17 ޑިސެމްބަރ 2020 - 00:38
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވިކްސް" ޕްރޮގްރާމްގެ އިތުރުން ސަރުކާރުން އަމިއްލަ އަށް ހަރަދުކޮށްގެން ހޯދާ ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރިމެންޓާ ހިސާބަށް ދެވުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ވަގުތު އެންމެ ކުރީގައި އުޅޭ މޮޑާނާ އަދި ފައިޒާގެ ކޮވިޑް ވެކްސިން ނުލިބުނަސް މިހާރު ވެސް ނުވަ ވެކްސިނެއް ޔަގީންވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެން އެންމެ އަވަހަށް އަންނާނެ ކަމަށް ބެލެވޭ އޮކްސްފޯޑުގެ ވެކްސިން ހިމެނޭއިރު، އިތުރު މެނިފެކްޗަރާޒްއާ ކޮވިކްސްގެ ފަރާތުން ވާހަކަދައްކަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެ އިން ވެސް ބައިވެރިވެ، ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ޔަގީން ވެފައިވާ ކޮވިކްސް ޕްރޮގްރާމް ފެއިލްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ރޮއިޓާސް އިން ދިރާސާކުރި އިންޓާނަލް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ކޮވިޑްގެ އެންމެ ރިސްކް ބޮޑު އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ރޮއިޓާސް އިން ބުނީ 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް ވެކްސިން ނުޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެކަމާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިކްސްގައި އަދި ވެކްސިން ނުލިބޭނެކަން ނިންމަން އަވަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން އެކި ގައުމުތަކާ ވާހަކަދައްކައިގެން ރާއްޖެ އަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެކަމުގެ ތަފްސީލުތައް، އެގްރިމެންޓަކާ ހަމައަށް ދެވެމުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި ކޮވިކްސް އިން ލިބޭ ވެކްސިން ލިބޭނެކަމަށް ނިންމައި، އެކަމަށް އެކަނި ތައްޔާރުވެއެއް ނޫން މި ތިބީ. އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑުގެ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށެވެ. އެ ވެކްސިން ލިބޭނެ ކަމަށް، ކުރިން އަންދާޒާކޮށްފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ލިބޭނެ ތާރީހެއް ޔަގީންވުމުން އެކަން ހާމަކުރާނެ ކަމަށެވެ.
ވެކްސިން ދޭން ހަމަޖައްސާފައިވާ ތަރުތީބުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ކޮވިޑުގެ ޓެގް ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ މީގެ ކުރިން ވިދާޅުވީ ފުރަތަމަ ލިބޭ ވެކްސިން ބެހުމަށް ގްރޫޕްތައް ބަހާލި އިރު ތިން ކަމަކަށް ބަލާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 50 އަހަރުން ދަށުގެ ބޮޑެތި ބަލިތަކަށް ބޭސް ކުރާ ހައިރިސްކު މީހުން އަދި އާންމު ހިދުމަތްތަކުގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންނަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކުރުކިލޯއެއް 16 ރުފިޔާއަށް
17 December 2020
ތިޔައީ ދެންއެންމެ ފަހު ބޮނޑި ވެކްސިން ޖެީމަ ތިކަންނިމުމަކަށް އަންނާނެ އެހއންވީމާ ވެކްސިން ލިބޭއިރު ތިކަންކަމިގަ އުޅޭ ކޮންމެ މީހެއްގެ ޖޯބަށްވެސް އެއްޗެއް ލެވޭގޮތަށް ކުރަން ޖެހޭ ކަމެއް
ައެމްޑީ
17 December 2020
އަދިވެސް ޗައިނާއޭކިޔަގެން ބުހުތާނު ދޮގުފެތުރޭތޯބަލާތި ރޯނުއެދުރުހެދިފަ، އެހެންނޫންނަމަ ތިވެކްސިންވެސް މިހާރު ރާއްޖެލިބުނީސް.
ބާރޯގު
13 January 2021
ކަލޭ ޗައިނާ ވެކްސިން ޖަހާހިތުން މޮޔަވަނީތަ؟؟؟
ބޯގަޅި
17 December 2020
އަނެއް ވެންޓިލޭޓަރައްކޭސްތޯ؟. ރާއްޖޭގަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކުހުއްޓަސް 3 ގުނަބޮޑުއަގެއް އެގްޒެކުއުޓަރސްއައް ދައްކަންފެނޭ، އޭރުން 2025 ގަ ފުރަތަ މަ ސިޕްމަންޓް ރާއްޖޭގަހުރި ޑިސްޓްރިބިއުޓަރކުއަތުން ގަނެފަ ޑެލިވަރކުރާނެ. '"ހެލޯހެލޯ ކޮބާ ބޮޓުންތައް ޕްލީސް އެކްޓިވޭޓް"". ހެޔޮނިޔަތުގަ ކޮއްފިއްޔާ ގާނޫނާ ގަވާއިދު އޯވަރައިޑްކޮއްފަ ދައުވާނުކުރެވޭނެ.؟؟؟؟؟؟.
