އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރަށް މިއަދު ލިބުނު ތަށިބަރިއެއް -- ފޮޓޯ: ހައި ކޮމިޝަނަރުގެ ޓްވިޓާ
15 ޖެނުއަރީ 2021 - 18:50
އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާ ވިދާޅުވި ގޮތުގައި އަވަށްޓެރިން އެކަކު އަނެކަކަށް ތަށިބަރި ފޮނުވުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަކަން ކުރިން ވެސް އެނގިވަޑައިގަނެ އެވެ. އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ރަމްޒުކޮށްދޭ މި ރީތި އާދަކާދަ ތަޖުރިބާކުރެއްވުނު ތަށިބަރިއަކާ އެކު ސަފީރު މިއަދު ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
މިއަދު މެންދުރު ފަހު، ތަށިބަރިއެއްގެ ފޮޓޯއަކާ އެކު ރޮސްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރިއެއްގެ ފަރާތުން މިއަދު ލިބިވަޑައިގަތް ތަށިބަރީގައި ހިކިމަހުގައި ކައްކާފައި ހުރި މީރު މުގު ރިހަ ހުރި ކަމަށެވެ. ދިވެހިންނަކީ އަވަށްޓެރިންނަށް ކަމޭހިތާ ބައެއްކަން ފާހަގަކުރައްވާފައިވާ ޓްވީޓްގައި ސަފީރު ވަނީ ކުޅި އަދި ހަވާދުގެ ބާވަތްތަކަކީ ޔޫރަޕް މީހުން އާންމު ކެއުމުގައި ބޭނުންކުރާ އެއްޗަކަށް ނުވިޔަސް އިނގިރޭސި ވިލާތު މީހުން އެކަމުގައި ތަފާތުކަން ވެސް ފާހަގަކުރައްވައިފަ އެވެ.
"އަހަރެމެން އިނގިރޭސިންނަކީ ހަވާދުގެ ކާނާ އަށް ލޯބިކުރާ ބައެއް،" އެކަމާ މާބޮޑަށް ނުވިސްނަން ބުނާ ކަހަލަ އިމޯޖީއަކާ އެކު ސަފީރު ލިޔުއްވާފައިވެ އެވެ.
Neighbourly Maldives... my first Thashi Bari. Like a magician’s set! Very eco-friendly. Not to mention delicious smoked fish curry & yellow dahl inside. 🥰😋 & not 🤯 (we Brits do actually like spice!). #TasteOfMaldives pic.twitter.com/Y6P41OK7Mm
— Caron Rohsler (@caron_rohsler) January 15, 2021
އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ކުރެއްވި ޓްވީޓް
ސަފީރު ކެރޮން ރޮސްލާ "މިހާރު" އަށް ވިދާޅުވީ ތަށިބަރި ފޮނުވުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަކަން އެނގިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ކުރައްވާފައިވާ ޓްވީޓަކުން ކަމަށެވެ.
އެޕާޓްމަންޓްގެ ވެރިމީހާގެ ފަރާތުން ތަށިބަރި ލިބިވަޑައިގަތީ ވެސް އަވަށްޓެރިންގެ އޮންނަ ގާތް ގުޅުން ދޭހަވާ ފަދަ ގޮތަކަށް ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ އެޕާޓްމަންޓުގައި މަސައްކަތެއް ކުރާތީ މެންދުރު ފަރިއްނުކުޅުއްވައި ލަސްވި ދުވަހެކެވެ. ތަށިބަރި ފޮނުވީ އަވަށްޓެރިޔާ އަށް އެކަން އެނގިގެން ކަމަށް ސަފީރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ
"އަޅުގަނޑު މިއަދު ހުރީ މެންދުރު ނުކައި. އެހެންވީމާ މިއީ ވަރަށް ހިތްހެޔޮ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ،" ސަފީރު ވިދާޅުވި އެވެ.
ތަށިބަރި އަކީ ދަގަނޑުން ހުންނަ އެއްޗަކަށް ވާތީ މިއީ ތިމާވެއްޓާ ރައްޓެހި އެއްޗެއްކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވައިފަ އެވެ.
ތަށިބަރި ބެހުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް 1990 ގެ އަހަރުތަކަށް އެޅުނު އިރު އެކަން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަން އެންމެ ފަހުން ދިރިގެން އައީ 2018 ވަނަ އަހަރު ދިރާގުން ޗެލެންޖެއްގެ ގޮތުގައި އެކަން ފެށުމުންނެވެ. އެ ޗެލެންޖުގައި ވަރަށް ގިނަ މީހުން ބައިވެރިވެ އެކުވެރިންނާއި އާއިލާތަކަށް ތަށިބަރި ފޮނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކިރިހަ
17 January 2021
ސަފީރުގެ ވާހަކައިގަ އެއޮތީ މުގުރިހައާ ވަޅޯމަސް/ހިކިމަހުގެ ހިކިރިހައިގެ ވާހަކަހެން ބޮޑަށް ހީވަނީ. ލިއުންތެރިއާ ލިއެފަ އެއޮތްގޮތަށް ހިކިމަހުގެ މުގުރިހައިގެ ވާހަކައެއް ނޫން. 2 ރިހައެއްގެ ވާހަކަ އެއޮތީ ބުނެފައި. މުގުރިހައަކީ މުގުރިހަ. މަހުގެ ހިކި ރިހައަކީ ވަކި އެއްޗެއް ފޮޓޯއިންވެސް އެ ފެންނަ ގޮތުން.
