12 ޑިސެމްބަރ 2020 - 11:07
އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ގަން އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި ދަތުރުފުޅުގެ ތެރެއިން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ނައިބު ރައީސް ބައްދަލުކުރެއްވި އެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ހުޅުމީދުގައި ގާއިމްކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ، ނައިބު ރައީސް އަޅުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މި މަޝްރޫއުގެ އަގަކީ ހަ މިލިއަން ރުފިޔާ އެވެ.
Vice President @FaisalNasym meets with @aeh_mv management pic.twitter.com/BW7wCKPHgy
— The President's Office (@presidencymv) December 12, 2020
ފައިސަލްގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގަންނަވާނީ، އެނގިފައިވާ ގޮތުގައި، މިއަދު މެންދުރު ފަހު އެވެ. އަދި މިރޭ އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.
ފުވައްމުލަކުގެ ދަތުރުފުޅުގައި ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާނެ އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރައްވާ ގޮތަށް ވެސް، ޕްރޮގްރާމްގައިވެ އެވެ.
Vice President @FaisalNasym arrives in #AdduCity pic.twitter.com/3tsJgY3Sqb
— The President's Office (@presidencymv) December 12, 2020
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީއ
13 December 2020
އެއީ ޢާއިލާއާ ބައްދަލުކޮށްލަން ކުރެއްވި ދަތުރުފުޅެއް
ހޮޓްކިންގ
13 December 2020
ވޯޓެއް ނަގަން ކައިރިވީހެން ހީވަނީ. އައްޑޫ މީހުން ގެ ބޮލަށް ޗިޕްޖަހަން ދިިޔައީ. ޢައްޑޫއަކީ އެމްޑީޕީ ގެ ފެނުކައްކާ ބޮޑުބޮލި.
ގުޑުގުޑާ
13 December 2020
އޮޅުވާލުމާމަކަރާހިލަތުގެތެރެއިއްހިއްގާ ކެއްޕޭނުދަތުރުތައް
ޑރ. ރާމީ ހަސަން ވައިނުޖެހޭގެއާގެ
13 December 2020
އައްޑޫ އަކީ، "ފެނުކައްކާ ބޮއްޔެކެވެ". މިޒަމާނު ކުދިންނަށް އެއީ ކޯޗެއްކަން ނޭންގިދާނެތީ ލިޔެލާނަމެވެ. މި ބޮލީގެ ދެފަރާތް ދެގޮތް ވާނެއެވެ. މަސްގަނޑު އިންނަ ފަޅި އިންނާނީ ވަރަށް އޮފުގަދަކޮށް، ދޮންރީނދޫ ކުލައިގައެވެ. އަނެއްފަޅި އިންނާނީ ގާގަނޑެއްގެ ސިފައިގައެވެ. ފެނުކައްކާ ބޮލި ކިއުނީ އެތޭގައި އިންނަ މަސްގަނޑު ނެގޭނީ ފެނުކައްކައިގެން ކަމަށްވާތީއެވެ. ގިނަ ފަހަރަށް މިބޮލި ބޭނުން ކުރަނީ ގޭގޭގެ ދޮރު ވަޔާ ލެއްޕޭތީ ދޮރުގައި ވިއްދުމަށެވެ. ދޮރު ވަޔާ ނުލެއްޕޭ ނަމަބޮލީގެބޭނުންކެނޑުނީއެވެ.
ނެތީމޭނެތީމޭ
12 December 2020
ތިޔާ އައްޑޫ އަށް ކިތަންމެ ބޮޑު ޚަރަދެއް ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ފުރަތަމަ އައްޑޫން ކުރާ ވައްކަމާއި އަދި ޑްރަގް ޑީލަރުން ގެ ކިބައިން ސަލާމަތް ކުރެވޭތޯ ތަމެން ބެލިއްޔާ މާބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...
