ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާތީ އެކަމާ ދެކޮޅަށް ކުރާ ހިމޭން އިހްތިޖާޖުގައި، ގަބުރުސްތާނެއްގެ ބޭރުގައި ހުދު ފޮތި އައްސާފައި
16 ޑިސެމްބަރ 2020 - 05:55
ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން، ދީނީ އިސްތިސްނާ އަށް ނުބަލައި އަންދަން ނިންމި މައްސަލަ އެންމެ ބޮޑަށް ހޫނުވީ މިދިޔަ ހަފުތާގައި އެންމެ 20 ދުވަހުގެ ފިރިހެން ކުއްޖަކު އަންދާލުމާ އެކުގަ އެވެ. މިއީ އެތައް ބަޔަކަށް ލިބުނު ބޮޑު ޝޮކެކެވެ. އެތައް އަހަރެއްގެ އުންމީދަށް ފަހު ލިބުނު ދަރިފުޅުގެ މަރުން ހިތްހަލާކުވި ދެމަފިރިންނަށް ދުވަހަކު ފިލައިނުދާނެ ވޭނަކަށްވީ އެ ތުއްތު ކުއްޖާ ދުނިޔެ ދޫކޮށް ދިޔަކަމުގެ ޚަބަރު ލިބި އެކަން ގަބޫލުކުރަން ވެސް ނޭނގި ތިއްބާ އެ ކުޑަކުޑަ ހަށިގަނޑު އަންދާލައި އަޅިކޮޅު ހަވާލުކުރުމުންނެވެ.
ކުއްޖާގެ ބައްޕަ އެން.އެފް.އެމް ފަހީމް މި ވާހަކަ ދަ ހިންދޫ އަށް ހިއްސާކުރި އެވެ.
އުމުރުން 38 އަހަރުގެ ފަހީމާއި އޭނާގެ އަނބިމީހާ އަށް، ހަ އަހަރު ފަހުން ލިބުނު ދަރިފުޅާ އެކު ތިބީ އުުފަލުން ފޮޅިފަ އެވެ. އެކަމަކު އެންމެ ގާތުގައި ތިބެން ބޭނުންވި ވަގުތު ކުއްޖާ އާއިލާއާ ވަކިކޮށްލައިގެން ގެންދިޔައީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު، ކުއްޖާގެ އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ކޮވިޑްގެ ޝިކާރައަކަށްވެ ވަކިވެ ދިޔައީ އެވެ.
ދަރިފުޅު އަންދާލުމަށް ފަހު އަޅިކޮޅު ހަވާލުކުރީ، ދަރިފުޅުގެ މަރުގެ ޚަބަރު ހޮސްޕިޓަލުން ދިނުމުން ލިބުނު ކުއްލި ހިތާމައިގެ ތެރޭގައި ތިއްބަ އެވެ. މަރުވިކަން އެންގުމާ އެކު ލިބުނީ ކުއްޖާގެ އަޅިކޮޅެވެ.
"އެ އަޅިކޮޅާ ހަވާލުވާނެ ހިތްވަރެއް ނުލިބުނު. އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ބީވެގެން ދިއުމުން ލިބުނު ޝޮކެއްގައި ތިއްބާ، އަހަރެމެންގެ ދީނީ އުސޫލުތަކާ ވެސް ޚިލާފަށް ދަރިފުޅު އަންދާލީ. އެއީ އަހަރެމެންގެ ހިތަށް ކެތްވާ ވަރުގެ ކަމެއް ނޫން،" މި ހިސާބުން ފަހީމަށް ރޮވި ވާހަކަ ހުއްޓުނެވެ.
ދަރިފުޅު އެންމެ ފަހުން ފެނުނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހޮސްޕިޓަލުންނެވެ. ސަރުކާރުން ހިންގާ ކުޑަކުދިންގެ ހޮސްޕިޓަލަށް އެ ރޭ ދަރިފުޅު ގެންދިޔައީ ނޭފަތް ބެދި، ރޯގާގެ އަލާމާތް މާ ބޮޑަށް ފެންނާތީ އެވެ. އަނެއް ދުވަހު ލިބުނީ ދަރިފުޅުގެ އަޅިކޮޅެވެ.
