނި ޖަލަށް ލައިގެން ހައްލުކުރެވޭ ވަރަށް ވުރެ ބޮޑަށް، އިންސާނާގެ ސިކުނޑި އާއި މުޅި ހަށިގަނޑު، ހަލާކެއްގެ ތެރެއަށް ވެއްޓެނީ އެވެ.

މި ނުރައްކާގެ މުގުލަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން އެ ބޭނުމެއް ނުކުރެ އެވެ. އެމީހުން ތިބެނީ ރީތިކޮށެވެ. އެމީހުންގެ ދިރިއުޅުން ބޭރު ފުށުން ހަމަޖެހެ އެވެ. ހޭދަކުރާނެ ފައިސާ ހުރެ އެވެ. ނުފޫޒު ގަދަވެ އޭގެ ތެރެއިން ބޮޑު ނެޓްވޯކެއް ގާއިމްކޮށް، ފަނޑިޔާރުުންނާއި ފުލުހުންނާއި ސިޔާސީ ބައެއް މީހުންނާ ގުޅުން އުފައްދަ އެވެ.

މަސްތުގެ އަނދިރި ފަރާތުގައި ހަލާކުވަމުން ދާ ރައްޔިތުން ސަލާމަތްކުރަން އެކަށީގެންވާ ފިޔަވަޅު ނޭޅި ދައުލަތުގެ ނިޒާމް ފުނޑިފައި އޮތް އިރު، މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ ބާރު ދުވަހަކު ވެސް ކަނޑައެއް ނުލެވެ އެވެ. އޭގެ އެއް މިސާލު މިއަދު ޖެހި ހަބަރުން ވެސް އެނގެ އެވެ. ރާއްޖެ އަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލާފައި ހުރި އަބްދުﷲ ސޮފްވަތު، ހ. އެވާޕީސް، އެ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. މަގުމަތީގެ އަގަށް 100 މިލިއަން ރުފިޔާ އަރާ ޑްރަގްގެ އެ ޝިޕްމަންޓް އެތެރެކުރުމުގެ ކުށް ސާބިތުވެ ހަމަ އެ ހުކުމް އައި އިސްމާއީލް މޫސާ، ގ. ޓްރަސްޓް ހޯމް، ދޫކުރުމުގެ މަަރުހަލާގައި، ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރިއަށް ދާކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.

މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ؟ ފުލުހުންގެ އެތަައް ވަގުތަކާއި މަސައްކަތަކަށް ފަހު ހައްޔަރުކޮށް، އަދި ޝަރީއަތުން ކުށް ބާތިވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް ފޮނުވާލާ މަދު ޑީލަރުންނަށް ސަރުކާރުތަކުން މިވަރުގެ ހަމްދަރުދީއެއް އެވަނީ ކީއްވެގެން ހެއްޔެވެ؟ މަސްތުވާތަކެތީގެ ނުރަައްކަލުން ދިވެހި ރާއްޖެ ސަލާމަތްކުރުމުގެ ވައުދުތައް ކޮށް، ވެރިކަމާ ހަވާލުވުމަށް ފަހު، ބަހާއި އަމަލް ދިމާނުވާ "މައާފުތަކެއް" އެ ބޮޑެތި ކުށްވެރިންނަށް ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

