ވިޔަފާރި

ގޯލްޑް ކޮއިންގެ "އޮފު ކެނޑިއްޖެ"، ދިވެހި ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް

ގޯލްޑް ކޮއިންގެ ތައިލެންޑް ގުދަނުގައި ރާއްޖެ ފޮނުވަން ބަހައްޓާފައި ހުރި މުދާތަކެއް: ކުރިން އެއީ ގިނަ ވިޔަފާރިވެރިން އިތުބާރު ކުރި ކުންފުންޏެއް --ފޮޓޯ:ފޭސްބުކް

ތައިލެންޑާއި ޗައިނާއިން ރާއްޖެއަށް މުދާ ފޮނުވައިދިނުމުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ގޯލްޑް ކޮއިން އިންޓަނޭޝަނަލްއަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެ، ދިވެހި އެތައް ވިޔަފާރިވެރިންނަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ތައިލެންޑާއި ޗައިނާގައި ހާއްސަ އޮފީސްތައް ހުޅުވައިގެން، ރާއްޖެއަށް މުދާ ފޮނުވައިދިނުމުގައި ވަރަށް ރަނގަޅު ހިދުމަތްތަކެއް ދެމުން ގެންދިޔަ ގޯލްޑް ކޮއިން ކުއްލިއަކަށް "ގެއްލުމުން" ބައެއް ވިޔަފާރިވެރިން ބުނަނީ މުދާ ގަންނަން ފޮނުވި ލާރިކޮޅު ވެސް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

ހާޑްވެއާ ބައެއް ފިހާރަތަކާއި ބައެއް ރެސްޓޯރެންޓާއި ބުކް ޝޮޕްތައް ހިންގާ ބައެއް ވިޔަފާރިވެރިންނަށް ވެސް ގޯލްޑް ކޮއިންގެ ސަބަބުން މިހާރު ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފަ އެވެ.

ފުވައްމުލަކުގައި "ހައިވޭ ރެސްޓް"ގެ ނަމުގައި ރެސްޓޯރެންޓެއް ހިންގާ މުހައްމަދު އަލީ ވިދާޅުވީ މުދާ ގެންނަން 2019ގައި 25،800 ޑޮލަރު (ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ) ދެއްކިތާ އަހަރެއް ވާން ކައިރިވި އިރު ވެސް މުދާ ވެސް އަދި އަނބުރާ އެ ފައިސާ ވެސް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގޯލްޑް ކޮއިންއަށް ގުޅުމުން މިހާރު ޖަވާބެއް ވެސް ނުލިބެ އެވެ.

"ވަރަށް މަސައްކަތް ކުރިން ގުޅަން. ތައިލެންޑްގައި ހުންނަ ގޯލްޑް ކޮއިންގެ ބޭފުޅަކަށް ވެސް އެތައް ފަހަރަކު ގުޅަން މަސައްކަތް ކުރިން. އެކަމަކު އެކަން ކާމިޔާބެއް ނުވޭ،" މުހައްމަދު ވިދާޅުވި އެވެ.

ގޯލްޑް ކޮއިންގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް ބުނި އެއް ފިހާރައަކީ، ރާއްޖޭގެ މަޝްހޫރު ބުކްޝޮޕެއް ކަމަށްވާ ރައުންޑްވަން ބުކް ޝޮޕެވެ. އެ ބުކްޝޮޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މުދާ ގެންނަން 2018 ގައި ގޯލްޑް ކޮއިންއަށް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ފޮނުވި ކަމަށެވެ. ނަމަވެސް މުދާ ނުވަތަ ފައިސާގެ ބައެއް ނަމަވެސް އަދި ނުލިބޭ ކަމަށް، އޭނާ ވިދާޅުވި އެވެ.

"ފައިސާ ހޯދަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެ ކުންފުނީގެ ވެރިންނަކާ ނުގުޅޭ،" ޝަރީފު ވިދާޅުވި އެވެ.

ހާޑްވެއާ ސާމާނު ތައިލެންޑުން ގެންނަން ގޯލްޑް ކޮއިންއަށް 57،000 ޑޮލަރު (870،000 ރުފިޔާ) ދެއްކި ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑިސެމްބަރު 2019 ގައި ކުރި އެ މުއާމަލާތުގެ ސަބަބުން މިހާރު ވިޔަފާރި ވެސް ހުއްޓިފައިވާ ކަމަށެވެ.