ކޮވިޑް ޖެހޭ މީހުން އަންދަން ލަންކާ އިން ނިންމާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައަކާ މަތިކޮށްފަ އެވެ. ބުޑިސްޓުން އަންދާ ގޮތަށް މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންދަމުން ދަނީ އެ މީހުންގެ ދީނީ އުސޫލުތަކާ ހިލާފަށް، މަޖުބޫރުކޮށްގެންނެވެ. ލަންކާގައި ބުނަމުން އަންނަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުން ފެނުގެ ތެރެއަށް ކޮވިޑްގެ ވައިރަސް ދާނެ ކަމަށެވެ. އެކަަމަކު ވައިރޮލޮޖިސްޓުން ވިދާޅުވަނީ ކޮވިޑަކީ ވައިރަހަކުން ޖެހޭ ބައްޔަކަށް ވާއިރު، އިންސާނަކު މަރުވުމާ އެކު ވައިރަސް އަށް ހަށިގަނޑުގައި ދިރިނޫޅެވޭނެ ކަމަށެވެ. މިގޮތަށް ވެލީގެ ތެރެއިން ގޮސް ފެނާ އެކުވަނީ ބެކްޓީރިއާ އެވެ. ވައިރަހެއް ނޫނެވެ.
"އެ މީހުން ތަކުރާރުކޮށް ބުނީ މަރުވާތާ 24 ގަޑިއިރު ތެރޭ އަންދާލަން ޖެހޭނެ ކަމަށް،" ފަހީމް ކިޔައިދީފައިވެ އެވެ.
ސްރީ ލަންކާ އިން މާޗް މަހު ކޮވިޑް ފެނުނު އިރު ވެސް ޑަބްލިޔުއެޗްއޯ އިން ބުނަމުން އަންނަނީ ކޮވިޑްގައި މަރުވާ މީހުން ވަޅުލިޔަސް އަންދާލިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ލަންކާ އިން ބުނަނީ ޖެހޭނީ އަންދާލަން ކަމަށާއި ވަޅުލުމަށް ވައިރަސް އިތުރަށް ފެތުރޭނެ ކަމަށެވެ. ހަށިގަނޑުތައް އަންދާ މައްސަލަ ހޫނުވެފައި ވަނިކޮށް، މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން ލަންކާ އިން އެދުމާ އެކު ލަންކާ މީހުންގެ ރުޅި ވަނީ އިތުރަށް ގަދަވެފަ އެވެ. އެ މީހުން ބުނަމުން އަންނަނީ އުޅެ ބޮޑުވެ އެ ބިމަކަށްޓަކައި އެތައް ގުރުބާނީއެއްވި ބިމުގައި މަރުވުމުން އެ ބިމުގައި އެ މީހެއްގެ ދީނީ ހަމަތަކާ އެއްގޮތަށް ހަށިގަނޑާ މެދު އަމަލުކުރުމުގެ ހައްގު ކޮންމެ ދީނެއްގެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ. އެ ހައްގު ނުދީ އެހެން ގައުމަކަށް ހަށިތައް ފޮނުވައިގެން ވަޅުލުމަކީ ވެސް ޖެއްސުމެއް ކަމަށް ލަންކާ މީހުން އަންނަނީ ބުނަމުންނެވެ.
ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސަކުން ބާލަނީ
ލަންކާގެ 21 މިލިއަނުގެ އާބާދީގެ އެންމެ 10 ޕަސެންޓް ހިއްސާކުރާ މުސްލިމުން އަންނަނީ، ކޮވިޑްގައި މަރުވުމުން އަންދާލަން ކަނޑައަޅާފައިވާ ސިޔާސަތު ބަދަލުކުރުމަށް އެދި އާދޭސްކުރަމުންނެވެ. އިސްލާމީ އުސޫލުތާ އެއްގޮތަށް ޖަނާޒާ ބޭއްވުމުގެ ފުރުސަތު ދޭން މުސްލިމުން އެދުނަސް ލަންކާ ސަރުކާރުން އެކަމަށް އެއްބަސް ނުވެ، އެންމެ ކުރިން ފެށިގެން ވެސް އަންނަނީ ހަށިގަނޑުތައް އަންދަމުންނެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުން ގުޅިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު މި މަހުގެ ފުރަތަމަ ދުވަހު އެ ހުށަހެޅުން ވެސް ކޯޓުން ބޭރުކޮށްލީ އެވެ.
އެ އަޅިކޮޅާ ހަވާލުވާނެ ހިތްވަރެއް ނުލިބުނު. އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ބީވެގެން ދިއުމުން ލިބުނު ޝޮކެއްގައި ތިއްބާ، އަހަރެމެންގެ ދީނީ އުސޫލުތަކާ ވެސް ޚިލާފަށް ދަރިފުޅު އަންދާލީ. އެއީ އަހަރެމެންގެ ހިތަށް ކެތްވާ ވަރުގެ ކަމެއް ނޫން: ކުއްޖާގެ ބައްޕަ
ސްރީ ލަންކަން މުސްލިމް ކޮންގްރެސްގެ ލީޑަރު އަދި ގާނޫނު އަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ ރައޫފް ހަކީމް ވިދާޅުވީ ލަންކާގައި މިހާރު އޮތީ އަންނަ އޮތް ޖީލުތަކުން ވެސް ކަރުނައަޅާނެ ހާލަތެއް ކަމަށެވެ. ލަންކާގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮވިޑްގައި މަރުވާ މީހުން އަންދަން މަޖުބޫރުކުރުމަކީ ލަންކާ ސަރުކާރުން ސީދާ މުސްލިމުންނަށް އަމާޒުކޮށް ހެދި އުސޫލެކެވެ. ޔުނިވާސިޓީ އޮފް ކޮލަމްބޯގެ ޑިޕާޓްމަންޓް އޮފް ސައިކޮލޮޖީގެ ޕްރޮފެސަރު ފަރްޒާނާ ހަނީފާ ދަ ހިންދޫ އަށް ވިދާޅުވީ ގޮތަބަޔަ ރާޖަޕްސަގެ ސަރުކާރުގެ އަސާސީ ސިފަތަކުގެ ތެރޭގައި މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމަށް ދެއްކުން ހިމެނޭ ކަމަށެވެ.
"މަރުވާ މުސްލިމުން ވަޅުލުމުގެ ހައްގުން މަހުރޫމް ކުރުމަކީ ސަރުކާރުގެ މި ބުނި ސިޔާސަތުގެ ބައެއް،" "މިހާ ބާރުގަދަ އަދި ޒިންމާތައް އޮތް ސަރުކާރަކަށް މި ނޫން ގޮތަކަށް ކަންތައް ކުރަން ނުފެނުމަކީ ދެރަ ކަމެއް،" ދަ ހިންދޫ އަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
