09 ޑިސެމްބަރ 2020 - 20:32
ޖަލަކީ ދިވެހި ޒުވާނުން އުމުރު ދުވަސް ހޭދަުރަން ޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އަލުން އަނބުރާ މުޖުތަމަޢު އަށް ގެނައުމަށް އެމީހުންނަށް އެކި ކަހަލަ ފަންނުގެ ޓްރެއިނިން ޕްރޮގްރާމްތައް ސަރުކަރުން އަންނަނީ ހިންގަމުންނެވެ. އޭގެ ދަށުން މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދީ ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިްޔާތަށް ފަހު އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެކި ސަބަބުތަކާ ހުރެ ގޯސް މަގުދާ މީހުންނަށް އަދި ހާއްސަކޮށް ޒުވާނުން އަލުން އަނބުރ މުޖުތަމައު އަށް ނުކުންނައިރު އަނެއްކާ ވެސް ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ގައިދީންނަށް ހާއްސަކޮށް ސަރުކާރުން ހިންގަމުން އަންނަ ޓްރެއިނިންގެ ތެރެއިން މިއަދު 50 މީހަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އިމްރާން ގެ ޓުވީޓުގައި އެ 50 މީހުންނަށް މަރުހަބާ ކިޔާފައި ވެއެވެ.
Jalakee dhivehi zuvaanun umuru heydhakuran jehey thaneh noon. Eki sababuthakaahure gose Magu khiyaarukurevey meehunnah, khaassakoh zuvaanunnah, alun anburaa kushuge vettah nugos zimmaadhaaru dhiriulhumeh binaakurumah eheevumakee sarukaarun iskandheykameh.
— Imran Abdulla (@ShimranAb) December 9, 2020
ކަރެކްޝަންސް ސާވިސް އިން ބުނިގޮތުގައި ރިހެބިލިޓޭޝަން ޓްރެއިނިން އެއް ގޮތަށް އެކި ކޯސްތައް ކުރިއަށް ގެންގޮސްފައިވާއިރު އޭގައި 151 ގައިދީން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ. މިއަދު ސެޓްފިކެޓް ހަވާލުކުރި 50 ގައިދީންނަކީ އޭގެ ތެރެއިން މިހާރު ޖަލުގައި ތިބި މީހުން ކަމަށް ވެސް ބުންޏެވެ. މީގެ އިތުރަށް ހަޔާ ޑިސްޓިންކްޝަން ހާސިލްކުރި 18 އަންހެން ގައިދީންނަށާއި 20 ފިރިހެން ގައިދީންނަށް މެޑަލް ހަވާލުކޮށްފައި ވެއެވެ.
ދެ ހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ހިންގަން ފަށާފައިވާ މި ޕްރޮގްރާމުގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުން ކަމަށް ކަރެކްޝަނުން ބުންޏެވެ.
އެ ޕްރޮގްރާމުގައި ހަތަރު ފޭސް އެކުލެވިގެންވެ އެވެ. އެއީ ގައިދީންގެ ކިބާގައި ޑިސިޕްލިން ބިނާކުރުމާއި އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާ އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
10 December 2020
ހެވީ ޑުރަގު ބޭނުންކުރާ މީހެއްގެ އުމުރަކީ އެންމެ 5 އަހަރު، ޑުރަގުގެ ސަބަބުން ގަމުމުގައި މަސައްކަތް ތެރިން ނެތިދަނީ، މަސައްކަތު މުމުރުގެ ގިނަ ޒުވާނުން ޑުރަގުގެ ޝިކާރައަކައްވަނީ. ޑުރަގުގެ ސަބަބު ގައުމުގެ މިނިވަންަމައް ނުރައްކާ، ގައުމު ދިފާނުކުރާނެ ސިފައިން ނެއް ނުއުފެއްދޭނެ ޑުރަގުގެ ވަބާ ފެތުރި ބޮޑުވަމުން ދަންޏާ.
ކޮރަލް
10 December 2020
ތަކުރާރު ކޮށް ޑްރަގް ވިއްކާ މީހަކީ މުޅި ގައުމު ހަލާކު ކުރާ މީހެކެވެ. އޭނަ ދެތިން އަހަރުން ދޫވެގެން ނުވާނެ އެވެ.
