ދުވާފަރު މަގެއްގައި ތާރު އަޅާފައި: މި މަޝްރޫއުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިމިފައި-- ފޮޓޯ: އެމްޓީސީސީ
27 ޖެނުއަރީ 2021 - 12:27
އެމްޓީސީސީން ރ. ދުވާފަރު މަގުތައް ހެދުމުގެ ފުރަތަމަ ފޭސްގެ ދަށުން މަގުތަކުގައި ތާރު އަޅައި ނިންމައިފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ތާރު އަޅައި ނިމުމާ އެކު، މަގު ހެދުމުގެ މުޅި މަޝްރޫއުގެ 90 ޕަސެންޓު މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން ޖެހުމާއި ޒިބްރާ ކްރޮސް ނިޝާން ޖެހުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރު ހަރުކުރުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ވަނީ ހިނގާބިނގާވެ އުޅުމަށް 6813.08 އަކަ މީޓަރުގެ ސަރަހައްދަކާއި ވެހިކަލް ދުއްވަން 25،513 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިފަ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިސް މީހާ
27 January 2021
ރައިސް ޔާމިންގެ ދައުރުގަ އަޅަމުންދިޔަ ކަމެއްމީ
ޢިބޫ
27 January 2021
މާލޭގެ މަގުތަކުގަ ތާރު ނޭޅެނީ ކީއްވެގެންތޯ، މާލޭގެ މަގުތަކުގަ ތާރު ހަރުނުލަނީތޯ؟