މަަސްތުވާތަކެތި ބޭނުންކުރަން މާލޭގައި މީހުން ބޭނުންކުރާ އަައްޑާއެއް: މި ނުރައްކަލުން ސަލާމަތްވެވޭނީ މުޅި ދައުލަތް ގުޅިގެން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފެންނަން އޮތް ތަފާސްހިސާބު ވަރަށް ސާފެވެ. މިދިއަ ތިން އަހަރުގެ ތެރޭގައި ޑްރަގް ޑްރެފިކިންގެ 209 މައްސަލަ ކޯޓުތަކަށް ލާފައިވާ އިރު، މިހާތަނަށް ސާބިތުވީ އެންމެ އަށް މައްސަލަ އެވެ. ނުވަ މައްސަލައެއް ވަނީ ސާބިތުނުވެ، ނިމިފަ އެވެ. ދެން ބާކީ ހުރި މައްސަލަތައް ކުރިއަށް ދަނީ ފިނިހަކައިގެ ދުވެއްޔަށް ވުރެ ވެސް ލަސްކޮށެވެ. މި ހިސާބުތަކުން ދައްކައިދޭ މަންޒަރު ވަރަށް ސާފެވެ: މަސްތުވާތަކެއްޗާ ދެކޮޅަށް ދައުލަތް ވަނީ ނުކުޅެދިފަ އެވެ.

"މި ދައްކަނީ ވަރަށް ގިނަ ލާރި ހުރި ބައެއްގެ ވާހަކަ،" މަސްތުވާތަކެއްޗާާ ދެކޮޅަށް މަސައްކަތްކުރުމުގެ ޒިންމާ އުފުއްލަވާ، އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވި އެވެ.

"އެ މީހުން ލާރި ނާޅާ ތަނެއް ނެތް. ފަނޑިޔާރުންނަށް، ސިޔާސީ މީހުންނަށް، ފުލުހުންނަށް، މިހެން ކިޔާނެ ކަމެއް ނެތް."

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ނައްތާލަން ނެރެފައި: އަތުުލެވޭ އެއްޗިއްސަށް ވުރެ ވިއްކާ މިންވަރު ގިނަ ..-- ފޮޓޯތައް: އަހުމަދު އަވްޝަން/މިހާރު

އޭނާ ވާހަކަ ދެއްކެވީ، ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އެންމެ ބޮޑު ޑީލަރު ކަމަށް ބެލެވޭ ޝަހީބް އިބްރާހިމް، ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އުފެދުނު ހިތްހަމަނުޖެހުމުގަ އެވެ. މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ފުލުހުން މަސައްކަތްކުރި ޝަހީބް އެންމެ 24 ގަޑިިއިރަށް ނަމަވެސް ދޫކޮށްލުމަކީ "މުޅި ތަހުގީގު ހަލާކުކޮށްލަން ލިބޭނެ ވަގުތެއް" ކަމަށް، "މިހާރު"އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"ވިސްނާލާ، މިއީ އެތައް ބައިވަރު ފައިސާއެއް ގެންގުޅޭ ބައެއް. އެމީހުން ކިރިޔާ ދޫވިޔަސް ވަރަށް ބޮޑެތި ހުރަސްތައް ތަހުގީގަށް އެޅޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ފަހުން ހައި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރެފަ އެވެ.

ޝަހީބު ދޫކުރީ ކްރިމިނަލް ކޯޓުންނެވެ. މުޅި އުމުރަށް ޖަލުގައި ތިބެން ޖެހޭ ބަޔަކު ދޫކުރަނީ، ކޮންމެވެސް އުޒުރެއް ދައްކައިގެން އެ އިރެއްގައި އޮންނ ސަރުކާރަކުންނެވެ. އެހެންކަމުން ޝަރުއީ ނިޒާމަށް ފޯރާ ނުފޫޒާ އެއްވަރަށް ރާއްޖޭގެ ސިޔާސީ ބައެއް މީހުން ވެސް މި ތިބެނީ، ޑްރަގް ވިޔަފާރިވެރިންގެ "މުށުތެރޭގަ" އެވެ.

"ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން ނޫނީ މި ކަމެއް ނުހުއްޓުވޭނެ،" ކުރިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"މުޅި ގައުމަށްޓަކައި އެންމެން އުފުލަން ޖެހޭ ވާޖިބެއް މިއީ. މިއީ ހަމައެކަނި ފުލުހުން އެކަނި، ޕްރޮސެކިއުޓަރުން އެކަނި، ހުއްޓުވޭނެ ކަމެއް ނޫން. ސިޔާސީ މީހުން ވެސް އެބަ ޖެހޭ، މި ގްރޫޕާ ދުރުވާާން."

