ދުނިޔެ / ހަނދު

ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ އުޅަނދު ދުނިޔެއަށް

ޗައިނާގެ އުޅަނދު ޖައްސާފައި ވަނީ ހަނދުގެ ދުނިޔެއާ ކައިރި ފަރާތަށް. --ފޮޓޯ:ސީއެންއެސްއޭ

ބެއިޖިން (ޑިސެމްބަރު 4) - ޗައިނާގެ ޗަންގުއޫ-5 ހަނދުގެ މިޝަންގެ މުހިންމު މަރުހަލާއެއްގައި ހަނދުން ސާމްޕަލް ހިފައިގެން ޖައްވީ އުޅަނދު ދުނިޔެ އަށް މިސްރާބު ޖަހައިފި އެވެ.

ޗައިނާ އިން ހަނދުން ވެއްޔާއި ގަލާ އަދި ހިރަފުހުގެ ސާމްޕަލް ދުނިޔެ އަށް މި ގެންނަނީ އެންމެ ފަހުން ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުންނެވެ. އެންމެ ފަހުން ހަނދުން ސާމްޕަލް ގެނެސްފައި ވަނީ 1976 ވަނަ އަހަރު އެވެ. އެފަހަރު ވަނީ އެޕޯލޯގެ އެސްޓްރޮނޯޓުން 400 ކިލޯގެ ސާމްޕަލް ގެނެސްފަ އެވެ.

ސާމްޕަލް ހިފައިގެން ޗައިނާގެ އުޅަނދު ދުނިޔެއަށް މިސްރާބު ޖަހާފައި

އެކަމަކު އެއީ ތިން ބިލިއަން އަހަރުވެފައިވާ ސާމްޕަލްތަކެއް ކަމަށްވެ އެވެ. އެކަމަކު ޗައިނާ މިޝަންގެ ސާމްޕަލް މުޅިން ތަފާތުވާނެ އެވެ. ޗައިނާގެ އުޅަނދުން ސާމްޕަލް ނަގާފައި ވަނީ ވޮލްކަނިކް އޭރިއާއެއް ކަމަށްވާ މޮންސް ރުމްކާ އިންނެވެ. އެއީ ހަނދުގެ ދުނިޔެއާ ކައިރި ފަރާތުގެ ހުޅަނގު އުތުރެވެ. އެ އޭރިއާގެ ސާމްޕަލް އަށް ވާނީ 1.2 ނުވަތަ 1.3 ބިލިއަން އަހަރު ކަމަށްވެ އެވެ.

ޗައިނާގެ އުޅަނދު ހަނދަށް ޖައްސާނެ ގޮތުގެ ކުރެހުމެއް.

ސައެންސްވެރިން އުއްމީދުކުރަނީ މި ފަހަރުގެ ސާމްޕަލް އިން ހަނދުގެ ޖިއޮލޮޖިކަލް ތާރީޚުން ބޮޑު ބައެއް ސާފުވާނެ ކަމަށެވެ.

ޗައިނާގެ ޗަންގުއޫ-5 މިޝަން ފުރިހަމަވާނީ ކާމިޔާބުކަމާ އެކު އުޅަނދު ދުނިޔެ އަށް ޖެއްސުމުންނެވެ.

ޗަންގުއޫ-5 އުޅަނދު ހަނދަށް ތިރިކޮށްފައި ވަނީ މިިދޔަ އަންގާރަ ދުވަހު އެވެ. އެ މަންޒަރުތައް ވަނީ ޗައިނާގެ ޓީވީތަކުން ވަގުތުން ދައްކައިފަ އެވެ.

17 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 11%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭކާރު

07 December 2020

ޓިޔަކުރަނީ ބޭކަަާރު ކަމެއް

The name is already taken The name is available. Register?

އޯނޯ!

06 December 2020

ތިތާ އެބަހުރިތަ މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް؟

The name is already taken The name is available. Register?

ކުޑަމަނިކު

05 December 2020

ދިވެހިންގެ ތެރޭގައިވެސް އަދިވެސް އެބަތިބި ހަނދަށް އިންސާނުން ގޮއްސިކަން ގަބޫލުނުކުރާ ބައިވަރުމީހުން!

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން

05 December 2020

އިންޑިއާ އިން މިފަހުން ހަނދައް ފޮނުވި އެތިވަނީ ކާމިޔާބު ނުވެ، ހަނދައްވެއްޓިފައެވެ. އިންޑިއާ ވިޔަސް، އަދި ކޮންމެ ޤައުމަކުން ވިޔަސް ހަނދަށް ކުނި އެޅުމުގެ ފުރުސަތު އޮތުމަކީ ހިތާމަ ހުރިކަމެކެވެ.

The name is already taken The name is available. Register?

Dhaadhey

05 December 2020

މީގެ އެތަކެއް އަހަރު ކުރިން އެމެރިކާއިން ހަނދުގެ ސާމްޕަލް ގެނެސްފައިވަނީ. މިހާރު އެތަނަށް އެމެރިކާއިން ނުދެވިގެން އުޅެނީ ކީއްވެ؟ ކުރިން ދުއްވި އެތި ހަލާކުވީތަ؟ ނޫނީ އެއަށްވުރެ ދުރަށް ދާން އުޅެނީތަ؟

The name is already taken The name is available. Register?

