16 ޖެނުއަރީ 2021 - 12:39
އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް 136 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 7 ގައި ފާސްކުރި ބަޖެޓާ ބެހޭ ތަފުސީލު ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހިއްސާކޮށްފައިވާ ކަމަށެވެ.
ބަޖެޓްގެ ރިކޮމެންޑޭޝަންގެ ގޮތުގައި ކައުންސިލުން އެލްޖީއޭގެ މޮނިޓަރިން ރިޕޯޓްގައި އެދުނީ "ސްޕެޝަލް ޑިއުޓީ އެލަވަންސް"ގެ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. އަދި ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ލިބޭ ފަސް ޕަސަންޓް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ހިމަނާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
#AdduCityCouncil has approved the proposed budget of the Council for the year 2021. The budget was passed on 07th January 2021, and was approved by Mayor @SobeAbdulla on Viya module on 14th January 2021. The estimated budget for 2021 is MVR 136,554,544.00
— Addu City Council (@AdduCityCouncil) January 15, 2021
މި އަހަރުގެ ބަޖެޓް ކަނޑައެޅީ މިދިޔަ އަހަރު ނިމުނު އިރު ބަޖެޓުން ބާކީ ހުރި އަދަދު ވެސް ހިމަނައިގެންނެވެ. އެގޮތުން ޑިސެމްބަރު 31، 2020 އާ ހަމައަށް ހަރަދުނުކުރެވި 11.6 މިލިއަން ރުފިޔާ ހުރި ކަމަށް ކައުންސިލުން ބުންޏެވެ.
2021 ވަނަ އަހަރަށް ލަފާކުރާ އައްޑޫސިޓީ ކައުންސިލް ބަޖެޓް ފާސްކުރުމާ ގުޅޭ ޤަރާރުhttps://t.co/g2XKD68VJF
— Addu City Council (@AdduCityCouncil) January 15, 2021
މި އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 71 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ގްރާންޓްގެ ގޮތުގައި 59 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް، ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިއަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔާނު
17 January 2021
ބޮލަކަށް 3000ރ ހަމަނުވާ ބަޖެޓް
ސަލީ
17 January 2021
ކީއްކުރަން ތިތާ ހަމަމީހުން އުޅޭބާ..ހުސް ބޯނެއް ބުރުމާ
CAM
17 January 2021
ކައުންސިލް ވޯޓުން ފެއިލް ވާނެ ކަން އެގުމުން ކުރާ ކަމެއް
ނޫސަން
16 January 2021
އެންމެ ބޮޑު ކައުންސިލަށް އާމްދަނީގެ ގޮތުގައި މިލިއަނެއް. ދެނޯ
ހަންކެޑެ
16 January 2021
3 ބިލިއަން ރުފިޔާ އައްޑޫއަށް ކަނޑައެޅިޔަސް މަށާ މަގޭ ޢާއިލާ އެމްޑީޕީ އަށް ވޯޓްދިނުން ވައްސަލާމް. ކޮންމެ ވޯޓަކާ ދިމާކޮށް ތިޔަޖަހާ ސަކަރާތް އަހަރުމެން ދަސްކޮށްފިން!
ޤާސިމް
16 January 2021
ޖީބަށް އަޅާފަ ބާކީވާ އެއްޗެއް އަތޮޅުގެ ތަރައްގީއަށް..