ޔަސްރިފް.
02 ފެބުރުއަރީ 2021 - 14:59
އައްޑޫގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މުހައްމަދު ޔަސްރިފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލުކުރައްވާ ޔަސްރިފް ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކާ ހެދި އެވެ.
ކައުންސިލުން މިއަދު ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ޔަސްރިފް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވަޑައިގަތް ނަމަވެސް ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ކައުންސިލްގައި މަސައްކަތްކުރައްވާނެ އެވެ.
މުޙައްމަދު ޔަސްރިފް ކޮށްދެއްވި ފުރިހަމަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެމަނިކުފާނަށް މޭޔަރ އާއި ސިޓީ ކައުންސިލްގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަން. އަދި މުސްތަޤުބަލުގައިވެސް މުޙައްމަދު ޔަސްރިފަށް އުފަލާއި ކާމިޔާބީއަށް އެދެން. (2/2) pic.twitter.com/cCAk66075F
— Addu City Council (@AdduCityCouncil) February 2, 2021
ލޯކަލް ކައުންސިލްތަކުގެ ދަށުން އިދާރާ ދާއިރާތައް ހިންގަން ފެށި ފަހުން ފާއިތުވި ތިން ދައުރުގައި އައްޑޫގެ މޭޔަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އައްޑޫ ކައުންސިލްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެއީ ހިތަދޫ އުތުރު، މެދު، ދެކުނު، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ދާއިރާ ހިމެނޭ ގޮތަށެވެ. ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.
ކައުންސިލްތަކުގެ ދައުރު މިދިޔަ އަހަރު ހަމަވެފައިވީ ނަމަވެސް ކޮވިޑް-19 އާ ހެދި އިންތިހާބު ވަނީ ވަރަށް ބޮޑަށް ފަސްވެގެން ގޮސްފަ އެވެ. މިހާރު އޮތް ގޮތުން ނަމަ ލޯކަލް ކައުންސަލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
02 February 2021
މީނާ ހިންގާފައިވާ ބިމާއި ގުޅޭ ކޮރަޕްޝަން ވަޤްތުން ވަޤްތަށް ބެލުމަށް ކޮރަޕްޝަން ކަމިޝަނަށް ގޮވާލަން.
އިބްރާ1
02 February 2021
އައްޑޫ ހިތަދޫގެ ބިންތައް އަދިވެސް ވިއްކާ ހުސްނުވަނީ ދީ!
ޑރފަލަޑޭ
02 February 2021
ޓެކްސީ ސެންޓަރެއް ހުޅުވީތަ؟ ކުރިންވެސް ޓެކްސީ ދުއްވާފަ ހުރީމަ ވިޔަފާރިއެއް ފަށައިގެން ވަކިވީ ކަމަށްވެސް ވެދާނެ
އަލިފުޅުދެވަނަ
02 February 2021
ޕާމަނަންޓް ސެކެޓްރީ ކަމުގެ މަގާމް ކަށަވަރުވުމުން ދޯ ވަކިވީ! އެހެންނޫނަސް ބިމާބެހޭ ބޮޑުމީހާގެ ވަޒީފާގަ ވީއްޔާ މި ހުރިހާދުވަހު ހުރީދޯ!
އަބްޑޫޅް
02 February 2021
މި ކަލޭގެ ކިހެންނާވެގެން ތެ ވަތްކާ ވެގަތީ؟
އޮނަރަބްލް އަފީފު ދީދީ
02 February 2021
އެމްޑީޕީގެ މެންބަރުންނާއި އައްޑޫގެ ގިނަ ރައްޔިތުންގެ ކުރިމަތީގައި އިތުބާރުގެއްލިފައިވާ މީހަކު އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް އެންޑް ޕްލޭނިން ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި ޙަވާލުކޮށްގެން ނުވާނެ. # އަޑު އިވޭގޮތުން ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވީ ކައުންސިލްގެ ޕްރޮޖެކްޓް އެންޑް ޕްލޭނިން ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި ހަވާލުވުމަށް. މިއީ ވަރަށްދެރަ ކަމެއް. ކިޔަވައިގެންތިބި މޮޅެތިމީހުން ތިބި އައްޑޫގައި މިހެންކަންކަން ވުމަކީ ގޯހެއް.