ެެއެންދެމޭ ބޭބެ

06 December 2020

އެއީ ރިސޯޓެއްތަ ދެއިރު ދެދަޅަޔަށް ދާން. އެތަނަށް ދެވުނީމަ މިޝަން ނިމުނީ. އެއީ ސައިންޓިފިކް ބްރެކްތުރޫ އަކީ. އެހެން ނޫނަސް އެމެރިކާ ހަނދަށް ދިޔައީ އެންމެ ފަހަރަކުވެސް ނޫން. ގޫގުލް ކޮއްލަބަލަ ކުޑަކޮށް. ކޮމެންޓް ކުރުން ނޫން އެހެން ކަންކަންވެސް ކުރަންވާނެއެއްނު އަތުގަ އޮންނަ ފޯނުން.

The name is already taken The name is available. Register?

ލައްކަ ވާހަކަ

05 December 2020

ފިސާރި ރީތި ކުރިއެރުމެއް ލިބޭނެއެވެ.

The name is already taken The name is available. Register?

ނަޖުމުއްދީން

04 December 2020

ސާބަހޭ. މިފަހަރު އެމެރިކާނުން ބަލިކޮށްލާންޖެހޭނެ.

The name is already taken The name is available. Register?

ދފދސ ފ

04 December 2020

އެމިރިކާއިން ހަނދަށްގޮސް ގޮސް މިކަމެއްވެސް ނުވިދޯ . ބޮޑެތި ފޮތްތައް ހަދައިގެން އެހެންމީހުން މޮޔަހެއްދުން ކަމަކީ ...

The name is already taken The name is available. Register?

ރުގިއްޔޯ

04 December 2020

ކަލޭ ލިޔެފަ އޮތް އެއްޗެއް ކިޔަންވެސް ނޭނގޭ ދޯ! އެއޮތީ ލިޔެފަ އެންމެ ފަހުން ހަނދުން ސާންޕަލު ގެނައީ އެމެރިކާ މީހުންނޭ. ބޮޑެތި ފޮތްތަށް ވެސް ކިޔައިގެން އެއްޗެއް ދަސްވާނީ.

The name is already taken The name is available. Register?

Peter

05 December 2020

ކަލޭމެން އެމެރިކާ ދެކެ ކިތައްމެ ޖޭވިޔަސް ދުވަހަކުވެސް ކަލޭމެންނަ އެމެރިކާޔާ ކައިރިއަށްވެސް ނާދެވޭނެ. ތިހެން ގަބުޅި ކައިގެން ފަގުޑި އަޅައިގެން ބިމުގައި ބޯތަޅަ ތަޅާ ތިބެން ޖެހޭނީ

The name is already taken The name is available. Register?

ފީތާ0

05 December 2020

ޕީޓަރ ގެ އަމިއްލަ ލައިކް ކޮޅެއް ދޯ ތީނީ އަމިއްލަ ކޮމެންޓަށް ދީފަ. ލޮލް! ވަރަށް ކަޑަވޭ ދޯ ބޭކާރު ބާކީ ބަޔަކަށް ކަލޭމެން އެތީސްޓުން ވީމަ. ކީއްކުރާނީ! މި ދިވެހި ރާއްޖެ ދާނީ އިސްލާމް ދީނައިގެން ކުރިއަށް إن شاء الله

The name is already taken The name is available. Register?

Web Browser

06 December 2020

ޕީޓާ ޒިންދާބާރު. ޕީޓާ އަށް ﷲ ގެ ބަރަކާތް ލައްވާ ރަގަޅު ސިއްހަތެއް ދެއްވާފާދެވެ.

The name is already taken The name is available. Register?

ގިލަން

04 December 2020

ދިވެހި ސްޕޭސް ޕުރޮގުރާމުން ހަނދަށް ދަނީ ކޮން އިރަކުންތޯ؟

The name is already taken The name is available. Register?

ސްޕޭސް

04 December 2020

ޖަޒީރާ ކޮންސެޕްޓާއެކު ދިވެހިން ދަނީ ފަހަތަށް

The name is already taken The name is available. Register?

hemp

05 December 2020

ދިވެހިރާއްޖެ ވަރަށް އަވަހަށް ބަދަލުވާނެ ދެވެނަ ސޮމާލިޔާ އަށް. މުޅި ގައުމުގައި ތިބީ ވަގުންނާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ތިބި ބަޔަކާއި، ޑުރަގް ބޭނުން ކުރާ މީހުން.

The name is already taken The name is available. Register?

ގައުމުގެ ދޫ

05 December 2020

ހަނދަށް ދިވެހިން ފޮނުވުމަކީ ރައީސް ޔާމީނުގެ ވިސްނުންފުޅެއް. އެ ކަމުގެ ކުރެޑިޓު އެއްވެސް ފަރާތަކަށް ނުދެވޭނެ (ބައެއް ބޭފުޅުންގެ ނަޒަރުގައި).

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454