"އެތައް ފަހަރަކު މަސައްކަތް ކުރިން [އެމީހުންނާ] ގުޅަން، ޖަވާބެއް ނުލިބޭ. މިކަމުގައި ކޮންމެވެސް ގޮތެއް ހަދައިދޭން ބުނެގެން ވެސް އެއްވެސް ވަރަކަށް ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ވަރަށް އަވަހަށް ފައިސާގެ ކަންކަން ހަމަޖެހޭނެ

ވިޔަފާރިވެރިންގެ އެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރިކަން ގޯލްޑް ކޮއިންގެ ވެރިޔާ އަބްދުލް އަޒީޒު އަބްދުލް ރަހްމާން ދޮގެއް ނުކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވީ ކުންފުނިން އެކި މީހުންނަށް ދޭން ޖެހޭ ފައިސާއަށް ވުރެ ކްރެޑިޓަށް މުދާ ރާއްޖެ ފޮނުވައިގެން ގޯލްޑް ކޮއިންއަށް ލިބެން ހުރި ފައިސާ މާ ގިނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ވިޔަފާރިވެރިންގެ މުދާ ގެނައުން ލަސްވެފައި އޮތީ ކޮވިޑާ ގުޅިގެން ޗައިނާ ބަންދުކުރުމުންނެވެ.

ނަމަވެސް މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޗައިނާގެ ގުއާންޒޫގައި ހުރި ގޯލްޑް ކޮއިންގެ އޮފީސް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އަޒީ ވިދާޅުވީ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވީ ވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެކި ވިޔަފާރިވެރިންނަށް ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެވޭނެ ގޮތަކަށް ކަންކަން ރާވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިސާ ދޭން ޖެހޭ ކަސްޓަމަރުން އެބަ ތިބި. އެކަމަކު އަޅުގަނޑުމެންނަށް ފައިސާ ލިބެން ޖެހޭ ކަސްޓަމަރުން މާ ގިނަ،" އަޒީ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ޗައިނާ ބަންދުކުރި ގޮތަށް މުޅިއަކުން އަދި ހުޅުވައެއް ނުލަ އެވެ. ތައިލެންޑްގައި ދޭތެރެދޭތެރެއިން ކޮވިޑްގެ ހާލަތު ގޯސްވެ، ލޮކްޑައުންއަކަށް ދެ އެވެ. އެކަމަކު ކުރީގެ ހާލަތަށް އެ ގައުމު ވެސް އަދި އެނބުރި ނުދާތީ ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

ގޯލްޑް ކޮއިން 2002 ގައި އުފައްދަވައިގެން އަޒީ ދިރިއުޅުއްވަމުން ގެންދެވީ ވެސް ބެންކޮކްގަ އެވެ. ފަހުން ޗައިނާއިން ރާއްޖެއަށް ގެންނަ މުދާ ގިނަވާން ފެށުމުން ގޯލްޑް ކޮއިންގެ ވިޔަފާރި ޗަައިނާާއަށް ވެސް ފުޅާކުރި އެވެ.

މި މައްސަލަގަނޑު ދިމާވުމުގެ ކުރިން ގޯލްޑް ކޮއިންއަކީ ދިވެހި ވަރަށް ގިނަ ވިޔަފާރިވެރިންގެ މުހިންމު އަދި އިތުބާރު ކުރި ބައިވެރިއެކެވެ.

އަޒީ ވަނީ ވ. ތިނަދޫގައި ވަރަށް ބޮޑު ގެސްޓްހައުސްއަކަށް އިންވެސްޓްކުރައްވައިފަ އެވެ. އޭނާ މިވަގުތު ހުންނެވީ ވެސް ތިނަދޫގަ އެވެ.

އަޒީގެ ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ މާލީ އުނދަގޫތަކެއްގެ ތެރެއަށް އަޒީއަށް ވެންނެވުނީ ވެސް ގެސްޓްހައުސްއަށް ބޮޑު އިންވެސްޓެއް ކުރެއްވުމުން ކަމަށެވެ.