އެކަމަކު ސޮފްވަތު ދޫކޮށްލުމަކީ، އެ ގުޅުން ނެތްކަމާއި، އެ މިސްރާބުން ދައުލަތް ކައްސާލާފައި އޮތް ކަމުގެ ހެއްކެކެވެ.

މާލޭގެ އައްޑާއަކަށް ވަންނަން ހުރި ސިޑިއެއް: މަސްތުގެ ދުނިޔޭގައި އުޅޭ މީހުންގެ ދިރިއުޅުން ވެސް މިހާ ހަޑިވެފައި ބަނަ

އައްޑާތަކަށް ޖަމާވަމުން އެދަނީ، ސޮފްވާން އާއި އިސްމާއިލްމެން ކަހަލަ ޑްރަގް ވިޔަފާރިވެރިންގެ ނުބައިކަމުން، މަސްތުން ނުނެއްޓެވިގެން އުޅެމުން ދާ މީހުންނެވެ. ކޮންމެ ގޮތަކުން ފައިސާ ހޯދައިގެން ނަމަވެސް މަސްތުވާތަކެތި ގަނެ އެވެ. މާލޭގައި ވަރަށް ފަސޭހައިން އެ އެއްޗެހި ލިބެ އެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގައި ބައެއް ޝިޕްމެންޓްތައް އަތުލިޔަސް، އެއީ ހުއްޓުމެއް ނުގެނެވުނު ސަޕްލައި ޗެއިންއެއް ކަން، މަަސްތުވާތަކެތި އާންމުވެފައި އޮންނަވަރުން އެބަ އެނގެ އެވެ.

ސޮފްވާންގެ އަދަބު ލުއިކޮށްދިނުމަކީ، މި ސަރުކާރުން ދައްކައިދޭ ވަރަށް ނުރައްކާތެރި އަމަލަކަށް ނޫނީ ނުވާނެ އެވެ. އެފަދަ ކުށްވެރިންނަށް ސަރުކާރުން ހަމްދަރުދީވާ ސަބަބު، ރައްޔިތުންނަށް އަންގައިދޭން ވެސް ޖެހޭނެ އެވެ.

މުޅި ދިރިއުޅުން ހަލާކުވެ، އެމީހުންގެ ހަޔާތުގައި އަލިކަމެއް ނެތް އެތައް ހާސް ދިވެހިންގެ ހާލަތަށް ވިސްނާލުމުން، މިއީ ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ބަލިކަން ޝައްކެއް ނެތް މިންވަރަށް އެނގެ އެވެ. އައްޑާތަކަކީ، ގޮތެއް ފޮތެއް ނެތް ބައެއްގެ ލަދުހަޔާތްކުޑަ ދިރިއުޅުމޭ ބުނެ، ނިންމާލެވޭ ވަރަށް ވުރެ، އެކަމުން މި ގައުމަށް އޮތް ބިރު މާ ބޮޑެވެ. އޭގެ ތެރެއިިން ބައެއް މީހުންގެ ހާލަތަށް އެމީހުން ވެސް ކަރުނަ އޮއްސަ އެވެ. އެހެންކަމުން މިއީ އެއްވެސް މީހަލަށް ލޯ މަރާލެވެން ނެތް ނުރައްކަލެކެވެ. ޚާއްސަކޮށް ސަރުކާރަށެވެ. ޚާއްސަކޮށް ޝަަރުއީ ނިޒާމާއި ތަހުގީގީ އިދާރާތަކާއި ޕީޖީއަށެވެ. ޚާއްސަކޮށް ސިޔާސީ ވެރިންނަށެވެ.

