ރިޕޯޓް / ޓޫރިޒަމް

އުފާާވެރި ޗުއްޓީއަށް އެއާޕޯޓުން ހުރަސް

ިއިއްޔެ ވީއައިއޭއަށް އައި ޓޫރިސްޓުންތަކުން އެރައިވަލް ޓާމިނަލްގެ އިމިގްރޭޝަން ކައުންޓަރުތައް ފުރިފައި: ޓޫރިސްޓުންނަށް ރަނގަޅު ހިދުމަތްތަކެއް ބޭނުންވޭ

13 ޑިސެމްބަރ 2020 - 15:51

29 comments

ކޮވިޑް-19ގެ ހުއްޓުމަށް ފަހު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައުން ހަމަވުން ފާހަގަކުރީ އިއްޔެ އެވެ. އެކަމަކު އެ އަދަދު ފާހަގަކޮށް، އެންމެ ޓޫރިސްޓެއްގެ ހިތް އުފާކޮށްދިން އިރު، އެތައް ސަތޭކަ ޓޫރިސްޓުން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ނުކުތީ މާޔޫސްކަމާއި ހިތްހަމަނުޖެހުމާއި ޝަކުވާތަކާ އެކުގަ އެވެ. އިމިގްރޭޝަން ކައުންޓަރުތަކުން ސަލާމަތްވާން އެތައް ގަޑިއިރެއް ނަގާތީ ޓާމިނަލް ތެރޭގައި ތޮއްޖެހުން ބޮޑުވެ، އުފާާވެރި ޗުއްޓީގެ ފެށުން ޚަރާބުވުމުގެ ރުޅުވެރިކަން ނުދައްކާ ތިބެވޭ ވަރެއް ނޫނެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އިންޖީނު އަލުން ހިނގައިގަތް އިރު، އެއާޕޯޓްގެ އެކި ޑިޕާޓްމަންޓްތަކާއި އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ އިދާރާތައް ވަނީ އެކަމަށް ރަނގަޅަށް ތައްޔާރުވެފައިތޯ، ޓޫރިޒަމް ދާއިރާގެ މީހުން ގެންދަނީ ސުވާލުކުރަމުންނެވެ. ކޮވިޑް-19ގެ އަނދިރީގެ ތެރޭގައި އަށެއްކަ މަސް ދުވަހު އޮތް ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ދިރުމެއް ލިބި، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުންގެ އަދަދު ދުވާލަކު އެތައް ހާހަކަށް އެރީ، ބަލަބަލާ ތިއްބައެއް ނޫނެވެ. އެއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ހިސާބުތަކެކެވެ.

އެކަމަކު އެއާޕޯޓްގެ ރެޕުންނާއި ރިސޯޓްތަކުގެ މީހުން އެ ބުނަނީ "މި އުފާވެރި ވަގުތަށް ސަރުކާރުން ތައްޔާރުވެފައި ނެތް" ވާހަކަ އެވެ.

"ކޮބައި ތައްޔާރުވުމަކީ؟ އިއްޔެ ވެސް އިމިގްރޭޝަންގެ ބައެއް ކައުންޓަރުތައް ހުރީ ހުހަށް،" ރިސޯޓެއްގެ އިސް ވެރިޔަކު، މައްސަލައިގެ ގޮތުން ނަން ނުޖަހަށް ޝަރުތުކޮށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.

"ރޭގަނޑު ރިސޯޓަށް ނުދެވި، އެތައް ބަޔަކު ރޭކުރީ ހުޅުމާލޭގައި. އެ މީހުންގެ ޗުއްޓީން އެ ގެއްލުނީ މުހިންމު އެއް ރޭ."

