ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުން ކުރިޔަށް ދަނީ-- ފޮޓޯ: މަޖިލިސް
05 ޖެނުއަރީ 2021 - 13:59
އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންގެ އަތުން ބޮޑެތި ފީތައް ނެގުމާއި، ކޯހުގެ މުއްދަތު ދަންމައި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ބޮޑު ހަރަދެއް ހިނގާ މައްސަލަ އެ ސްކޫލުގެ ދަރިވަރުން ވަނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ ކިޔަވާ ކުދިންނަށް އެހެން ފްލައިން ސްކޫލަކުން ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
އެކަން ކުރުމަށް ދަރިވަރުން މިހާތަނަށް ކޯސް ފުރިހަމަކޮށްފައިވާ މިންވަރާއި ބާކީ އޮތް މުއްދަތު ސާފުވާން ޖެހޭ ކަމަށާއި ނަމަވެސް އެ މައުލޫމާތު އައްޑޫ ފްލައިން ސްކޫލުގެ ފަރާތުން ހޯދަން ދަތިތަކެއް އެބަހުރި ކަމަށް ހަސަން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އެ ސްކޫލް ދަރިވަރުންގެ ޔޫނިއަންއާ ގުޅިގެން އެ މައުލޫމާތުތައް މިނިސްޓްރީއަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ އެބަ ކުރަން ދިވެހި ދަރިވަރުންނަށް ކޯހުގެ ބާކީ އޮތް ބަޔަށް ފުރުސަތު ދެވިދާނެތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދީފައިވާ ލޯނަށް ލުއިއެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ކޯސް ނިމުނުތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ބޭރު ގައުމެއްގެ އެހެން ސްކޫލަކުން ފުރުސަތު ހޯދައިދިނުމުގެ މަސައްކަތައް ހަ މަސް ދުވަސް ނަގާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ވެސް އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލު ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭނެ ހުވަފެނަކީ ސަރުކާރުގެ ފްލައިން ސްކޫލެއް އޮވެ ފަސޭހަ ގޮތެއްގައި އެ [ކޯސް] ހެދޭނެ ގޮތެއްވުން،" ނަހުލާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އެއްޗެހިތައް ހުރީ މެއިންޓެނަންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
06 January 2021
އަމިއްލަ ގައުމުގައި ހާލުގައި ޖެހި އެހެން ގައުމަކަށް ދާން ޖެހުމަކީ ވަރަށް ދެރަވަރު ކަމެއް
ޢާރާސްކޯރު22
06 January 2021
ދަރިވަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދާދޭން ޖެހޭނެ، ތިޔަ ފުލައި ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބިފައިވަނީ ފޫނުބެދެނެ ބޮޑުގެއްލުމެއްކަން ނޭގޭނެ ހަމަ އެކަކުވެސް މިގައުމުގަ ނުހުންނާނެއެވެ، މުޅި އެއް އަހަރު ދަރިވަރު ހުރީ ޓްރެއިނިންގ އަށް ދުއްވާނެ ފުލައިޓެއްނެތި ކުރިޔަށް ނުދެވި، ކާކުތޯ ޒިއްމާނަގަނީ ސްކޫލުން ބޮޑާނެހޭކޭނެ ދެނެއް އެފުރުސަތު ދެވިގެން ނުވާނެ އަދި ގެއްލުމުގެ ބަދަލު ހޯދެންވެސް ޖެހޭނެ އިގޭތޯ!!!
ARIF
06 January 2021
އެތަން ކޮންމެ ތަނަކަުން ބެލިޔަސް މިމައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ނުކުޅެދި އެންމެ ފަހުން އެކުދިން ބޭރަށް ފޮނުވަން މިޖެހުނީ، މިނޫން ގޮތެއް ނުހޯދުނީ ކީއްވެތޯ ސުވާލު އުފެދޭ،
ވަހީދު
06 January 2021
އެމީހުންނަށް ކޮންމެ ވެސް ގޮތަކަށް ދަރާފައި އޮތީ. ދިވެހި ސަރުކާރުގެ ބާރު ނުހިނގާނެ އެހެން ގޮތެއް ނޯންނާނެ.