ނެގުނުކަތީބު
12 December 2020
ހުސް ބޭކާރު ދަތުރު. ޓި ދަތުތުނުކޮށް ތިފައިސާކޮޅުދީ މާބޭނުން. މޫނު ބަލައިގެން ވާނެ ފައިދާއެއް ނެތް
ޖުލައި2020
12 December 2020
ޕީސީއާރު ޓެސްޓު ހަދައިގެންތަ ދިޔައީ. އައްމުރައްޔިތުން ތަނަކަށްނުދެވި ގަަނަތެޅެނީ.
ވަރޒް
12 December 2020
ތިތަނުން ނައިބު ރައީސް އަކާ ބޮޑަށް ވައްތަރީ އަމީރު
ކޮއްޔާ
12 December 2020
މިއަދު ވީޕީ އާ ފިނޭންސް މިނިސްޓަރ ކިތަންމެ ބާރުގަދަ މަގާމެއްގައި ތިއްބަސް މުސާރަދެނީ ރައްޔިތުންގެ ފައިސާއިން. އަދި ކޮބާ މާލޭން އެކުގައި ދަތުރުކުރި އެހެން މީހުން؟ އެޗްޕީއޭގެ ގައިޑްލައިން 10 ދުވަހު ކޮރަންޓީން ވާން ލާޒިމުކުރޭ! އަނެއްކާ ބާރު އޮތަތީ ނާޖާއިރު ކެންޕޭނުކުރަނީ ދޯ؟ އައްޑޫގެ ރައްޔިތުން ތިޔަ ހުށައަޅަނީ ކޮވިޑަށް! ކޮވިޑަކީ ބާރުގަދަ ޔޫއެސްއާ ޔޫކޭގެ އެންމެ އިސް ވެރިންނަށް ވެސް ބެލި ބައްޔެއްނޫން!
އޮނަރަބްލް އަފީފު ދީދީ
12 December 2020
ނައިބް ރައީސަށް ދަންނަވައިގެން ވިޔަސް މާލެ ގޭން ދަތުރު ތަކަށްA-321 ފްލައިޓް ހަމަޖައްސާ އައްޑުއަށް ބޭނުންވާ ކާގޯ އުފުލޭނެ ގޮތެއް ހޯދާންޖެހޭ. # ތެލުގެއިތުރަށް ސީދާ ކުންފުންޏަށްގެއްލުންވާގޮތަށް އޮޕަރޭޝަނަލް ކޮސްޓާއި ޕައިލެޓް އަދި ކުރޫސެޓަށް ދޭންޖެހޭ އެލަވެންސްތަކާއި ލެނޑިންގ ފީފަދަ އެތައްޙަރަދެއް ކުރާންޖެހޭގޮތަށް ދަތުރުތައްނުކޮށް ފުވައްމުލައް ފިޔަވާ މާލެއިން ދެކުނަށް އުފުލާންޖެހޭ ހުރިހާ ފެސެންޖަރުން މީގައި އުފުލާފަ ގޭންއިން ޑޮމެސްޓިކް ދަތުރުތައް ކުރާގޮތައްހަމަޖައްސަވާ.
ގާޑި އައްލާ.
12 December 2020
ޙަޤީގަތުގައި މާލެއިން ބޭރުގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރު ތަކަށްވުރެން އޭ 321 ގަމަށް ދަތުރު ކުރުމުން ކުންފުންޏަށް އެތައް ގޮތަކުން ފައިދާ ބޮޑު. އައްޑޫއަކީ މިހާރުވެސް ކާގޯ ވަރަށް ބޮޑަށް އިތުރުވެ ބޭނުންވާ ވަރަށް ކާގޯ އުފުލާ ނުދެވި އޮތް ތަނެއް. ކޮޅަކަށް 30 މީހުން ލިބުނު ކަމުގައި ވިޔަސް މިދަތުރު ކުރެވޭނެ. އެކަމަކު މޯލްޑިވިއަން ހިންގާން ތިބި މީހުން ތިކަން ކުރާކަށް ބޭނުމެއްނުވޭ.