ޚަބަރު / އިބްރާހިމް ހޫދު، ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް

އިތުރު ދެ ދުވަސް ބަންދުކޮށް އަންނަ އަހަރުގެ ޖުލައި މަހު ބޮޑު ޗުއްޓީއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ދެ ދުވަސް ހިމަނުއްވައި ޖުލައި މަހުގެ ތެރޭގައި 12 ދުވަހުގެ ބަންދެއް ލިބޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސްމީ ބަންދަށް ރައީސް އިތުރުކުރެއްވީ ޖުލައި 18 ވަނަ ދުވަހާއި 25 ވަނަ ދުވަސް ކަމަށެވެ. އަޟުހާ އީދާއި މިނިވަން ދުވަހުގެ ބަންދަށް ލިބޭ ދުވަސްތަކުގެ ތެރެއަށް ވަންނަ އެ ދެ ދުވަހަކީ ވެސް ހަފުތާ ފެށޭ އާދީއްތަ ދުވަހެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއް

ޖުލައި 18 ބަންދުކުރީ ޖެހިގެން އަންނަ 19 ވަނަ ދުވަހަކީ ހައްޖު ދުވަހަށް ވާތީ އެވެ. މި ދުވަސްތަކުގެ ތެރޭގައި ޖުލައި 25 ހިމެނުމުން ޖުމްލަ 12 ދުވަހުގެ ބަންދެއް ލިބެ އެވެ. ޖުލައި 26 އަކީ މިނިވަން ދުވަހެވެ.

މިދިޔަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ދުވަސްތަކެއް ރައީސް ހިމެނުއްވި އެވެ. ކަލަންޑަރަށް ގެންނަ ބަދަލުތައް ދުރާލައި އިއުލާންކުރަނީ އާއްމުންނަށް ފަސޭހައަކަށް ކަމަށް ރައީސްގެ ތަރުޖަމާން ކުރިން އޮތީ ވިދާޅުވެފަ އެވެ.

18 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 2%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

29 December 2020

28 އަދި 29 ވެސް އިތުރުކޮށްލާ.

The name is already taken The name is available. Register?

އާރު

28 December 2020

ވިސްނާށެވެ. ފިހާރައެއްބަންދުކުރިއްޔާވާނީގެއްލުން. ހުޅުވާފަހުރީމަވާނީފައިދާ.

The name is already taken The name is available. Register?

ހޫދުބޭ

28 December 2020

30 ދުވަސް އަހަރީ ޗުއްޓީ، 15 ދުވަސް މެޑިކަލް ލީވް، 15 ދުވަސް އާއިލީ ލީވް، އަނެއް 12 ދުވަހު ސަރުކާރު ޗުއްޓީ - ޤައުމު ހުންނާނީ ރަގަޅަަށް ތަރައްޤީވެފަ.

The name is already taken The name is available. Register?

ޢަލީބެ

28 December 2020

މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެންމެ ބޮޑު ހެޔޮކަންތައްމީ. ޝުކުރިއްޔާ ރައީސް ޞާލިޙް.

The name is already taken The name is available. Register?

ފަހުދު

28 December 2020

އެއްވެސް ކަމެއްނުވާ ކަންނެތް ސަރުކާރު

The name is already taken The name is available. Register?

2021

28 December 2020

އިބޫ އަދިވެސް އިތުރު ކޮށްލަދީ...

The name is already taken The name is available. Register?

ހައްގުބަސް

28 December 2020

ދިވެހި ރާއްޖޭގަ ބޭރުމީހުން ވަޒަންވެރި ކުރުވަން ސަރުކާރުން އުޅެނީ. އިބޫއަ ވޯޓްދިނީ މިކަންކުރަންތަ؟

The name is already taken The name is available. Register?

ތިލަފަޅު މޫސަ

28 December 2020

ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްކުރުން ނަމަވެސް ފެނިގެން މިދަނީ ހިދުމަތްތަކުގައި ތަޅުއަޅުވާ މުސާރަ ބޮޑުކޮށްގެން ޗުއްޓީއާއި ހޮލިޑޭގައި ދައުރު ހޭދަކުރާތަން.. ރައްޔިތުން ބިކަވެ ކުދި ވިޔަަފާރިތައް ހުއްޓި ނިކަމެތުން އިތުރަށް ނިކަމެތި ވެއްޖެ.

The name is already taken The name is available. Register?

976690

28 December 2020

ކަލޭމެން ދާންވާނެ މަސައްކަތައް. ލޮލް

The name is already taken The name is available. Register?

ކަލޯ ގަޔާ

27 December 2020

ފެންނަނީ އަދިވެސް ބަނދުދުވަސް ގިނަކޮއް ސަރުކާރު ވެރިން ގޭގަ މަޑުކޮއްލަން

The name is already taken The name is available. Register?

އަލީ

27 December 2020

މި ސަރުކާރު އައިފަހުން ބަންދު ދުވަސްތައް ވަރަށް ގިނަވެއްޖެ. މިކަމުން އަންގައިދެނީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން ކުޑަކަން. ރައްޔިތުން އަތުން ޓެކްސް ނަގައިގެން ދައުލަތުގެ މުވައްޒަފުންނަށް ނުތަކާވަރުގެ މުސާދީ ދައުލަތް ބަގުރޫޓްކުރަން ސަރުކާރުތަކުން ކުރާ މަސައްކަތް މިހާރު ރައްޔިތުންނަށް އެނގޭ. މިގޮތަށް ދިގު މުއްދަތަކަށް ދައުލަތުގެ މުއައްސަސާތައް ބަންދުކޮށްލުމުން ރައްޔިތުންނަށް ވާ ދަތި އުނދަގޫތައް އިބޫ އަށް އެނގޭތަ. މިހާރުވެސް މި އުޅެނީ ޚިދުމަތަށް އެދޭ މީހާ ހަނާވާ ފަހުން ނޫނީ ޚިދުމަތެއް ނުލިބިގެން. ދެން ދިގު ބަންދުތައް މިގޮތަށް ގެނާމާ ވާނީ ކިހިނެއް?

The name is already taken The name is available. Register?

ޑޮންޑޮންޑޮން

27 December 2020

ބަންދުނުކުރިޔަސް ފެލޭނެ.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454