ޓޫރިޒަމް މިނިސްޓްރީ އާއި ރިސޯޓްތަކުގެ މެނޭޖަރުންނާ ދެމެދު ގުޅުން ގާއިމްކުރަން ހަދާފައި އޮތް ވަޓްސްއެޕް ގްރޫޕެއްގެ ބައެއް ޝަކުވާތައް، "މިހާރު"ގެ ރިޕޯޓަރުންނަށް ފެނުނެވެ. އޭގައި ރިސޯޓްތަކުގެ ބައެއް ވެރިން ވަނީ، އެއާޕޯޓްގައި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދޭން އެދިފަ އެވެ. އަދި "އެމްއޭސީއެލް އާއި އިމިގްރޭޝަނަށް އެކަންކަން އަންގާނެ ކަމަށް،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ގަބޫލުކުރަން ޖެހޭ އެހެން ހަގީގަތްތަކެއް ވެސް އެބަ ހުއްޓެވެ. އެއާޕޯޓްގެ ހާލަތު ވެސް ކޮވިޑް-19ގެ ކުރީގެ އޮމާންކަމުގެ ތެރެއަކަށް އަދި ނުދެ އެވެ. އެޗުޕީއޭގެ އުސޫލުތަކާ އެކު ލަސްވެދާނެ ކިތައްމެ ކަމަށް އަމަލްކުރަން ޖެހެ އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ. އެކަމަކު ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް އެޅުވުމުގެ ފުރަތަމަ ކަމަކީ ޓޫރިޒަމަށް އަންނަ ދިރުން ކަމަށް ވާތީ، އެއާޕޯޓާއި އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ އިންތިޒާމްތައް ވަރަށް ބޮޑަށް ރަނގަޅުވާން ޖެހޭނެ ކަމަށް، ޓޫރިޒަމް ދާއިރާގެ މީހުން ގަބޫލުކުރެ އެވެ.

"ޓޫރިސްޓުންގެ ފުރަތަމަ ތަޖުރިބާ އެހާ ގޯސްވެގެން ނުވާނެ،" ޓާމިނަލް ތެރެއިން މިހާރު ފެންނަ ތޮއްޖެހުމަށް އިޝާރަތްކޮށް، ރިސޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އިއްޔެ އަކީ ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅު ދުވަސްވަރު ފެނުނު އަދަދުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި ދުވަހެކެވެ. އެގޮތުން އިއްޔެ އައި މީހުންގެ އަދަދު 3،800 އަށް އަރަ އެވެ. ކޮވިޑް-19ގެ ކުރިން އެއާޕޯޓްގެ ޕީކް ދުވަސްތަކުގެ އެވްރެޖް އުޅުނީ 4،000 އާއި 5،000އާ ދެމެދުގަ އެވެ.

ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގައި އިއްޔެއަށް ވުރެ ވެސް ބިޒީ ދުވަސްތައް އަންނާނެ އެވެ. އެހެންކަމުން މިހާރު ދިމާވާ ލަސްކަމުން ސަލާމަތްވެވޭނެ އިންތިޒާމްތައް، ސަރުކާރުން ނުޖައްސައިފި ނަމަ، ރާއްޖޭގެ ޓޫރިޒަމްގެ ޚިދުމަތާ މެދު އެތައް ޝަކުވާއެއް އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓޫރިސްޓުންގެ އަގުހުރި ޗުއްޓީން އެއް ދުވަސް، އެއާޕޯޓުން ސަލާމަތްނުވެވުމުގެ ތެރެއިން، ގެއްލިދާނެ ކަމަށް ވެސް، އޭނާ ލަފާކުރައްވަ އެވެ.