ަތަށި
16 January 2021
ސަފީރު އަންހެން ކަނބަލަކަށްވީމަ ތަށިބަރިތިދަނީ. ދެންހުރި މަހުމަހުގަ މާބޮނޑިބޮނޑިވެސް އަންނަންފަށާނެ
ކީއްވެ
16 January 2021
ކީއްވެގެން މެންދުރު ނުކައި ހުރީ، ކުރިޔަކުން ނޭނގޭ ރާއްޖޭގަ އިނގިރޭސި ސަފީރަކު ހުންނަކަމެއް ވެސް
ބަޑީ
16 January 2021
ތީ ހާދަ އިންޑިޔާގެ ސަޤާފަތަކާ ވައްތަރޭ!! ތަށިބަރީގަ ޖަހާފައިން ލޭބަލްއިންވެސް އެކަހަލަ ފާޑެއްޖަހާ، ޗައިނާ އެއްޗަކަށްވެސް ވެދާނެދޯ؟ ދެންކޮންމެޔަކަސް ތީހައްތާވެސް އިންޑިއަން ޑިޝަޝް، އިންޑިޔާ "ދާލު" މިހެންގޮސް ހުސް އިންޑިޔާ އެއްޗިސް، އިންޑިޔަން ފްޑްސްއާ އިންޑިޔަން ޑާންސް އިންޑިޔާ އިންޑިޔާ، އިންޑިޔާ ނޫންގޮތެއް ނެތީދޯ
ލޯލީޕޮޕް
16 January 2021
ވަރަށް ވިސްނާތި .. ކުރިންވެސް އިނގިރޭސި ސަފީރު ކައިރިއަށް އޮޑިދޯނިފަހަރުގައި ދިޔައީ އަންހެންވެރިން
އޮނަރަބްލް އަފީފު ދީދީ
15 January 2021
އިޤިރޭސިންނާއި އިޤިރޭސި ދައުލަތުން އަހަރުމެނަށް ކޮށްދީފައިވާ ކަންކަން ވަކިން ޙާއްސަކޮށް ރާއްޖޭގައި އިހުގައި އޮތް އާއިލީ ރަސްކަން ނެތިކޮށްލާ ރައްޔަތުންގެ ވެރިކަމެއް ޤާއިމްކޮށްދިނުމަށް ކުރި މަސައްކަތާއި ގަދަ ބާރު ދައްކައިގެން "މުޅި ދުނިޔެއާއި ޖަދަލު ކުރާނަމޭ ހީކޮށް އުޅުނު މީހާ" ދިވެހިންގެ މައްޗަށް ވެރިވެގަންނާން އުޅުނު އުޅުމަށްވެސް 2018 ގަ އެންމެ ބޮޑަށް ހުރަސް އަޅާ ދިވެހިންނަށް އެހީތެރިވި ބަޔަކީ އިޤިރޭސިން. ތިކަހަލަ ކިތަންމެ ތަށިބަރި ލިބޭނެ.
ލަތީފާކު
15 January 2021
އަހަރެންނަށް އިނގިރޭސިން އަދި ވިލާތުގެ ބައެއް އާދަކާދަ ރަނގަޅު! ހިތްގައިމު! އެކަމަކު އިނގިރޭސިން ހާއްސަކޮށް ވިލާތުގެ ދޮންމީހުންގެ ހުރޭ ސިފައެއް އެމީހުން ނޫން މީހުންނަކީ ދެރަ ނުކިޔަވާ (އެމީހުން ކިޔެވި ޔުނިވާސިޓީއިން ކިޔެވިޔަސް) ތިބޭ ނާތަހުޒީބު ބައެއްގޮތުގައި ދެކުމުގެ ނުބައި ސިފަ! ދިވެހި ނުފޫޒުގަދަ އާއިލާތަކުގެ މީހުންވެސް އެމީހުންގެ މިކަމަށް ތަރުހީބުދީ އެކަން ދަމަހައްޓަން އުޅޭ! މިސާލަކަށް އެލެކްސް އަހުމަދު!
ޓާކިި
16 January 2021
ވަރަށް ރަގަޚު ވާހަކައެއް. ތި ކަލޭގެ އުޅެނީ ދިވެހިރައްޔިތުން ކުޅުޖަހާ ނެތިކޮށްލި ބޭފުޅިޒަމް ކުރި އަރުވައި ރާއްޖެތެރޭ މީހުން ދެރަކޮށް އަދިވެސް ކުޑައަށީގެ މަޅު ނަގައިގެން ރުނބަޔަށް އަތްލައއިގެން އއއަތް ތެންމައިގެން ރާއްޖެތެރޭ މީހުން ގުނބޯ ހައްދަން.. ކަލޭ ދެން ތިކަމެއް ނުވާނެ!
ކާށިބޯ
15 January 2021
ތަށިބަރި ފޮނުވުން އެއްއިރެއްގާވެސް ނުހުއްޓޭ. ކޮންމެސް މަޝްހޫރު މީހަކަށް ފޮނުވީމާ މީޑިޔާ ތަކުން ހެލިގަންންނީ.
ވްސް
15 January 2021
މިހާރުވެސް މިކަން އޮވޭ ، އެކަމަކު މިކަން ހުއްޓުނީ މާލޭގެ ގެތައއ ބުރިބުރިއަށް ހަދާ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައުމުން އެއްބަޔަކު އަނެއް ބަޔަކު ނިދަންނަ ބީރައްޓެހިން އަވަށްޓެރިންގެ ގޮތުގައި އުޅެން ފެށުނު ހިސާބުން.
ބަބުރަންޖީ ހާޖީ
15 January 2021
މިވީގޮތުން އިބޫއަށްވެސް ތަށިބަރިއެއް ލިބެންޖެހޭނެ. ސީދާ އިނގިރޭސިވިލާތުން. ފުލައިޓެއް ޗާޓަރުކޮށްގެންވެސް ޖެހޭނީ މިކަން މިގޮތަށް ވާން.