ހައި ކޯޓު: އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރި މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
19 ޖެނުއަރީ 2021 - 14:42
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރަން ލާ މަރުކަޒީ ގާނޫނަށް ގެނައިި އިސްލާހު ބާތިލް ކުރުމުގެ މައްސަލައިގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރަން ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރުު މަހު އެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
މޫސާ އަންވަރުގެ މައްސަލާގައި ބުުނެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، ކައުންސިލްތަކުގެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިންތިޚާބީ ހައްގަށް ހުރަސް އެޅޭ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
ރައްދުގައި ދައުލަތުން ބުނަނީ ހަމަހަމަ ކަން ގާއިމް ކުރުމަށްޓަކައި އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރީ އެ އުސޫލުގެ ދަށުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހކުރ މަން
20 January 2021
ދެންފަހެ އިސްވެ ދިޔަ ނުކުތާތަކަށް ބަލާއިރު އަންހެނުންނަކީ މުޖްތަމަޢުގެ ދެބައިކުޅައެއްބައި ކަމަށްވީ ހިނދު އަނެއްބައި ކަމަށްވާ ފިރިހެނުންނަށް މިކަމުން އުނިކަމެއް ނުލިބޭނެ ކަމަށް ފެނުން ނަމުގައި ކިޔަނީވެސް އަންހުންގެ ކޮމެޓީ ކަމަށްވެފަ އަންހެނުންނަށް ޚާއްޞަވެފައިވާ ކޮމެޓީއަކަށްވެ ވަދެއުޅެނީ އަންހެނުން ކަމަށްވާތީ އިތުރަށް މިކަމުގައި ބަލަންޖެހޭ ކަމެއް އޮތްކަމަށް ފާހަގަ ނުވާތީ މިހާރުވެސް އޮތްގޮތަށް ކުރިޔަށް ދިޔުން ރަނގަޅުކަމަށް ކަނޑައަޅާ ނިންމީއެވެ
ހހހެޙެޑް
20 January 2021
ގިނަ އަން ހެން ވެރިން އެބައިމީހުންގެ އަމިއްލަ ހައްގު ހޯދަން ނުކުންނަން ނުކުޅެދި ތިބެމެ، އެތައްބައެއްގެ ހައްގުތައް ހޯދަދޭނަމޭ ކިޔާ ނުކުންނަން އުޅޭތީ އަންނަނީ އަމަށަކު ހިނަޔެއްނޫން..
އޮނަރަބްލް އަފީފު ދީދީ
19 January 2021
އެކި ނަންނަމުގައި ޕާޓީތައް ހަދައި ވަކިރަށެއްގެ މީހުން މަޖިލީހުގެ ބާރު ނަގައިގެން ތިބުމަކީވެސް އެހެން ހުރިހާރަށެއްގެ ރައްޔިތުންގެ ޙައްޤަށް އުނިކަން ލިބޭނެ ކަމެއް. # ތިގޮތަށް ތިކަން ނަގާނަމަ ސިޔާސީ ޕާޓީއެއްގަަައި 10 ހާސް ތިބޭނަމަ އޭގެތެރެއިން %50 ކަނބަލުންނަށް ވާންވެސްޖެހޭނެ. އަދި ޕާޓީތަކުގެ ރައީސުންނަށާއި ނައިބުންނަށް ކަނބަލުންނަށް ފުރުސަތުދިނުމަށް ސަރަޙައްދީ ޕާޓީ ތައް ހަދާން އަޅާފައިވާ ހުރަސްތައް ދޫކޮށް ޕާޓީގެ ދަފުތަރު 2 ހާސް މީހުނަށް ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
19 January 2021
