ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

އަމީން ވަނީ ގަސްދުގައި މަޖިލީހަށް އޮޅުވާލާފައި: ރިޕޯޓް

ކުރީގެ ހެލްތު މނިސްޓަރު އަބްދުﷲ އަމީން މިނިސްޓަރުކަމުގައި ހުންނެވި އިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ މަޖިލީހަށް އޮޅުވައިލައްވާފައިވާ ކަމަށް އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ރިޕޯޓުގައި ބުނި.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެެ.

މިއަދު ހަވީރު އޮންނަ ޖަލްސާގައި ބަހުސްކުރަން އެެޖެންޑާކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޓީއަށް ލިބިފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކޮމިޓީން އަމީނާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭނާ ވަނީ އިތުރުފުޅު ހައްދަވާފަ އެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރިޕޯޓް ފާސްކުރީ އަމީން މަގާމުން އިސްތިއުފާދެއްވިތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހު 25 ގަ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އިތުރުފުޅު ހެއްދެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އައި އުނިކަމެކެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ބެލި މައްސަލައެކެވެ.

އެ މައްސަލަަ ކޮމިޓީއަށް ފޮނުއްވަމުން މިދިޔަ އޮގަސްޓްމަހު އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ކަމަށް ވިޔަސް އެގޮތަށް ކަންތައް ނުހިނގާ ކަމަށް އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ. އޮޑިޓް ރިޕޯޓްގައި އެކަމާ ބެހޭ ގޮތުން އޮތް ބަޔަށް އެދުވަހުގެ ޖަލްސާގައި ހަވާލާ ވެސ ދެއްވި އެވެ.

ނަޝީދު ވިދާޅުވީ އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓަ ޖެނެރަލްގެ ރިޕޯޓާއި މަޖިލީހަށް ވަޑައިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްކެވި ވާހަކަތައް އެކުވީމާ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"މި ބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބައްލަވަން ޖެހޭ ކަންތައްތައް،" ނަޝީދު ވިދާޅުވި އެވެ.

ކޮމިޓީއަށް ފާހަގަވި ކަންތައްތައް

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީން އިތުރުފުޅުހެއްދެވިކަމަށް ތުހުމަތުކޮށް އެކަން ބަލަން އިިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ނެގި ސަބްކޮމިޓީގައި މުޅިން ވެސް ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްނުވާ ފަސް މެމްބަރުން ތިއްބަވަ އެވެ.

ކޮމިޓީ ރިޕޯޓުން ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ:

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިއުމުން ޖަވާބު ހޯއްދެވުމަށް އަމީނަށް ފޮނުއްވި ސުވާލަށް ދެއްވި ޖަވާބާއި ކޮމިޓީން ކުރި ސުވާލަށް އަމީން ދެއްވި ޖަވާބާ އެއްގޮތްކަން.

- އޭނާގެ އެ ޖަވާބު އޮޑިޓް ރިޕޯޓްގައިވާ މައުލޫމާތާ ތަފާތުކަން

- ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހާ ރަސްމީކޮށް މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ކޮމިޓީއަށް އަމީން ހުށަހެޅުއްވި އީމެއިލްތަކުން އެކަން ސާބިތުނުވާކަން.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޓީއަށް އަމީން ހުށަހެޅުއްވި އީމެލްތަކުގައި މުއާމަލާތްކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފަކާ ނުވަތަ އެ މިނިސްޓްރީއާ ގުޅުން ހުރި ފަރާތަކާ ކަން އެނގޭކަށް ނެތެވެ. ހަވާލާދީފައި އެވަނީ، ބެލެވޭ ގޮތުގައި، ޑަބްލިއުއެޗްއޯގެ މެއިލްތަކެއް ކަމަށް ވިދާޅުވެ އަމީން ހުށަހެޅުއްވި މެއިލްތަކަކަށެވެ.

އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ސަބްކޮމިޓީން މައްސަލަ ބަލަމުން އައި އިރު އެ ކޮމިޓީއަށް އަމީން ހާޒިރުކުރުމުން އޭރުވެސް އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއާ މުއާމަލާތް ކުރިކަން ސާބިތުކޮށްދެވޭނެ ލިޔެކިއުންތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ލިޔެކިއުންތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސްް ހުށަހަޅުއްވާފައި ވާނެ އެވެ.

އަމީން އޭރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މާތޫރު ދެއްވި މައުލޫމާތު ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާކުރެއްވުމުން އެ މުވައްޒަފުން އެ މައުލޫމާތު ކަށަވަރު ވެސް ކުރި އެވެ. އެ މައުލޫމާތު ކަށަވަރުކުރަން ހެލްތު މިނިސްޓްރީގެ މުވައްޒަފުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހަށް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

38 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 3%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަސި

06 December 2020

25 އަހަރަށް ހުކުމްކޮށް، 10 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކުރިނަމަ. ވެރިކަން، ޖުޑިޝަރީ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން މި އުޅޭނީ ޑިމޮކުރަސީގެ ބައްޕަ ކަމަށް ދައުވާ ކުރާމީހާ

The name is already taken The name is available. Register?

ސަލީމްއިބްރާ

06 December 2020

ފޮޓޯވެސް ތިއިނީ އެކޮޅުކޮޅުންލާފަ

The name is already taken The name is available. Register?

ޑައިރި12

06 December 2020

ޢަމީންގެ ބޮޓުތަ ބަލައިލަން މިއައީ.

The name is already taken The name is available. Register?