މަދީބު
10 December 2020
ޒުވާން އުމުރު ޖަލުގައި ބައިތިއްބަން ނުވާތީ އެންމެ ބޮޑު ކޮރަޕްޝަން ހިންގި އެއްކަލަ ދެ ޒުވާނުން އެތިބީ ގެއަށް ބަދަލުކޮށްފަ. ޒުވާންވީމަ ގޭގަ ތިބެވޭނީ. ޔާމީން ކަހަލަ މުސްކުޅިންވީމަ ޖަލުގަ އޮންނަންޖެހޭނީ. އެކަމު އިމްރާން ޖަލުގަ އޮންނަންޖެހުނު ދުވަހު އުމުރަށް ނުބަލާ، ފުރަތަމަ އަރާމު ޖަލު އެޕާޓްމަންޓެއްގަ ބަހައްޓާފަ ދެން ގިނައިން ގޭގަ ބެހެއްޓީ ހަމަ އެއްކަލަ އަނިޔާވެރި ޔާމީނު.
ރީނދޫ
10 December 2020
ޖަލުގަ އަހަރުތައް ހޭދަކުރަން ޖެހެނީ ޒުވާނަކަށް ވީތީއެއްނޫން. މުޖުރިމުންނަށް ވީތީ.
މުލޭ
10 December 2020
ކޮބާހޭ ޒުވާނުންނަކީ؟ މަސްތުވާތަކެތި ބޮއި ވިއްކާ މީހުން އެކަނިތޯ އެއީ. އަހރެމެންވެސް ޒުވާން އުމުރު ހޭދަކޮށްފައި 40 ގެ އަހަރުތަކުގައި މިއުޅެނީ. ޖަލަކަށް ދާންނުޖެހޭ. އެހެން ޒުވާނުންނާއި ކުޑަކުދިން ހަލާކުކުރަން މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން އެއީ ޒުވާނަކަސް މުސްކުޅިއަކަސް ކުޑަކުއްޖަކަސް ޙުކުމް ތަންފީޒުކޮށް ނިނިމެނީސް ދޫކޮށްގެން ވާނެކަމަކަށް ނުދެކެން.
ޖީލެއްގެހަލާކު
10 December 2020
ކުށްތަކަށް އަރައިގަތުމުގައި ޒުވާން އުމުރު ހޭދަކުރާކަށް ނުޖެހޭ.
ސަލީމު އިދުރީސް
10 December 2020
މިގައުގަ ކުށެއް ކުރިޔަސް ޒުވާނުއް ޖަލާންނުޖެހޭ ކަމައް ބުނިނަމަ! ކިތެމެ ބޮޑު ކުށެއް ކުރިޔަސް ޖަލުގަ ހުންނަން ނުޖެހޭކަން ޒުވާނުނައް ގެރެންޓީ ވަންޏާ ޒުވާނުއް ފެރުމާ ބޮޑެތި އަދުތަކުން ޑުރަގު އެތެކުރުމުގަ ބައިވެރި ނުވުމައް އޮތީ ކޮންއުޒުރެއްތޯ؟؟؟ މިހާރުވެސް ގޮޅިޖެހި ގަމީސްލައިގެން ނުވަތަ ތިބޭފުންގެ ބަހުރުވައިނަމަ މުދިމުން ނުވަތަ ހާފިސުން ސައިކަލު ދުއްލެއް ބާރުކަމުން އެހެންމީހުން މަގުތައް ބޭނުންކުރަން ޖެހިލުންވޭ
1828
10 December 2020
ޒުވާނުން އުޅެނީ ހަލާލް މަސައްކަތްކޮށްގެން އަބުއި ދިރިއުޅުމެއް. ޖިނައީ ކުށްކުރަނީ ޒުވާނުންނެއްނޫ. އެއީ މި ދިވެހި މުޖުތަމައަށް ބޮޑު މުސީބާތެއް. އެމީހުން ތިބެންޖެހޭނީ ހުކުމް ތަންފީޒްވަންދެން ޖަލުގައި. އެމީހުންނަކީ މިމުޖުތަމައުގައި އުޅެވޭ ވަރުގެ ބައެއް ނޫން.
ބަސް
10 December 2020
ޖަލުގައި ޒުވާނުން އިސްލާހު އެބަވޭ. ގިނަ ޒުވާނުން ޖަލުން ނުކުންނަނީ ޖަލުގައ ތިބެ ވަރަށް ފުރިހަމަ ކޯހެއް ފުރިހަމަ ކޮށްފަ. ގިނަ ޒުވާނުން ފެނުމުން ކާކުކަންވެސް ނޭގޭ. ހަމަ ﷲ ގެ މަގުގައި ޖާނާއި މާލާއި އަނބިދަރިންވެސް ގުރުބާން އެބަކުރޭ.
ވިސާކްް
10 December 2020
މާޒުވާނުން ވެގެން ނޫޅޭ...އިތުރު ޒުވާނުން ހަލާކުކުރަން ޑީލަރުން ދޫކުރަނީ ސަރުކާރުން...ޒުވާނުން ސަލާންޖަހައި ގޮނޑުހޮވަން ދޫކުރީ ސަރުކާރުން..