ތިހެންތިކަންކުރާނަމަ މަޖުބޫރީއެތައްޙާލަތްމެދުވެރިކޮށް އެމީހުންގެވަޒަނުން ބޭރުކޮށް ކ.އަތޮޅު މާލޭގައި ހަދާފައިއޮންނަ ދަފުތަރުކިޔާ "ދަންތުރައިގަ" ޖެހިގެންތިބިފަރާތްތަކުގެ ޙައްޤު ނޫންތޯ ފުރަތަމަ ހޯދާދޭންޖެހެނީ. # މަޖިލީހުގައިހުންނަ ކ.އަތޮޅު މާލޭގެއެކިގޮނޑިތަކަށް ވޯޓުއަޅާ ބޯތަކެއްގެގޮތަށް "އިލެކްޝަނުން ބޭނުންގޮތަކަށް" އެމީހުންބަހާލުމުގެބަދަލުގައި މަޖިލީހުގައި "ދަފުތަރު ދާއިރާގެ ގޮނޑި" ބަހައްޓާ އެމީހުންގެޙައްޤުހޯދަން ވަކާލާތުކުރާނެބަޔަކު ވައްދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
19 January 2021
ވަރަށް ދެރަވޭ އަހަރުމެންގެ ޙިއްސާވެސް އޮވެގެން އުފެދި ބޮޑުވި އެމްޑީޕީ އޭރުގެ ވައުދުތަކާއި މުޅިން ޙިލާފަށް "ޙަޤީގީ މާނައިގަ ރާއްޖެ ލާމަރުކަޒު ކުރުމަށް ފުރުސަތުނުދީ" ރާއްޖޭގައި އެތައް ސަތޭކަ ކައުންސިލް ހަދާން އުޅޭތީ. # އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށް ރާއްޖެ ބަހާލާ ކޮންމެ ޕްރޮވިންސެއްގައި މުނިސިޕަލް ކައުންސިލެއް އުފައްދާ ޕްރޮވިންސްގެ ޤަވަރުނަރާއި އޭނާގެ ނައިބު އިންތިޙާބުކުރާން ސަރަޙައްދީ ރައްޔިތުނަށް ފުރުސަތުދީ ލާމަރުކަޒު ކުރާންވީ ނޫންތޯ؟
ޖަމަ
19 January 2021
ނުއިއްވިޔަސް އިއްވިޔަސް، އަމިއްލަ ދާއިރާއަށް ކުރިމަތި ނުލެވޭ ސަބަބަކަށް ފިރިހެނަކަށް ވުން މިއޮތީ ވެފަ
ހށނ
19 January 2021
މިގައުމަކީ އަންހެނަކައްވީތީ ތަފާތުކުރުން އޮތް ގައުމެއްނޫން. ގާބިލުކަމާއި ހުނަރު ހުރި އަންހެނުން ގިނަ މަސައްކަތުގައި އެބަތިބި. ވަކިދާއިރާއެއް އަންހެނުންނައް ހާއްސަ ކުރުމަކީ ހަމަހަމަ ކަން ގެއްލުމުގެ އިތުރުން ކުރިއެރުމައް އެޅޭ ހުރަހެއް.
އައްޔުބޭ
19 January 2021
އަހަރެމެންގެ ރާއްޖެއަކީ އަންހެން ފިރިހެން ވަރަށް ހަމަހަމަގޮތެއްގައި ކޮމްޕީޓްކުރެވޭ ޤައުމެއް، ކިރިޔާވެސް ކެރޭ އަންހެނެއް ވެއްޖިއްޔާ ފިރިހެނުންނަށްވުރެ ކުޅަދާނަކޮށް ޕޮޒިޝަންސްތައް ވިންކުރޭ، އެހެންކަމުން އަންހެނުންނަށް އެއްވެސް ދާއިރާ އެއް ޙާއްޞަކޮށް އެދާއިރާއެއްގެ ފިރިހެނުން ގެ ހައްޤުތައް ދުއްވާލާ އަނިޔާވެރިވުމަކަށް އަންހެން ބޭފުޅުން ނޭދޭނެ.
އަހުމަދުދީދީދ
19 January 2021
ހަމަހަމަ ކަމަކީ ގޮޑި ވަކި ޖިންސަކަށް ހާއްސަނުކުރުން. އެއިރުން ރައްޖިތުން ހޮވަންބޭނުން ބަޔެއްހޮވާނެ. އަންހެނަކަސް ފިރިހެނަކަސް ހޮވަނީ ރައްޔިތުން. އިންތިހާބުގެ ނަތިއްޖާ ގަބޫލުކުރަން ޖެހޭނެ. ބަލިވާ ކޮންމެބަޔަކަށް ގޮނޑި ހާއްސަ ކުރާނަމަ ދުވަސްކޮޅަކުން ޖުމުހޫރީ ޕާޓީއަަށް %20 އަދާލަތަށް%20 ހަދަންޖެހޭނެ. ހާސްސަ އެހީއަށްބޭނުންވާ މީހުންނައް %20 މިހެން ބަހާނެ. އިންތިހާބެއްގައި އެސްވެސްބަޔަކަށް އިސްކަމެއް ނުދެވޭނެ. ރައްޖިތުންނަށް މަޖުބޫރެއްނުކުރެވޭނެ..
ތިމާ
19 January 2021
ވޯޓަކާ ނުލާ 33 ޕަސެންޓް އަންހެނުންނަށް ދިނީމަ ހަމހަމަ ކަން ގެއްލުނީ އެވެ. ފިރިހެނުންނަށް ވެސް ވޯޓަކާ ނުލާ 33 ޕަސެންޓް ދިނީމަ ހަމަހަމަ ވީ އެވެ.