ތުއްތު ކުއްޖާ އަންދާލި މައްސަލާގައި އައި ރުޅީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން ވެސް ވަނީ ގަބުރުސްތާނު ބޭރު ގޭޓު ދަގަނޑުތަކުގައި ހުދު ފޮތި އައްސައި، އަންދާލާ މީހުންގެ އާއިލާތަކާ އެކު ތިބިކަން އަންގައިދިނުމުގެ ހިމޭން ހަޅުތާލެއް ފަށައިފަ އެވެ. އެކަމަކު މި އެއްސި ފޮތިތައް ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ރިކްޝޯ ދުއްވައިގެން ލިބޭ ކުޑަ ފައިސާކޮޅުން ދިރިއުޅުމުގެ ޚަރަދުތައް ކިރިޔާ ހަމަޖެހޭ ވަރު ވެގެން އުޅުނަސް ހަ އަހަރު ފަހުން ލިބުނު ދަރިފުޅާ އެކު ލިބުނީ ބޮޑު އުފަލެއް ކަމަށެވެ. އެކަމަކު އެ އުފާ، ބަޔާން ނުވެވޭހާ ބޮޑު ހިތާމައަކަށް ބަދަލުވުން ދަރިފުޅުގެ ވާހަކަ ދައްކަން ފަސޭހަ ނޫން ކަމަށް ބުންޏެވެ. އެކަމަކު އޭނާ ހުރީ އޭނާގެ ދަރިފުޅަށް ވީ ގޮތް އެހެން މީހެއްގެ ދަރިއަކަށް ވިޔަ ނުދިނުމުގެ ވެސް އަޒުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތ
17 December 2020
އިސްލާމިކް މިނިސްޓަރު މި ކަމަކީ ދަރުމަ ހުރި ކަމެކޭބުނެ މިކަން ކުރަން ލަފާ ދިން އިރު މިކަމުން ނުކުންނާނެ ނޭދެވޭ ނަތީޖާއަށް ނުވިސްނުމުން އެނގެނީ މިނިސްޓްރީގަ ތިބި މީހުންގެ ފެންވަރު. ލަފަޔަށް އެދުނަސް ރަނގަޅު ލަފައެއް ދޭން ނުކުޅެދިފަވާ މިންވަރު. އިސްތިއުފާދީ!
އަޝްރަފު
16 December 2020
މައުމޫނު މިކަމާ ދެކޮޅު ހެދި ސަބަބު މި ފެންނަނީ! ކޮންމެހެން މައުމޫނަށް ސަޕޯޓު ކުރާތީއެއްނޫން. މިތާގައި ތިބި ދަންނަ ބޭކަލުން އެންމެ ހަދީސް އެއްގައި ހިފައިގެން ނިންމުންތައް ނިންމާއިރު ލަންކާގައި ތިބި މުސްލިމުންނަށް މިފަދަ ނިންމުމުން ލިބޭނެ ދެރަޔާއި ނިކަމެތި ކަމަށް ބަލާނުލާ! ދިވެހި ސަރުކާރުން ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލަން އެއްބާރުލުން ދީފިނަމަ އެއީ އެތާނގެ މުސްލިމުންނަށް ދެމުންދާ އަނިޔާއަށް ވާގިވެރިވުން ކަމަށް ނޫނީ ނުވާނެ!
ޟބކހކބކ
17 December 2020
އަޚާގެ ތިކޮމެންޓް ހަމަ 100
ޣދޖފޖފޖފޖޖ
16 December 2020
މިތާގެ ބިންހުސްވާނީ
ގެދާނޯމޮސް
16 December 2020
ލަންކާގައި ޕޮސިޓިވްވާ މުސްލިމުން މަރުނުވިޔަސް އަންދަމުން ދާކަން އެެނގޭޢިރު ބުޑިސްޓުން ނަށް ފަރުވާދީ ރަނގަޅުކުރާކަން ނޭންގިއެއްނޫން މިތިބީ ، މީހަޤީގައތެވެ. އިންސާނީ ހައްގު ތަކަށް އުޅޭބަޔަކުވެސް އެބައުޅެއެވެ. ބަރާބަރަށް މުސާރަ ލިބި އެވާރޑްވެސް ދެވޭނަޔެކެވެ.
ތުނިޔަ
16 December 2020
މިހާރު ނޫހުން މިމައްސަލައިގެ ޚަބަރުތަށް ރައްޔިތުނަށް ގެނެސްދީ ހޭލުންތެރި ކުރުމަކީ ޝުކުރު ޙައްގު މަސައްކަތެއް! ނޫސްވެރިންގެ ބުރަ މަސައްކަތުން މެނުވީ މިފަދަ ކަންކަން ރައްޔިތުމީހާޔަށް ނޭނގޭނެ!
