ޑޮމެސްޓިކް ފްލައިޓުތައް ޕާކުކޮށްފައިވާ ނޯތު އޭޕްރަން--ފޮޓޯ:އެމްއޭސީއެލް
27 ޑިސެމްބަރ 2020 - 13:28
ރާއްޖެ އަންނަ ފްލައިޓްތައް ގިނަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި ބާރުބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން ޑޮމެސްޓިކް ފްލައިޓުތަކަށް މީހުން އެރުމާއި ބޭލުން، ނޯތު އޭޕްރަންއަށް އިއްޔެ ބަދަލުކޮށްފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ގޮތުން ގެނައި މި ބަދަލާ އެކު ޑޮމެސްޓިކް ޓާމިނަލަށް ދަތުރުވެރިން ގެންނާށާއި ބޯޓުތަކަށް އުފުލާނީ ބަސްތަކުގައި ކަމަށެވެ.
ކުރިން ނަމަ ޑޮމެސްޓިކް ފްލައިޓްތައް އާންމުކޮށް ޕާކްކޮށްފައި އޮންނަނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގަ އެވެ.
ނޯތު އޭޕްރަންއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަަން އަންނަ މަހުޖަނުންގެ ޖެޓްތައް ޕާކްކުރަން ހާއްސަކުރި ސަރަހައްދެކެވެ. އެކަމަކު އަމިއްލަ ޖެޓްތައް މިހާރު ޕާކްކުރަނީ، އާ ރަންވޭއާ އިންވެގެން، އިރުމަތީ ފަރާތުގައި ހަދާފައި އޮންނަ އޭޕްރަންގަ އެވެ.
"މި ބަދަލުގެ ސަބަބުން މިހާރު ވަރަށް ބޮޑު ފަސޭހަތަކެއް ލިބިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.
އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރަންވޭ ހުސްކުރަން ލިބުނު ފަސޭހަ އެވެ. ރަންވޭ ބިޒީވެގެން ގިނަ އިރު މަތީގައި ބޯޓުފަހަރު އޮންނަ އޮތުމަށް ރަނގަޅު ހައްލެއް މި ވަގުތު ލިބިއްޖެ ކަމަށް ވެސް، އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް އޮތުން މި ދުވަސްވަރު ވަނީ މުޅިން ބަދަލުވެފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއަށް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އަދި މިއަދު ވެސް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެ އެވެ.
To accommodate the increasing number of International flights @VelanaAirport, our Domestic operations has been shifted to north apron. pic.twitter.com/n5r5AiiYCy
— Maldives Airports Company Ltd - MACL (@MACLmedia) December 26, 2020
އެމްއޭސީއެލް ޓްވީޓް
މި މަހުގެ މިހާތަނަށް 70،000 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ. މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ގާތްގަނޑަކަށް ހޭދަވި ހަތަރު މަހަށް ފަހު ޖުލައި 15 ގައި ހުޅުވާލުމާ އެކު، އެއް މަސް ތެރޭގައި މިހާތަނަށް އައި އެންމެ ގިނަ އަދަދެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވެ، ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަނީ ފުލްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑުކޮހުން ގިނައީ.
27 December 2020
މާލެއިން ކަށިދޫ އަށް ވެސް ފެރީގައި ދަތުރު ކުރުމުގެ ބަދަލުގައި އެއަރޕޯޓް ހަދައިގެން ފްލައިޓްގައި ދަތުރު ކުރާން ދިވެހިން ވިސްނަނީ. ތިމާމެންގެ ހާލަތަށް ކަންކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ވިސްނާދެނީވެސް މިފަދަ ގޮތަކަށް.