"ޓޫރިސްޓަކަށް ކުރިމަތިވާނެ ބޮޑު ދެރައެއް، އެންމެ ރެއެއް ވެސް ގެއްލުމަކީ. ސީޕްލޭންގައި ރިސޯޓަށް ދާން ޖެހޭ މީހާއަށް ފްލައިޓް ނުލިބި، އިރު އޮއްސިއްޖެ ނަމަ ދެން ޖެހޭނީ މާލޭގައި، ނުވަތަ ހުޅުމާލޭގައި ހުންނަން،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ ތެރެއަށް ވަންނަ މީހަކަށް މިހާރު ފެންނާނީ ފެބްރުއަރީ ފަހުކޮޅުން ފެށިގެން ހިމޭންކަން ވެރިވަމުން، ހުސްކަން ބޮޑުވަމުން ދިިޔަ އެއާޕޯޓެއް ނޫނެވެ. ރިސޯޓްތަކުގެ ކައުންޓަރުތައް ފުރި، އެއާޕޯޓް ރެޕުން އަވަދިނެތި އުޅޭ ތަނެވެ. ފުރާ މީހުންގެ ދިގު ކިއޫ އާއި އަންނަ މީހުން ނުކުމެ، އުޅަނދުފަހަރަށް އެރުމުގައި އުޅޭ ބިޒީކަމެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ހިމޭންކަމަށް ފަހު، ރާއްޖޭގެ ޓޫރިޒަމަށް ކުއްލި މިހާ ބޮޑު ދިރުމެއް އައުމަކީ، ގައުމުގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ ހާލަތަށް ދާން ދުއްވައިގަތުމެވެ. އެކަމަކު ރާއްޖޭގެ އިގުތިސާދަށް ފައިސާ އަޅަމުން، ރާއްޖޭގެ ރީތިކަމުން ހިތް އުފާކުރަން އަންނަ މީހުންނަށް، އެއާޕޯޓް މިވަނީ ޝަކުވާ ފުންޏަކަށެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ފާޑުކިޔަނީ އިމިގްރޭޝަނާއި އެމްއޭސީއެލްއަށެވެ. އެ ދެ އިދާރާއިން ދައްކާ ސަބަބުތައް ވެސް އެބަ ހުއްޓެވެ. އިމިގްރޭޝަނުން ބުނަނީ އެޗުޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހިިދުމަތް ދޭ ނަމަ ލަސްތައް އަަންނާނެ ކަމަށެވެ. އަނެއްކާ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ ޝަކުވާއަކީ، ކޮވިޑް-19ގެ ކުރިން ވެސް އިމިގްރޭޝަންގެ ތެރޭގައި އޮތް ކަންބޮޑުވުމެއް ކަމަށް، އެތަނުގެ ބައެއް ވެރިން ބުނެ އެވެ.

ނަމަވެސް އެ ހުންނަނީ، ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވި ގޮތުގައި، ސަރުކާރަށް އިންތިޒާމްކުރެވޭނެ ކަންކަމެވެ. ޚާއްސަކޮށް ކޮވިޑް-19ގައި ބަންދުވެގެން ހޭދަކުރި ދުވަސްތަކަކީ، މިހާރު މި ފެންނަ ޓޫރިޒަމްގެ ކުއްލި ކުރިއެރުމަށް ތައްޔާރުވާން ލިބުނު ފުރުސަތެއް ކަމަށް، އެ މީހުން ދެކެ އެވެ.

"ސަރުކާރުގެ މުވައްޒަފުންނަކީ އަބަދުވެސް ކޮންމެ ކަަމެއްގައި ވީހާވެސް ލިމިޓެޑްކޮށް މަސައްކަތް ކުރާ ބައެއް،" ކުރިން ވާހަކަ ދެއްކެވި މެނޭޖަރު ވިދާޅުވި އެވެ.

"އެކަމަކު އެ މީހުންނަށް ވެސް މުސާރަ މި ދެވެނީ، ޓޫރިޒަމުން ލިބޭ އެއްޗަކުން. މިއަދު މި އޮތީ ޓޫރިޒަމް އަނެއްކާ ނަގާ ކޮޅަށް ޖަހަން ޖެހިފައި. އެކަމެއް ނުކުރެވޭނެ ލިމިޓެޑްކޮށް މަސައްކަތްކޮށްގެންނެއް."

ކްރިސްމަސް އާއި އާ އަހަރު ކުރިމަތިވާ އިރު، ރާއްޖޭގެ ގިނަ ރިސޯޓްތައް ވަނީ ފުލްވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތީ ވީއައިއޭ ބިޒީވުމުގެ ދުވަސްތަކެވެ. އިއްޔެ އައި 3،800 މީހުންގެ ރެކޯޑް މުގުރާލާނެ އަދަދުތަކުން ވެސް ޓޫރިސްޓުން އަންނާނެ ކަމަށް، ރިޒަވޭޝަންތަކުން ދައްކާ ދުވަސްތަކެވެ. މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ އަދި އިތުރު މުވައްޒަފުން ނުނެރެ މަޑުކޮށްފި ނަމަ ރާއްޖޭގެ މައި އެއާޕޯޓުން ދަތުރުވެރިންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ.

