މި އަހަރުގެ މެދު ތެރޭގައި ރާނބާ ރެސްޓޯރަންޓް ކައިރީގައި ހިންގި މާރާމާރީއެއްގެ ތަހުގީގަށް ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި..-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
05 ނޮވެމްބަރ 2016 - 21:18
މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ދަގަނޑުކެނޑި ގޯޅީގައި މާރާމާރީ ހިންގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 7:45 ހާއިރު ކަމަށެވެ. މާރާމާރީގައި ބޯފަޅައިގެން ދިއުމުގެ އިތުރުން އެ ފިރިހެންމީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެއީ، ދެ މީހެއް ނުވަތަ ދެ ގްރޫޕެއްގެ ދެމެދު ހިންގި މާރާމާރީއެއް ކަން ވެސް އަދި ޔަގީނެއް ނުވެ އެވެ.
މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މާލޭގައި ހަރަކާތްތެރިވާ ގްރޫޕްތަކުން ބަދަލު ހިފުމުގެ މާރާމާރީތަކެއް މި އަހަރުގެ މެދުތެރޭގައި ހިނގުމަށް ފަހު، މާރާމާރީ ނުހިންގާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy