އައްޑޫ: މި ސަރުކާރުން އެ ރަށަށް ވި ވައުދުތައް ފުއްދަވާނެ ކަމުގެ އުއްމީދު ރައީސް މިއަދު ވެސް އާ ކޮށްދެއްވި.
04 ފެބުރުއަރީ 2021 - 09:38
އައްޑު އަށް މި ވެރިކަމުގައި ކޮށްދޭން ވެފައިވާ ވައުދުތަކުގެ މައްޗަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އެބަދާ ކަމަށެވެ. ބީލަމުގެ މަރުހަލާ ނިންމައި މި މަ މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ގިނަ މަޝްރޫއުތައް މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އައްޑޫގެ މަޝްރޫއުތައް ލަސްވެފައި ވުމަކީ އެ ރަށުގެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ހަދަން ނިންމާފައި ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންނެވެ. އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު މި ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.
އައްޑޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ކަަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ހައްލުކޮށް އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ޓޫރިޒަމް ކުރިއެރުވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދުތަކެވެ. މުޅި ރާއްޖޭގެ ތަރައްގީ އަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ތަރައްގީގެ ހަބަކަށްވާން ޖެހޭ ކަމަށާއި ވިސްނުމާއި އަމާޒު ވެސް ހުރީ އެ ދިމާއަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހާނު
05 February 2021
ކޮންމެ ސަރުކާރަކުންވެސް އައްޑޫ މީހުންނަށް ދޯކާދެނީ!
ކާސިންޖީ
04 February 2021
މަޝްރޫއުތައް ނިމުނީމަ ނުނީ ގަބޫލެއް ނުކުރާނަން، ލައްކަ ދުވަހު މޮޔަހައްދައިގެން ގެންގުޅެވިއްޖެ.
މޯޑޭ
04 February 2021
އެއްވެސް ސަރުކާރެއްގެ ސިޔާސަތެއް ނޫން އައްޑޫ ވެސް ދެން ހުރި އަތޮޅުތައް ވެސް ތަރަށްގީ ކުރުމަކީ. ފެނާ ނަރުދަމާޔާއި ބަދަރު ހެދުމާ. ފުޓްސަލުދަނޑާ. ސުއިމިން ޓްރަކް ފަދަ އަސާސީކަން ކަން ކޮންމެ ސަރުކާރަކުން ވެސް މި ކޮށްދެނި ދައުރެއް ނިމޭއިރު. އެކަމް ކެންފޭނު ތެރޭ ވައުދުވާނެ އަމިންލަ ރަށުން އަބިދަރިން ކައިރީ ތިބެގެން ވަޒީފާ. އަތޮޅުން ވަޒީފާ އޭ ކިޔާ. ދައުރެއް ނިމޭއިރު މީގެން އަތޮޅެއް ކައިރީ ނޫނީ ރަށަކުން ވަޒީފާގެ އެއްވެސް ފުރުސަތެއް ތަނަވަސް ކޮށް ނުދެވޭ
ބޮޑުމީހާ
04 February 2021
ދޮގުމަތިން ދޮގު. 2018، 2019، އަދި 2020 ވަނަ އަހަރު ނުވިކަމެއް ކުއްލިއަކަށް އިންތިހާބާއި ދިމާކޮށް ވާނެގޮތެއް ނުވިސްނޭ
އޮނަރަބްލް އަފީފު ދީދީ
04 February 2021
އައްޑުއަށް ތަރައްޤީ ގެނެވޭނީ "އައްޑޫމީހުންގެ ހިތް ކަމުގައި އެމީހުން ދެކޭ" ގޭންއެއަރޕޯޓް ފުލް ފްލޭޖްގައިހިންގައިގެން. # އެކަންކުރުމަށްޓަކާއި މޯލްޑިވިއަން ނުވަތަ އިންޑިޔާސަރުކާރު އެހީގައި އިންޑިގޯ ފަދަ ބަޖޭޓްފްލައިޓެއް ބޭނުންކޮށްގެން އިންޑިޔާގެ މަންޒިލްތައްކަމުގައިވާ ޑެއްލީ-ގޭން، ބޮމްބޭ-ގޭން، ކޮޗިންގ-ގޭން ގެ އިތުރުން ޗައިނާއިން ގޭން-ހޮންގކޮންގް، ގޭން-ބީޖިންގ އަދި ގޭން-ސައުތުއެފްރިކާ އަދި ގޭން އޮސްޓްރޭލިއާ އަށް ޝެޑިއުލް ދަތުރު ފައްޓައިގެން.
ކަޅަބެއްޔާ
04 February 2021
ސޯލިހު ހާސްނުވޭ، ސަރުކާރުން އެއްކަމެއް ނުކުރިޔަސް އައްޑޫ ރައްޔިތުން އައްޑޫ ތަރައްގީކުރާނެ. ދެނެއް ނުހިފެހެއްޓޭނެ. އެކަމަކު ހޮޅި ވަހުދުވެގެން ކްރެޑިޓް ނަގަން ނޫޅޭތި.
ހޮޓްކިންގ
04 February 2021
މިފަހަރުވެސް އަެްޑުމީހުން ތިޔަ ގުއިރޯނުގައި ޖެހޭނެ
ދިއްދޫމީހާ
04 February 2021
ހުވާ، ތިޔަ ހަމަސް ދުވަސް ގުނަން ފައްޓާނީ އަނެއްކާ ބަންދު ދުވަސް ނުލާބާ؟؟
ސައީދު ކައްޕި
04 February 2021
އައްޑޫ މީހުން ބޭނުން ވަނީ ފޭލި ވެފައި އޮތް ކައުންސިލްގެ ކިބައިން މިންޖުވާން.
ސަޅިދޯދީދީ
04 February 2021
މަނިކުފާނު ހާސްނުވޭ.. އަޅުގަނޑުމެން އައްޑޫރައްޔިތުން ވޯޓްދޭނަން އެއްކަމެއް ނުކޮށްދިނަސް.. އަޅުގަނޑުމެންގެ ފަޚުރަކީ އަޅުގަނޑުމެންގެ ބޮލުގައި ތެއްގޯނި އެޅުވޭލެއް ފަސޭކަން.. މީދާކޭ އުނބު ހޯދަންވެސް މިއަށްވުރެ މިހާރު އުނދަނގޫ..