ކުރިން ބުނިހެން ހިނިތުންވުން ގެނެސްދޭން މި ޖެހެނީ ވަކި އަދަދެއް ފުރިހަމަކޮށްދޭ ޓޫރިސްޓަށް އެކަންޏެއް ނޫނެވެ. އެއާޕޯޓް ތެރެއިން ބޮޑެތި ޝަކުވާތަކެއް ނެތި، ރާއްޖޭގެ ރީތި މާހައުލަށް ނުކުމެ ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ހަމަ ކޮންމެ ޓޫރިސްޓަކަށް ވެސް ހައްގެވެ.

29 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 25%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

15 December 2020

ހުރަހަކީ ދޭތެރެ އެޗްޕީއޭ މިންގަޑަށް ވުރެވެސް ދުރުކުރާ އެއްޗެއް

The name is already taken The name is available. Register?

ARIF

15 December 2020

އިމިޤުރޭޝަން ކުދިން ކަމެއް ރަނގަޅަށް ނުކުރާނެ ލިބޭ އެއްޗަކަށް ބަލާފަ ނޫނީ. މާލޭ އިމިޤުރޭޝަން ސްޕީޑް ރަނގަޅުވޭ ދަށުން ރަތްކުލައިގެ ނޫޓް ދިންވަރަކަށް.

The name is already taken The name is available. Register?

ހޮޓްކިންގ

14 December 2020

މިހާރުއެކަންޏެއްނޫން. ތީ މީގެ ކުރިންވެސް އެއއާޕޯޓް އިމިގްރޭޝަންގައި ދިމާވާ މައްސަލައެއް. އެތައް ފްލައިޓެއްގެ މީހުން ކައުންޓަރާހަމަހަށް ނާދެވި ފުރިބާރުވެ ޚިދުމަތް ނުދެވި ވަރުބަލިވެ ތަޅުންމަތީ އިށީދެ ތިބޭތަންފެންނާނެ. އިމިގްރޭޝަނުން ރަނގަޅު ޚިދުމަތެއް ނުދޭއިރު ފާޑުފާޑުގެ މައިލްސްދޭވާހަކައާއި ޒާތްޒާތަށް ފޮޓޯނަގާ ދެއްކެން އުޅޭތަން ފެންނަނީ. ވަރަށް ގޮތްދޫނުކުރާ ދޭޚިދުމަތް ސުމެއްގެ ތަނެއް އެއީ.

The name is already taken The name is available. Register?

ކޮވިޑް ކޮބާ

14 December 2020

އިމިގުރޭޝަން ،ކަސްޓަމްސް އެތައްކުދިންނެއް ތި ހުރިހާ މީހުނަށް ޚިދުމަތްދޭއިރު އެމީހުންނަށް ކޮވިޑް އެލަވަންސް.ނުދޭ.ދަރުބާރުގެއަށް ބޯކޮށް؟. ކޮވިޑްގެ އެންމެ ނާޒުކު މި ދަޑިވަޅުގައިވެސް މިދިޔަ ހަފްތާގައިވެސް އިމިގުރޭޝަން 7 ކުދިން ކޮވިޑް.ކޮވިޑް އަށްދީގެން އިމިގުރޭޝަން ކަސްޓަމސް ކުދިން ކުރާމަސައްކަތްބަލާފައި ތި ދެއްވާ އެލަވަންސް އެކުދިންނަށް ދީބަލަ.ސަލާމް މަދުވާނެ.މީހުން ފުނިޖެހިގެން ތިއޮތް ފޮޓޯއިން ކޮވިޑް ފެތުރޭނެވަރު ވިސްނާ.އެޗް.ޕީ.އޭ ކޮބާ

The name is already taken The name is available. Register?