74 ކޮމެންޓް, 162 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 19%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލުމަށް އެދެމޭ

05 December 2020

ކާކުދެއްކި ވާހަކައެއްތީ...ކާކު ވެރިކަ މުގަހުރީ... ޔާ މީންތަ ވެރިކަ މުގަހުރީ.. މަޖުލިހުގަ މެޖޯރިޓީއޮތީ ޕޕ މގަތަ.ކޯޓުތަކުގެ ނުފޫޒާ ބާރުއޮތީ ޔާ މީނައަށްތަ. ފުލުހުންނަތިބީ ޕޕ މގެ މީހުންތަ..ޕޖއަކީ ޔާ މީނުލީ މީހެއްތަ.. މިސުއާލުކުރަންނެހުނީ މީގެކުރިން ކޯޓުން މިކަހަލަބަޔަކު ދޫރާއިރަށް އަޑުއަރުވަނީ އެއީ ޔާ މީނު ބާރުގެބޭނުންކޮއްގެން ދޫކުރީއޭ... މިހާރުކީއްވެ ނުބުނަނީ އިބޫ ބާރުގެބޭނުންކޮއްގެން ދޫކުރަނީއޭ..ސޯލިހު ނަ މުގެ ފަހަތަށްއަންނާތީތަ.

The name is already taken The name is available. Register?

ާއަލިމޯޑު

05 December 2020

މިސަރުކާރެއް އަނެއް ސަރުކާރެއް ކިޔާނެ ކަމެއްނެތް.ކުރީ ސަރުކާރުންވެސް ބޮޑެތި ޑީލަރުން ދޫކުރި.މިސަރުކާރު ވެރިކަމަށް އައިސް ގައިމުވެސް ޖަލަށް 25 އަހަރަށް ހުކުމްކޮށް ޖަލަށް ލާފަ ތިބި މަމެން ރަށުގެ ދެމީހުން ތިބީ މިހާރު ރަށުގަ.އޭގެން ޕީޕީއެމްއަށް ނިސްބަތްވާ މީހާ ޖެހުނީ އޭނާގެ އާއިލާގެ 50 މީހެއްގެ ސޮއި އެމްޑީޕީއަށް ދޭން.އެކަންކުރި. ކުރީ ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް.އެމީހުން ކަޑަވެގެން އައި އިންސާފުވެރި ސަރުކާރުން ކަންކުރާ ގޮތްމީ.

The name is already taken The name is available. Register?

ރަންނަމާރިި

04 December 2020

ކޮބާ ކެރޭ ފޮތްކިޔާ ޕީޖީ، އޭނަގެ ޒިންމާކޮބާ؟

The name is already taken The name is available. Register?

ސި ޔާ ސީ

04 December 2020

ވަކި ކުލައެއް، ވަކި މީހެއް ކިޔާނެކަމެއް ނެތް. ސިޔާސީ ކޮންމެ މީހަކަށް ރައްޔިތުން ނޫނެކޭ ބުނަންވެއްޖެ. އެއީ މޮޅެތި ވާހަކައާއި ދަޅަދެއްކުމުން ރައްޔިތުން ވައިވައްދައިގެން، އަމިއްލަ ޖީބުތައް ފުރަން މަސައްކަތްކުރާ ވިޔާނުދާ ބައެއް. އެއީ ބޮޑެތި މުޖުރިމުންނާއި މަހުޖަނުންގެ ބޭނުންތައް ފުއްދަދޭންތިބޭ ދެފުށްދެގޮތް ބައެއް. ގައުމުގެ ހަލާކަކީ މި ވިޔާނުދާ ސިޔާސީ މުޖުރިމުންތައް.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

04 December 2020

މިގޮތަށް ދިވެހިންގެ ގައުމިއްޔްތާއި މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމަށް ދާ ވާހަކަ ރަނގަޅު ދިރާސާއާ އެކު ގެނެސް ދޭނަމަ ކިހާ ރަނގަޅު. ނޫސްވެރިންގެ ވާޖިބަކީ އެއީ އުއްމީދު ކުރަން ކުރިމަގުގަ "މިހާރު" ނޫހުން އެ މަންޒަރު ފެންނާނެ ކަމަށް

The name is already taken The name is available. Register?

