ލައިފްސްޓައިލް / އިނގިރޭސިވިލާތް

ޔޫކޭގައި ދުވާލަކު 167 މިލިއަން ސައިފަތް ޕެކެޓް އެއްލައިލާ

ސައި ތައްޓެއް ހަދަނީ.

އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 167 މިލިއަން ސައިފަތް ޕެކެޓް އުކާލާ ކަމަށާއި އަހަރަކަށް ބަލާ ނަމަ މިއީ 31،000 ފުޓްބޯޅަ ދަނޑު ފުރާލެވޭ ވަރުގެ އަދަދެއް ކަމަށް ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.

ޒަމާނުންސުރެ ސަޔަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރު އިނގިރޭސިވިލާތުގައި ސައިފަތުގެ ބްރޭންޑެއްގެ ގޮތުގައި މަގުބޫލު "ޖިންގް ޓީ" ގެ ސާވޭގައި 2،000 އެއްހާ މީހުންގެ ހިޔާލު ހޯދާފައިވާ އިރު ގިނަ ބަޔަކު ބުނެފައި ވަނީ އެ މީހުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ހަތަރު ސައިފަތް ޕެކެޓް ބޭނުންކުރާ ކަމަށެވެ. އެއީ އަހަރަކަށް ބަލާ ނަމަ އެ ނިސްބަތުން މީހަކަށް 1،460 ސައިފަތް ޕެކެޓެވެ.

އަދި އެއީ އެވްރެޖްކޮށް ޔޫރަޕްގެ އެންމެ ބޮޑު ގައުމުން އަހަރަކު 61 ބިލިއަން ސައިފަތް ޕެކެޓް އުކާލުމެވެ. އެ އަދަދު އެއަށް ވުރަ ތިލަކޮށް ސިފަކުރާ ނަމަ އެއީ 31،000 ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ފޮރުވައިލެވޭ ވަރުގެ އަދަދެކެވެ.

ޖިންގް ޓީގެ ސާވޭއިން ދައްކާ ގޮތުގައި އިނގިރޭސީންނަކީ ސައި ބުއިމުގައި އަދިވެސް އެންމެ ކުރީގެ ފާޑުވެރިކަމާއި ގޮތްގަނޑު ގެންގުޅޭ ބައެކެވެ. އަދި ސާވޭގައި ބައިވެރިވި ކޮންމެ ތިން މީހަކު އެކަކު ބުނެފައިވާ ގޮތުގައި އެ މީހުންނަށް ސަޔަކީ ވަރަށް ސާދާ ހާއްސަ ބުއިމެކެވެ. އަދި ކޮންމެ ތިން މީހަކު އެކަކު ގަބޫލުކުރާ ގޮތުގައި އާއިލާގެ މީހުންނާއި ރައްޓެހިންނާ އެކު ސައި ބުއިމަކީ ވަރަށް ގަޔާވާ އަދި އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ.

ސާވޭއިން ދައްކާ ގޮތުގައި އިނގިރޭސީންގެ ކޮންމެ ފަސް މީހަކުން އެކަކީ އެ މީހުންގެ މައިންބައިފައިންގެ ފަރާތުން އާދަވެފައިވާ ގޮތްގޮތަށް ސައި ބޯ މީހުންނެވެ. އަދި ނަތީޖާތަކަށް ބަލާ އިރު ސަޔަކީ ވަރަށް ހާއްސަ އަދި ދޫނުކޮށްލެވޭ ކަހަލަ ބުއިމަކަށް ވިޔަސް 58 ޕަސަންޓް މީހުންނަކީ ތަފާތު ގޮތްގޮތަށް ސައި ތައްޔާރުކޮށްގެން ބުއިމަށާއި ކޮފީ ފަދަ ބުއިންތައް ވެސް ތަޖުރިބާކުރަން ބޭނުންވާ މީހުންނެވެ.

ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ސަޔެއް އިހުތިޔާރުކުރާ އިރު އޭގެ އަގަށް ވުރެ ބޮޑަށް އިސްކަންދެވެނީ ރަހައަށެވެ. އެހެންވެ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ސައިފަތާއި ކިރާފައި ވިއްކާ ސައިފަތާ ދޭތެރޭ އެހާ ބޮޑަށް ނުވިސްނާ ކަމަށް ބައެއް މީހުން ބުންޏެވެ.

އެކަމަކު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި ސައިިފަތް އުފެއްދުމުގެ މަސައްކަތަށް ވެސް ކުރިމަތިވި ހީނަރުކަމާއި ސަޕްލައި އަށް ދިމާވި ދަތިތަކާ ހެދި އެންމެ ބޭނުންވި ކަހަލަ ސައި ބޯލަން ނުލިބޭކަން ސާވޭގެ ނަތީޖާތަކުން ދައްކަ އެވެ. އެކަމުގެ ސަބަބުން މިހާރު ސައިފަތެއް އިހުތިޔާރު އިރު ރަހައާ އެއްވަރަށް ސައިފަތް އުފައްދަން ކުރާ މަސައްކަތްކާއި އެކަމާއި ތިމާވެއްޓާ ހުރި ގުޅުމާއި ދެމަހެއްޓެނިވި ގޮތަށް އުފައްދާ ސައިފަތް، ހާއްސަކޮށް އޯގެނިކް ސައިފަތާ ދޭތެރޭ ވިސްނާ ކަމަށް ސާވޭ އިން ދައްކަ އެވެ.

އެހެންވެ 29 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި ތިމާވެއްޓާ އެންމެ ރައްޓެހީ ވަކިވަކިން ޕެކެޓްތަކުގައި ބަންދުނުކޮށް ނުހުންނަ ސައިފަތް ކަމަށްވާ ނަމަ އެ މީހުންގެ ހޮވުމަކަށް ވާނީ އެ ބާވަތުގެ ސައިފަތެވެ. އެކަމަކު ކޮންމެ ފަސް މީހަކުން އެކަކު ގަބޫލުކުރާ ގޮތުގައި ކިރައިގެން ގަންނަ ސައިފަތުން ސައި ހަދަން އުނދަގޫވުމާއި އެކަމަށް ގިނަ ވަގުތު ނެގުމަކީ މައްސަލައެކެވެ.

ޖިންގް ޓީ އިން ބުނިގޮތުގައި ސައިފަތާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ސާވޭގެ އެއް މަގުސަދަކީ ސަޔާއި ސައިފަތުފެ ވިޔަފާރި އަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސައްކަތްކަށް ހެދުމުގެ މުހިއްމުކަން ދެނެގަތުމެވެ.

"މިހާރު ކުރިއާ ހިލާފަށް ލޫޒް ލީފް ޓީ ބޭނުންކުރާ މީހުން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ." ޖިންގް ޓީގެ ބާނީ އެޑްވަޑް އީޒްލާ ވިދާޅުވި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454