"ކޮވިޑް ލައިގަތުމާ އެކު ގޯސްވެގެން މި އުޅެނީ މާ ބޮޑަށް. ހީވަނީ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ހަމަޖެހޭނެހެން،" އަޒީއާ މެދު އިތުބާރު އޮތް އެ ވިޔަފާރިވެރިޔާ، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.

29 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 43%
icon angry icon angry 43%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙލއ

14 January 2021

މަބްރޫކަށް ގުޅާބަ

The name is already taken The name is available. Register?

ހަސަން.

13 January 2021

ގޯލްޑްކޮއިން އަޒީގެ ދަރި މަބްރޫކް އަވަހަށް ގެންދޭ ސްޕޯކްސްޕާރސަން އަކަށް. ދިވެހިން މޮޔަ ހައްދާނިމިގެން ލާރިކޮޅުވެސް ކާލަނީ.

The name is already taken The name is available. Register?

ހާސަރު

13 January 2021

ގޯލްޑް ކޮއިންގެ ފަރާތުން ވަރަށް ގިނަ ދިވެހިންނަށް ފައިދާވެފާވާނެކަން ޔަގީން ޚާއްސަކޮށް ރަށްރަށުގެ ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް. މިއަދު ގޯލްޑް ކޮއިން އެވަނީ އެމީހުން ފައިސާ މެނެޖްކުރިގޮތުން ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި. އަޒީ އަކީ ރަގަޅު މީހެއް ހެޔޮ މީހެއް . އެކަމަކު ފައިސާ މެނެޖްކުރުމުގައި އެއްފަހަރަށް ވުރެ ގިނައިން އެވަނީ ފެއިލްވެފަ. ގޯލްޑް ކޮއިންއަށް ފައިސާދޭންހުރި މީހުންގެ ފައިސާ ދައްކައިފި ނަމަ މިކަން ހައްލުވާން ފަސޭހަވާނެ.

The name is already taken The name is available. Register?

އިބްރާހިމް‫

13 January 2021

‫އެބުނާހާ ގިނަ ފައިސާތަކެއް ލިބެން އޮތްހެނެއް ހީއްޔެއްނުވޭ. ގޯލްޑް ކޮއިންގެ ޚިދުމަތް ހޯދަމުންދާތާ 10 އަހަރުމިވީ... އެމީހުން އަސްލު ފެންވަރު އޮޅި ކަންކަން ނުބެލި ބޮއްސުންލައިގެން ދިޔައީ ... މުދާ ލަސްވެގް ގުޅާލިޔަސް ބަވާލާނީ... ކުރެޑިޓް ކޮށްނުދޭތާ ކިތައްމެ ދުވަހެއްްވެއްޖެ!

The name is already taken The name is available. Register?

އަހުމަދުބޭ

13 January 2021

އަޒީމެންނަށް ވީގޮތަކީ އޯވަރ އިންވެސްޓް ކުރެވުނީ މިކަމާ ކޮވިޑަކާ އެއްވެސް ގުޅުމެއްނެތް، ތިނަދޫގައި ކުރެވުނު އިންވެސްޓްމެންޓާ ހުޅުމާލޭގައި ކުރެވުނު އިންވެސްޓްމެންޓާ މިހެން ކިޔާނެކަމެއްނެތް، ނުބައިދާއިރާއަކަށް ނުބައި ލޮކޭސަންއަށް އިންވެސްޓްކުރެވުން ހުރިހައިވެސް މައްސަލައަކީ މިކަންކަން ހިނގީ 2018 އިންފެށިގެން 2019 ނިމުނުއިރު އަޒީމެން ވަނީ ނޭވައިނުލެވޭވަރަށް ވިޔަފާރި ބަނގުރޫޓްވެފައި ދެން އަނެއްކާ ކޮވިޑް މިވީ ރިހޭފައިމައްޗަށް ފޮއިވެޓުމަށް

The name is already taken The name is available. Register?