ހީނހީ ހީ ހަލާކުވެއްޖެ
05 January 2021
އެޑިޔުކޭޝަން މިނިސްޓްރީއާ، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އެއީ މުޅިން ތަފާތު ދެ މިނިސްޓްރީއެއް! ތިޔަ ފްލައިން ސްކޫލްގެ ކަންކަން ބަލަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން! ތަނެއް ދޮރެއް ނޭގުނަސް ކޮމެންޓްކުރެވޭތޯ ބަލާތި!
މަވެސް ހީނ ހީނ
06 January 2021
އޫޕްސް. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވެސް ނޫން. ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށުން އޮންން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެކަން ބަލަނީ
ރާއްޖެ
05 January 2021
އެކުދިން ކިޔަވަން ދާ ޚަރަދު އެ ސްކޫލުން ހޯދަން ޖެހޭނެ. މިމީހުން އައިސް ބޭނުން ގޮތެއް ދިވެހިންނަށް ހަދާފަ ހުރިހާ ފައިދާއެއް ވެސް މި މީހުންނަށް.
ޙިނި
05 January 2021
އެޑިއުކޭޝަން މިނިސްޓުރީއައް ސުކޫލެއް މޮނިޓަރް ނުކުރެވޭތަން މިފެންނަނީ. މިނިސްޓަރު އިސްތިއުފާ ދޭކަންނުޖެހޭބާ. ދަރިވަރުން ތައް ބޭރައް ފޮނުވާލުމުން ޒިންމާއިން ރެކެވުނީ، ހުރިހާ ހަރަދެއް ރައްޔިތުންގެ ފައިސާއިން. މީގެންވެސް ދޭހަވަމީ ސަރުކާރު މިނިސްޓުރީ ތަގުގެ ދޯހަޅިކަން، އެއްވެސް ކުރުރާސްތާ ދިގުރާސްތާ ޕުލޭނެއް ނެތްކަން މިރާއްޖޭގެ ފަރުދުންގެ ކެޕޭސިޓީ ބިލްޑު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން. އަމްދަނީޔައް ލިބޭ ހުރިހާ ފައިސާއެއް ބޭރުގައުމު ތަކައް
އޭނަ މީނަ
06 January 2021
އެޑިއުކޭޝަން މިނިސްޓްރީއާއި މިކަމާ ކޮން ގުޅުމެއްތަ އޮތީ؟
މަރިންދައިތަ
05 January 2021
މިކަމުގައި އިހްމާލުވާނެ ކުރީ ސަރުކާރާ މި ސަރުކާރުވެސް. ކުރީ ސަރުކާރުން ދަރިވަރުންނަށް ލޯނު ނުދިނީ އެހެން ތާކަށް ކިޔަވަންދާން. މި ސަރުކާރުން ވެސް އެމީހުންނަށް އާން ހޫން ކިޔަން އުޅުނީ. ދެން ވެސް އަވަސްގޮތަކަށް ކޮންމެވެސް ރަނގަޅު ގޮތެއް ހެދޭތޯ ބަލާބަލަ. ސަރުކާރަށްވުރެ ގަދަވެވިގެން ނުވާނެ އެމީހުންނަކަށް. ޙުރިހާ ގެއްލުމެއް ކުދިންނަށް. ވ ވެދުން
އަޝްރަފް
05 January 2021
ތިޔައީ ހާދަހާ ވަރުގަދަ ސްކޫލަކަށް ވެއްޖޭ ދޯ! ތިޔަހާވަރު ނުކޮށް ތިޔަ ސްކޫލް ހިންގަން އެހެން ބަޔަކާ ހަވާލުކުރަންވީނު. އެވަރުންވެސް އެމީހުން ޖެހޭތަ ބައިތިއްބަން.
ޖަމަލު
05 January 2021
އެކުދިންގެ ސްޓޫޑަންޓް ލޯން މާފު ކުެަންޖެހޭ