ސަލާމީ
17 ޖެނުއަރީ 2021 - 20:55
އިޓަލީން އެތެރެކުރާ، ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ ސަލާމީ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އަންގައިފި އެވެ.
އެ އޮތޯރިޓީން ބުނީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީ ވިލާތުގެ 'ސަލާމީ' ރާއްޖެ އަށް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން 'ސަލާމީ' ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އިލްތިމާސް ކުރެ އެވެ.
އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
18 January 2021
ދެން ތިޖެހުނީ އިޓަލީ ވިލާތުގެ 'ސަލާމީ' ދަޅުތައް ހުންނަ ގޮތް ދަސްކުރަން. ތިޔަ ޒާތުގެ އެލާޓް ނެރޭއިރު ތިކާނާ ހުންނަ ދަޅުތަކުގެ ފޮޓޯ ޖަހާފައި ހުންނަ ނަމަ އަހަރުމެންނަށް ތަންކޮޅެއް ފަސޭހަވީސް.
107 އަހރ
18 January 2021
ތިތަނަށް ކިޔަންވީ ފިނިހަކަ އެންޑް ކަންޒުކަހަނބު އޮތޯރިޓީ ޢޮފް މޯލްޑިވްސް.