Grace Hightower

13 January 2021

ބަރާބަރު ވާހަކައެއް. ގޯލްޑު ކޮއިން އެއީ އެއްވެސް ބަޔަކަށް ދަރަންޏަ މުދާ ދޭ ބަޔެއް ނޫން. އެމީހުން މީހުން ވަކި ތަނަކުން މުދާ ނަގާފަ ލާރި ދޭން ބުނީމަ އެލާރި މުދާ ގަންނަ ފަރާތުން ލިބުނީމަ އެތަނަކަށް ލާރި ދައްކާފަ އެމީހުންގެ ހޭންޑުލިން އަށްވާ ފައިސާ ލިބުނީމަ މުދާ ފޮނުވާ ބަޔެއް. އެއްގޮތަކަށްވެސް ސަޕުލައި ކުރާ ބަޔެއް ނޫން.

The name is already taken The name is available. Register?

މޯލްޑިވިޔަން ޕެޓްރޮއިޓް

13 January 2021

އަޒީގެ ހިސްޓްރީ އަކީވަރަށް އަދިރި ތަނެއް. އޭނާވަނީ ބައިވަރުމީހުންނަށް ދަރާ ދިވެހިރާއްޖޭން ފިލާފައި. ދެން ހަގީގަތްއޮޅުވާލަން މިހާރު މިކަޔަނީ ބައިވަރުމީހުން އެބަހުއްޓޭ ތިމަންނައަށް ލާރިދޭން. މީނައާއި ދޭތެރޭ ސަރުކާރުން ފިޔަވަޅުއަޅާނެހެން ހިޔެއްނުވޭ. އެއީ މަބޫއަކީ މީނާދަރި އަދި މިސަރުކާރުގައި ރައީސްގެ އަރިސްމީހަކަށްވުން. އެތަށްބަޔަކުވަނީ ޕޮލިހަށް މިމައްސަލަ ޖައްސާފަ.

The name is already taken The name is available. Register?

ފިނރުޓޭ

13 January 2021

މިހާރު މި ވިޔަފާރިވީ ކިޔަވައިގެން ތިބި މަބްރޫކް މެންނާ ހިންގަން ހަވާލު ކުރަން! އަސްލު ހަޤީޤަތުގަ ހިޔެއް ނުވޭ މާކަ ނުބައި މީހެއް ހެނެއް! ހީވަނީ ހަމަ މިސްމެނޭޖް ކުރުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް! ދެން ހަމަ އަބަދުވެސް ހުއްޖަތެއްގެ ގޮތުގައި ދެއްކޭނެ ދޯ ކޮވިޑްގެ ވާހަކަ ވެސް! ހަމަ އަސްލުުވެސް ފެންނަނީ މަބްރޫކު މި ވިޔަފާރިއާ ހަވާލުވެ ޓަރން އެރަންޑް ކޮށްލަން!

The name is already taken The name is available. Register?

Campus

13 January 2021

ތިމީހުންނަ ވަރަށް އަވަހަށް ސަރުކާރުން ލާރި ގަޑެއް ދޭނެ. މިހާރު ނޭގޭ ޑީލް ނަހަދާ ކަމެއްވެސް. މަށަށް ފެންނަނީ ވެކްސިން ހޯދަން ތިމީހުންނާ ހަވާލު ކުރަން. އެމްޑީޕީގެ ތިބޭނެ ރައީސް އޮފީސް ތެރޭ ވަކި ބަޔަކު ވަގު ޑީލް ހަދަން. އެމީހުންނާ ތިމީހުންނާ މާ ދުރެއް ނޫން.

The name is already taken The name is available. Register?

ހަސަން.

13 January 2021

މަބްރޫކް އެއީ އަޒީގެ ދަރި. ދެން ކިހިނެއް ދުރުވާނީ.

The name is already taken The name is available. Register?

މޯލްޑިވްސް ކާގޯ (ތައިލެންޑް)

13 January 2021

ތިކަމުގަ މިހާރު ހައްލަކީ އަޅުގަނޑުމެން. އިރާދަ ކުރެއްވިއްޔާ ތިކަހަލަ އެއްވެސް މައްސަލަތަކަކާ ދިމާނުވެ މުދާބަރާބަރަށް ފޮނުވަދެން.

The name is already taken The name is available. Register?

ޒިންދަގީ

12 January 2021

ނަޒާކީއިންވެސް މެލޭޝިއާކޮޅުން ވަރަށް މީހުނަށް ލަނޑުލިބިގެންއުޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454