ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ:ރައީސް އޮފީސް
22 ޑިސެމްބަރ 2020 - 18:23
އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ބިލު ތަސްދީގު ކުރެއްވުމާ އެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ހަތް ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާވާނެ އެވެ.
އެ ބިލުގައިވާ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ލިސްޓެއް އެކި މަރުހަލާތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު ރައީސަށް ލިބެއެވެ. އަދި އެ ލިސްޓު ކަނޑައަޅުއްވައި، އަންނަ މަހުގެ ކުރިން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މަޖިލީހުން އެންމެ ފުރަތަމަ އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހު ކުރީ އަންނަ މަހުން ފެށިގެން ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ރާއްޖެ އެެތެރެ ކުރުން އެއްފަހަރާ މަނާ ކުރުމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ބަދަލުތަކާއެކު ޕްލާސްޓިކް ކުއްލިއަކަށް އެތެރެ ކުރުން ހުއްޓާލައިފި ނަމަ ލިބިދާނެ ގެއްލުން ބޮޑުވެދާނެތީ މަރުހަލާތަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް އަލުން ގާނޫނު އިސްލާހު ކުރި އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ 2023 ގެ ކުރިން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 December 2020
ގސިންގަލް ޔޫސް ރަގަޅު ކަމެއްނޫން. ސިންގަލް ޔޫސް ލޯބިވެސް ރަގަޅެއް ނޫން. ސިންގަލް ޔޫސް ކައިވެނިވެސް ރަގަޅެއްނޫން.
ހަކީމް
23 December 2020
ވަރަށް އުފާވެރި ހަބަރެއް.
ތިމާވެށި
23 December 2020
ގާނޫނު އެންމެ ގިނަ އެވެ. ތަންފީޒު އެންމެ މަދެވެ.
ނަޢު11
22 December 2020
ފެން ކުދިފުޅި އުފެއްދުން ހުޢްޓުވާ.
ލުތުފީ
22 December 2020
މީވަރަށް ރަގަޅުކަމެއް.
ައައްފާރު
22 December 2020
ވަރަށް ރަނގަޅުނިންމުމެއް..އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ތަކެތީގެ ލިސްޓެއް އެކި މަރުހަލާތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު ރައީސަށް ލިބެގެންދާއިރު ، ކޮވިޑްގެ މިހާލަރުގައި ލަންޗްބޮކްސް ، ޑިސްޕޯސަބަލް ކަޓްލަރިސް ފަދަ ތަކެތި އެތެރެކުރުން މަނާކުރުން ފަހުގެ މަރުހަލާ އަކަށް ފަސްކޮށްލާނެކަމަށް ހީކުރަން..ނޫންނަމަ ކޮވިޑްމިހާލަރުގައި ، ކޮވިޑްގެ ބަލިމީހުންނަށް ކެއިންބުއިން ހިދުމަތްދޭ ފަރާތްތަކަށް ނުހަނު އުނދަގޫ ތަކާކުރިމަތިވާނެ..
ބައްޓޭބައްޓޭ
22 December 2020
ދެން މިޖެހުނީ މުންޑު އަދެފަ މުންޑުތެރެއަށް ލައިގެން ބާޒާރުކުރަން.
Yoosuf
22 December 2020
ގަސް ކަނޑައިގެން ކަރުދާސް އުފައްދަނީ. ދެންޖެހޭނީ ކަރުދާހުން ހަދާފަ ހުންނަ އެއްޗިސް އެތެރެކުރުން ގިނަކުރަން. މިވެސް ވިސްނާލަން ރަނގަޅު ކަމެއް.
ރައްޔިތުމީހާ
22 December 2020
ޔޫސުބާ. ކަލޭމެނަށް ހެޔޮ އެއްގޮތެއްވެސް ހަމަނެތީއޭދޯ.
ރީޔޫސުފް
23 December 2020
ކަރުދާހަކީ ރިސައިކްލް ކުރެވޭނެ އެއްޗެއް. ރިސައިކްލްޑް ކަރުދާހަކީ މިހާރުވެސް ބޭނުންކުރާ އެއްޗެއް. ކަރުދާސް ބިމަށް ވޭސްޓްވެގެން ދާކަމަށް ހީވާނަމަ، ބިމުން ހެދުނު ގަސް އަނބުރާ ބިމަށް އެހެން ހާލަތެއްގަ ގޮސް އެއިން ބިންގަނޑަށްވާނެ ފައިދާއެއް އޮންނާނެ. އެކަމު ޕްލާސްޓިކް ބިމު ތެރެއަށް ގޮސް ގެއްލުންނޫން އެއްޗެއް ނުދޭނެ.