ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.


ފުލުހުން ބުނީ މިއަދު ހަވީރު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ މަންޒަރު ފުލުހުންގެ ސީސީޓީވީ ކެމެރާ އަށް ފެނުމުން އެތަނަށް ފުލުހުން ގޮސް ބެލިއިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ އެ ދިވެހި ފިރިހެން މީހާގެ އަރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.