ވިޔަފާރި

އެޓޯލްސް ވޯލްޑް އިން އާ އަހަރަށް އިތުރު ޕެކޭޖުތައް ތައާރަފްކޮށްފި

އދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފިޔަވަޅު ރިސޯޓް

އާ އަހަރާ ދިމާކޮށް އެޓޯލްސް ވޯލްޑް އިން ހާއްސަ ރޭޓްތަކެއްގައި އދ. ފިޔަވަޅު ރިސޯޓުން ކޮޓަރިތައް ދޫކުރަން ފަށައިފި އެވެ.

އެޓޯލްސް ވޯލްޑް އަކީ ދިވެހިންނަށް ހަނީމޫނާއި އާއިލާ އާ އެކު ކުރާ ދަތުރުތަކާއި ވިޔަފާރި ހަރަކާތްތަކަށް ދަތުރުތައް ދިއުމުގައި ފުރިހަމަ ހައްލެއް ހޯދައިދޭ ޓްރެވަލް އޭޖެންސީ އެކެވެ. އެގޮތުން އެ އޭޖެންސީން ވަނީ އާ އަހަރާ ދިމާކޮށް ފިޔަވަޅު ރިސޯޓުން ވަރަށް ހާއްސަ ރޭޓްތަކެއް ކަނޑައަޅައިފަ އެވެ.

މި ހާއްސަ ރޭޓުތަކުގެ ދަށުން މާދަމާއިން ފެށިގެން އެ ރިސޯޓުން ރޫމް ލިބޭނެ އެވެ. ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށް އެޓޯލްސް ވޯލްޑުން ކުރިއަށްގެންދާ ފްލޭޝް ސޭލްގައި އެ ރިސޯޓުގެ ގާޑަން ވިލާއެއް 120 ޑޮލަރަށް ލިބޭނެ އެވެ. އެ ރިސޯޓަށް ސީޕްލޭންގައި ދިއުމަށާއި ލޯންޗުގައި ދިއުމަށް ވެސް ހާއްސަ ރޭޓުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

𝐅𝐋𝐀𝐒𝐇 𝐒𝐀𝐋𝐄 ::::: > LIMITED ROOMS ONLY Available from 30th December 2020 onwards Maldivians and Expatriates Only Stay...

Posted by Atolls World on Monday, December 28, 2020

އެޓޯލްސް ވޯލްޑްގެ ފޭސްބުކް ޕޯސްޓް

މިކަމާ ގުޅޭ އިތުރު މައުލޫމާތު 9988904 ނުވަތަ 7799413 އިން ލިބޭނެ އެވެ. މި ނަންބަރުތަކަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރުމުން ވެސް ޖަވާބުދޭނެ އެވެ.

ފިޔަވަޅު ރިސޯޓު ހުޅުވީ މިިދިޔަ މަހު އެވެ. ދިވެހި ވަންތަ ޑިޒައިންތައް ފެންނަ މި ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. މި ރިސޯޓުގައި ތަފާތު ކެޓަގަރީތަކުގެ 44 ވިލާ ހުރެ އެވެ. އެގޮތުން ގާޑަން ވިލާ އާއި ބީޗް ވިލާ އަދި ޕޫލްތައް ހިމެނޭ ވިލާ ވެސް ހުރެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

30 December 2020

މީހުން ދިރިއުޅޭ ރައްރަށުގަ ބަނގުރާ ނުވިއްކުނަސް އާ އަހަރާ ދިމާކޮއް ރިސޯޓުތައް ފުރާލާވަރައް ދިވެހިން އަރާ ހީވަނީ ރިސޯޓުތަކީ ދިވެހިންގެ ދިރިއުޅުމުން އެއްކިބާވެފަ ވާތަނެއްހެން!

The name is already taken The name is available. Register?

އާދަމް ބާއީ

29 December 2020

ޕެކޭޖުތައް އިތުރުނުކުރާށޭ. މިދުވަސްކޮޅު ޕެކޭޖު މަދުކުރީމައޭ ރަނގަޅުވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454