ަސަރުކާރުގެ މުވައްޒަފުންތަކެއް: އިދާރީ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ދޭން އޮނިގަނޑު ފާސްކޮށް ޕޭ ކޮމިޝަނަށް ވަނީ ހުށަހަޅާފައި. --ފޮޓޯ/މިހާރު
27 ޑިސެމްބަރ 2020 - 13:46
ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ސިވިލް ސާވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އެޑްމިނިސްޓްރޭޝަން ދާއިރާގެ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ.
ސީއެސްސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ހުށަހެޅީ އިދާރީ ހަތަރު ގުރޫޕެއްގެ މުސާރަ ބޮޑުކޮށްދޭށެވެ. އެއީ، ކްލެރިކަލް ސަޕޯޓް ވޯކާސް އާއި އެސޯސިއޭޓް ޕްރޮފެޝަނަލްސް އާއި ޕްރޮފެޝަނަލްސްގެ އިތުރުން ޑިރެކްޓާސް ގްރޫޕެވެ.
އޮފިޝަލް ވިދާޅުވީ، މި ހަތަރު ގްރޫޕްގެ ވެސް މަސްއޫލިއްޔަތާއި މަގާމުގެ ޝަރުތުތަކާއި މުސާރައިގެ އޮނިގަނޑު ނިންމައި ޕޭ ކޮމިޝަނަށް ވަނީ ފޮނުވައިފައި ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުން ހުށަހެޅިޔަސް މި އޮނިގަނޑާ މެދު ގޮތް ނިންމާނީ ޕޭ ކޮމިޝަނުންނެވެ.
"އެކި ރޭންކްތަކްތަކަށް އެކި ވަރަށް މުސާރައިގެ އޮނިގަނޑު ފާސްކުރީ. އެކަމަކު ޕްރޮޕޯސްކުރި އޮނިގަނޑުގައި އެންމެ ދަށްވެގެން 30 ޕަސެންޓުގެ ކުރިއެރުމެއް ހުރިހާ ގްރޫޕަކުން ވެސް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. މުސާރަ ނިސްބަތުން ކުޑަވެފައި އެކި ދާއިރާތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރުމަކީ ވަރަށް ބޮޑު ޝަކުވާއެކެވެ. ސިވިލް ސާވަންޓުންގެ މުސާރަ އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަހަމަ ކުރަންޖެހޭ ކަމަށާއި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވެސް މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.
ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018ގެ ފެބްރުއަރީ މަހު އެވެ. އެގޮތުން، ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި މުސާރައިގެ އިތުރުން އެހެން އެލަވަންސެއް އޭރު ދިނެވެ. މި އެލަވަންސް ދިނީ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެހީތެރިންގެ އިތުރުން ސަޕޯޓް ސާވިސް މުވައްޒަފުންނަށެވެ.
އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސެންޓް ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ލިބުނެވެ. މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ނަމަވެސް ކުރީގެ ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ ގެ އަށް ގެންދާ މުސާރަ އަށް މާ ބޮޑު ތަފާތުތަކެއް ނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޑިން
29 December 2020
ހާދަ ރީތި ކުއްޖެއް ފަހަތުގައި
އެރި
29 December 2020
މޙުން ހަތްލަން ޖަހާ ހަޖޫ ތި ހުންނަނީ
ޝަރޫ
28 December 2020
ސިވިސް ސާވަންޓުން މަސަތްކަތުގައި އެންމެ އުންދަގޫ ވަނީ އެކްޓިވިސްޓުން ވެރިންގޮތުގައި ބައިތިއްބާތީ! އެމީހުން މިނިސްޓްރީ ތަކުން ދުރުކުރުން މުހިންމު.
ސަޔާސީ
28 December 2020
ކޮންމެ ފަހަރަކުވެސް އިންތިޙާބަކާ ކައިރި ކޮއްލާފަ ތިކަހަލަ ހޮޅި ވާހަކަ ކަންވެ ނިމޭ އިރު ގެއަށް ގެންދަން ބަރުވަނީ ވެރިންގެ ޖީބުތަކަށް.
ީހށނ
28 December 2020
މުސާރަ ދީފަވެސް، ސިވިލް ސާރވަންޓުންނަށް އެމީހުންގެ ޒިން މާއާއި މަސައްކަތުގެ ތަ މުރީނު ދެވެން ޖެހޭ. ވަރަށް މަދު މުއައްޒަފަކު ފިޔަވާ، ތިބެނީ މަސައްކަތުގެ އަޚްލާގާއި، ޒިން މާވެސް ފުރިހަމަ އަށް ނޭގޭ މީހުން. ކިބުރުވެރި ފަރުވާކުޑަ ރުންކުރު މުވައްޒަފުން.. މިއީ އަދިވެސް ހާލަތު.
ފިފުޓީ ސިކުސް
28 December 2020
2021ގައި މުސާރަ ބޮޑުކޮށްފިއްޔާ ގިނަ ފައިސާ ދޭންޖެހޭނެ އެހެންވީމާ، މި މުސާރަ ބޮޑުވާނީ 2023 ގައި އެއީ ވޯޓަށް ބޮޑުކޮށްދޭ އެއްޗެއް.
ނިރުމާ
28 December 2020
މީނިކަމެތި މުއަށްޒިފުންނަށް ކުރި މަލާމާތެއް.
އައި ޖި އެމް އެޗް
28 December 2020
އަދިވެސް އިދާރީ މީހުނައް ތޯ މުސާރަ ބޮޑުކުރަންވީ ، ޓެކްނިކަލް މީހުން ދޯ ބުރަމަސައް ކަތް ކުރަމުން ދަނީ
ލުބްލާ1234
28 December 2020
ޓެކްނިކަލް މީހުންގެ މުސާރަދޯ ބޮޑީ މިހާރުވެސް.
ހައްގުބަސް
28 December 2020
އެހަކައް ދުވަހުވެސް އިންޑީޔާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެޔާޕޯޓައް މަތީމަގާމެއްދީފި. ދިވެހިން ނިކަމެތި
އަލިމާ
28 December 2020
ގޭގެ ވެރިފަރާތުން ގުޅައިފި ކުއްޔާބެހޭ ގޮތުން ވާހަކަ ދައްކާލަން ބޭނުމޯ