ކަހުރަބު ޙަބީދު
27 December 2020
ބައެއް ރަށްރަށާއި މާލެ އާއި ދޭތެރޭ ޝެޑިއުލް ދަތުރު ނުކުރެވުނު ކަމުގައި ވިޔަސް އަފީފު ދީދީ ބުނާގޮތަށް މާލެ އާއި ހަނިމާދޫ އަދި މާލެ އާއި ގަމާއި ދޭތެރޭ ބޮޑު ފްލައިޓެއް ބާއްވާފަ އުތުރުގެ ހުރިހާ ޑޮމެސްޓިކް ދަތުރު ތަކެއް ހަނިމާދޫން އަދި ދެކުނުގެ ހުރިހާ ޑޮމެސްޓިކް ދަތުރު ތަކެއް ގަމުން ކުރާން ފައްޓައިފި ނަމަ އޭގެ ފައިދާ އެއަރ ލައިންގެ އިތުރަށް އެ ސަރަޙައްދު ތަކަށްވެސް ކުރާނެ.
އޮނަރަބްލް އަފީފު ދީދީ
27 December 2020
ބޭކާރުޙަރަދު ހުއްޓާލާ ގެއްލުމުގައިކުރާ ޝެޑިއުލް ދަތުރުތަކާއިމެދު ތަފާތުގޮތަކަށްނުވިސްނައިފިނަމަ ކުރީގެ 2 އެއަރލައިންދިޔަމަގުން މޯލްޑިވިއަންވެސް ދަތުރުކޮށް ބަޤުރޫޓްވާނެ. # ދަރަވަންދޫ އެއަރޕޯޓްގެވެރިފަރާތުން އަމިއްލަ އެއަރލައިނެއް ގެންގުޅޭއިރު އެތަނަށް އެމީހުން ދުވާލަކު ދިހަ 12 ދަތުރު ނުކުރާއިރު މޯލްޑިވިއަން 18 ޝީޓްގެ ބޯޓް 4 މީހުން ގޮވައިގެން ދަތުރުކުރާންޖެހޭ ސަބަބަކީކޮބާ؟ މިބުނަނީ މިކަހަލަ ކަންކަން ހުއްޓާލާފަ ކުންފުންޏަށް ފައިދާވާގޮތަށް ކަންކަން ކުރާށޭ.
މޮހިތު
27 December 2020
އާ ޓާމިނަލް އާއި ރަންވޭ މަސައްކަތް ނިންމަން ޔާމީނު ގެންނަންތޯ މިޖެހެނީ؟
ވައިބޭރު
27 December 2020
އޮނަރަބްލް އަށް ފެންނަހައި ކަމެއް ހަގީގަތަކަށް ނުހެދޭނެ ދެލާރި ބަޖެޓްގައި އޮވެގެން. އަދި އާބާދީއެއް، ވަސީލަތެއް ހިއްގައިމުކަމެއް، ތަނަވަސްކަމެއް، އުއްމީދެއް، މުސްތަގުބަލެއް ނެތް ތާކަށް ކަޑުކޮހުންވެސް ނުދާނެ
އެހެންތަ ؟
27 December 2020
އެއަރޕޯޓް ތަކަށް އަންނަ މީހުން އަންނަނީ އެތަނުގައި ބަޑަހަޖަހައިގެން ތިބޭކަށްނޫން. ކޮންމެ ތާކު އެއަރޕޯޓް އޮތް ކަމުގައި ވިޔަސް ގެސްޓް މީހާ އެތަނަކަށް ދާނެ. އައްޑޫގައި އެއަރޕޯޓް އޮވެފައި ހުވަދޫގައި ރިސޯޓް އޮތުމަކީ އެއްވެސް މައްސަލައެއްނޫން.
އެހެންތަ ؟
27 December 2020
އޭނާ އެބުނާ ގޮތަށް ކަންކަން ނުކުރި ކަމުގައި ވިޔަސް މޯލްޑިވިއަންގެ ޙަރަދު ކުޑަކޮށް ގެއްލުންވާ މަންޒިލް ތަކަށް ޝެޑިއުލް ދަތުރު ކުރުން ހުއްޓާ ނުލައިފި ނަމަ ކުންފުނި ބަޤުރޫޓުވާކަށް މާ ގިނަ ދުވަހެއްނެތް. ދެން ވައިބޭރުމެން ރަށަށް ދާންޖެހޭނީ ބައްތެލި އޮނޑީ ފަހަރުގައި އެގޮތް ރަނގަޅުތޯ ؟
ސީނު.
