ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ލޯފަން ޔޫސުފާއި ރައީސްގެ ބައްދަލުވުމުން އާކޮށްދެއްވި އުއްމީދު!

ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ދިވެހިރާއްޖޭގެ އަޑު

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށް އަބަދު ގުޅައި ގާތް ގުޅުމެއް އޮންނަ އެކަކީ ލޯފަން ޒުވާނެއް ކަމަށްވާ ޔޫސުފް އިބްރާހިމެވެ. މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހު ގެނެސްދިން އެ ތަނުގެ ޒަމާންވީ "ބާއްޖަވެރި ހެނދުނެއް" ޝޯގައި ހާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދައްކާލަން ޔޫސުފަށް ލިބުނު ފުރުސަތު އޭނާ ބޭނުންކުރީ އޭނާ ފަދަ ލޯފަން މީހުންނަށް ހުރި ދަތިތައް ސަމާލުކަމަށް ގެންނާށެވެ.

ބ. މާޅޮސް ބަހާރީގޭ، އުމުރުން 36 އަހަރުގެ ޔޫސުފަށް ލިބުނު އުފާވެރި ފުރުސަތުގައި، އޭނާ ފަދަ ލޯފަން މީހުންނާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވިސްނުމާއި ގެންގުޅޭނެ ސިޔާސަތު އޮޅުންފިލުވި އެވެ. ރައީސްގެ އާއިލާގައި ވެސް ލޯފަން ބޭފުޅުން ތިއްބެވިކަން ފާހަގަކުރަމުން ޔޫސުފް ބުނީ އެފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތު ރައީސަށް މާ ރަނގަޅަށް ވަޒަން ކުރެއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

Ibu ge ehbandu ehbafaa adhi loafan 3 haafizun ge vaahaka

Ibu ge ehbandu ehbafaa adhi loafan 3 haafizun ge vaahaka

The most trusted news source in the Maldives

Mihaaru

ރައީސްގެ އެއްބަނޑު އެއްބަފާ މީހުންނާ ގުޅޭ ގޮތުން "މިހާރު"ން ލިއުނު ރިޕޯޓް

ޔޫސުފްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ މީހުންނަށް މާ ބޮޑު އަޅާލުމެއް ގިނަ ފަހަރަށް ނުދެވޭ މަންޒަރު އެ މަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. މިދިޔަ ހަފުތާގައި ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ސްޓޭޖަށް އަރައިފައިބާނެ ގޮތެއް ތައްޔާރީތަކުގައި ވިސްނިފައި ނެތުމުން ކަންބޮޑުވެވަޑައިގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއީ، ކުރިއަށް އޮތް ތަނުގައި ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި މިސާލު ނަންގަވައި ޔޫސުފަށް ރައީސް ދެއްވި ޔަގީންކަމަކީ ސިޔާސަތުތައް ރޭވުމާއި ސަރުކާރުގެ ނިންމުންތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދެއްވާނެ ކަމެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ވޭތުވެދިޔަ ތަނުގައި ހުރިހާ ސަރުކާރުތަކަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ދާއިރާއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ޚިދުމަތެއް ހޯދަން އެފަދަ މީހަކު ތަނަކަށް ހިނގައްޖެ ނަމަވެސް ކުޑަމިނުން އެތަނަކަށް އަރައިފޭބޭނެ އިންތިޒާމްތައް ނުހުންނަކަން، މިސާލެއްގެ ގޮތުން ދެއްކެވި އެވެ.

ލޯފަން މީހުންނަށް ފަސޭހައެއްގެ ގޮތުން މާލޭގެ ބައެއް މަގުތަކުގެ ޕޭވްމަންޓްތަކަށް މިހާރު އަންނަނީ ބަދަލުގެންނަމުންނެވެ. އެކަމަކު ރައީސް ވިދާޅުވީ އެ ބަދަލު ގެނައުން މާ ލަސްވެއްޖެ ކަމަށެވެ.

