ޝިންޖިއާން ސަރަހައްދުގެ ވީގޫރު މުސްލިމުން ގެންގުޅެން ޗައިނާ އިން ވަނީ ޑިޓެންޝަން ސެންޓަރުތަކެއް ހަދާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
06 ފެބުރުއަރީ 2021 - 11:03
ލަންޑަން (ފެބްރުއަރީ 6) - ޗައިނާގައި ވީގޫރު ދަރިކޮޅުގެ މުސްލިމުން ބަންދުކޮށްގެން، ގެންގުޅޭ ކޭމްޕްތަކުގައި ރޭޕްކުރާ ކަމަށް ބީބީސީން ހާމަކުރި ރިޕޯޓާ މެދު ވަރަށް ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އިނގިރޭސި ސަރުކާރުގެ މިނިސްޓަރު ނައިޖެލް އެޑަމްސް ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޕޯޓުން ސާފުކޮށް އެނގޭ ގޮތުގައި ޗައިނާ އިން ހިންގަނީ "ވަރަށް ނުބައި އަމަލުތަކެއް" ކަމަށެވެ.
އެސްޓިމޭޓްތަކުން ދައްކާ ގޮތުގައި ވީގޫރު ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ޗައިނާ އިން ވަނީ ކޭމްޕްތަކުގައި ބަންދުކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ގެންގުޅެނީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކެއްގައި ކަމަށެވެ.
ބީބީސީން ބުދަ ދުވަހު ހާމަކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މުސްލިމުން ތިބޭ ކޭމްޕްތަކުގައި ފުލުހުންނާއި ގާޑުން ދަނީ ރާވައިގެން މުސްލިމް އަންހެނުން ރޭޕްކޮށް ޖިންސީ އަނިޔާތައް ދެމުން ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބީބީސީގެ ރިޕޯޓް ދޮގުކޮށްފަ އެވެ. ތަރުޖަމާން ވޭންގް ވެންބިން ވިދާޅުވީ ޗައިނާގެ އެއްވެސް ކޭމްޕެއްގައި އަންހެނުންނާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށާއި ޗައިނާ އިން އެ ކޭމްޕްތައް އޮޕަރޭޓް ކުރަނީ އިންސާނީ ހައްގުތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
"ޗައިނާ އަކީ ގާނޫނާ އެއްގޮތަށް ހިންގާ ގައުމެއް. ޗައިނާގެ ގާނޫނު އަސާސީން އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
ބީބީސީގެ ރިޕޯޓަށް މައުލޫމާތު ދިން މީހުން ކިޔައިދީފައިވާ ގޮތުގައި ޝިންޖިއާން ސަރަހައްދުގެ ކޭމްޕްތަކުގައި ބަންދުކޮށްފައިވާ ވީގޫރު މުސްލިމް އަންހެނުންނަށް ޖިންސީ ބޮޑެތި އަނިޔާތައް ދަނީ ދެމުންނެވެ. އެއް އަންހެނަކު ބުނި ގޮތުގައި ކޮންމެ ރެއަކު އޭނާ އޮންނަ ގޮޅިން ނެރުމަށް ފަހު ދެ މީހަކު ނުވަތަ ތިން މީހުން ވެގެން އޭނާ ރޭޕްކުރެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެއްކާ އެކު ބީބީސީން ނެރުނު ރިޕޯޓާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވިދާޅުވީ މުސްލިމުން ބަންދުކޮށްގެން އުޅޭ ކޭމްޕްތަކަށް އދ. އިން ވަގުތުން ޒިޔާރަތް ކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
08 February 2021
ޕީޕީއެމް ކުދިން އެކިޔާ ދީންވެރި ޗައިނާގެ ހާލަތު.
ކޮތާތަ
08 February 2021
ޗައިނާ ކުރީމަ ނުފެންނަ ބަޔަކު ރާއްޖޭގައި އުޅޭކަމަށްވޭ! އެބައިމީހުންނަށް އިންޑިޔާ ކިޔާ ގައުމެއް ކަމަކުނުދާނެ ކަމަށްވެސް މީހުން ބުނެ އުޅޭ!
