މަޖިލީހުގެ ޖަލްސައެއް ކުރިޔަށް ދަނީ: ދައުރުން ބޭރުން ބާއްވާ ޖަލްސާ މިރޭ އޮންނާނެ-- ފޮޓޯ:މަޖިލިސް
13 ޖެނުއަރީ 2021 - 10:59
ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހު ކުރަން ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މިރެއަށް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން ދައުރުން ބޭރުން ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30 ގަ އެވެ. މިރޭގެ ޖަލްސާގެ މަސައްކަތަކީ ސަރުކާރު ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމެވެ.
މިދިޔަ އަހަރު މެއި 10 ގައި ފާސްކުރި ހާއްސަ ގާނޫނު އަލުން އިސްލާހު ކުރަން ސަރުކާރުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ޖާގަ ނުދޭތީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ނުބޭއްވޭތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށް ގާނޫނު އިސްލާހު ކުރަން ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބުގެ ކަންކަން ކުރަންވާނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ. އަދި އެ އުސޫލްތައް އާންމު ކުރަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ވެސް ބިލުގައި ވަނީ ކުރުކޮށްފަ އެވެ.
އެގޮތުން މީގެ ކުރިން އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް އެ މުއްދަތު 30 ދުވަހަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން 10 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ބަދަލު ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ އެހެން ޝަކުވާތައް ވެސް ކޯޓަށް ހުށަހެޅުމަށް އޮންނަ މުއްދަތު ވެސް ވަނީ ކުރުކޮށްލައިފަ އެވެ.
މީގެ އިތުރުން އިންތިހާބުގެ ރަސްމީ ނަތީޖާއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކާ މެދު އެ ކޯޓުން 30 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އިސްލާހުކޮށް 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
މި އިސްލާހުތަކާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ފަހު ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިރޭގެ ޖަލްސާގައި ގޮތެއް ނިންމާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 January 2021
އެމްޑީޕީ އަށާއި، މަޖިލީހުގައި ތިއްބެވި ކ.އަތޮޅު މާލެ މެންބަރުން ފިޔަވާ ދެންތިއްބެވި މެންބަރުންނަށް ޙާލަތު ބަދަލުކޮށްލާން ލިބުނު ރަނގަޅު ފުރުސަތެއް. # ރާއްޖެ ލާމަރުކަޒުކުރުމަށްޓަކާ ޤާނޫނަށްބަދަލުގެނެސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެ ހިމަނައި)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ އިދާރީ ޤާނޫނީ 3 ޕްރޮވިންސަށް ޤަވަރުން އިންތިޙަބުކުރަން ރައްޔަތުންނަށް ފުރުސަތުލިބޭގޮތަށް ޤާނޫނު އިސްލާޙްކުރައްވާ.
މޯޑޭ
13 January 2021
އިންތިހާބު އަވަސްކުރާނި ކަމެއް ނެތް. އަހަރަމެން ދެނެއް ގުބޯ ނުހެއްދޭނެ. ވޯޓެއް ވެސް ނުދޭނަށް. 10 އަހަރު ކޮށްފަ ރަށަށް އައިރުވެސް ނެތް އެއްވެސް ތަރަށްގީއެއް ވެފަ. ކުރިންވެސް ކޮށްފަ ހުރި ކަމެއް ހުރީ ފެންނަށް. ވަރަށް ސަލާން. މިސަރުކާރުން ވެސް އަޅަށް ވައުދުވި ހޮސްފިޓަލުވެސް ރަށާއި ކައިރިން ރިސޯޓެއް ވެސް ހެދިފަކާ ނެތް. ހަމަ ރަށްއިތުންނަށް ދަޅަ ދަންކަނި އިންތިހާބު ބޯމަތިވީމަ.
އޮނަރަބްލް އަފީފު ދީދީ
13 January 2021
ތިޔަމެންބަރުންނަށް ރައްޔިތުން ވޯޓުދިން އެންމެމުހިންމުއެއްބޭނުމަކީ "ރައްޔިތުން ބާރުވެރިކުރުވުންކަން" މެންބަރުން އަބަދުވެސްހަދާނުގައިބަހައްޓައި އެމަގަށް މަސައްކަތްކުރާންޖެހޭނެ. # ސަތޭކަމީހުން ހަމަނުވާ ރަށްތައްހިމަނައި "ދުއިސައްތަވަރަކަށް ރަށުގައި ކައުންސިލްހަދައިގެން ލާމަރުކަޒު ނުކުރެވޭނެކަން ޤަބޫލުކޮށް" ލާމަރުކަޒުކުރުމުގެ ޙަޤީގީފޮނިކަން ރައްޔިތުނަށްލިބޭގޮތަށް ތިޔަ ޤާނޫނުބަދަލުކުރާން ކެރިގެން ތެދުވެ އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށް ރާއްޖެ ބަދަލުކުރޭ.
އޮނަރަބްލް އަފީފު ދީދީ
13 January 2021
ރާއްޖެ ޕާލަމެންޓަރީނިޒާމަށް ފުރޮޅިދާނެކަމަށްޤަބޫލުކުރެވޭތީ ލާމަރުކަޒީޤާނޫނު އެނިޒާމަށްފެތޭގޮތަށްއިސްލާޙްކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށްހިންގުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ކަމުގައި ކަޑައަޅުއްވާ. # އަދި ކުދިކުދި އެތައްސަތޭކަ ކައުންސިލްގެބަދަލުގައި ރީޖަންތަކަށް ޤަވަރުނަރުން އިންތިޙާބުކުރަން ފުރުސަތުދީގެން ލާމަރުކަޒީ ޤާނޫނަށް ބަދަލުގެންނަވާ.
އޮނަރަބްލް އަފީފު ދީދީ
13 January 2021
ތަހްޒީބު ދައުލަތްތަކުން ޤާނޫނުހަދާގޮތް ނަކަލުކޮށް އެގޮތަށް އަހަރުމެން ކަންކަންކުރާނީ ކޮންދުވަހަކުންތޯ. # އެމްޑީޕީގެ ވިސްނުމަކީ އަދި ތަހުޒީބް ގިނަދައުލަތްތައް (ސާކްގެ ގިނަ ޤައުމުވެސް ހިމެނޭ ގޮތުން) ހިންގަނީ ބަރުލަމާނީ ނިޒާމަށް ކަމުގައިވާއިރު އަހަރުމެންވެސް އެދިމާލަށް މިސްރާބު ހަހާފައިވާއިރު ލާމަރުކަޒީ ޤާނޫނުވެސް އެގޮތަށް އިސްލާޙްކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ޕްރޮވިންސްގެ ގޮތަށް ކަޑާއަޅާ ރީޖަނަލް އިންތިޙާބްތައް ބާއްވަން ޤާނޫނަށް ބަދަލު ގެންނާންޖެހޭ.