"ޔޫސުފް ތި ވިދާޅުވާހެން ތިއީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް ދާއިރާއެއް. އަޅުގަނޑުމެންގެ ތެރޭގައި ބާކީ ނުކޮށް ހުރިހާ އެންމެން ޝާމިލްވާ ގޮތަށް ޚިދުމަތްތަކާއި ކަންކަން ލިބޭނެ ގޮތް ހަދައިދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އާއިލާގައި ވެސް އެބަ ތިބި ލޮލަށް ނުފެންނަ ކުދިން. އެހެންވީމަ އޭގެ [ކަންކަމުގައި ކުރިމަތިވާނެ އުނދަގޫ] އަޅުގަނޑަށް އިހްސާސްކުރެވޭ. ބޭނުންވާ އެހީތެރިކަމާއި ކަންކަން ވެސް އެނގޭ."

ރައީސް އެދިވަޑައިގަތީ ޔޫސުފް ވެސް އުއްމީދު ގެއްލުވާ ނުލުމަށެވެ. ޔޫސުފް އެދޭ ފަދަ ބަދަލުތައް އަބަދުވެސް ހިތްޕުޅުގައި ހުރި ކަމަށާއި އެ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އުއްމީދު ކުރައްވާ، އުއްމީދު ގެއްލުވާ ނުލައްވައްޗޭ. ސިޔާސަތުތައް ބަދަލުވެގެންދާ އިރު އެ ބަދަލު އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ޔޫސުފް، ރައީސާ ދެން ކުރި ސުވާލުކުރީ ސިޔާސީ ކަންކަމުގައި އުޅުއްވާ އެހެން ބޭފުޅުންނާ ޚިލާފަށް ރައީސް ބަސް މަދު ސަބަބާ މެދުގަ އެވެ. ހިނިފުޅުވަޑުވަމުން ރައީސް ވިދާޅުވީ "އެއީ އަޅުގަނޑުގެ މިޒާޖު" ކަމަށެވެ. ސަމާސާ ކުރައްވަމުން އެ މަނިކުފާނު ދެން އެއްސެވީ ވާހަކަ ގިނަކުރަންވީތޯ އެވެ.

"ވާހަކަ ދެއްކުމަށް ވުރެން އަޅުގަނޑު ބަލަނީ ވިސްނާފައި އެ ކަމެއް ކުރެވޭތޯ. އެ ކަމެއް ކުރުމަށް ފަހުގައި ވެސް އެއީ އަޅުގަނޑު ކުރި ކަމެއްގެ ގޮތުގައި ދައްކާކަށް މުހިއްމު ކަމެއް ނުދެން. އެ ކަމެއް ވީމައި ނިމުނީ. ދެން ކަމެއް ކުރާއިރުގައި މީހުންގެ އަޑު އަޅުގަނޑު އަހަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަށައިގެން ތިބި އެންމެންނާ އެކު ވީހާވެސް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ނުހޯދައި ކަންކަމެއް ނުކުރައްވަ އެވެ.

ގުރުއާން ހިތުދަސްކުރަމުން އަންނަ ޔޫސުފްއާ އެކު ރައީސްގެ ބައްދަލުވުން ނިންމާލެއްވީ ލޯފަން މީހުންނަށް ވެސް ކުރިއަށް ދެވޭނެ ކަމުގެ ހިތްވަރާއި އަޒުމް އާކޮށްދެއްވަމުންނެވެ. މިސާލެއް ދައްކަވަމުން، އެމަނިކުފާނުގެ އާއިލާގައި ލޯފަން ދެ ހާފިޒުން އެބަތިބި ކަމަށާއި މިހާރު ޑިގްރީ އަށް ކިޔަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް ވަޑައިގަންނަވާ، ދޮރުތަކެއް ބަންދެއް ނުވާނެ ހިތްވަރާ އެކު ކުރިއަށް ވަޑައިގަތީމަ،" ރައީސް ވިދާޅުވި އެވެ.

11 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންދަރު ޙަސަނު

30 December 2020

ނުކުޅެދޭ މީހުންނާ ކުޅެދޭ މީހުންނަށް އެއްސިޑި ހަދާފަ އެތަނުން އެންމެން އެރިއްޔާ ވާނީ ކީއްތޯ

The name is already taken The name is available. Register?

ވަޒީރެއާލާ

30 December 2020

މީނާ މިހިރަ ހަދާ ބޮޑެތިދޮގުދޯ؟ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ނުކުޅެދޭމީހުނަށް އަޅއެއްނުލައޭ އިހުމާލުވެފައޭއޮތީ ބުނާއިރު ޔާމީނުގެ ސަރުކާރުގައި ނުކުޅެދޭކުދިންނަށް ސަރުކާރުން އަޅާލިކަން ހަމަނޭގެނީތަ؟ އެތައް ކުދިންނަކަށް ވަޒީފާ ދިންކަންވެސް ހަމަނޭގޭކަމަށް ހަދާގެން ބޮޑެތިދޮގު ހެދުންދޯ ކަމަކީ.