ރަނގަޅުތާ

04 December 2020

މެމްބަރުން ހޮވަން ލާރިމިދެނީ ޑީލަރު

The name is already taken The name is available. Register?

ސަރަފޭ

04 December 2020

ސުކުރިއްޔާ މިހާރުން މިކަލަ ކަންތައް އާންމުރައްޔަތުނާ ހަމަޔައް ތިލަކޮއް ދެއްވާތި! އިންޑިޔާގެ އަޅުވެތި ކަމުން ގައުމު ހަލާކު ނުވެއްޖެއާ އެވީއޭނޫންތޯ ނޫންތޯ؟

The name is already taken The name is available. Register?

ހަހަހަހަ

04 December 2020

ކުރީ ސަރުކާރު

The name is already taken The name is available. Register?

ސިނާ

04 December 2020

ދައުލަތް މިފެނިގެންދަނީ ޕެރަލައިޒް ވެފާވާތަނެވެ.65 މެންބަރުން މިވަނީ ޑީލަރުންގެ ބޮދުންނައްވެފައެވެ.ލަދުހަޔާތުގެ ކަންފުޅެއްވެސް މިވެރިންގެ ނެތެވެ ހެޔޮވެރިކަން ބަލާވެރިކަމަކައް

The name is already taken The name is available. Register?

ދޮގޭދޮގޭދޮގޭދޮގޭ

03 December 2020

މަސްތުގެ މީހުންތަކުން ފުރިއްޖެ، އެކަމަކު ޑީީލަރުން ދޫކުރަނީ ނަމަ މީ މަމެން ހިތާމަ ކުރާ ކަމެކޭ މިކަން މިހެން މިގޮތަށް މިވަނީ އެއީ ފުލުހުންގެ ތެރޭގައި ތިބޭ އަންޑަރ ކަވަރ ފުލުހުން ވެސް މީގައި ބައިވެރިވަމުންދާތީއޭ ދެން އަމިއްލަ ފައިސާ އަށް ސިނގިރެޓް ގަނެގެން ބުއިމުގެ ބަދަލުގައި މީހުން އަތުން އާދޭސް ކޮށްގެން ސިނގިރެޓް ބުއިމުގެ އާދަ ހުންނަ ނުފޯރާ ފޮތިން ފޫގަޅައިގެން އުޅޭ މީހުންނަށޭ ތިޔާއީ ނުހުއްޓޭނެ ކަމެކޭ ކިޔައިގެން ހުއްޖަތްދައްކާ މީހުން އެހަދަނީ ދޮގޭ

The name is already taken The name is available. Register?

އެމްސް

04 December 2020

ތިފަދަ އަންޑަރކަވަރ އެޖެންޓުން ހިންގާ އަނެއްކަމަކީ ހުރިހާ ކުދި ވިޔަފާރިތައް (މާލޭގަ ގެސްޓްހައުސްތައް، ފަހާތަންތަން، އެއަރކޮންޑިޝަން ވޯރކްޝޮޕްތައް، ކަންމަތީފިހާރަތައް، ސައިހޮޓާ)! ކަންނެލިއޮޑިފަހަރުގަވެސް ބިދޭސީން، ދަނޑުވެރިކަމުންގޮސް ލޯކަލްމާރިކޭޓުތައްވެސް ހުރީ ބިދޭސީންގެ އަތްމަތީގަ! މިއަކީ އިންޑިއާސިފައިންނެއް ނޫން/މުޅިންހެން، ވިސާވެސް ނެތި ގޯލްޑްމައިން ހޮވަން ރާއްޖެ އައިސް އުޅޭ ބަންގލަދޭޝް މީހުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454