27 December 2020
ހުރިހާ ކަންކަން ޙަޤީގަތަކަށް ނުހެދުނަސް އެދައްކަނީ ދޮގު ވާހަކަ ތަކެއްނޫން. ތިޔަ މޯލްޑިވިއަން ހިންގާން ތިބި މީހުން ކުރާ ޙަރަދުއިގޭނީ އެކަންކަން ބަލާލީމަ. ކުންފުނީގެ ދުވަސް ނުދަނީސް ބަދަލު ތަކެއް ގެންނާންޖެހޭ.
އެހެންތަ ؟
27 December 2020
އެހެންވެއްޖެއްޔާމު އަދިވެސް ކޮންމެ ރަށެއްގައި އެއަރޕޯޓެއް ހަދާފަ ހުރިހާ ރަށަކަށް ފްލައިޓްގަ ދަތުރު ބާއްވާ. އޭރުން ދުވަސްކޮޅަކުން އިގޭނެ ދެން ކަންތައްވާގޮތް. މީހަކު ރަނގަޅު އެއްޗެއް ބުނީމަވެސް ޤަބޫލު ކުރުމުގެ ބަދަލުގައި ޖަދަލު ކުރުމަކީ ގޯސް ކަމެއް.
ހަޒާނާ
27 December 2020
ރިސޯޓް ތައް ސާވޭ ކުރަން ޖެހެ އެވެ. ބިދޭސީންނަށް ގަވާއިދާ އެއްގޮތައް ވަޒީފާ ދޭތޯ ބަލާށެވެ. ކޯޓާ އަށް ވުރެ ގިނައިން ވެސް އެބަހުރެ އެވެ. އެއް މަގާމެއްގަ ދިވެހީންނާ ދޮންމީހުންގެ މުސާރައިގެ ތަފާތުވެސް ބަލާލަން ޖެހެ އެވެ.
އޮނަރަބްލް އަފީފު ދީދީ
27 December 2020
މަރުފަލިޖަހަމުންދާ މޯލްޑިވިއަން ސަލާމަތްކުރާން ކުންފުނީގެ ޙަރަދުކުޑަކޮށް ގެއްލުމުގައިކުރާ ޑޮމެސްޓިކް ޑެސްޓިނޭޝަންތަކުގެ ޙަރަދުކުޑަކުރަން ކުރެވެން ހުރިކަންކަން ކުރާންޖެހޭ. # އޮޕަރޭޝަނަލް ކޮސްޓާއި ކެޕްޓަން، ކުރޫސެޓް ފްލައިންގ އެލަވަންސް، ފިއުލް، ކޭޓަރިންގ އަދި އެޑްމިނިސްޓްރޭޓިވް ޙަރަދުތަކަށް ބަލާއިރު މާލެއިން ކޮންމެ މަންޒިލަކަށް ޝެޑިއުލް ދަތުރު ކުރުމުގެ ބަދަލުގައި މާލެއިން ޑައިރެކްޓް ދަތުރު ކުރާ 3 މަންޒިލަކީ ހަނިމާދޫ، ގޭން އަދި ފުވައްމުލަށް ކަމުގައިހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
27 December 2020
ކީއްވެގެންތޯ "އެއްރަށްދައުލަތް ސިޔާސަތުދޫކޮށް" އެމްޑީޕީގެ މެނިފެސްޓޯގައިވާ "ލާމަރުކަޒީ ސިޔާސަތަށް" ދައުލަތްހިންގާން ކުންފުނިތަކުން ބާރުނާޅަނީ؟! # މާލެއިން ޑޮމެސްޓިކް އެތައްދަތުރު ކުރުމުގެބަދަލުގައި އުތުރުގެ ހުރިހާމަންޒިލަކަށް ދާންބޭނުންމީހުން ގޮވައިގެން މާލެ-ހަނިމާދުއަށް ބޮޑު ފްލައިޓެއް އަދި ދެކުނުން ފުވައްމުލަށްފިޔަވާ އެހެންމަންޒިލްތަކަށް ދާންބޭނުންމީހުނަށް މާލެ-ގޭން އަށް A-321 ބާއްވާ ހަނިމާދުއާއި ގޭން އެއީ ޑޮމެސްޓިކްހަބުތައް ކަމުގައިހަދާ ތިކަމަށްދާއިމީހައްލުހޯދާ.