ނައު11
17 December 2020
މިކަމާ އުޅެން ޖެހޭނި ސަރުކާރުގެ ވެރިން. ސޯލިހާ ފޮރިންމިނިސްޓަރ މިހާރު މިކަމަށް ބޮޑު ސަމާލު ކަމެއްދީ އުޅެންޖެހޭނެ. ނިކަން މޮޑާރނާ ވެކްސިނަށް ރަނގަޅު އަގެއްގަ ބިޑު ކޮށްބަލަ. ޢުޅެގެން ވާނީ. ސިޓީ އެއް ފޮނުވާލައިގެން ތިބޭކަށް ނުޖެހޭ ބ
H.R ވެހި
17 December 2020
ޑަބްލިޔޫއެޗުއޯއަށް ލިބޭވެކްސިން ފުރަތަމަ ދެނީ އެންމެ ފަގީރު ގައުމުތަކަށް ދިވެހިރާއްޖެ އޮތީ ޑަބްލިޔޫއެޗުއޯ ލިސްޓުގެ އެންމެ ފަހަތު 5 ގައުމުގެ ތެރޭގައި ހެލްތު މިނިސްޓަ ނަސީމު އެހަށްދުވަހު ބުނި އެމެރިކާއިން ވެކުސިން ގެންނަން ތިމަންނަ އެމެރިކާޔާއި ގުޅައިފީމޭ ހުސްދޮގު ދޮގުސަރުކާރުގެ ދޮގު މިނިސްޓަރ
ސްކިޕަރ
17 December 2020
މިޒަމާނުގައި ދޮގެއް ތެދެއް ނޫން މީހުން ބަލަނީ. މީހުން ބަލަނީ ކޮން ޕާޓީއެއްތޯ. ރީނދޫ ވެއްޖެ ނަމަ އެއީ ދެތު. ފިޔާތޮށި ވިއްޔާ އެއީ ދޮގު. ވަރިހަމަ ދުވާލަށް ރޭގަނޑޭ ބުނިޔަސް. ދެން ހުރިހާ ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށް.
ފިފުޓީ ސިކުސް
17 December 2020
މިސަރުކާތުން ކޮވިޑައި ގުޅިގެން ބޭކާރު ޚަރަދުތަށް ނުކުރިނަމަ: 1. ޔޫރަޕްގައި ކިޔަވަންތިބި ކުދިންގެނެސް ރިސޯޓުތަކަށް ލައިގެން ބޭކާރު ޚަރަދު ނުކުރިނަމަ. 2. މާލެއިން ކޮންޓެކުޓުންނާއި އެފެމަލީތަށް ރިސޯޓްތަކަށް ލައިގެން ބޭކާރު ޚަރަދު ނުކުރިނަމަ. 3. ވެލްފެޔާ ސްޓޭޓަކަށް ދިވެހިރާއްޖެ ހަދައިގެން މަސައްކަތްނުކުރިނަމަ. މިއަދު ތިޔަ ވެކުސިން ގަންނަންވެސް ފައިސާހުރީސް
ސައިބާން
17 December 2020
ހިލޭ ދޭނަމޭބުނެގެން އެލިބެންދެން 2030 އާއިހަމައަށްވެސް މަޑުކޮށް ނުލިބިތިބުމަށްވުރެ ލިބެއޮތްގޮތަކަށް ތިހޯދުންވަރަށް މުހިއްމު. ޢަންނަމަހު ވެކްސިން ނުގެނެވިއްޖެއްޔާ ސަރުކާރު އިސްތިއުފާދީފައި އަހަރެމެންނާ ވެރިކަންހަވާލުކުރޭ!
ޅަބޭ
17 December 2020
ރާއްޖޭގެ އާބާދީގެ %20 ހިލޭ ވެކްސިން ލިބޭނެކަމައް ބުނާއިރު، ބާކީ %80 އައް ވެކްސިން ދޭނީ އަގު ދައްކައިގެންތަ؟ ގައިމު އިބޫ ސޯލިހު ބުނި ހުރިހާ ދިވެހިންނައް ހިލޭ ވަކްސިން ލިބޭނެޔޭ.
thesourcebulkfoods
17 December 2020
ތިވެކްސިން ގެންނަން މަށަށް ފެންނަނީ ވެންޓިލޭޓަރު ގެނައި ކުންފުނި ތަކާ ހަވާލު ކުރަން. އެއިރުން ތިވެކްސިންގެ ބަދަލުގައި އަހަރެމެން ގަޔަށް ޖަހާނީ ހިމަބިހި ވެކްސިން. މިހާރު ހީވަނީ ރާއްޖޭގައި އުޅޭ ހުރިހާ ވިޔަފާރިކުރާ ބަޔަކު ހެލްތު ދާއިރާގެ މާހިރުންނަ ވާން އެބައުޅޭ ހެން.
ހަޒާނާ
17 December 2020
ސަރުކާރުގަ ހުންނާނީ ރައްޔިތުންގެ ފައިސާ އެވެ. ސަރުކާރުގަ އުޅޭ ނީ ރައްޔިތުން ގެ ފައިސާ އިން މުސާރަ ލިބޭ މީހުންނެވެ. ވީމާ ނޫސްވެރީން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިމަށް ކުރާ ސުވާލު ތަކަށް ޖަވާބު ދޭން ޖެހެ އެވެ.