ޒުންނޫރާން
16 December 2020
ރުޅިއަރުވަން ދެން އެހެން ކޮންކަމަކު!!
ހުސެއިން
16 December 2020
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ބުޑިސްޓް ކާފަރުންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަމުން ސްރީލަންކާގައި ދިރިއުޅެމުންދާ އަޅަމެންގެ މުސްލިމް އަޚުންނާއި އުޚުތުން ސަލާމަތްކޮށް އެއުރެނަށް ރައްކާތެރިކަން ދެއްވާންދޭވެ. އާމީން.
2021
16 December 2020
އެވެސް އެމީހުން ރުޅިއަރުވަންވެގްން. ހާދަ ނުބާ ބައެކާ..
ބުރުހާނު
16 December 2020
އަމިއްލަ އަތުން ބުދުހަދާގެން އެއަށް އަޅުކަންކުރާބައެއްގެ ވާހަކަ ތިދައްކަނީ...
ބެރުހާނާ
16 December 2020
ބުޑިސްޓުން ކިޔަނީ ބުދަށް އަޅުކަން ކުރާތީކީ ނޫން، މާކުރީ ޒަމާނެއްގައި އުޅުނު ލޯޑް ބުއްދާ ކިޔާ މީހެއްގެ ފިކުރާއި އަގީދާ ގަބޫލުކުރާތީ. އަސްލު ބުޑިސްޓުންނަކީ މުސްލިމުންގެ އުސޫލުތަކާއި ގާތް ސުލްހަވެރި އުސޫލުތަކެއް ގަބޫލުކުރާ ބައެއް. އެކަމަކު މިއަދު ސްރީލަންކާއާއި ބަރުމާގަ މިއުޅެނީ ލޯޑް ބުއްދާގެ އޮރިޖިނަލް ޓީޗިންގްސްއާ ވަރަށް ބީރަށްޓެހި އުސޫލުތަކެއް ގަބޫލުކުރާ ބައެއް. މިހައްދުފަހަނައެޅި ބައިގަނޑުގެ ކިބައިން މުސްލިމުންނަށް ރައްކާތެރިކަން ދެއްވާށި.
ގަހަރުލާދާ
16 December 2020
ބުޑީސްޓުންނާ ހިންދޫންނަކީ ތަފާތު ދެ ބައެއް. ބުޑީސްޓުންނަކީ ބުދަށް ނުވަތަ ބުއްދާއަށް އަޅުކަން ކުރާ ބައެއް ނޫން. ބުއްދާގެ ޓީޗިންގސް އެމީހުން ފޮލޯ ކުރަނީ. އެއާ ޚިލާފަށް ހިންދޫންނަކީ ޖެހުނު އެއްޗަކަށް އަޅުކަން ކުރާ ބައެއް. ވިކީޕީޑިއާގަ ވާގޮތުން ހިންދޫންގެ 326 މިލިއަން ކަލާނގެ ވޭ. އަދި މިހުރިހާ ކަލާނގެ ތަކުގެ ނަންތައް ހިތުދަސް އެކަކު ދުނިޔެއަކު ނުވޭ.
ކޮސް ގޮވާ
16 December 2020
އަންދާ ފައި އަޅިކޮޅު އަކީ ހިންދީ ބުޑިސްޓުން ބޭނުންވާ އެއްޗެކެވެ. މުސްލިމުން ބޭނުންވާ އެއްޗެއް ނޫނެވެ. ދެން ކީއްކުރަން ގެނެސްދިން އަޅި ކޮޅެއްހޭ. ކަނޑު ކޮސް!
ގަމާރުމީހާ
16 December 2020
މުސްލިމުން މާ އަނިޔާވެރި ކަން ކަން ކުރޭ
ބަކުރުބޭ
16 December 2020
ގަމާރުމީހާ އަޅެ އެކަންތައް ބުނެދީބަލަ.