ފައިސަލް.
27 December 2020
ހަނިމާދޫ އަދި ގަމުގެ އިތުރަށް ފުވައްމުލަކަށް މާލެއިން ދަތުރު ކުރާންޖެހޭ ގޮތަށް ތިޔަ ލިސްޓަށް ފުވައްމުލަށް އިތުރު ކުރީ އެއީ ނައިބް ރައީސްގެ ރަށްކޮޅަށްވާތީތޯ ؟ މާޅެއިން ފުވައްމުލަކަށް ވެސް ތިޔަ ބުނާ ގޮތުން ދައިރެކްޓް ފްލައިޓް ބާއްވާނެ ކަމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
27 December 2020
ޙަޤީގީ ބަލި ޑައިގްނޯސްޓިކް ކޮށްގެން ބައްޔަށް ފަރުވާ ކުރުމުގެ ބަދަލުގައި ތިގޮތަށް އެކިފަހަރު އެކިބޭސް ދިނުމުން ލިބޭނީ އިތުރު ގެއްލުން. # މާލެއަކީ ޑޮމެސްޓިކް ހަބެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން ގެންނާންޖެހޭ. އަދި 2 ނުވަތަ 4 ފެސެންޖަރުން ގޮވައިގެން މާލެއިން ރަށްރަށުގެ އެއަރޕޯޓްތަކަށް ދިއުމުގެ ބަދަލުގައި މޯލްޑިވިއަން ޢޭ321 މާލެ ހަނިމާދޫ އަދި މާލެ ގޭން އަށް ދަތުރު ކޮށްފައި ގޭން ހަނިމާދޫ އަކީ އުތުރާއި ދެކުނުގެ ޑޮމެސްޓިކް ހަބުގެ ގޮތުގައިހަދާ ތިކަމުގެދާއިމީހައްލުހޯދާންޖެހޭ.
ބެސްޓް
27 December 2020
ހުވަދޫ ކޫއްދާމެން ރުޅި އަތުވެދާނެތީ ތިކަން ނުކުރާނެ. އެކަމަކު މާލެ ހަނިމާދޫ މާލެ ގަން ދަތުރު ތަކަށް ބޮޑު ފްލައިޓް ބާއްވާފަ ދެކުނުގެ ކުދި އެއަރޕޯޓް ތަކާއި ގަމާއި ދޭތެރޭ ޑޮމެސްޓިކް ދަތުރު ހަމަ އެގޮތަށް މާލެއިން ހަނިމާދުއަށް ބޮޑު ފްލައިޓް ބާއްވާފަ އުތުރުގެ ހުރިހާ އެއަޕޯޓް ތަކަށް ހަނިމާދޫން ދަތުރު ކުރަނިކޮށް ތިކަންކަން ހައްލުވީ.
އޯކޭ. ހޯރަފުށި.
27 December 2020
ތިގޮތަށް ދަތުރު ކޮށްގެން ވެސް ދަތުރުގެ އަގު ހެޔޮވަންޏާ އަހަރުމެން ހޯރަފުށި މީހުން އޯކޭ. އޭރުން ހޯރަފުއްޓާއި ހަނިމާދޫ އާއި ދެމެދު ދަތުރު ކުރާން ބޭނުން މީހުނަށް އެދަތުރުވެސް ކުރެވޭނެ. ސަޅި ގޮތެއްހެން ހީވަނީ. ޓެސްޓް ކޮށްލާން ރަނގަޅު ވާނެ.