The name is already taken The name is available. Register?

ޒަރުކަންޖީސޯބް

30 December 2020

ރައީސް ރަގަޅު. އެކަމު މެޑަމްގެ އާއިލާ ކުދިންނަށް މާގިނައިން ވަޒީފާދީފަ ހުރީ.

The name is already taken The name is available. Register?

ފެއިލްޑް މިނިސްޓްރީ

30 December 2020

ކީއްވެތޯ އެޑިއުކެޝަން މިނިސްޓްރީއިން ނުކުޅެދޭ ކުދިންނަށް ބޭނުންވާ ގޮނޑި ފަދަތަކެތި ފޯރުކޮށް ނުދެނީ. ކުއްޖާ ސްކުލަށް އަންނަން މަޖުބޫރު ކުރޭ އެކަމު

The name is already taken The name is available. Register?

ޤާހިރާ

29 December 2020

އިސްކަން ދިނީމަ.ދޯ އެމީހުނަށް ލިބުނު ފުލެޓް ގަނޑުވެސް ކައްވާލީ

The name is already taken The name is available. Register?

ކަލީމާ

29 December 2020

ދިވެހި ރައްޔިތުން ބޭނުންވަނީ މައުމޫނުގެ ހުދުމުހުތާރު ކަން ނެތް ވެރިއެއް. ދިވެހިން ބޭނުން ވަނީ ދީނަށް ނަޝީދުހެން ބަދުބަސް ބުނެ ގޮން ނުޖަހާނެ ވެރިއެއް! ދިވެހިން ބޭނުންވަނީ ވަހީދު ހެން ކަންނެތްކަން ކަމާއި ފަރުވާކުޑަ ނޫން ވެރިއެއް! ދިވެހިން ބޭނުމީ ދިވެހި ގައުމަށާއި އިސްލާމްދީނަށް ވަފާތެރި އިހްލާސްތެރި ވެރިއެއް! ވައްސަލާމް!

The name is already taken The name is available. Register?

ދިއްދޫމީހާ

29 December 2020

ރައީސް ސިޔާސަތުގެ ވާހަކަ ދެންނެވީމަ ބުނެލަން އޮތީ މިރާއްޖޭގަ ސިޔާސަތު ކަނޑައަޅަނީ ވަގުތީ ގޮތުންނޭ، ދެމެހެއްޓެނެވި ގޮތަކަށް ވިސްނާގެން ސިޔާސަތު ކަނޑައަޅަން ވެއްޖެ..

The name is already taken The name is available. Register?

ވަހީދު

29 December 2020

ޤުރުއާން ދަސްކުރި 5 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް. އެކުއްޖާ ކަޓުވާލައިފައި އަނެއް 4 ކުދިންނަށް އިނާމުދިނީ. ވަރަށް ދެރަވެފައި ވަރަށް ގިނައިން ސުވާލު ކުރި ތިމަންނާގެ ނުކުޅެދުންތެރިކަމުންހޭ އިނާމު ނުދީނީ... ކޮންމެ ވެސް ގޮތަކުން ރައީސަށް މިޚަބަރު ލިބޭނެ ކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ރަޙްމާ

29 December 2020

އެފަދަ ކުދިންގެ އަސާސީ ބޭނުންތައް ނުފުދިފަ އެ ތިބެނީ. ބޭނުންވާ ސިއްޙީ ޚިދުމަތްތަކާއި ޢާލާތްތައް ނުލިބިފަ. އޮކިއުޕޭޝަނަމް ތެރަޕީ ލިބޭނެ މަގެއް ފަހިވެފަ ނެތި

The name is already taken The name is available. Register?

އޯގާ

29 December 2020

އެކަން އިޙްސާސް ކުރެވޭނަމަ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސްއަށް ވުރެ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ އެލަވަންސް ބޮޑުވާނެ. ހަމަ ޤައިމުވެސް އެފަދަ ކުދިންނަށް ކުރަންޖެހޭ ޚަރަދު ބޮޑުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454