ބޮޓުގެ ސޮޓު

06 December 2020

ކުރީގަ ބުނީ ދަރުބާރުގެ ތިބެ މަސައްކަތެއް ނެތި ކުރާ ކަމޭ ކޮމެންޓު ކުރުމަކީ. ޙަގީގަތަކީ ނަޝީދުގެ ބޮޓުން އެކޮޅު ކޮޅުން ހިނގިޔަސް އަމީންއޭ ކިޔައިގެން ތި ދައްކާ ބުހުތާން ދޮގު ގަބޫލު ކުރާ ބަޔަކު ނެތްކަން މި ރާއްޖޭ

The name is already taken The name is available. Register?

ދޮންފުތު

06 December 2020

ކުރީގައިވެސް އެމްޑީޕީގެ އޮޑި ފެތިގެން ދިޔައީ އެމީހުން ނޫން ބަޔަކަށް ފުރުސަތެއް ނުދީ މި ރާއްޖެ އެއްކޮށް މިލްކު ކޮށްލަން އުޅެގެން. މިއީ އެތައް ޒަމާނެއް ވަންދެން އެކުވެރިކޮށް އުޅެމުން އައި ދިވެހިންގެ އާދަކާދައާވެސް ބީރަށްޓެހި ގޮތެއް. އަނެއްކާ ވެރިކަން ލިބުނީމަވެސް އެ މަގުން ހިނގާތަން މި ފެންނަނީ. މޮޅު ކަމަކީ ކޮންމެ ފަހަރަކު ކެމްޕޭނު ކުރަންވީމަ އަމީންމެން މުހިންމު ވާކަން. ހަމަ އެކަން ނިމޭއިރަށް މަގާމު އަތުލާ އެމްޑީޕީ ޕާޓޭއަކާ ހަވާލުކުރާނެ.

The name is already taken The name is available. Register?

ޢޮޑިޓް1234

06 December 2020

އަމީންގެ އިހްލާސްތެރިކަން ކަށަވަރުވާ ކަމަކީ އޭނާ އަމިއްލައަށް އެދިގެންވެސް ތި މައްސަލަ ތަހުގީގުކުރަން ބޭނުންވުން. އަދި ތަހުގީގު މަރުހަލާގައި ހެއްކަށް ނުފޫޒު ނުފޯރުވަން ގޭގައި މަޑުކުރިކަން. މިއީ ބޮޑެތި ކުށް ކުރާ މުޖުރިމުންގެ އުޅުން ހުންނާނެ ގޮތެއް ނޫންކަން އެނގޭނެ ވިސްނާ ފިކުރު ކުރާ ކޮންމެ މީހަކަށް. އެކަމަކު އެންޑީއެމްގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެއްވެސް މީހަކަށް ކެރުނުތޯ ތަހުގީގަކަށް އެދެން؟ ރައްޔިތުންގެ ފައިސާއިން 4.80ރ ދޭ ހަކުރު ކިލޯއެއް 16ރ ގަތްއިރު ނަޝީދު ކޮބާ؟

The name is already taken The name is available. Register?

ރިޕޯޓު އޮޅާލާ

06 December 2020

ފަސް އިރު ކާ ބޭހެއްހެން އަމީން ނޮޅައިގެން ކެޔަސް ނަޝީދުގެ މަގުބޫލުކަމެއް ދެން އިތުރެއް ނުވާނެ. އަދި ކިތަންމެ ގިނައިން ނޮޅިއަސް އަމީން ފަދަ ސާބިތު މީހަކު ގުޑުވާ ނުލެވޭނެ.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

06 December 2020

ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖެ ދަރާވިކޭނެ ތަރައްގީ ނުވެ

The name is already taken The name is available. Register?

މަންޑޭލާ

06 December 2020

ރާއްޖޭގެ ކަންކަމުގަ އިންޑިޔާއިން ބަސްބުނުމަކީ ރާއްޖޭގެ މިނިވަންކަން ނެއްކަން ހާމަވާކަމެއް. ބުދުދީނުގެ ބަޔަކައް ރައްޖެ ބަލަހައްޓަން ނަޝީދު އަޑިގަ ހުރެ ދިވެހިންގެ ކަރައް ފައިން މިއަރަނީ. ޤައުމެއްނެ ހުރިހާކަމެއް އޮޅުވަލީ

The name is already taken The name is available. Register?

ޝޮކްތެރަޕީ

06 December 2020

ދިވެހި ރައްޔިތުންނަ އޮޅުވާލާފަ ވެރިކަމައް އަރާފަ މުޅި ގާއުމު އިންޑިޔާއަ ވިއްކާލަނީ. ދެރަ

The name is already taken The name is available. Register?

ޝާކިރު

06 December 2020

ތިމަންނާ މެންގެ ވެރިކަމެއްގައި ގަސްތުގަ އޮޅުވާލައިގެން މައްސަލަ އުފަންކޮށް މީހުންގެ އަބުރު ކަތިލާ މަގާމު ފޭރެން މަސައްކަތް ނުކުރާނަމޭ ކިޔާ ވެރިކަމަށް އައިސް އެކަން އެ ގޮތަށް ކޮށްފަ ދިވެހި ރައްޔިތުންނަށް އެކަން ފަޅާ އެރީމަ އޮޅުވާލަން ކުޅޭހާ ޑްރާމާ. ހަގީގަތަކީ ކޯލިޝަން ވަޒީރަކަށް ވެގެން އަމީންދެކެ ކިތަންމެ ރުޅި އަޔަސް ސޯލިހު ކެބިނެޓުގައި އެފަދަ ހިންގުންތެރި ވަޒީރެއް ލައްވާނުލާކަން. އިސްތިއުފާދިން ނަމަވެސް އިއްޔެވެސް ލ އަތޮޅުގައި ސިޓީ ސްކޭންގެ ހިދުމަތް ފެށުނީވެސް އަމީންގެ މަސައްކަތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454