މާލޭގެ ފާރެއްގައި ހަރުކޮށްފައި ހުރި ފަސްނަފުސުގެ ޕޯސްޓަރެއް.--
10 ޑިސެމްބަރ 2020 - 21:34
މިއީ ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ގަދަކޮށްފައި އުޅޭ ހޭޝެޓެކެވެ. މިއީ #ފަސްނަފްސު އެވެ.
ފޭސްބުކާއި ޓުވިޓާގެ އިތުރުން މާލޭގެ ބައެއް އިމާރާތްތަކުގެ ފާރުތަކުން ވެސް ފެންނަ "ފސނފސ" އަކީ ކޯއްޗެއް ކަމެއް، ކިހިނެއްވާ ކަމެއްކަން ނޭނގުނަސް މިއާ ގުޅުވައިގެން އާންމުންނާއި މަޝްހޫރު ބައެއް ފަންނާނުން ވެސް އަންނަނީ މި ހޭޝްޓެގްގައި އެކި މެސެޖުތައް ދެމުންނެވެ.
ބައެއް މީހުން މި ހޭޝްޓެގާ އެކު ބޭނުންކުރަނީ ދިވެހި ހަރުބަހެކެވެ. ނުވަތަ ދުނިޔަވީ ކޮންމެ ވެސް ތަފާތު، ހެއްވާ، މަޖާ ވާހަކައެކެވެ.
"މީހުން އެނގޭނީ އެއް އޮޑިއަކުން ދަތުރު ކުރީމަ،" އެކްޓަރު ރަވީ ފާރޫގް ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައި ލިޔެފައިވެ އެވެ.
"އެއް ފުޅަށް މަތިން ފުންމާލި ބަކަރި، އަނެއް ފުޅަށް މަތިން ވެސް ނުފުއްމިފަޔޯ،" ދިވެހި ރެޕާ ސޮފްވާން އަލީ (ސޮއްޕެ) ގެ ސްޓޭޓަސްގައި ލިޔެފައިވެ އެވެ. "އެ ކަކުންޏެއް ހަރުކޮށް ކޮންނާނީ އަނެއް ކަކުނީގެ ހޮރުގައި މިން އަޅާފަޔޯ،"
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) December 8, 2020
މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ޖެއްސެވީ ހަމައެކަނި މި ހޭޝްޓެގް އެކަންޏެވެ. އެއާ އެކު މިއީ ސިޔާސީ ކެމްޕޭނަކާ ގުޅޭ ހޭޝްޓެގެއް ކަމަށް ވެސް ބައެއް މީހުންނަށް ވަނީ ހީވެފަ އެވެ.
މިއީ ކިހިނެއްވާ ހޭޝްޓެގެއްކަން އަދި ނޭނގޭތީވެސް ކަންނޭނގެ އެވެ؛ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އޭނާގެ ސްޓޭޓަސްގައި ބުނީ "ނޭނގޭ ވާހަކަ ނުދައްކާ ނުތިބެވޭ ދޯ" އޭ އެވެ. އެހެންވެ އަހަރެމެން ވެސް އެ ހިސާބުން މި ހުއްޓާލީ ނޭނގޭ ވާހަކަ ނުދައްކަންވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޖދހދ
11 December 2020
ސޯސަލް މީޑިޔާ ބޭނުން ކުރެވޭ.ތިޔެއް ނުދެކެނަ.ތިމާ ގިނަވެގެން ތިއުލޭހުެން ހީވަނީ ތި ފޮލޯކުރެވޭ ބައެއް ގެ ގޮތުން ހެން ހީބމވަނީ
މުލޭ
11 December 2020
ފަސް ނަފްސެއް ނޫން. ކޮންމެ ނަފްސެއް ވެސް އެ ނަފްސެއް ކުރި ކަމެއްގެ ރަހަ ދެކޭނެ. އިންތިޒާރު ކުރޭ. ވަގުތުޖެހުމުން ލަހެއް ފަހެއް ނެތް. ދުނިޔެ އާއި އާޚިރަތުގައި ވެސް.
އަދީބެއް ޝާއިރެއް
11 December 2020
ދިވެހިބަހުން ލިޔެއުޅޭއިރު ބަހުގެ ގަވާއިދަށް ފެތޭގޮތަށް ލިޔޭ! “އާސީނުތަށި” “ފަސްނަފުސު”މިގޮތަށް
އިބްރާހީމްސ
12 December 2020
މާކުރީގެ ވާހަކައެއް ތިޔަދައްކަނީ. މިހާރު އާސީނުތަށި ތެޅިއްޖެ. ސުކުންނުޖަހާ އަކުރެއް މިހާރުނެތް.
ބުރުވާލިބާގިރު ރިޔާސީ މާވަހަރު
10 December 2020
ތަންކޮޅެއްކުރީގާ ސިޔާސީ އުދަރެސްމަތިން ދައްކާލި "ނަވަނަވާ" ކިޔާ ވަރަށް ވަރުގަދަ ގުރޫޕެއް. ހަމަ ދެދުވަހަކު އެހެންއުޅެލާފާ ގެއްލިއްޖެ. ދެން އަނެއްކާ މިއޮތީ މުޅި ސޯޝަލްމީޑިޔާ ފަތަހަކޮށްފާ #ފަސްނަފްސު. ދެން ހަމަ ދެދުވަހު ގަދަދައްކާލާފާ ވައިވެގެން ހިނގައިދާނެ. މީ އެހެންހުންނަ ކަންކަމެއްނޫން............... ކޮބާ މިހާރު #ބުލެކްލައިވްސްމެޓާ އުޅެނީ ކިހާހިސާބެއްގާ؟
އަބޫބަކުރުބެ
10 December 2020
ކޮންމެ ނަފުސެއްވެސް މަރުގެރަހަ ދެކޭނެއެވެ.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
10 December 2020
(ފު)އްލާ، (ސާ)މަރާދޫނި، (ނަ)ގުލަންދާށި، (ފި)ޔަހަލާރޮނޑު، (ސި)ންގާ
ބޮކިފުރާޅު މުޙައްމަދު
10 December 2020
ފެން މޫ ގައްސާ = މޫސާ.