ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅު އެއްވުމެއް: ޖިންސީ ގޯނާގެ މައްސަލައެއްގައި މުހިިންމު ހުށަނޭޅުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
04 ޖެނުއަރީ 2021 - 12:49
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހެއްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ނިންމީ އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ. އުމުރުން 18 އަހަރު ވެފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ކަމަށް އެ ގާނޫނު ބަލަ އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ 18 އަހަރު ފުރިފައިވާ އެކަމަކު ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަން ސާބިތުކޮށް ދެވޭނެ ފަދަ ސަރުކާރުގެ ލިޔުމެއް ނުވަތަ ސަރުކާރުން ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި އަނިޔާލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވުމުން އެ މީހަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ލިޔުމެއް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތް ކުރާއިރު އެ މައްސަލާގައި ހުށަހަޅާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ހައި ކޯޓުން ކުރިން އެގޮތަށް ކަނޑައެޅި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތަސް، އެއީ އެ ނިންމުމަށް ދައުލަތުން އަމަލު ނުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ތާއީދުކުރީ ކަމަށް އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުުކުމުގައިވެ އެވވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަލައިޔާމު
05 January 2021
ބޭނުން މީހަކަ އިންސާފު އަންނަނީ ދެރަނިކަމެތީންނަ ނެއްއިނަސާފެއް؟
ޕީޖޒި66
05 January 2021
ސަރުކާރު ފޭލްވެފަ. އަތުކުރިއޮޅާގެން ތިބީ މުޖުރިމުންނާ އެކީ ޑީލްހަދާގެން. ޕީޖީ އިސްތިއުފާ ދީ. އިނަފް އިޒް އުނަފް.
ޙަޤީޤަތް
04 January 2021
މީ މިސަރުކާރުގެ ވެރިން ކުރާކަމެކޭ ސައުތު ތައުފީގަށް ބުނަން ނުކެރިގެން މިއުޅެނީ ކީއްވެބާ؟ މި ސަރުކާރުދެކެ ވިޔަފާރިވެރިންނާ ސިޔާސީ އިސްމީހުން ހާދަ ބިރެކޭ މިގަންނަނީ. ކޮންކަމަކާ ފިތިގެންތޯ ތިތިބެނީ މިވަރުވާއިރު
ބަކޫރުބޭ
04 January 2021
ތީދެން ގޮތްހުސްވެގެން ގެއަށް ދާންޖެހޭވަރުގެ ކަމެއްނޫން، އަނިޔާ ލިބުނު މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހޯދައިގެން އެލިއުމާއެކީ އަލުން މައްސަލަ ވައްދާ، ކުށްކުރި މީހާއަށް ދެވެން އޮތް އެއްމެ ހަރުކަށި އަދަބެއްދީ.
ލާމަސީލު
04 January 2021
މުހިއްމު ލިޔުން ހުށަނޭޅީ ކާކު؟ މީހަކު ކުިރާކަމަކުން ސަރުކާރު ބަދުނާމުވޭތަ؟ ތިބުނާ މުހިއްމު ލިޔުން ހުށަނޭޅި ސަރުކާރުގެ މުވައްޒަފުކޮބާތަ؟
ޢެޑްމުންޑޯ
04 January 2021
ދޫކޮއްލަން ބޭނުންވީމމމ މާ މުހިއް މު ލިއުންތައްގެއްލޭނެ
މ މަރޒޫކޮ
04 January 2021
އިންސާފު މިހާރު މިހުރީ ނޭފަތު ކުރީގަ... އެކުއްޖާގެ ނިކަ މެތިކަމަށް ކޯޓަކުން ނުބަލާތަ..
އިބްރ
04 January 2021
އެމްޑީޕީން މިއޮތީ ކުއްކުރާމީހުންްނަށް އުފާވެރި ޝަރުޢީ ނިޘާމެއް ޤާއިމްކޮށްދީފަ.
ހަޒާނާ
04 January 2021
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ. ދައުލަތު ފަރާތުން ތިޔަ ކަމުގަ އުޅޭ މީހާ ކުއްވެރިވާން ޖެހެ އެވެ. މުހިއްމު ލިޔުން އަލުން ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނެޓްވޯކް ހަދައިގެން މޭޒުދަށުން ފައިސާ ނަގާނެ ކަމެއް ނެތެވެ.
ހިފާޒް
04 January 2021
ސަރުކާރުން ބޭނުންވާ މީހުން ދޫކުރަން ރާވައިގެން ހިންގާ ޖަރީމާ ތިހުންނަނީ..ސަރުކާރުން ޖަލަށް ގެންދަން ބޭނުން މީހެއްނަމަ ކުއްވެރިންނާއި ޑީލް ހަދައިގެންވެސް ޖަލަށް ވައްދާނެ..