މިވަރެއްނެތް
06 February 2021
ކިތަންމެ ވަރެއްވިއަސް ޕީޕީއެމް އަކަށް ޗައިނާގެ އުނި އެންމެ ސިފައެއްވެސް ނުފެންނާނެ. ހަމަ އެހެންމެ އެމްޑީޕީ އަކަށް އިންޑިޔާގެ އުނި އެއްވެސް ސިފައެއް ނުފެންނާނެ. ޗައިނާއާއި އިންޑިޔާގެ މުސްލިމުން ކިތަންމެ ހާލުގައި ޖެހުނަސް އިޒްރޭލަށް ބަވާ ފަލަސްތީނުގެ ނަމުގައި ދަޅަދައްކާލެވުނީމަ ފުދޭނެ! ފަރުދުންނާއި ގައުމާއި ސަރުކާރަށްވުރެން ހަމައާއި އުސޫލު އިސްކުރާނަމަ މާރީތިވާނެ ދޯ؟
ދެަރ
06 February 2021
ޔާ ﷲ އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަންލިބޭނެ މަގު ތަނަވަސް ކޮށްދެއްވާންދޭވެ.
ހށނ
06 February 2021
ޗައިނީ މީހުންނަށްވެސް ކަންކަން ރަނގަޅުކުރުމުގެ ތައުފީގާއި ހެޔޮ ވިސްނުން ލިބުމަށް އެދެން. އަދި އަނިޔާލިބޭ ފަރާތްތަކަށް ކެތްތެރި ކަން މިންވަރު ކުރައްވައި، ހައްގުވެގެންވާ މިނިވަން ކަމާއި އިންސާފު ލިބުމަށް އެދެން.
ވިސްނާ
06 February 2021
މުސްލިމް އާއިލާތަކުން ކުދިންތަށް ފޭރި ދެންތިބި މީހުން ސްކޫލަށޭ ކިޔާފަ ޖަލައްލާ މުސްލިމް އަބިންނާ ދައްތައިންނާ އަންހެން ދަރިން ރޭޕް ކުރީމާ، އެމީހުންގެ ދިފާއުގާ ނުކުންނަ މީހުންނަށް ކިޔާނަމަކީ ޓެރަރިސްޓުން. ޢަފްގާނިސްތާން، އިރާގް، ސީރިޔާ މިއީ ޓެރަރިސްޓުންގެ ހާލިތަށް. ވިސްނާބަޔަށް އެގޭނީ.
ބަނބޫ
06 February 2021
ތީހާދަ ގަބޫލުކުރަން ދަތި ވާހަކައެކޭ. ޗައިނާ އަހަރެމެންނަށް ކިހާ ރަނގަޅު.
ށަވިޔަނި
06 February 2021
ތިތަނުން ސަލާމަތްވެގެން އައި މުސްލިމަކާ ތަންކޮޅެއްކުރިން ބޭރުގައުމަކުން ދިމާވި. އޭނަ ކިޔައިދިންގޮތުން ތި ރިޕޯޓަކީ ދޮގު އެއްޗެކޭ ނުބުނެވޭނެ. ބައެއް ދިވެހިން ތިވާހަކަ ދޮގު ކުރާނެ.
އިންޑިން
06 February 2021
ޕިއްޕީ މިހުންނަށް އޯކޭދޯ؟
ހާސަރު
06 February 2021
ޗައިނާގެ މުދާ އެންމެ ގިނައިން ގަންނަނީ މުސްލިމް ގައުމުތަކުން އެކަމަކު މުސްލިމުންނަށް މިވަރު އަނިޔާދޭއިރުވެސް ޗައިނާ މައިތިރި ކުރަން އެކައްޗެކޭވެސް އެއިން އެއްވެސް ގައުމަކުން ނުބުނޭ!