އިލެކްޝަންސް ކޮމިޝަންސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް-- ފޮޓޯ: މިހާރު
06 ޖެނުއަރީ 2021 - 14:30
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހު 3 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސް ކޮށްފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޭޕްރިލް 3 އަށް ތާވަލު ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން މިއަދު އީސީން ބޭއްވި ބައްދަލުވުމުގަ އެވެ.
މީގެ ކުރިން އީސީން އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް 3 ގަ އެވެ. ނަމަވެސް އެ ދުވަހަށް އިންތިހާބު ބޭއްވެން އޮތީ މި މަހުގެ 5 ގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލި ނަމަ އެވެ. އެ ހާލަތު ދެމިއޮތުމުން އީސީން އެ ތާރީހުގައި ބޭއްވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހުމުގެ އިތުރުން އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެއީ މި އަހަރު މެއި 9ގެ ކުރިންނެވެ.
އެހެންކަމުން ގާނޫނުގެ އެ މާއްދާ އިސްލާހު ކުރުމަށް ވެސް އީސީން ވަނީ ގޮވާލައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ދައުރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަޝްވަރާތައް ވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީގެ ތެރޭގައި ކުރިޔަށް އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯނާ ގަޑި
06 January 2021
މާޗް 3 ގައިވެސް ބާއްވަން އޮތީ އަނެއްކ އޭޕްރީލް 3ގައިވެސް ބާއްވަން އޮތީ ކޮބައިތޯ ފަރަގަކީ ކޮން ޔަގީން ކަމެއްތޯ އޮތީ ތިކަމުގައި ވޯޓުލުން ނޫން ހުރިހާކަމެއް ކުރެވޭ މަގުމަތީ ހުރަހެއް ނެތި އުޅެވޭ ސްކޫލްތަކާއި އޮފީސް ތައް ހޮޓާތަކާ ކެފޭތައް
ބިލް ކުލިންޓަން
06 January 2021
ޝަރިއްޕެބުނި އަމިއްލަ ބާރެއްނެތޭ. އަނެއްކާ އަމިއްލައަށް ތާރީޚެއް މިކަނޑަމިއެޅީ ބާރުއޮވެގެންނެއްނޫންތަ!
ރަޓުޚަބަރެ
06 January 2021
ތާރީޚް ޕެ ތާރީޚް
އެންމެ ފުންމިނުން
06 January 2021
ކުޅޭ ކުޅިވަރެއްތަ؟ ބޮޑެތި ބާރުތަކެއް އެއްބައެއްގެ އަތްމައްޗަށް ދިޔައިމާ ކަންވާނީ މިހެން. ހަގީގަތަކީ އެބަޔަކު ކަންކުރަންބޭނުންވާ ހަމަ ކޮންމެ ގޮތަކަށް ކަންކުރުމުގެބާރުއޮވެ އެކަން އެގޮތަށްކުރުން.
ރާއްޖެ
06 January 2021
ބޭކާރު ބައެއް.