ރިޝްވަތުގެ ތުހުމަތުގައި ފާރިސް ފުލުހުންގެ ބެލުމުގެ ދަށުން ޖަލަށް ގެންދަނީ: ތިން އަހަރު ކުރިން އެ މައްސަލާގައި އޭނާ ބަންދުކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައި -- ފޮޓޯ/މިހާރު
03 ޑިސެމްބަރ 2020 - 22:26
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖުލައި، 2017 ގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅުވައިގެން މެމްބަރަކަށް އޭނާ ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ފަހު ހަ މަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.
އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފު ކުރުމުން، އަޑުއެހުންތައް ހައި ކޯޓުން ނިންމައިލިޔަސް، ހުކުމެއް ނީއްވަ އެވެ. މައްސަލަ ނުނިމި އޮއްވައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން އިޖުރައާތު ފުރިހަމަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެން ކަމަށް ވުމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުގައި ހުންނަތާ ހަ މަސް ފަހުން ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލީ ޖެނުއަރީ، 2018 ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި 15 ދުވަހަށް ބަންދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރާ ގުޅިގެން ފާރިސް ބަންދުން ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަނެއްކާވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދުން ދޫކޮށްލީ ރިޔާސީ އިންތިޚާބު ނިމުނު ފަހުން، ސެޕްޓެމްބަރު 2018 ގަ އެވެ.
ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް އުފުލުމަށް ފަހު، އެ ދައުވާތައް އަނބުރާ ގެންދިޔަ އެވެ. ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއް ދެއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންމަތީސޭޓު
04 December 2020
މިސަރުކާރައް ތަރައްގީ ފަހަތުން ހިނގާކައް ނޭނގޭ އަބަދުވެސް ސިޔާސީ މީހުން ފަހަތުން 5 އަހަރު ގައު މު ބިނާނުކޮއް ފުނޑާލު މުގަ ހައްގުވާމިންވަރަކީ މިއީބާ
ވައިސޫރި
04 December 2020
މެކުހައް ޖެހީމާ ފަސްއަހަރުން ނިމޭނީ އެންމެ ކަމެއް
ދެން ނުރޯށެވެ.
04 December 2020
މިހިރީ ޔާމީނުގެ އަނިޔާވެރި ކަމެވެ. ކިތަށް މީހުން މިގޮތަށް "ވާނުވާ" ޖަހާފައި ބެހެއްޓި ތޯއެވެ؟ މިކަން ހިތަށް އަރުވާފައި ހަމަ "ދަތް ކުޑިވިކެ" އެވެ.
ހައްދޮއި
04 December 2020
ވާނުވާއަކު ނޫން . ލާރި ބެހީ. ދިޔާނާ ފައިސާ ދިނީ. ޖާބިރުގެ ފައިސާ
ސަސި
03 December 2020
އަދި އަވަސް ނޫންތޯ؟