ޙަސަނަ

14 December 2020

ރާއްޖެތެރޭ ރަށަކަށް ދާން އެއަރޕޯޓަށް ދާ ދިވެއްސަކު އެތާ އިނދެ ފަސް ފަހަރަށް ފްލައިޓް ޑިލޭވެ ގަޔަށް ރެވުނަސް ކަންބޮޑުވާ ބަޔަކު ނޫޅޭ. ޓޫރިސްޓުންނަށް ދެރަގޮތެއް ވެގެން ނުވާނެ އެކަމާ އެއްބަސް އެކަމަކު އެމީހުންގެ ހައްގުގަ ބަސް ބުނަނީ މަހުޖަނުން އެހެންވީމަ އެއަޑު ވަރަށް ގަދަވޭ، މުލިއާގޭގައި އަވަހާރަފުޅު ލައްޕަވާފަ އޮންނަ ބޭފުޅާއަށްވެސް އެ އަޑަށް ސިހިގެން ތެދުވެވޭ

The name is already taken The name is available. Register?

ރަސްޓީ

14 December 2020

ހުރިހާވެސް މައްސަލައަކީ ސަރުކާރުހިންގަން ހަވާލުވެގެން ތިބި ސިޔާސީ މީހުންގެ ތަޢްލީމާއި ތަޖްރިބާ ނެތުން އެކްޓިވިސްޓުންގެ ގޮތުގަ އުޅުނު މީހުންނަ ބޮޑެތި ސިޔާސީ މަޤާމުތައްދީގެން ކުރަންޖެހޭ މަސައްކަތް ކުރިއަކަށް ނުކަނޑާނެ. އެއާރޕޯޓް ޓާމިނަލްގެ މަސައްކަތް އަވަސްކުރުވަން ސަރުކާރުތެރެއިން މަސައްކަތް ކުރާތަނެއް ނުފެނޭ.

The name is already taken The name is available. Register?

ގޫފާލިޔައު

14 December 2020

އެއްވެސްކަމެއް މިސަރުކާރަކަށް ރަގަޅަކަށްނުވޭ

The name is already taken The name is available. Register?

ޢިޙްސާސް

14 December 2020

ތިތާ ބުރަކޮށް މަސެއްކަތްކުރާ މުވައްޒަފުނަށް އައްސަރިބަހާ ސާބަސް. ތިތަނުގެ ބޮޑު އެކަށީގެންވާ މިންވަރަށް އެމީހުންގެ ޒިންމާ ނުނެގުމުގެ ނަތީޖާ ތިފެންނަނީ. ބޮޑުގޮނޑީގަ ބޮޑޭވެފަ އިނަކަސް ނުވާނެ. އިމިގްރޭޝަންގެ ކޮންޓުރޯލަރ އެއާޕޯޓް ކައުންޓަރަށް ނުކުމެގެންވެސް ރާއްޖެއަންނަ މީހުނަށް މިހާރަށްވުރެ ލުއިގޮތް ހޯދަދޭންވެއްޖެ. ނުކެރެންޏާ އިސްތިއުފާދީ.

The name is already taken The name is available. Register?

ދިވެހި މީހެެއް

14 December 2020

މިހުރިހާ ކަމެއްގައި އެމްއޭސީއެލްގެ ސްޓާފުން ވަމމުންދާ ޤުރުބާނީ އެއްވެސް ބަޔަކަށް ނުފެންނާތީ ހިތާމަ ކުރަން. ޑިްުޓީއަށް ދާގޮތަށް އެއްވެސް ބްރޭކެއް ނުލިބި ފްރަންޓްލައިންގާ މިމކުދިން ކުރާ މަސައްކަތް ކޮންމެވެސް ބަޔަކު ބަލައިގަންނަން ޖެހޭ.

The name is already taken The name is available. Register?

ހެއްވާލާނީ ކިހިނެއްތޯ

14 December 2020

މީ ކިހާ ދެރަކަމެއްތޭ ނުކުރެވޭ ފެންވަރަށް ކަން ކުރަން އުޅުމުގެ ނަތީޖާ އަބަދުވެސް ދާމޫގަނޑު ބޮޑުކުރުމުގަ ކަމެއް ރަނގަޅުކުރަން ނޫޅެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454